ރިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް މިރޭ ވަދެވަޑައިގަތުމުގެ ކުރިން އާއިލާގެ ބޭފުޅުންނާއެކު ކޯޓުގެ ބޭރުގައި.---މިހާރު ފޮޓޯ: ނިޝާން އަލީ
20 އެޕްރީލް 2017 - 22:15
ފުލުހުންނަށް ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒަށް ކުރާ ދައުވާގެ ޝަރީއަތް ހިނގަމުން ދަނިކޮށް، އެ ފޯނު ރިޔާޒް މިރޭ ހުޅުވައި ދިނުމުން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްގެ މައްޗަށް "ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ" ދައުވާ ކުރަނީ ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހިފަހައްޓައި، އެ ފޯނު ހުޅުވައި ދޭން ފުލުހުން އެދުމުން އެކަން އޭނާ ނުކުރެއްވި ކަމަށް ބުނެ އެވެ.
އާންމުކޮށް ހުޅުވާ ނުލައި، މިރޭ ބޭއްވި ޝަރީއަތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރިޔާޒްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ، ފުލުހުންނަށް ފޯނު ހުޅުވައި ދިނުމުގެ ފުރުސަތު ރިޔާޒަށް އަދިވެސް އެބައޮތް ކަމަށް މިރޭގެ އަޑުއެހުމުގައި ގާޒީ ވިދާޅުވުމުން އެ ފުރުސަތުގެ ބޭނުން ހިއްޕަވައި، ފޯނުގެ ޕިން ކޯޑް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު އަންނަ އާދިއްތަދުވަހު ކޯޓުން ގޮތެއް ނިންމާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވިން ކުރިން ވެސް ނުބައި ނިޔަތެއް ނެތް ކަމަށް ކޯޕަރޭޓް ނުކުރުމަށް. އެހެންވީމަ އެ ފުރުސަތުގެ ބޭނުން ހިއްޕަވައި، އެ ޕިން ކޯޑް ފުލުހުންނާ މިރޭ ހަވާލު ކުރެވުނު. ދެން މި މައްސަލައާ މެދު ކުރިއަށް ގެންދަވާނެ ގޮތެއް އަންނަ އާދިއްތަދުވަހު ނިންމަވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާން ކުރައްވާފައި އޮތީ." ހިސާން ވިދާޅުވި އެވެ.
ރިޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތަށް ކްރިމިނަލް ކޯޓަށް މިރޭ ވަދެވަޑައިގަތުމުގެ ކުރިން އާއިލާގެ ބޭފުޅުންނާއެކު ކޯޓުގެ ބޭރުގައި.---މިހާރު ފޮޓޯ: ނިޝާން އަލީ
ރިޔާޒް ވިދާޅުވީ އެ ދައުވާ އަކީ ގައުމުގެ ކަންކަން އިސްލާހު ކުރަން އިދިކޮޅު ލީޑަރުންނާ ގުޅިގެން އޭނާ މަސައްކަތް ކުރައްވަން ފައްޓަވާފައިވާތީ، އެކަން ހުއްޓުވަން ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ. މި ޒަމާނަކީ ސިޔާސީ މީހުން ދައްކާ ވާހަކަތަކާ ގުޅިގެން ތަހުގީގު ކުރަންޖެހޭ ޒަމާނެއް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ރައީސް ޔާމީނަށް ހަޖަމް ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގެންދެވީ ފުލުހުންނަށް އެއްބާރުލުން ދެއްވަމުންނެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ މައްސަލާގައި ފުލުހުން އަމަލުކުރީ ގަވާއިދުތަކާ ޚިލާފަށް ކަމަށާއި ދައުވާކުރީ ވެސް ތަހުގީގު ނިންމިކަން އޭނާ އަށް އެންގުމެއް ނެތި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ފަންސަވީސް އަހަރު ވަންދެން ގާނޫނު ތަންފީޒު ކުރަން އުޅުނު މީހެއް އަޅުގަނޑަކީ. އަޅުގަނޑަކީ ގާނޫނު މުގުރާލައިގެން ކަންކަން ކުރާނެ މީހެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
އެ މައްސަލާގައި މިރޭ އަޑުއެހުމެއް ބޭއްވީ އެ ދައުވާއަށް ޖަވާބުދާރީވުމަށް އަންނަ އާދިއްތަދުވަހާ ހަމައަށް ފުރުސަތު ދީފައި ވަނިކޮށެވެ. އެކަމަކު ފޯނު ހުޅުވައި ދިނުމުން އަންނަ އާދިއްތަދުވަހު އޮންނާނީ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމެވެ.
