ޓްރިވަންޑްރަމް: އިންޑިއާ އަނބިމީހާ އެނބުރި ދިޔައީ ޗުއްޓީއަކަށް ކަމަށް ބުނެ
05 އެޕްރީލް 2017 - 23:19
ބައްޕަ މަރުވެފައިވާ ކަމަށް ބުނެ އޮޅުވާލައިގެން އިންޑިއާގެ ޔަތީމުހާނާއަކަށް ލީ ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު މިރޭ އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
ތިން ކުދިންގެ ތެރެއިން ރާއްޖެ އައީ 12 އަހަރުގެ އަންހެން ކުއްޖާ އެވެ. އޭނާ ރާއްޖެ ފޮނުވަން އިންޑިއާގެ މަންމަ ފާތުމަތު އަށް މަޖުބޫރުވީ، އަމިއްލަ އަށް ރާއްޖެ އަންނަން ބޭނުންވެ އިންޑިއާގައި ހުންނަ ކޮންސިއުލޭޓުގައި އެދުމުން ކަމަށް ބައްޕަގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
މި ކުއްޖާގެ ހަގަށް ތިބި އަށް އަހަރާއި ހަތް އަހަރުގެ ދެ ކުދިން ރާއްޖެ ފޮނުވަން މަންމަ ބޭނުމެއް ނުވެ އެވެ. އެ ކުދިންނަށް ނާދެވިގެން އުޅެނީ ވެސް އޭނާ އެއްބަސްނުވެގެންނެވެ.
އިންޑިއާގެ ޓްރިވެންޑްރަމަށް އުފަން ފާތުމަތު، އއ. އުކުޅަހު މީހަކާ ކައިވެނިކޮށްގެން ލިބުނު ތިން އަންހެން ދަރިން 2013 ގައި އިންޑިއާ އަށް ގެންދިޔައީ ޗުއްޓީއަކަށް ކަމަށް ބުނެ އެވެ. އޭގެ ފަހުން ޚަބަރެއް ނުވެގެން ހޯދަނިކޮށް އެ ކުދިން ފެނުނީ ޓްރިވެންޑްރަމްގެ ޔަތީމުހާނާއެއްގައި ތިއްބައި ކަމަށް ބައްޕަގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
ޔަތީމުހާނާގައި ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ހިތްދަތި ހާލެއްގައި އުޅެން ޖެހުނު ކަމަށް 12 އަހަރުގެ ކުއްޖާ ވަނީ ބައްޕަގެ އާއިލާ އަށް ކިޔައިދީފަ އެވެ. އަދި ޖިސްމާނީ އާއި ނަފްސާނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުން ފެންނަން ހުރި ކަމަށް ކުދިންގެ ކާފަ އަބްދުﷲ ނައީމް ބުނެ އެވެ.
ފާތުމަތު ބުނިގޮތުގައި އަލުން ދަރިން ފެންނާނެ ކަމުގެ ޔަގީންކަން ނެތުމުން، ތިން ދަރިން ވެސް ރާއްޖެ ފޮނުވާކަށް ބޭނުމެއް ނުވެ އެވެ. ޔަތީމުހާނާ އަށް ދަރިން ލީ އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ކަމަށާއި އެތަނުގައި އެ ކުދިން އުޅެމުން ދިޔައީ ހިތްހަމަޖެހިގެން ކަމަށް ވެސް އޭނާ ބުނެ އެވެ.
ޔަތީމުހާނާގައި އެ ކުދިންނަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަ ފާތުމަތު ދޮގުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުކުރު
06 April 2017
ހުރިހާވެސް ޝުކުރެއް ރާއްޖެ ޓީވީ އަދި ރާއްޖެ އެމްވީ އަށް. ތިޔަ ކުރައްވާ މަސައްކަތަށް ހަމަ ސާބަސް. ސަމްޕަތު ބުރޯ ޔޫއާ ގްރޭޓް ބަރަދާ!
ހައްގު ޝުކުރު
06 April 2017
ރާއްޖެ ޓީވީގެ ރިޕޯޓްގެ ވީޑިޔޯ ނެގުމުގެ ކުރިން ކުދިންގެ މަންމަ 3 ކުދިންގެ ތެރެއިން ބޮޑު ކުއްޖާ އެކުއްޖާގެ ކާފަގެ ބެލުމުގެ ދަށުގައި ރާއްޖެ ދިޔުމަށް ހުއްދަ ދިންކަމަށް މައުލޫމާތު ލިބޭ. އެހެންވީމާ ހަމަ " ހައްގު ޝުކުރު" ކުދިންގެ މަންމަ އަށް. ރާއްޖެ ޓީވީ އަކަށް ނޫން.
ޥީސްނާ
06 April 2017
ކުއްޖާގެ މަންމަ ދައްކާ ވާހަކައިގެ ހަޤީޤަތެއް އޮތްކަމަށް ފެނޭ . ކިތަންމެ ހާލެއްގއިވިޔަސް ދަރިން ފެންނަހިސާބުގަ ބައިތިއްބަން މަންމަ ބޭނުންވާނީ.
ސުރޭ
06 April 2017
ތަނަކުން ހަމަ މީހަކު ފެންނަ އިރަށް އިނދެގަތީމަ އޭގެ ހިތި ނަތީޖާ މިފެންނަނީ... ހުރިހާ އަނިޔާއަކާ ނިކަމެތިކަމެއް ކުޑަކުދިންތަކަކަށް....
ސުކުން
05 April 2017
ޔަތީމުޚާނާއަކަށް ލާނީ ކުދިން ބަލާނެ ބެލެނިވެރިން ނެތުމުންދޯ؟ ތިޔަ ކުދިންނަކީ ދިވެހި ރައްޔިތުންނަމަ، މަންމަ ނުރުހުނަސް ބައްޕައަށް ތި ކުދިންނާ ޙަވާލުވެވޭނެ. ދުނިޔޭގެ ކޮންމެ ޤައުމަކަށް ދިޔަޔަސް، ކުޑަ ކުދިންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ އެކުދިން ބަލާނެ ބެލެނިވެރިން ނުވަތަ އާއިލާއާ ޙަވާލުކުރުން. ބާރތް ސެޓިފިކެޓްތަކާއި އެއްޗެތި ދެއްކުމަށްފަހު ބައްޕައާ ކުދިންނާ ޙަވާލުނުވެވިގެން އުޅެނީ ކީއްވެބާ؟ ސަރުކާރުން އެހީތެރި ނުވަނީތަ؟
ހުސް ސުކުން
06 April 2017
އަސްލު އެއީ ޔަތީމު ޚާނާއެކޭ ނުބުނެވޭނެ. އިންޑިޔާގައި ފަގީރު އާއިލާތަކުން ކުދިން ފޮނުވާ " ރެސިޑެންޝިއަލް" ސްކޫލް. އަމިއްލަ އަށް މަސައްކަތް ކުރެވެ ވަރުގެ ކުދިން މަސައްކަތް ވެސް ކުރާނެ. އިންޑިޔާ މަންމައެއްގެ ކުދިން ބޭނުންހާ ގޮތަކަށް ނުގެނެވޭނެ. ސަރުކާރުން ކުރެވޭނެ ކަމެއް އާއިޅ މައްސަލަ ހައްލު ކުރުން އެއީ...
ޝަރީފް
05 April 2017
ހެޔޮނުވާނެ އަވަހަށް ތި ކުދިން ރާއްޖެ ގެނެސްދީ.