ޚަބަރު / ބުލީކުރުން

ސްކޫލުގައި ބުލީކުރާތީ ކުއްޖަކު އަމިއްލަ އަށް މަރުވާން އުޅެފި

މާލޭގެ ސްކޫލެއްގައި "ބުލީންގެ ޝިކާރައަކަށް" ވި އަންހެންކުއްޖަކު އަމިއްލަ އަށް މަރުވާން ރޭ ލައްފިލުވާ ބުއިމުގެ ސަބަބުން ހާލު ދެރަވެ، ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެ އެވެ.

އުމުރުން 14 އަހަރުގެ ދަރިވަރު ގޭގައި ލައްފިލުވާ ފުޅިއެއް ބޮއެގެން ފާޚާނާ ތެރެ އަށް ވެއްޓިފައި އޮއްވާ ފެނުނު އޭނާގެ މަންމަ ތުހުމަތުކުރާ ގޮތުގައި އެކުގައި ކިޔަވާ ކުދިން އެ ކުއްޖާ އަށް އެކި ކަހަލަ ގޯނާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އައިޖީއެމްއެޗުގެ އިމަޖެންސީ ބައިގައި ފަރުވާ ދިނުމަށް ފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާ އަންހެންކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ މަންމަ ބުންޏެވެ.

"އަޅުގަނޑު ގަތް ގޮތަށް ބަހައްޓާފައި ހުރި ބޮޑު ސައިޒުގެ ލައްފިލުވާ ފުޅިއެއް އެއްކޮށް ބޯލައިގެން އޭނަ އަމިއްލަ އަށް މަރުވާން އުޅުނީ،" ތިން ކުދިންގެ މަންމަ ކިޔައިދިނެވެ.

"އަޅުގަނޑު އެކަމާ ރޮއެ ހަދައި ސުވާލުތައް ކުރަން ފެށީމަ އޭނަ ބުނީ ތިމަންނަ ސްކޫލަށް ނުދާން ވެގެން ކުރި ކަމެކޭ އެއީ."

ކުދިންގެ ބައްޕައާ ވަކިވި ފަހުން މިހާރު އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭ އަންހެންމީހާ ބުނިގޮތުގައި މިއީ އޭނާގެ ދެވަނަ ދަރިފުޅު މިފަދަ ކަމެއް ކުރި ދެވަނަ ފަހަރެވެ. މިދިޔަ ފެބްރުއަރީ މަހު އަމިއްލަ އަށް އަތުގައި ކަޓަރު ވެސް އެޅި އެވެ. އެކަމަކު މާ ބޮޑަކަށް ޒަޚަމެއް ނުވެ އެވެ.

މާލޭގެ އެހެން ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ އަންހެންމީހާ ބުނީ ގްރޭޑް ނުވައެއްގައި ކިޔަވާ އެ ކުއްޖާ ސްކޫލަށް ނުދާން އެކި ކަހަލަ ބަހަނާތައް ދައްކާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ސްކޫލަށް ނުދާ ދުވަސްތައް ގިނަވެ ހާޒިރީ ވަރަށް ބޮޑަށް ދަށްވުމުގެ އިތުރުން ކިޔެވުން ވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ ކްލާހުގައި އުޅޭ އެހެން ކުދިން ދަރިފުޅު ބާކީކޮށްލާތީ އާއި ބުލީކުރާތީ އޭނާ އުޅުނީ ވަރަށް ބޮޑަށް ދެރަވެ އަދި ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

"ކުދިން ބެހޭ ވާހަކަ ބުނީމަ، އަޅުގަނޑަށް ވެސް ބުނެވިފައި ހުރީ ދަރިފުޅު ހަމަ ހުއްޓާ ހެއްޔޭ ބެހުނީ، ދަރިފުޅު ކަމެއް ނުކޮށް ހުއްޓާ އެ ކުދިން ވެސް ކަމެއް ނުކުރާނެއެއް ނޫން ހެއްޔޭ،" އެ ކުއްޖާގެ މަންމަ ބުންޏެވެ.

