ޚަބަރު / ޔާމީން ރަޝީދު މަރާލުން

ޔާމީންގެ މަރުގެ މައްސަލާގައި މިނިވަން، އަވަސް ތަހުގީގަށް އެދި އާއިލާ އިން ޕޮލިހަށް 800 ސިޓީ

ޔާމީންގެ ތަހުގީގު އަވަސްކޮށްދޭން އެދި ފުލުސް އޮފީހާ ސިޓީތައް ހަވާލުކުރުމަށް ފަހު ޔާމީން ބައްޕަ ނޫސްވެރިންނާ ވާހަކަ ދައްކަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހަށިގަނޑު އެކި ތަންތަނަށް ހަމަލާ ދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދޭން އެދި އާއިލާ އިން ފުލުސް އޮފީހަށް 800 އަށް ވުރެ ގިނަ ސިޓީ މިއަދު ހުށަހަޅައިފި އެވެ.

ޔާމީނަށް އިންސާފު ހޯދައިދޭން އެދި އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ސޮއިކޮށްފައިވާ ސިޓީތައް ފުލުސް އޮފީހާ ހަވާލުކުރީ ޔާމީންގެ ބައްޕަ، ހުސެއިން ރަޝީދެވެ.

ފުލުހުންނާ ސިޓީތައް ހަވާލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ އާއިލާ އިން ބޭނުންވަނީ ޔާމީންގެ މަރުގެ މައްސަލާގައި ވީހާވެސް އަވަހަށް އިންސާފު ގާއިމްވާން ކަމަށެވެ. ޔާމީންގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމުގެ އިތުރުން އެ ތަހުގީގު މިނިވަންކަމާ އެކު ކުރިއަށް ގެންދަން ބޭރުގެ އިންވެސްޓިގޭޓަރުން ބައިވެރިކުރަން އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ޔާމީންގެ މަރު އިންސާފުވެރިކަމާ އެކު ތަހުގީގުކޮށްދޭން އެދި ހެޔޮއެދޭ ފަރާތްތަކުން ފުލުސް އޮފީސް ކައިރީގައި ޝުއޫރުފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިފަދަ އެކި މައްސަލަތަކުގެ ތަހުގީގުތަކުގައި ކުރިން ކަންތައް ވެފައިވާ ގޮތުން މި މައްސަލާގައި އަޅުގަނޑުމެންނަށް މާބޮޑު ހިތްހަމަޖެހުމެއް ނެތް. އެހެންވެ ބޭރުގެ އިންވެސްޓިގޭޓަރުންނާއި އެކްސްޕާޓުން ބައިވެރިކޮށްގެން ތަހުގީގު ކުރިއަށް ގެންގޮސްދެއްވާށޭ އަޅުގަނޑުމެން މިއަދު ވެސް އެދިފައިވާނެ،" ހުސެއިން ބުންޏެވެ.

އޭނާ ބުނިގޮތުގައި ޔާމީންގެ މަރުގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމުގެ މައުލޫމާތެއް މިހާތަނަށް އާއިލާއާ ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ. އެކަމަކު ޔާމީންގެ މަރާލި ކަމަށް ތުހުމަތުކުރެވޭ މީހުން ހޯދަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް ވެސް ހުސެއިން ބުންޏެވެ.

ސިޓީތައް ހުށަހެޅުމަށް ފަހު ޔާމީންގެ ބައްޕަ ފުލުސް އޮފީހުން ނިކުންނަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެންނަކީ ޔާމީންގެ އާއިލާ، މިހާރު ގާތްގަނޑަކަށް ނުވަ ވަރަކަށް ދުވަސްވެގެންދާއިރު އަޅުގަނޑުމެން ފެންނަން ބޭނުންވާ ނަތީޖާ ނުފެންނަ ކަމަށްވާ ނަމަ، އަޅުގަނޑުމެން ހިތްހަމައެއް ނުޖެހޭނެ ދެއްތޯ،" އޭނާ ބުންޏެވެ.

ޔާމީންގެ ތަހުގީގު އަވަސްކޮށްދޭން ގޮވާލައި ބޯޑުތައް ހިފައިގެން ހެޔޮއެދޭ ފަރާތްތަކުން ފުލުސް އޮފީސް ކައިރީގައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޔާމީނަށް މަރުގެ އިންޒާރުތައް ދިނުމަށް ފަހު، މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދެނެވިއްޖެ ކަމަށް ފުލުހުން އާއްމުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން އިއްޔެ ވަނީ އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާ ތަހުގީގަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ދީފަ އެވެ.

ޔާމީން މަރާލުން ކުށްވެރިކޮށް، އޭނާގެ މަރުގެ ތަހުގީގު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދަން ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.

