ދުބާއީ އިން ރާއްޖެ އައި ދިވެހި މީހާ އަތުން ފެނުނު މަސްތުވާތަކެތި. މި ތަކެތީގެ ބަރުދަނުގައި 578 ގްރާމް ހުރި ކަމަށް ކަސްޓަމުން ބުނޭ. - ފޮޓޯ: ކަސްޓަމްސް
27 އެޕްރީލް 2017 - 10:33
ދުބާއީ އިން އައި ދިވެއްސަކު ރާއްޖެ އަށް އެތެރެ ކުރި ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކޮށްފި އެވެ.
ކަސްޓަމުން މިއަދު ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ 25 އަހަރުގެ ފިރިހެނެކެވެ. މި މަހުގެ 19 ގައި ރާއްޖެ އައި އެ މީހާ ބަލައި ފާސް ކުރުމުގެ ތެރޭގައި ފެނުނު ދެ ޕެކެޓް ޓެސްޓް ކުރުމުން ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.
މި ތަކެތީގެ ބަރުދަނުގައި 578 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމުން ބުންޏެވެ. އެ ތަކެތި ރާއްޖެ އެތެރެ ކުރި ދިވެހި މީހާ ވަނީ މަސްތުވާތަކެއްޗާ އެކު ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމުން މިދިޔަ އަހަރުގެ ތެރޭގައި ހިންގި ތަފާތު އޮޕަރޭޝަންތަކުގައި 57 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އަދި ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި 20،000 އަށް ވުރެ ގިނަ ބަނގުރާ ފުޅި ވަނީ އަތުލައިގެންފަ އެވެ.
ކަސްޓަމުން ވަނީ ރާއްޖެ އަށް އަންނަ މީހުންގެ ހަރަކާތްތައް ބެލުމަށް ސަވައިލެންސް ޔުނިޓެއް ގާއިމުކޮށް، އެރައިވަލް ޓާމިނަލްގެ އެކި ހިސާބުތަކުގައި ކެމެރާ ހަރުކޮށްފަ އެވެ. އަދި ރާއްޖެ އަންނަ މީހުންގެ ހަށިގަނޑު ބަލައި ފާސް ކުރުމަށް ބޮޑީ ސްކޭނާ މެޝިނެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޫއަހްމަދު
27 April 2017
ލަންކާއިން އެއްޗެހި ގަނެގެން، ލަންކާ، ޑުބާއި، މާލެ ފުލައިޓަކަށް އަރައިގެން އައިމާ ޝައްކެތް ނުވާނެތާދޯ؟ ބޯވެސް ހުރޭ މިސޮރުމެން!
ޖޯކް
27 April 2017
ދެން މިދުވަސްކޮޅު އެއްޗިހި ފެންނަން ފަށާލެއްވެސް ގިނަވާނެ!
ނިމުނީ
27 April 2017
ތިޔައީ މާބޮޑުކުށެއްނޫނެންނު. އޭނާ ސާބިތު ނުހިފޭތީ މާދަމާ ދޫކޮށްލާނެ.
އެތެރެ
27 April 2017
ގޯސްމީހަކު އެތެރެކުރީމާ ހައްޔްރު ކުރީ. ފައިސާގޯނި އުސޫލު.
ދޯ
27 April 2017
ހަމަހޭގަ ތިބެން ބޭނުން ނުވާ މީހުން އަދިވެސް އުޅޭދޯ. ކޮބާތަ މައްސަލައަކީ. ސަރުކާރު ގޯހީތަ، ފޫހިވަނީތަ. ރަށް ކުޑަކަމުން ފޫހިފިލުވަން ދާނެ ތަނެއް ނެތީމަ ކުރާނެ ކަމެއްނެތީމަ އެހެން އުޅެވެނީތަ. ނޫނީ އަވަހަށް މުއްސަދިވާނެ ގޮތެއް ހޯދަނީތަ.