"ކޮންމެވެސް ތަނަކަށް ތަދުވާތީއޭ ކިޔާފައި އަބަދުވެސް އުޅޭނީ ސްކޫލަށް ނުދާން. މިދިޔަ ހަފްތާ އިން ފެށިގެން ހަމަ އެއްގޮތަކަށް ވެސް ނުދާން އުޅޭތީ އަޅުގަނޑު ބުނީ، މާދަމާ (މިއަދު) ކޮންމެހެން ވެސް ޖެހޭނެއޭ ސްކޫލަށް ދާން، ވަރިހަމައޭ ކޮންމެ ތަނަކަށް ތަދު ވިޔަސް. ނޭވާ ހިއްލާ ކުއްޖެއް އެއީ. އަޅުގަނޑު ބުނިން ނޭވާ ހިއްލަންޏާ އިންހޭލާ ހިފައިގެން ވެސް ވާނީ ދާށޭ. އަޅުގަނޑު އެހެން ބުނީމަ މިއަދު ސްކޫލަށް ނުގޮސް ވާނެ ގޮތެއް ހަދަން ސުއިސައިޑަށް އޭނަ އެ ދިޔައީ."

އެ އުމުރުގެ އެހެން ކުދިންގެ އެވްރެޖް އިސްކޮޅަށް ވުރެ ކުރުކޮށް ހުންނާތީ ކުރިންސުރެ ވެސް އެހެން ކުދިން ދިމާކުރަމުން ގެންދިޔަ ދަރިވަރަށް ކުރިއަށް ވުރެ ބޮޑެތި ގޯނާތަކެއް ދިމާވާން ފެށީ، މަންމަ ކިޔައިދިން ގޮތުގައި، ކުދިންތަކެއްގެ އަޚުލާގީ މައްސަލަތަކެއް ރިޕޯޓްކުރި ހިސާބުންނެވެ. އަދި އެކަމުގައި ސްކޫލުގެ އިހުމާލު ވަރަށް ބޮޑު ކަމަށް އޭނާ ބުނެ އެވެ.

"އެ ކްލާހަކީ ވަރަށް ގޯސް ކަންތައްތައް ކުރާ ކުދިން އުޅޭ ކްލާހެއް. ކްލާސް ތެރޭގައި އިލެކްޓްރޯނިކް ޝީޝާ ބޮއެ، ފާޚާނާ ތެރެއަށް ކުދިން ވައްދައި ބިރުދައްކައިގެން ލާރި އަތުލާ އެބަ ހަދާ. އަޅުގަނޑުގެ ދަރިފުޅު މި ކަންކަން ލީޑިން ޓީޗަރަށް ރިޕޯޓްކުރީ، އެ ވާހަކަ ބުނީ އޭނާކަން ހާމަނުކުރަން ޝަރުތުކޮށްފައި. އެކަމަކު އެއްކަލަ ކުދިންނަށް އޮތީ އެނގިފައި، އޭނާކަން ބުނީ،" އަންހެންމީހާ ބުންޏެވެ.

"އޭގެ ފަހުން ވަރަށް ބޮޑަށް ޖައްސާލާފައި އެ ކުދިން ތިބެނީ. އަޅުގަނޑުގެ ދަރިފުޅު ހުންނަނީ ޑަސްބިނަކަށް ހަދާފައި. ފެން ބޮއެފައި ފުޅި އޭނަގެ ގަޔަށް އުކާނެ، އެއްޗެހި ކައިފައި ކަރުދާސް އުކާނެ. އޭނާ ފިލާވަޅު ހަދަން އިންދާ ފޮތުގެ ގަނޑު ކަނޑާލާނެ، ފޮތުގައި ކުރާހާލާނެ، ފޮތަށް ފެން އަޅާނެ. އަޅުގަނޑު މިދިޔަ އަހަރު ޓީޗަރެއް ކައިރީގައި މި ވާހަކަ ދެއްކިން. އެކަމަކު ފިޔަވަޅެއް ނާޅާ. މި އަހަރު ފެށުނީއްސުރެ މި ކަންތައް ބޮޑުވެގެން އެ ވާހަކަ ދައްކަން އަޅުގަނޑު ސްކޫލަށް ދާން އުޅޭ އިރަށް ދަރިފުޅު ބުނާނެ، މަންމަ ނުދައްޗޭ، ދިޔަޔަސް ވާނެ ކަމެއް ނޯންނާނެއޭ، ތިމަންނަ އަށް އަދި މާ ބޮޑުވަރު ކޮށްލާނެއޭ."

