މައުމޫނާ އެކު ޒައިދު ފޮޓޯއެއް ނަންގަވަނީ: ފޭސްބުކް ފޮޓޯ
13 އެޕްރީލް 2017 - 22:03
ފަނޑިޔާރަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ މައްސަލަ ބަލައި ދިނުމަށް އޭނާގެ އަންހެނުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން އެކަން ނުބަލަން އެ ކޮމިޝަނުން ނިންމާފައިވާތީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ފާޑުވިދާވެއްޖެ އެވެ.
މިހާރު ދޫނިދޫގައި ހައްޔަރުކޮށްފައިވާ ޒައިދު އަށް ސިޔާސީ ތަފާތު ޕްރެޝަރުތައް ކުރިމަތިކުރަމުންދާތީ، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވާނެ ގޮތެއް ހަދައި ދިނުމަށާއި އެ މައްސަލައިގެ ތަހުގީގު އަވަސް ކޮށްދިނުމަށް އެދި ޒައިދުގެ އަންހެނުން ޝިޔާމާ މުހައްމަދު އެޗްއާރުސީއެމަށް ލީ ސިޓީގެ ޖަވާބުގައި އެ ކޮމިޝަނުން ބުނެފައި ވަނީ އެ މައްސަލަ އިތުރަށް ނުބަލާނެ ކަމަށެވެ. އަދި އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެޗްއާރުސީއެމުން ވަނީ ޝިޔާމާ އަށް ލަފާދީފަ އެވެ.
އެޗްއާރުސީއެމުން ދިން މި ޖަވާބުގެ ލިޔުމާއެކު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މައުސޫމް މީހަކު ތިން މަސް ވަންދެން ހައްޔަރުކޮށްފައި ބެހެއްޓި ސަބަބު އެޗްއާރުސީއެމަށް ނުބެލޭނެ ނަމަ އެ ތަނުން ހިމާޔަތް ކުރަނީ ކޮން އިންސާނީ ހައްގެއްތޯ؟ އެވެ.
ވެރިކަން ކުރާ ޕީޕީއެމް ދެބައިވެ، މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގެންނެވި ޒައިދު މިދިޔަ ޖެނުއަރީ މަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު އަށް ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފަ އެވެ.
ޒައިދު މީގެ ކުރިން ވިދާޅުވީ އޭނާ އަށް ކުރަނީ އަސްލެއް ނެތް ތުހުމަތެއް ކަމަށާއި ބޭނުމަކީ މައުމޫން ހައްޔަރު ކުރެވޭ ފަދަ ބަޔާނެއް ހޯދުން ކަމަށެވެ. އޭނާއާ ސުވާލު ކުރަނީ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރެއިން ގެއްލުނު ހާޑްޑިސްކާ ގުޅޭ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.
ބްލެއިކްމެއިލް ކުރަން އުޅުނީ ކާކު ކަމެއް ތުހުމަތުގައި މިހާތަނަށް ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ޒައިދު ވިދާޅުވެފައި ވެ އެވެ. އޭގެ ބަދަލުގައި ސުވާލުކުރަނީ "ދައުލަތުގެ އެއްވެސް އިސް ވެރިއެއްގެ ގެއަށް ގޮސް އެ މީހަކު ދެއްކި ވާހަކަ ރެކޯޑު ކުރިންތޯ" ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
14 April 2017
2008 ން ފެށިގެން ވެސް ބަޔަކު އައީ މީހުންގެ އަބުރާ ބެހެމުންނާ މީހުންގެ ހައްގުތައް ނަގާލަމުން ،އެއީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކުރަމުން އައި މަސައްކަތެއް އެޗްއާރު ސީ އެމްގާ ތިބި 5 މީހަކު އުއްޓުވާނީ ކިހިނެޔް ކަން ބުނެދީފާނަންތަ ؟
5676
14 April 2017
އެމީހުންގެ އަމިއްލަ މުސާރަ، ފްލެޓް، މެޑިކަލް އިންޝްއަރެންސް. މަދުތަ؟
އަސްލަމް
14 April 2017
ތިޔަ ކޮމިޝަނުގަ ތިބީ އިންސާނީ ހައްޤު ދަންނަ ބަޔެެއް ނޫން. ކޮންމެވެސް ކުޅިވަރެއް ނުވަތަ ފެއާ އެއްގަ ބައިވެރިވެވޭތޯ ބަލާނީ. ދެން ހީކޮށްލަނީ ޙައްޤު ހޯދައިދެވުނީއޭ. ދެން ބުނާނީ ހުރިހާ މުއައްސަސާ އަކުން އެއްބާރުލުން ދޭށޭ. އެނިމުނީ
އައްޑޫ ރަދުން
14 April 2017
މަދުބަޔަކު ވެގެން މިވަނީ ދިވެހިންގެ ހުރިހާ ހައްގެއް ނުހައްގުން ފޭރިގެންފަ.މިއީ ވަރަށް ބޮޑަށް ރާވައިގެން އަޑިއަޑިން ހިންގާ ބޮޑު ޖަރީމާއެއް.މިމީހުން ވީއެންމެ އަވަހަކަށް ނިމިދިއުމަކީ ވަރަށްވެސް އުފާވާނެ ކަމެށް......
