ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު
23 އެޕްރީލް 2017 - 08:21
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ރޭ ދަންވަރު ފެނިއްޖެ އެވެ.
ސ. ފޭދޫ ޗަނބޭލީގޭ ޔާމީން 29، މަރާލާފައި އޮއްވައި ފެނުނީ މާފަންނު ބިސްބުރު ކައިރީގައި ހުންނަ އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރެއިންނެވެ. އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ވަޒީފާ އަދާކުރާ ޔާމީން ވަރަށް ދަންވަންދެން މަސައްކަތުގައި އުޅުމަށް ފަހު ރޭ ގެޔަށް ދިޔައީ ހިނގާފައި ކަމަށް އޭނާގެ ގާތް ބައެއް މީހުން ބުންޏެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު
ފުލުހުން ބުނިގޮތުގައި ޔާމީން މަރާލާފައި ވަނީ "ގަސްދުގައި ތޫނު ހަތިޔާރުން ހަމަލަދީ" އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދު
"މައްސަލައިގެ ތަހުގީގު ފުލުހުންގެ ސީރިއަސް އެންޑް އޮނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ކުރަމުން،" ފުލުހުން ކުރި ޓްވީޓެއްގައި ވެ އެވެ.
ސަރުކާރުގެ އެކި ސިޔާސަތުތަކަށް އަދި އިޖުތިމާއީ ތަފާތު ކަންކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުން އައި ޔާމީން އަށް ހަމަލާދީ މަރާލާފައި މިވަނީ، މަރުގެ އެކި އިންޒާރުތަކާ ގުޅިގެން އެކަން ބަލައިދޭން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައި އޮއްވައިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ޔާމީނަކީ، މީގެ ދެ އަހަރު ކުރިން ވަގަށް ނަގާފައިވާ، މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު ރޭ މަރާލާފައި އޮތް ސަރަހައްދު މިއަދު ފުލުހުން ބަންދުކޮށްފައި.- ފޮޓޯ: ހުސެން ވަހީދު/ މިހާރު
ވަރަށް ގިނަ ދުވަހު އިންޑިއާގައި ދިރިއުޅެ، ތައުލީމް ހާސިލްކޮށްފައިވާ ޔާމީން ގެންދަނީ "ދަ ޑެއިލީ ޕެނިކް" ގެ ނަމުގައި ބްލޮގެއް، އިނގިރޭސި ބަހުން ލިޔަމުންނެވެ. ރާއްޖޭގެ އެކި މައްސަލަތަކާ ބެހޭ ގޮތުން އޭގައި އޭނާ ލި އެވެ.
Nobody in Maldives can get justice under this brutal regime. Stand up and fight for justice. Justice to Yaameen Rasheed.
— Ali Hussain (@AleeVoice) April 23, 2017
ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެން ވިދާޅުވީ އިންސާފު ހޯދަން އެންމެ ހަނގުރާމަ ކުރަން ޖެހޭ ކަމަށެވެ. އަދި ޔާމީން ރަޝީދަށް ވެސް އިންސާފު ލިބެން ޖެހޭނެ ކަމަށް އޭނާ ލިއުއްވި އެވެ.
ޔާމީންގެ މި މަރާ ގުޅިގެން އެކި މީހުން ވަރަށް ބޮޑަށް ގެންދަނީ ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންނަށް އޮތް ރަައްކާތެރިކަމާ ބެހޭ ގޮތުން ސުވާލުކުރަމުންނެވެ. މި މަރާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި މި އަނިޔާވެރި އަމަލު ކުށްވެރިކުރައްވާފައިވެ އެވެ. އަދި އިންސާފު ގާއިމުކުރުމަށް ގޮވާލައްވާފައިވެ އެވެ.
Deeply shocked by the killing of social media activist Yameen Rasheed. May Allah bless his soul! His murderers must be bought to justice.
— Maumoon Abdul Gayoom (@maumoonagayoom) April 23, 2017
ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ވިދާޅުވީ އަޑު އުފުލުމުގައި ހިތްވަރުގަދަ މީހެއް ކަމަށާއި މި މައްސަލާގައި އިންސާފު ހޯދައިދެވޭނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއާ އެކު ކުރިއަށް ގެންދާ އިންސާފުވެރި ތަހުގީގަކުން ކަމަށެވެ.