އެ މައްސަލާގައި ރިޔާޒް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ދައުލަތުން ކުރިން އެދުނެވެ. އެކަމަކު ގާޒީ އޭރު ނިންމެވީ ރިޔާޒް ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.
ރިޔާޒްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. އޭނާ އަށް ދައުވާކުރަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
42ބިރު
22 April 2017
ހުރިހާ ބޭފުޅުންވެސް ބައްތިފޯނެއް ގެންގުޅެމާ ސަލާމަތީ ވަސީ؛ލަތަކައް.
އިބްރާހީމް
22 April 2017
އިހުސާނު އަލީ 21 އެޕްރީލް 2017 01:50 ( ހާދަހާ މޮޔަ ބަޔެކޭ ދެތްތޯ.؟؟؟ އެޕަލް އައިފޯނުގެ ސެކިޔުރެޓި ހަމަޖެހިފައިވާ ގޮތައްބަލައިލުމުން ސާފުކޮށް އެނގޭ އެޕަލް އައިފޯނު ބޭނުންކުރެވޭނީ އޭގެ ޒާތުގައި ފުލް ފަންކުޝަން ބޭނުންކުރާނަމަ އައިކުލައުޑު އެކައުންޓެއް މެދުވެރިކޮށްގެން ކަން.. ތިޔަ ފޯނުގެ ޕިންކޯރޑު ދިނަކަސް އަސްލު އޯރނަރައް ތިޔަ ފޯނުގައި ހުރި ހުރިހާ ޑޭޓާތައް އެޟިހެއްގެ 2 ވަނަ އައިފޯނު ބޭނުންކޮށް އައިކުލައުޑު މެދުވެރިކޮށް އެރޭޒް ނުވަތަ ޑިލީޓު ކޮށްލުމަކީ ފަސޭހަކަމެއް...ސަވަބަކީ އެމޙެއްގެ ފުރަތަމަ ފޯނުގައި ހުރި ހުރިހާ ޑޭޓާެސްތައް ފަހުންގަންނަ އަފޯނައް އޮޓޯއިން ޓުރާންސްފަރުވާނެތީވެ. ނަމަވެސް މިކަން ކުރެވޭނެ އޭނާގެ ފުރަތަމަ އައިފޯނު ނުހުޅުވި އޮފް ކޮށްފައި އޮތްނަމަވެސް... ފޯނު ނުހުޅުވައި އޮތިއްޔާ އެފޯނު ލޮކޭޑް ނުކުރެވޭނެ ނަމަވެސް އެފޯނުގައި ހުރި ހުރިހާ ޑޭޓާ ތަކާއި ފޮޓޯތައް ލިބިގެންދާނެ ފަހުން ބޭނުންކުރާ އައިފޯނައް... ނަމަވެސް ސިމް ކާރޑުގެ ނަމްބަރ ބަދަލުވެގެނެއްނުވާނެ މިހާލަތުގައިވެސް...ފޯނު ގައި އެވާ ސިމްކާރޑު އަލުންގަނަލެވުމުގެ ފުރުސަތު އޮތިއްޔާ އިޒީކަމެއް.... ރިޔާޒް ސީމުސް ސުމާރޓު އިނަފް...) އިޙަސާން އަށް ބުނެލަން ފޯން ބޭނުންކުރަން ފެށުމަށްފަހު ސޭވް ކޮށްފައިވާ ހުރިހާ އެއްޗެއް ޑިލީޓް ކުރިޔަށް އަލުން ފޯނުން އެ ތަކެތި ނެގޭނެ. ފޯނުން ކުރާ ހުރިހާ މުޢާމަލާތެއް ފޯންގަ އޮޓޯކޮށް ސޭވް ކުރެވިފަ ހުންނާނެ،
ކުރާނެ
21 April 2017
ހުރިހާ ކަމެއް ވެސް ކުރާނެ. ބާކީ އޮތީ މަދު ދުވަސްކޮޅެއް. ހަރުކަށިކަން ވެސް އޮންނަންވާނީ ވަކި ވަރަކަށް. ވަކި ގޮތަކަށް. މިނޫން ދުވަހެއް ވެސް ވަރަށް އަވަހަށް ފެނިދާނެ. އުފާކުރާނެ މީހުން ވެސް ތިބޭނެ. އަދި ގިސްލާ ރޯނެ މީހުން ވެސް ތިބޭނެ. މަށަކީ ވެސް އާއިލާގެ އެންމެން ގޮވައިގެން ބެރުޖަހަމުން ދުވާނެ މީހެއް. އިރާދަކުރެއްވިއްޔާ އެދުވަސް ވަރަށް ކައިރި.