އޭނާ ބުނީ ދަރިފުޅު ހުރީ ޓީޗަރުންގެ ފަރާތުން ކޮންމެވެސް ކަހަލަ ހިމާޔަތެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް ބުލީކުރުން ހުއްޓުވަން ސްކޫލުން ފިޔަވަޅެއް ނާޅާ ކަމަށެވެ.

"އަޅުގަނޑު މި ކަމުގައި ސްކޫލުގެ ޓީޗަރުން ވަރަށް ބޮޑަށް ކުށްވެރިކުރަން. މިހާރު ބޭނުން ވަނީ ދަރިފުޅު ސްކޫލުން ކަނޑާލަން،" އުމުރުން ފަސް އަހަރުގެ އޯޓިސްޓިކް ކުއްޖަކު ވެސް ހުންނަ މަންމަ ކިޔައިދިނެވެ.

"އޭނާގެ ފޮތަށް ކުދިންތަކެއް ފެން އަޅައިގެން އުޅެނިކޮށް ޓީޗަރަކަށް ފެނިގެން ފޮޓޯ ވެސް ނެގި ކަމަށްވޭ. އެކަމަކު އޭރުންސުރެ ވެސް އެޅުނު ފިޔަވަޅެއް ނެތް."

މިކަމާ ބެހޭ ގޮތުން ސްކޫލުގެ ޕްރިންސިޕަލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އަންހެންމީހާ ބުނީ ދަރިފުޅަށް ފަރުވާދެމުން އަންނަނީ ހަށިގަނޑުން ލައްފިލުވާގެ އަސަރު ކަނޑުވާލަން ކަމަށެވެ.

"ފާހާނާ ތެރޭ އޮއްވާ ފެނިގެން ޖަހާ ތަޅުވައިގަތީމަ ކޮށިއަރާފައި ވަރަށް ކުޑަ އެތިކޮޅެއް ބޭރުވީ. ޑޮކްޓަރުން ބުނަނީ އޭނާ އުމުރުން ޅަވީމަ ޕަމްޕުކޮށްފިއްޔާ ގެއްލުންތަކެއް ލިބިދާނެއޭ. އެހެންވީމާ އައިވީ ގުޅައިގެން، ކެމިކަލްގެ ބާރު ކަނޑުވާލަން މަސައްކަތްކުރަނީ. އަދި ނޭނގެ ދޫކޮށްލާނެ އިރެއް،" އޭނާ ބުންޏެވެ.

125 ކޮމެންޓް, 776 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 92%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަމުމަ

18 April 2017

މިއަދު ރާއްޖެގެ ސްކޫލަުތަކުންފެންނަނީ އެތަންތަން ހިނގުމާއި ހަވާލުވެފައިތިބި މީހުންވެސް ސިޔާސީވެ ދަރިވަރުންގެ ކަންކަމާމެދުގައި ވިސްނާ ފިކުރު ކުރުމަށްވުރެ ބޮޑަށް ސިޔާސީ ކަންކަމާމެދުގައި ވިސްނަމުންދާ ތަނެވެ.މިއަދު ގައުމުގާ އޮތީ އެމީހަކާއެމީހެކޭ.އެމީހަކަށް ކުރެވުނު ކަމެއް ކުރަންވީއޭ.

The name is already taken The name is available. Register?

ޢިޚްލާސްތެރިވޭ ރައްޔިތުންނަށް

18 April 2017

ވަޒީފާގެ ބިރުދެއްކުމާއި މަޖްލިސް މެންބަރުން ލައްވާ ހޫނުފެނުގެ ބިރު ދެއްކުމާއި، ސަލާމަތީ ބާރުތަކުގެ އެހީގައި ބިރުދެއްކުމަކީ ބުލީކުރުމެއްނޫންތޯ؟ އެހެންކަމަށްވަންޏާ މިޤައުމުގެ އެންމެ ބޮޑު ބުލީއަކީ ކޮބާ؟

The name is already taken The name is available. Register?

.

18 April 2017

މިތަނަށް ސިޔާސީ ވާހަކަ ގެންނާނެ ކަމެއް ނެތް. ސިޔާސީ ނޫނަސް މިމުޖުތަމައުގައި ބައިވަރު މައްސަލަ އެބަ ހުރި. ކޮންމެ ވާހަކަ އެއްވެސް ދައްކާނެ ހާލަތަކާ ގަޑިއެއް އޮވޭ. މައްސަލައެއް ދިމާވުމުން ދިވެހިންގެ އާދަ އެއީ މާދުރުން އެހެން ވާހަކައެއް ފަށާ ހަގީގީ މައްސަލަ އޮއްބާލުން. އެހެން ނުހެދުން އެދެން.