A brave voice, brutally silenced. Only an impartial & open investigation with international participation can provide justice for @yaamyn.
— Mohamed Nasheed (@MohamedNasheed) April 23, 2017
ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް ވަނީ ޔާމީންގެ މަރާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، މި މައްސަލަ މިނިވަންކަމާ އެކު ތަހުގީގުކުރުމަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައިމިން
24 April 2017
ފުލުހުންނަކީ ވެސް ދިވެހި ރައްޔިތުން. ބޮޑު އާއިލާއެއް އެއްކޮށް ކާން އިށީންނައިރު އޭގެ ތެރޭގައި އެކިފިކުރުގެ މީހުންތިބޭ. ފުލުހުން އަދި ސިފައިންގެ މީހުންވެސް ތިބޭ. މީ އާދައިގެ ގޭބިސީތަކުގެ ހާލަތު. ސިޔާސީ ވެރިންގެ ގޭގޭގެ ހާލަތު މިއާއި ތަފާތުވެދާނެ. އެހެންވީމަ އާދައިގެ ފުލުހެއް އާދައިގެ ރައްޔިތަކަށް ހެޔޮކޮށް ނޫނީ ނުހިތާނެ. އެމީހުންނަށް އެނޫންގޮތަކަށް އަމުރު ނުކުރާހާހިނދަކު. އެއީ އެމީހުންނަކީ އެމީހުންގެ ވެރިންގެ އަމުރަށް ކިޔަމަންތެރިކަން އަދާކުރުމަށް ޓްރެއިންކޮށްފަ ތިބިބަޔަކަށް ވާތީ. އަދި ސިވިލިއަނުންގެ ހިޔާލާ އެމީހުން ވިސްނާގޮތާ ތަފާތުވެސް ވާތީ. 123
އަލްކަމިސްޓް
24 April 2017
ފުލުހުންނަކީ ވެސް ދިވެހި ރައްޔިތުން. ބޮޑު އާއިލާއެއް އެއްކޮށް ކާން އިށީންނައިރު އޭގެ ތެރޭގައި އެކިފިކުރުގެ މީހުންތިބޭ. ފުލުހުން އަދި ސިފައިންގެ މީހުންވެސް ތިބޭ. މީ އާދައިގެ ގޭބިސީތަކުގެ ހާލަތު. ސިޔާސީ ވެރިންގެ ގޭގޭގެ ހާލަތު މިއާއި ތަފާތުވެދާނެ. އެހެންވީމަ އާދައިގެ ފުލުހެއް އާދައިގެ ރައްޔިތަކަށް ހެޔޮކޮށް ނޫނީ ނުހިތާނެ. އެމީހުންނަށް އެނޫންގޮތަކަށް އަމުރު ނުކުރާހާހިނދަކު. އެއީ އެމީހުންނަކީ އެމީހުންގެ ވެރިންގެ އަމުރަށް ކިޔަމަންތެރިކަން އަދާކުރުމަށް ޓްރެއިންކޮށްފަ ތިބިބަޔަކަށް ވާތީ. އަދި ސިވިލިއަނުންގެ ހިޔާލާ އެމީހުން ވިސްނާގޮތާ ތަފާތުވެސް ވާތީ.
ޢަބްދުﷲނާފިޒު
23 April 2017
ފުލުހުން ބުނިގޮތުގައި ޔާމީން މަރާލާފައި ވަނީ "ގަސްދުގައި ތޫނު ހަތިޔާރުން ހަމަލަދީ" އެވެ. މީ އަހުން މިބުނާ ވާހަކަ، ދިވެހި ފުލުހުން ކިހާ ޤާބިލު ދެއްތޮ، ގަސްތުގަ ތޫނު އެއްޗަކުން ހަމަލާދީ މަރާލީކަން ފުލުހުން ހޯދާފިއެއްނު، ދިވެހި ފުލުހުންމީ ހާދަ ޤާބިލު ބައެކޭ އުަތ.