އަލީ ޖަވާޒު
21 April 2017
އައި ފޯނެއްގެ ޑާޓާ ޑިލީޓް ކޮށްފަ ފޯނު ހަވާލުކުރިޔަސް ރާއްޖޭގެ ފުލުހުންގެ ސައިބަރ ކޮރައިމްގެ އައިޓީ ފޮރެންސިކް މީހުނަށްވެސް ޑިލީޓްކުރި ޑާޓާ ރިކަރވަރ މިހާރު ކުރެވޭނެ. ރާއްޖޭ ފުލުހުންވެސް ބޭނުން ކުރަމުން ދަނީ ދުނިޔޭގެ އެން،މެ ކުރިަރާފައިވާ ގައުމުތަކުގަވެސް ބޭނުން ކުރަމުންދާ ލޯއެންފޯރސްމެންޓް ޙާރޑްވެއާރ ޓޫލްސްއާއި ސްފްޓުވެއާރ.އޭގެ ތެރޭގައި އެންކޭސް ފޮރެންސިކް ޑާޓާ ރިކަވަރީއާ ގައިޑެންސުގެ އެނމެ ވަރުގަދަ ފޮރެންސިކް އެނަލަިޒިސް ޓޫލްސް ހިމެނޭ. މިކަންތައް އަބްދުއްލާ ރިޔާޒަށް ވަރަށް ރަނގަޅަށް އެނގޭނެ. އެހެންވީމަ ހިއެއްނުވޭ އަބްދުއްލާ ރިޔާޒު އޭނަގެ ފޯނުގެ ޕިންކޯޑު ހަވާލުކުރީ ޑާޓާ ރިމޯޓްކޮށްކޮށް ޑިލީޓްކޮށްފަހެން. އެނެއްކޮޅުން އެފެންވަރުގެ މީސްމީހުން ޑާޓާ ޑިލީޓްކުރިޔަސް ކުރާނީ ރިކަވާރ ނުކުރެވޭވަރުގެ މިލިޓަރީ ގުރޭޑުގެ ސްފޮޓުވެއަރ ބޭނުންކޮށގެން އަލްގޮރިދަމާއެކު.
