ސަފީރުކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުން ރައީސް ޔާމީން ބައްދަލުކުރައްވަނީ. ބޭރު ގައުމުތަކަށް އައްޔަން ކޮށްފައިވާ ސަފީރުންނާ ބައްދަލު ކުރަން ފޮރިން މިނިސްޓްރީން ވަނީ ނިންމާފައި.-- ފޮޓޯ: ރައީސް އޮފީސް
17 އެޕްރީލް 2017 - 11:37
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށާއި އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭ ގޮތުން، ބޭރުގެ ގައުމުތަކަށް އައްޔަންކޮށްފައިވާ ދިވެހި ސަފީރުންނާއެކު މަޝްވަރާ ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އަންނަ ބުދަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަނީ ރާއްޖެ ޕްރޮމޯޓް ކުރުމާ ގުޅޭ ގޮތުންނެވެ.
އެ ގޮތުން ޓޫރިޒަމް ޕްރޮމޯޓް ކުރުމާއި ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާއި އިގްތިސާދީ ޕްރޮޖެކްޓްތައް ހިންގައި ރާއްޖެ ތަރައްގީ ކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާނީ ރައީސް އަބްދުﷲ ޔާމީނެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ބޭރުގެ އެމްބަސީތަކާ މެދު ގުޅުން ބަދަހިކޮށް ހާރިޖީ ސިޔާސަތުތަކާއި ސަރުކާރުގެ ނިންމުންތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބޭރުގެ ސަފީރުންނާއެކު ފޮރިން މިނިސްޓްރީން އެންމެ ފަހުން ބައްދަލުވުމެއް ބޭއްވީ މީގެ ދިހަ އަހަރު ކުރިން 2010 ގަ އެވެ. އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭން
17 April 2017
ކިހާ ހެއްވާ.. ފޮރިން މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ސަފީރުންނާއި އެކު ބައްދަލުވުމެއް ބޭއްވީމަވެސް އެވާހަކަ މާ މޮޅުކަމެއްހެން އެބަ ކިޔައެއްނު. ތީ 10 އަހަރުން ބާއްވަން ޖެހޭ ބައްދަލުވުމެއްނޫން. ކޮންމެ ދުވަހަކުވެސް ބާއްވަންޖެހޭ ބައްދަލުވުމެއް. ފޮރިންރިލޭޝަން ނޭގޭ މީހުން ތަންތަނަށް ލީމާ ވާނީތިޔަހެން.
Gaathun balaa meehaa
17 April 2017
ލަންކާގައި ދިރި އުޅޭ މީހެއްގެ ހައިސިއްޔަތުން ބުނެލާނީ ސަފީރު ޒާހިޔާއަކީ ވަރަށް ދިވެހި ރައްޔިތުންނާއި ގުޅޭ ބޭފުޅެކޭ.
ޒައީމްފަޅި
17 April 2017
އޮޑި އަރި އަޅާފަ އޮތީމަ ހެޑިންތައް ރީތިކޮށްލަނީ ހެހެ މަޝްވަރާ ކުރާހިތްވާ މީހެއް ނޫން ކެބިނެޓު ޖަލްސާއެއް ވަރުވެސް ނުބޭއްވޭ ވައިބަރު ގުރޫޕުން އެކަނި ފުއްދާލީ ނިމެނީ
ބެއްޔާ
17 April 2017
ކޮބާ ތެޔޯވަޅުތަށް ބެދުނީތޯ؟؟
މުސަ
17 April 2017
ކޮން އިންވެސްމެންޓުގެ ވާހަކައެއް މިދައްކަނީ، އަދިވެސް ލިބުނު ކަޓު މަދުވީބާ!
އުމަރު
17 April 2017
ތިޔައިން އެއްވެސް ބޭފުޅަކީ ޓޫރިޒަމަކީ ކޯޗެއްކަންވެސް ދަންނަ ބޭފުޅުންނެއްނޫން، ތިޔައިން އެކަކަކީ ޓީޗަރެއް، އަނެކަކީ ޕްލޭނިންގެ ދާއިރާގެ މީހެއް އަނެކަކީ ފޮރިންސް ރިލޭޝަން އޭރިއާގެ މީހެއް، އެމީހުންނަކީ ޓޫރިޒަމް ސެކްޓަރުގެ މީހުން ދަންނަ ބައެއްވެސްނޫން، އެމީހުންނަށް ކުރެވޭނެހާވެސް ކަމަކީ ރައީސް އަދި ސިޔާސީ ބޭފުޅުން ބޭރަށް ވަޑައިގަތީމާ އެމީސް މީހުންގެ މީޓިންގެ އެރޭންޖުކުރުމާއި އެތަންތަކުގައި ތިބި ދިވެހިންނަށް އާސަންދަ ހަމަޖެއްސުމާއި، އިސްލާމް އަދި ދިވެހި ކިޔަވައިދިނުމާއި، ވޯޓްލާދުވަސްކޮޅު ކެމްޕޭންކުރުން
އައްބެ
17 April 2017
ކޮންމެ ސަފީރަކީ އިންވެސްޓަރެއް.. ގޮތް ހުސްވީ. އިންވެސްޓަރުންވެސް ހުސްވީ..
މާނަ
17 April 2017
މާނަ ކުރެވޭނެ އެމީހަކު ހިތަށްއެރި ގޮތަކަށް. މިހާރުމީ ހިތަށްއެރި ގޮތަކަށް މާނަކުރެވޭ ޒަމާން.
ކޮލަމާފުށި
17 April 2017
ދިވެހިރާއްޖެ ޕްރޮމޯޓް ކުރެވޭނީ ސަރުކާރުން ހިންގާ ކަރަޕްޝަނާ، އަނިޔާ ވެރިކަމާ، ބިރުދެއްކުން ހުއްޓާ ދުނިޔެގެ ގައުމުތަކުން ދޭ ލަފާތަށް އަޑުއަހައި އިދިކޮޅު ފަރާތް ތަށް ފަހާދުވުން ހުއްޓާލައިގެން.
ޒައިދާން ބުން ފިޝަރީޒް
17 April 2017
ބަލަ މަށާ ވެސް މަޝްވަރާކޮށްބަލަ މަށަކީ މަސްމާރުކޭޓުގެ ސަފީރު