ާައާމީން
23 April 2017
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
ވަތަނަބޭ
23 April 2017
މިއަދަކީވެސް މި ވަޠަން ރޮއްވާލި ދުވަހެއް! މަރުހޫމުގެ ފާފަފުއްސަަވައި ސުވަަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި! ޢާއިލާގެ މެމްބަރުންނަށް ކެތްތެރިކަން ދެއްވާށި! މި ނުލަފާޖަރީމާ ހިންގި މީހުންނަށް ދުނިޔެއާއި އާޚިރަތުގެ ގަދަފަދަ ވޭންދެނިވި ޢަޒާބުދެއްވައި ދުނިޔެމަތީގައި ފަޟީޙަތްކުރައްވާށި! ކަމާބެހޭ ފަރާތްތަކުން ދެފުއްފެންނަށް އިންޞާފުވެރި އަވަސް ތަޙްގީގެއް ކޮށް ރައްޔިތުންނަށް ހާމަކޮށްދީ.
ދިވެހިދަރި
23 April 2017
ވަރަށް ދެރަ ކޮންމެ އަކަސް. އަފްރާޝީމް މަރާލަން ރޭވި މޭސްތިރިއެއްވެސް އިނގުނީ އެއް ނޫން. ރިލްވާނަށް ވީނުވީ އެއްވެސް އިނގުނީ އެއް ނޫން. އެންމެ ފަހުން ޔާމީން ރަޝީދުގެ ޤަތުލުގެ އަމުރުވެރިޔާ އެއްވެސް އިނގޭނީއެއް ނޫން ދެން. ފުލުހުންގެ އިންޓެގްރިޓީއާ މެދު ސުވާލު ކުރެވެނީ މިކަހަލަ ކަންކަން ވާތީ. އުޅެނީ ރައްޔިތުންގެ ޙައްޤުގައެއްނޫން. ކޮންމެސް ސިޔާސީ ވެރިއެއްގެ ޖީބުގަ. ތިމާގެ ލޯބިވާ އަޚެއްގެ ފުރާނަ ނުދަނީސް ހޭލާ. ހަނުނުހުރޭ.
މަރީ
23 April 2017
ތި މަރާ ގުޅިގެންވެސް ކުރެވޭނީ ސިލްސިލާ ތަހުގީގު. ދުވަސްކޮޅަކުން ފަނޑުވެ ފަސް އެޅިދާނެ. އިންސާފެއް ނުލިބޭނެ. މަރާލި ބަޔަކުވެސް ނޭންގޭނެ. މަރުހޫމް އަލް އުސްތާޒް އަފްރާޝީމް ގެ މައްސަލަ ނިމުނުގޮތަށް. ވަޔާ އޮޔާ އެކުވެދާނީ .ތިކަހަލަ ކިތައް މައްސަލައައް މި ރާއްޖޭގަ އިންސާފް ހޯދުނީ؟؟؟؟؟؟
އައްޑޫ ބަކުރު
23 April 2017
އަޖައިބެއްނުވޭތަ ފުލުހުންނަށް ހަމަ ކިރިޔާ އެންގެނީ ވަޅި ޖަހާފަ ހުރި އަދަދު އެކަނި..
ހ
23 April 2017
ބޭރު ތަހުގީގުތައް ވަރަށް މިނިވަންވާނެ. ސައްދާމްވެސް ދަންޖެއްސީ ވަރަށް މިނިވަން ތަހުގީގަކުން. ތިޔަ ބޭރު މީހުންގެ އެޖެންޑާ މާ މުޑުދާރު. ކޮންމެހެން އެމީހުމް ގެންނާކަށް ނުޖެހޭނެ. ނަޝިދަށް މިހާރުދެން އެމީހުނާ ނުލާ ހިރިވެސް ނުލެވޭ.އަޖައިބުން އަޖައިބު.
ަައަލީގެ މަލީ
23 April 2017
ދެރަކަމުގެ ކޮޅެއްވެސް ނެތް،، ގާތުލުންނަށް މަރުގެ ހުކުމް ތަންފީޒު ކުރޭ....
ބަބް
23 April 2017
ތިޔަ މަރުގެ ހުކުމެއްވެސް ތަންފީޒުކުރެވެނީ ގާތިލުން އަތުވެގެންތާ.