އިހުސާނު އަލީ
21 April 2017
ހާދަހާ މޮޔަ ބަޔެކޭ ދެތްތޯ.؟؟؟ އެޕަލް އައިފޯނުގެ ސެކިޔުރެޓި ހަމަޖެހިފައިވާ ގޮތައްބަލައިލުމުން ސާފުކޮށް އެނގޭ އެޕަލް އައިފޯނު ބޭނުންކުރެވޭނީ އޭގެ ޒާތުގައި ފުލް ފަންކުޝަން ބޭނުންކުރާނަމަ އައިކުލައުޑު އެކައުންޓެއް މެދުވެރިކޮށްގެން ކަން.. ތިޔަ ފޯނުގެ ޕިންކޯރޑު ދިނަކަސް އަސްލު އޯރނަރައް ތިޔަ ފޯނުގައި ހުރި ހުރިހާ ޑޭޓާތައް އެޟިހެއްގެ 2 ވަނަ އައިފޯނު ބޭނުންކޮށް އައިކުލައުޑު މެދުވެރިކޮށް އެރޭޒް ނުވަތަ ޑިލީޓު ކޮށްލުމަކީ ފަސޭހަކަމެއް...ސަވަބަކީ އެމޙެއްގެ ފުރަތަމަ ފޯނުގައި ހުރި ހުރިހާ ޑޭޓާެސްތައް ފަހުންގަންނަ އަފޯނައް އޮޓޯއިން ޓުރާންސްފަރުވާނެތީވެ. ނަމަވެސް މިކަން ކުރެވޭނެ އޭނާގެ ފުރަތަމަ އައިފޯނު ނުހުޅުވި އޮފް ކޮށްފައި އޮތްނަމަވެސް... ފޯނު ނުހުޅުވައި އޮތިއްޔާ އެފޯނު ލޮކޭޑް ނުކުރެވޭނެ ނަމަވެސް އެފޯނުގައި ހުރި ހުރިހާ ޑޭޓާ ތަކާއި ފޮޓޯތައް ލިބިގެންދާނެ ފަހުން ބޭނުންކުރާ އައިފޯނައް... ނަމަވެސް ސިމް ކާރޑުގެ ނަމްބަރ ބަދަލުވެގެނެއްނުވާނެ މިހާލަތުގައިވެސް...ފޯނު ގައި އެވާ ސިމްކާރޑު އަލުންގަނަލެވުމުގެ ފުރުސަތު އޮތިއްޔާ އިޒީކަމެއް.... ރިޔާޒް ސީމުސް ސުމާރޓު އިނަފް...
މޮޔަ
21 April 2017
ވަޔަރލެސް އާ ޑޭތާ ނިއްވާލީމަ ތި އެއްވެސް އައިކްލައުޑް އެއް ނޯންނާނެ ....
ފާތުމާ
21 April 2017
ރިޔާޒުވެސްތީ ހާދަދޮގުހަދާމީހެކޭދޯ ވ ބޮޑަށްއަގުވެއްޓުނީ
ރައްވެހި އަހްމަދު
21 April 2017
ޕިން ނުދީގެން ޕީޖީ ކުރި ދައުވާއެއް. މައްސަލަ އަވަސް އަރުވާލަން ޖެހުނީ މީހެއްގެ ނުފޫޒުންތޯ؟ މައްސަލަ ބެއްލެވި ގާޒީ އަތުގައި ދެން ހުރި މައްސަލަތައް ނިންމަން މާދަމާރޭ އެއްވެސް ޝަރީއަތެއް ބާއްވާތޯ؟ ގާނޫނު އައިސް ތިއެންމެންނާ ހަމަ ކުރާނެ.
ރޮކެޓު ވެއިޓަރ / އައްޑޫ
20 April 2017
މަމެން މިތިބީ އޭނާގެ އިންތިޒާރުގައި ކެތްމަދުވެފައި، އެއަރޕޯރޓުން.؟؟؟؟؟
ތިކް ލެޑް ސްކިން
20 April 2017
ކޯޓުން ނިކުތީ ފައިކޭޓަށް ސިޓީއުރައެއް ޖަހައިގެންތަ؟
ބޯލަބޭ
20 April 2017
ފުލުުސްކޮމިޝަނަރުކަން ކޮށްފައިހުރި މީހަކު މިވަރުގެ ހަޑިއެއް ހާވާނެކަމަށް ހީކުރާނީކާކު. ކުރިން ފޯނު ނުުޅުވުނުކަމަށް ހެދިމީހާއަށް ކާކުގެޢޯޑަރެއް އައިސްގެންބާ މި ހުޅުވަޢިދިނީ. ކަނޑުކޮހުން ކުރާކަހަލަ ކަމެއްދޯ މިހާ އަޑުބާރުކޮށް ވާހަކަދައްކާމީހާއަށްވެސް މިކުރެވުނީ.