41 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 85%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރަތް

02 May 2017

800 ކީއްކުރަންހެއްޔެވެ، 80،000 ސިޓީވެސް ވަކި ވަކި ފަރުދުން ގޮސް ހުށައަޅަންވީއެވެ. އެކަމަކުން ލިބޭނެ ކުރިއެރުމެއް ފަހެ ފެންނާން އެބައޮތް ހެއްޔެވެ. ގެއްލިގެން ދިޔައީ ދިވެހި ޤައުމު ދެކެ ލޯބިވާ ދަރިއެކެވެ. ދިވެހިންގެ އެއްބަނޑު އެއްބަފައިކަން ދައްކައިދިން ރީތި ނަމޫނާއެކެވެ. ކުރާނީ ކީއްހެއްޔެވެ؟ އެ ކުލުނު ހުރި މީހަކު އަދަކު ސަރުކާރުގައި ބަސްބުނަން ނެތީހެއްޔެވެ؟

The name is already taken The name is available. Register?

ނައިންޓީ

02 May 2017

މިއަދު ނުކިއްސަރު ނާތަހުޒީބުކޮށް ކުރާ ކޮންމެ ކަމެއް އިދިކޮޅު މީހުަށް ވަރަށް ތާހިރުވާނެ... ތަންކޮޅެއް ކުރިން ދިއްދޫމީހުން ކޯޓުތެރެއަށް މަސްތައް އަޅާލީ ވެސް މިކަހަލަ މޫސުމެއްގައި. އެކަން އެމީހުނަށް ވަރަށް ސަޅިވި... އިހައްދުވަހު ބޭނިހުރިހާ މަހެއް ކަނޑަށް ބަޔަކު އަޅާލަިފި. އެކަންވެސް ސަޅިވީ ކުރިންވެސް އެޢަމަލު ސަޅިވި މީހުަށް. މިއަދު މި އަޅާލީ ސިޓީބޮޑިއެއް ޕޮލިހަށް.. ހަމަ އެއްކަލަ މީހުނަށް ނިކަން ސަޅިވާނެ. ސިޔާސީ ވިސްނުމުން ރީނދޫހުމޭ ކިޔަނީ އަސްލު ބައްޔަކަށް ނޫނަސް އެއީ ފިކުރީ ބަލިމަޑުކަމެއްކަން ޔަގީންވެއްޖެ. ތަހުގީގު ކުރުމަކީ ހަވާއަރުވާހެން ކުރެވޭ ކަމެއް ނޫން. ރުހުނަސް ނުރުހުނަސް ތަހުގީގުވެސް ކުރެވޭނެ. މިއަދު ސިޔާސީ ޖައްވުން ނަގާކިޔާއަޑަކީ ބޭރުމީހުން އެތެރެއަށް ވައްދައިގެން ހުރިހާކަމެއް ވަތުބަތާނަޔަށްދާންދެން އެމީހުނަށް ހާމަކޮށް ދެއްކުން... އެއީ އެކަމަށް ދަހިލަވާފައިތިބި ބޭރުމީހުން އިންތިހާއަށް ބޭނުންވާކަމެއް. ދިވެހި ތާރީޚުގައި އެވެލާ ޒަމާނުގައިވެސް ޚާއިނުން އަމަލުކުރީ އެގޮތަށް އޭރު މަދު މަދުން އެކެއް ދެމީހަކު ވަރައް ސިއްރިއްޔާތުގަ.. އެކަމަކު މިހާރު ފާޅުގައި އިދިކޮޅު އިއްތިހާދޭކިޔައިން ގައުމުގެ ބޮޑުބައެއް. އެއްކަލަ ބޭރުމީހުން ކިހާއުފާވާނެތޯ އެ ބޭރުމީހުންގެ ޕްލޭންތައް ކާމިޔާބުވަމުންދާތީ... އަހަރެމެން ދިވެހިންނަކީ މިހާރު ގައުމު ދެކެ ލޯބިވާ ބައެއްނޫން. ބޭރުމީހުންދެކެ ލޯބިވާ ބައެއް. ކަންކަން ދަތިވެ ޚަރާބުވަނީ ތިމަތިމާމެން އަމިއްލަޔަށް އުޅގަންނަ ގޮތުންކަން ޔަގީން. ސިޔާސީ ވިސްނުމުން ނޫނީ އެއްވެސް ވިސްނުމެއް ނުވިސްނޭ މިފަދަ ޒަމާނެއްގަ ކޯފާއެއް އަންނާނީ އެބަޔަކަށް ވިސްނޭ ސިޔާސީ ސިފައެއްގައި ކަމަށް ވުމީވެސް ނުވެ ނުދާނެކަމެއް. އެންމެން ގޮތްދޫކޮށް ހޭއަރަމާ. ވިސްނާލަމާ. ﷲ ހަނދުމަކޮށް އެފަރާތުން ވާގިއެދެމާ. ﷲ ގެ ހަޒުރަތުން ވާގިއެދި ހެޔޮ ރަޙުމަތަށް އެދެމާ... އެއީ އެންމެ ދީލަތިވަންތަ ފަރާތަކީ. ބޭރުމީހުނެއްނޫން.