ހމމމ
14 April 2017
ހާދަހީވޭ ރަގަޅުރެކޯޑިންގެއް އޮތީހެން، އެހާބިރު އެގަންނަނީ
ޕޮގުބާ
14 April 2017
އަނިޔާ ވެރިކަމުގެ 30 އަހަރުގަ ކުރެވުނީ ކޮންކަމެއް އެމްޑީޕީ މީހުން މިހާރަކު ހަނދާނެއްނެތް އިންސާފުގެ ދަތުރުގަ 30 އަހަރުގެ ހުދުމުޚުތާ ވެރިޔާޔާ ދިމާލަށް ގޮވި ނުބައި އެއްޗެއްސެއް 30އަހަރުގެ އަނިޔާވެރިޔަކީ މައުމޫން ކަމާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދައެ އަހަރުމެން ހަދާންވެ އީވާން ނަސީމް އަނިޔާވެރި ގޮތަކަށް މަރާލާފަ އޮތް ހަދާން އެކަހަލަ އެތައްކަމެއް އަނިޔާވެރިކަމުގަ ހިނގާފަ އެބަހުރި އަަހަރުމެން މައުމޫނަކަށް ވޯޓެއް ނުދޭނަމެ އަދި ތާއީދެއްވެސް ނުކުރާނަމެ ކޮންފަދަބޮޑު ނިކަމެތިކަމެއްތަ މައުމޫނުގެ ސަބަބުން މިރާއްޖެއަށް ކުރިމަތިވެފަ މިހިރީ
ބޭބެ
14 April 2017
ކޮންމެ މީހަކުވެސް ބަލަނީ ލިބޭ މުސާރަޔާ ، އިނާޔަތް ތަކާ ވަޒީފާ ގެއްލިދާނެތީ އެކަމުގެ ބިރަށް. މިހާރު މިއޮތީ އެމީހަކާ އެމީހަކު ގެ ޒަމާން އައިސްފަ. އެއްވެސް އިޙްލާސްތެރި ކަމެއް ނެތް. ޒިންމާދާރު ވަޒީފާ ތަކުގައި ތިބޭއއިރު ހިތައްވެސް ނާރާ ﷲ ގަނދީ ކުރެވުނު ހުވާގެ މަތިން. މިއީ އާޙިރަތް ދުވަހުގައި ކުޑަ ކަމެއް ގޮތުގައި ނުބެލެވޭނެ.
ައަޙްމަދު
14 April 2017
މަނީކުފާނުގެ މައްސަލަބަލަން ފުލުސްކޯޓު ކިޔާތަނެއް އާ ރަށުގައި ހުޅުވަން ފެނޭ
އުދުހޭ
14 April 2017
ވެލާކަހަނބުވެސް ހިމާޔަތްކުރަނީ އެހެން ބައެއް. ދެން ހިމާޔަތްކުރެވޭނެ އެއްޗެއް ބުނެބަލަ؟
އުބުދު
14 April 2017
މުސާރަ.!.............އެހެނިެންފައިދާ......!