The name is already taken The name is available. Register?

އަލީ

18 April 2017

ތިވަރު ދަރިފުޅަށް ކުރިއިރު އިހުމާލުވީ ޕްރިސްޕަލް އަދި ލީޱިންޓީޗަރު ނަންވެސް ހާމަ ކުރަން ނުކެރުން ކޮން ސުކޫލެއް ކަމެއް ވެސް ނޭގުން ވީމާ ބެލެވެނީ އަމާވެސް ހުރީ ވަރަށް ބޮޑަށް ބަލީގައި ޖެހިފައިވާ ކަމަށް.. ނޫންނަމަ އާމުންގެ ސަމާލުކަމައް އިގެން ވާނެ އެކަމުގައި އިހުމާލުވީ ފަރާތްތައް.. މާދަމާ އެހެން ކުއްޖަކު

The name is already taken The name is available. Register?

އިހުމާލު

18 April 2017

މިކަމުގެ މަންމަގެ އިހުމާލު ވަރަށް ބޮޑު. ޓީޗަރަކަށްވެހުރެ ދަރިފުޅާމެދު ކަންތައްކުރިގޮތް ކަމަކުނުދޭ. އެންމެ ބޮޑަށް ސްކޫލްތަކުގެ މާހައުލު އެނގޭމީހަކަށް ޓީޗަރު ވާނެ. އެހެންވެ މިބުނީ މަންމަގެ އިހުމާލޭ މިކަމުގަ ބޮޑީ.

The name is already taken The name is available. Register?

.

18 April 2017

އެހެން ދެއްތޯ. ތިބޭފުޅާ އެކުއްޖގެe މަންމައަށް އިނގިލި ދިއްކުރުން އަޅުގަނޑު ކުއްވެރިކުރަން. އެކަނި އުޅޭ، އޮޓިސްމް ކުއްޖެއް ގެންގުޅޭ އަދި މަސައްކަތަށް ދާ މަންމައެއް އެއީ. އެއާއިލާއަށް ކުރިމަތި އެވީ ވަރަށް ދެރަ ކަމެއް. ހިތްވަރު ނޫނީ އިހްސާންތެރިކަން ދެއްކުމެއްވެސްނެތް

The name is already taken The name is available. Register?

ޖޖ

18 April 2017

ސްކޫލްތަކުގަ ޝީޝާ ބުއިމަކީ އާއްމުކަމެއް.. ހިރިޔާ ސްކޫލް ގްރޭ7 ގެ ކުލާހެއްގާ ވެސް މިކަން ކުރޭ... ކުދިން ތިބެނީ ބިރުން ، ބެލެނިވެރިންވެސް ޝަކުވާ ކޮށްފިއްޔާ އަންނާނެ ރޯޅިއަށް

The name is already taken The name is available. Register?

ޝަހާމް އިބްރާހިމް

18 April 2017

ގިޔާސުއްދީން ސްކޫލަކީ ނަމޫނާ ސްކޫލެއް. އެތަނުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ކޮންމެ ކަހަލަ ކުއްޖެއް ނަމަވެސް އެކުއްޖަހާ ދިމާކޮށް ބުލީ ކުރުމުގެ ފުރުޞަތެއް ނުދޭނެ. މި ނަމޫނާ އެހެން ސްކޫލްތަކުން ކޮޕީކުރިއްޔާ ކީއްތޯ...! ނޭންގެންޔާ ދަސްކުރަން ދާންވީނުންތޯ...! މީގެ އިތުރުން، މައިންބަފައިވެސް މިހާރަށް ވުރެއް ބޮޑަށް ގިނަ ވަގުތު ކުދިންނާއެކު ހޭދަކޮށް ކަންކަން އޮޅުންފިލުވާ ހަދަންޖެހޭ...!

The name is already taken The name is available. Register?

