ރައީސް މުއިއްޒުގެ އަރިހަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް އޮފް ޗައިނާގެ 14ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސްޗެއާމަން، އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް
15 ޑިސެމްބަރ 2025 - 18:53
ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުމާއި މިހާރު ވެސް ގުޅުން ގާއިމް ކޮށްފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުންދޭނެ މަގުތައް ހޯދުމާ ގުޅޭގޮތުން، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސް ޗެއާމަން ވޮންގް ޑޮންގްމިން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޝްވަރާ ކުރައްވައިފަ އެވެ.
ރަސްމީ ދަތުރެއްގައި މި ވަގުތު ރާއްޖެ ވަޑައިގެން ހުންނެވި، ޑޮންގްމިން ރައީސް މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައި، އެ މަނިކުފާނު ވަނީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް ޗައިނާއިން ދޭ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ، މިއަދުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހި ކުރުމާއި އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި މިހާރު ވެސް ގުޅުން ގާއިމް ކޮށްފައިވާ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދޭނެ މަގުތައް ހޯދުމާ ގުޅޭގޮތުން ކަމަށެވެ.
އެގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރެއްވި ދާއިރާތަކުގެ ތެރޭގައި ގެދޮރުވެރިކަމާއި މަސްވެރިކަމާއި އުމްރާނީ ތަރައްގީ އާއި ދަނޑުވެރިކަމާއި، ޓޫރިޒަމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާ ހިމެނެ އެވެ.
ރައީސް މުއިއްޒުގެ އަރިހަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް އޮފް ޗައިނާގެ 14ވަނަ ސްޓޭންޑިން ކޮމިޓީގެ ވައިސްޗެއާމަން، އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން. --ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތަކުގެ ކުރިއެރުން ދެ ގައުމުން ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ޑޮންގްމިން ވަނީ، ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ގާތްގުޅުން ފާހަގަކުރައްވައި، ރައީސް މުއިއްޒު ޗައިނާ އަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅަށް ފަހު ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވައިފަ އެވެ.
އަދި މި ދަތުރުފުޅުގެ ބޭނުންފުޅަކީ ދެ ގައުމާއި އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ދެ ގައުމު ގުޅިގެން ރާއްޖޭގައި މިހާރު ވެސް ކުރިއަށް ގެންދާ ދާއިރާތަކުން އެހީތެރިކަން ދެއްވުމަށާއި ރާއްޖޭގެ ތަރައްގީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަޔާން ސަލީމް
16 December 2025
އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ދުވަސް ކޮޅެއްގަ ވަރުގަދަ ބައިނަލްއަގްވާމީ ޕާޓްނަޝިޕްތަކަކީ މުހިންމު އެއްޗެއް
ރިފާއުު
16 December 2025
ޗައިނާއަކީ އަބަދުވެސް ތަރައްގީގެ ވަރުގަދަ ބައިވެރިއެކެވެ. މި ޒިޔާރަތުން ފެންނަނީ ގުޅުން ރަނގަޅު މިސްރާބަކަށް ކުރިއަށްދާ ކަން
ޖައިޝަމް އަނީސް
16 December 2025
ސަޅި ސަޅި. ޗައިނާއާ ގުޅުން ބަދަހިކުރި ވަރެއް އޮތީ. ޗައިނާ މީ އަސްލު ތަނަކީ. އިންޑިއާއެއް ނޫން
ޖައިލަމްް
16 December 2025
ޗައިނާ ރާއްޖެ ގުޅުން އިހުނަށްވުރެ ބޮޑަށް ބަދަހިވެންދާނެކަން ކަށަވަރު.
މިސްކު
16 December 2025
ޗައިނާއިން ރާޢްޖެއަށް ދޭ އެހީގެ ބަދަލުގައި ޗައިނާޢިން އެދަނީ މުޅި ގައުމުގެ އިގްތިސާދު އެމީހުންގެ ކުންފުނިތަކުގެ އަތްދަށުލަމުން، ޗައިނާއަކީ އެއްވެސް ބަޔަކަށް ހިލޭ އެއްވެސް އެއްޗެއް ދޭނެ ބައެއްނޫން، ޗައިނާ މީހުުންނަށް ފައިދާ ނުވާ އެއްވެސް ކަމެއް ޗައިނާގެ ކުންފުންޏަކުންވެސް، ސަރުކާރުންވެސް ނުކުރާނެ،
އަންމި އަންމި
16 December 2025
ޓިކްޓޮކާ އެއްޗެސް ބަލާތީ މާ ބޮޑަށް ވާނުވާ އިނގިގަނެގެން ތިއުޅެނީ. އެމެރިކާ މީހުންގެ ވާހަކަތައް ހުންނަ ފާޑަށް ވާހަކަ ތި ހުންނަނީ. ބަލަ ޗައިނާ އަކަސް އަދި ސައުދީއަކަސް އެމެރިކާ އަކަސް އެބަޔަކަށް ކޮންމެވެސް ކަހަލަ ފައިިދާ ނުވާނެހެން ކަންކަމެއް ނުކުރާނެ. ޗައިނާއިން މި ގައުމުގެ އިގްތިސާދު ތެރެއަށް އަތް ބާނަން ބޭނުން ނަމަ މިހާރު އޮންނާނީ އަތް ބާނާ ނިންމާފަ. އެހެން ނޫނަސް ރައީސް މުއިއްޒުގެ ޑީލް ތަކުން ދެ ގައުމަށްވެސް ފައިދާ ވާނެ. ދެން ކޮން އަތް ބޭނުމެއް
ހައްގުބަސް.
16 December 2025
ދިވެހި ރާއްޖެ ކުރި އަރުވަން ބޭނުންވާ ގައުމައެއް
ޝޮކްތެރަޕީ
15 December 2025
ޗައިނާގެ އެހީގަ ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީ ކޮއްބަލަ. ޢިންޑީޔާގެ ނުފޫޒުން ރާއްޖެ ސަލާމައް ކޮއްބަލަ.
ތިރް މޭން
16 December 2025
ތިކަމާ ހާސް ނުވޭ. އިންޑިއާގެ ނުފޫޒެއް ދުވަސްކޮޅަކުން އެއްގޮތަަކަށްވެސް ނޯންނާނެ. މިހާރުވެސް އޯލްމޯސްޓް އެމީހުން އަތުން އެއްކޮށްހެން ސަލާމާތް ވެއްޖެ. މިހާރުވެސް ރާއްޖޭގެ ކަނޑުގެވެސް ހުރިހާ ކަމެއް ކުރަނީ ރާއްޖެ ސިފައިންނެއްނު.