ޚަބަރު / އުރީދޫ

އުރީދޫ އަށް އާ ސީއީއޯއެއް، ކުރީގެ ސީއީއޯ އެމްޑީގެ މަގާމަށް އައްޔަންކޮށްފި

އުރީދޫގެ އާ ސީއީއޯ ނަޖީބް ޚާން: އޭނާއަކީ މުވާސަލާތީ ޚިދުމަތުގެ ދާއިރާގައި 25 އަހަރުގެ ތަޖްރިބާ ލިބިފައިވާ ބޭފުޅެއް --ފޮޓޯ/އުރީދޫ

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައި، ކުރިން އެ މަގާމުގައި ހުންނެވި ވިކްރަމް ސިންހަ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފި އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އަލަށް މިއަދު އައްޔަންކުރީ ކުރިން އުރީދޫ ގްރޫޕުގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސާވިސް ޓީމްގެ އިސްވެރިޔާ ނަޖީބް ޚާނެވެ. ކުރިން ބާރްތީ އެއާޓެލް ލިމިޓެޑްގެ ހޯމް އެންޑް އޮފީސް ބިޒްނަސް ސީއީއޯ ކަން ވެސް ކުރެއްވި ނަޖީބް ޚާނަކީ މުވާސަލާތީ ދާއިރާގެ 25 އަހަރުގެ ތަޖްރިބާ ލިބިފައިވާ ބޭފުޅެކެވެ.

އުރީދޫގެ ކުރީގެ ސީއީއޯ ވިކްރަމް: އޭނާ ހަމަޖެއްސީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް

އެ ބަދަލާ ގުޅިގެން އުރީދޫ ގްރޫޕުގެ ޗެއާމަން ޚާލިދް އަލް މަހްމޫދު ވިދާޅުވީ އާ ސީއީއޯ ނަޖީބްގެ ދަށުން އުރީދޫ ކުންފުނި އިތުރަށް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ކުރީގެ ސީއީއޯ ވިކްރަމް އަކީ ވެސް އެ ކުންފުނީގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.

ކުރީގެ ސީއީއޯ އަދި މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ވިދާޅުވީ އުރީދޫ ބްރޭންޑް ކުރިއަރުވަން އޭނާ އަށް ލިބުނު ފުރުސަތަކީ ބޮޑު ޝަރަފެެއް ކަމަށާއި ނަޖީބްގެ ބެލުމުގެ ދަށުން އާ ހަރުފަތްތަތަކަށް އެ ކުންފުނި ގެންގޮސްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 18%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލް

04 April 2017

4ޖ އަށް ބޭފުޅަކު ހަމަޖެސިނަމަ ވ އުފާވީސް. އުރީދޫ ރަގަލު 4ޖ 3ޖ އޭކަޑައީ.

The name is already taken The name is available. Register?

ޢަލީ

04 April 2017

ކާކުގެ މަޤާމު މިތަނުން އުހަށް އަރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454