ޤައުމުދެކެ ލޯބިވާ ރައްޔިތެއް

18 April 2017

ބުލީކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މިހާރުވެސް އަޅުގަނޑު ދަންނަ ރައްޓެހި ޢާއިލާއެއްގެ ކުއްޖަކުވެސް މާލޭގެ ސްކޫލެއްގައި މިމައްސަލަ ބޮޑުވެގެން އުޅޭތާ ކިތަންމެ ދުވަހެއް. އެކުއްޖާއަކީވެސް ގްރޭޑް 9 ގަ އުޅޭ ފިރިހެން ކުއްޖެއް. އެހެންކުދިންގެ އުނދަގޫ ބޮޑުވެގެން ސްކޫލަށް ނުގޮސްވެސް ކިތަންމެ ދުވަހަކު ހުރޭ. މިމައްސަލަ ބެލެނިވެރިން ސްކޫލްގެ އޮފީހަށް ހުށަހެޅުމުން އެކަން ހުއއްޓުވުމުގެ ޤާބިލުކަމެއް ސްކޫލު އޮފީހުގައި ނެތް. އޮފީހުން ބުނަނީ ތިމަންނަމެންނަށް ނަސޭހަތޭ ދެވޭނީ. އެއަށްވުރެ ބޮޑު ފިޔަވަޅެއް ނޭޅޭނެޔޭ. މިހާރު އެކުއްޖާގެ ބައްޕަ އުޅެނީ އޭނާގެ މަސައްކަތް ހުއްޓާލާފައި އަބަދުވެސް އެކުއްޖާ ގޮވައިގެން. ދާ ކޮންމެ ތަނަކަށް ދަނީ އެކުއްޖާ ގޮވައިގެން. އެވެސް އެކުއްޖާ އަތުންފައިން ގޯހެއް ހަދާފާނެކަމުގެ ބިރު އޮތީމަ. މިދަރަޖައަށް ކަންކަން ދާއިރު، އަދި ބޮޑެތި ހިތާމަވެރި ހާދިސާތައް ހިނގަމުންދާއިރު ސްކޫލްތަކުގެ އަޅާލުން މިހާ ކުޑަވީމަ މިކަމުގައި އެހެން ގޮތަކުން ޙައްލެއް ހޯދަން އެބަޖެހޭ. މިފަދަ ގޯނާތައްކުރާ ކުދިން ނަސޭހަތްދީ، އިންޒާރުދީ، އެވަރުން ރަނގަޅު ނުވިނަމަ ސްކޫލުން ވަކިވެސް ކުރެވެންޖެހޭނެ.

The name is already taken The name is available. Register?

ދޮންދޮނާ

18 April 2017

ޓީޗަރުން މީގެ ޒިންމާނަގަންޖެހޭނެ..

The name is already taken The name is available. Register?

ޕޮޕް

18 April 2017

އަހަރެންނަކީ 23 އަހަރުގެ އަންހެނެއް. އަހަރެންނަށްވެސް މާލޭގެ ސަރުކާރު ސްކޫލެއްގައި ބުލީ ކުރި ވަރަށް ގަދައަށް. ސްކޫލުގެ ޑޮންއެއް ކްލާހުގައި އުޅޭ. އޭނާގެ ބިޓު އޭނާއާއި އަޅާ ބަލާފައި ހަޑިއޭ އަހަންނަށް ބުނެވުނީ އިތުބާރު ކުރާ ގާތް އެކުވެރިއެއް ކައިރީ. ދެން ފެށުނީ އަހަރެންގެ ސިފައާއި ބެހެން. މޫނުގައި ބިއްސެއް އިނީޔާ އެޔާ ބެހޭނެ، މޫނުގައި އެއްދުވަހު ހާދަ ރީއްޗޭ ކިޔައި ފިރުމާލި. ޓީޗަރެއް ބުނީމަ އެގުނީ މޫނުގައި ކަޅު ދެލި އުގުޅާފައި ހުރިކަން. އެކަމަކު އަހަރެން ގެ ޒަމާނުގައި ތިހާ މައްޗަކަށް ނުދޭ. ވަށް ބަހުން ވަރަށް ބޮޑަށް ދޭހަވާ ގޮތަށް މަލާމާތް ކުރި، ބްރޭކްއަށް ދާ ގަޑީ ޕްރައިވެޓް އެއްޗިސް ދަބަހުން ނަގާފައި ހާވާނެ، އަންނައިރު ހުންނާނީ ވަރަށް ހަޑިކޮށް އެތަކެތި މޭޒުމަށްޗަށާ ބިންމަށްޗަށް އުކާފަ، ދެން އިވޭނީ އަހަރެންގެ ނޯޓުފޮތުން ފެނުން އެއްޗިސް ކިޔައި އެޔަށް މަލާމާތް ކުރާ އަޑު. އަހަރެންނަށް ކުރެވުނު ކަމަކީ ކިޔެވޭ ވަރު ނުވީމާ ގޮސް ޑެޕިއުޓީ ޕްރިންސިޕަލް ކައިރީ ރޮއެގަނެވުނީ.. އަހަރެން އުޅުނީ ގްރޭޑް 9 ގައި ކަމާއި ކިޔަވަން ބޭނުންވާކަމަށް ބުނިން. އޭގެ ފަހުން ސްކޫލުން އަހަރެން ބޭންދީ ސްޕަވައިޒަރޒް ރޫމްގައި.... 5 ދުވަސް ކްލާހަށް ނުފޮނުވައި ބޭންދި. 5 ވަނަ ދުވަހު ބުނީ ބުލީ ކުރާ ކުދިންގެ ނަންތަށް ދޭށޭ އެކުދިންނާ އަހަރެންނާ މީޓިންގ އެއް ބާއްވަން. މީޓިން ބާއްވާފަ ހުރިހައި ކަމެއް ރަގަޅުވި. އޭގެ ފަހުން ނުބެހޭ. އަހަރެންނަށް އެގުނު ބުލީ ކުރީމަ ކުރާ އަސަރު. އެކަމު މިހާރު ބުލީ ކުރުމުގެ ލެވަލް 100. އަހަންނަށް ކޮށްލި ވަރާއި އަޅާވެސް ނުކިޔޭހާ ބޮޑު ވަރެއް ތީ. މި ހަބަރު ކިޔާފަ ހިތަށް އެރި ތި ސްކޫލުގެ ޕްރިންސިޕަލް ނަމައޭ އަހަންނަކީ. އޭރުން އެސެންބްލީ އެއް ބާއްވައި ބުލީ ކުރި ކުދިން ސްޓޭޖަށް އަރުވައި ހުރިހައި ކުދިން ކުރިމަތީ ނަސޭހަތް ދޭން. ދެން ދުވަހަކު އެކުދިން ބުލީ ނުކުރާ ވަރުގެ ސްޕީޗެއް ދޭނަން. ލަދުގަންނަވަން ޖެހެންޔާ އެކަންވެސް ކުރާނަން.

The name is already taken The name is available. Register?

ސާ

19 April 2017

ތި ކޮމެންޓް ސުކޫލުތަކުގެ ޕްރިންސްޕަލް އަށް ފެންނާނެ ނަމަ ކިހާރަނގަޅު.

The name is already taken The name is available. Register?

ޤައުމު

18 April 2017

ހަޤީގަތުގައިވެސް އިސްކޮޅުން ކުރުވުމާއި ފަލަވުމާއި މާބޮޑަށް ހިކިކޮށްހުރުމާއި ކިޔެވުމަށްދަށްވުމަކީވެސް އެހެން މީހުނާއި ކުދީންގެ ފަރާތުން މަލާމާތާއި ފުރައްސާރަކުރުން އިތުރުވާކަމެކެވެ. ބޮޑަށް މިކަންތައް އަންނަނީ ބެލެނިވެރިންގެ ފަރާތުން ކަމުގައި ބުނެވޭނެ ޖާގައެބައޮތް އެއީ ސްޓޭޖްމަތިން މާކުޑަކޮށް ހުރި ކުއްޖަކު ފެނުމުން "އޭ އެއީ ހާދަ ކުޑަކުއްޖެކޭދޯ" މިހެން ބުނާ އަޑުއިވޭތީއެވެ. ފަލަކޮށްތިބޭ ކުދީންގެ ރައްޓެހިންވެސް ނުތިބޭ އަދި ކުޑަކޮށްހުންނަންޏާވެސް މިކަންތައް ދިމާވޭ އަދި އިސްކޮޅުން ކުރުކުދީންނަށް ކުޅިވަރުތަކުގައި ނުކުޅެވޭނެކަން ކުދީންގެ ފަރާތުން އަޑުއިވޭ މިއީވެސް ހައްލުކުރަންޖެހޭ ކަންތައްތައް އެއްކުއްޖަކު އަނެއްކުއްޖަކަށް އެއްވެސްހާލެއްގައި އެއްޗެއް ނުބުނުމަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވާންޖެހޭ. އަދި ބެލެނިވެރިންވެސް މިކަންތައްތަކުން ދުރުވާންޖެހޭ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454