The name is already taken The name is available. Register?

GAN Island

02 May 2017

މިހާރު ނޫހުގައި 800 ދުވަސް މަތިން ތިޔަ ސިޓީ ތައް ޝާއިޢުކޮށް އަދި Villa TV ނުވަތަ ރާއްޖޭގެ އެންމެ މަޤުބޫލު ޓީވީ ޗެނަލް Raajje TV އިން 800 ދުވަސް ވަންދެން ކޮންމެ ދުވަހަކަށް ސިޓީ އެއް މަގުން ތިޔަ ސިޓީ ތައް ރާއްޖޭގެ އެންމެ ރައްޔިތުންނަށް ފެންނަ ގޮތަށް ބްރޮޑްކާސްޓް ކޮށްލުމަށް މަސައްކަތް ކުރައްވާ.

The name is already taken The name is available. Register?

ދައްތަ

02 May 2017

ތިނޫނަސް މިގައުމުގަ މަރުގެ ހާދިސާތަށް ހިނގާ ޕޮލިހުންވަނީ ހޯދާފަ އަޒްލީނާ ނަޖީބު މިހެންގޮސް ކިތައްމެ މަރެއް.. ތިޔަފަދަ ގޮތަކަށް ބަޔަކުނޫޅެ

The name is already taken The name is available. Register?

ސަރުކާނު

02 May 2017

މަރާލުމަކީ ހިތާމަކުރާކަމެއް. އެކަމަކު ވިސްނަންޖެހޭ އެތައް ކަމެއް އެބަހުރި.

The name is already taken The name is available. Register?

ހޭބަލި

02 May 2017

އީވާން ނަސީމުގެ އާއިލާ ގޮވައިގެން ފޮޓޯ ނެގި. ނަޝީދުގެ ދައުރުގައި އެމައްސަލައިގެ ތަހުގީގީ ރިޕޯޓު އޭނަޔަށް އެރުވުނު. އަޅައެއްނުލީ އޮއްބާލީ އޭގެ މަތީގައި ނިދީ. މޮޔަމީހާގެ އާއިލާ ގޮވައިގެން ފޮޓޯ ނެގި އދ އާއި މަޖިލިހާއި ދެންވެސް ދުނިޔޭގައި ހެއްދެވިހާތަނަކަށް ދުއްވި ހިންގުވި. ގަން. ޕޮލިހުންނަކީ ތަހުގީގުކުރާ އިދާރާ. އެމީހުން ކޮއްދިނިއްޔާވާނީ. ހިގުމެއް ހިގައިގެން އެމީހުންލައްވާ ކުރުވަން ޖެހޭ ހިސާބައް ގޮސްފައިވާނަމަ ދަނެގަންނަންޖެހޭނެ އެމީހުންނަށް ބަރޯސާނުވެވޭނެކަން. ދެން އޮތީ ޕްރައިވޭޓް އިންވެސްޓިގޭޝަން. އެޔަށް ލާރި ބޭނުންވާނެ. މޑޕ އަކީ ދައުލަތުން ބައިވަރު ލާރިލިބޭ ޕާޓީއެއް.. ކުނޫޒުގައި ޖަލްސާއެއް ބާއްވާލުން ޓްވީޓެއްކޮއްލުން ނޫން މާބޮޑުކަމެއްކުރާ ބައެއްނޫން. އެޔަކަށް ނުދާނެ މާބޮޑު ލާރިއެއް. އެމްޑީޕީގެ އޮފީސް ހިންގާފައި ނަޝީދު ލަންކާއިން ޔޫކޭއިން ލަންކާއަށް އިރުއިރުކޮޅާއި އެއަޅާ ބުރުތަކަކީ މޑޕ ހަރަދުގައި އަޅާ ބުރުތަކަކަށް ނުވާނަމަ މޑޕ އަތުގައި އޮންނާނެ ޕްރައިވޭޓް އިންވެސްޓިގޭޝަނަކަށް ހަރަދުކުރާނެ ފައިސާ. ޔާމީނުގެ މަރަކީ ސިޔާސީ މަރެއްކަމުގައި ކިޔާއިރު ޔާމީނުގެ އާއިލާއިން އުޅެން ރަގަޅުގޮތަކީ ހުރިހާ ސިޔާސީ މީހުންނާއި މެންޓަލީ ދުރުވެގެން ކޮންމެ ބަޔަކުމިކުރަނީ ކީއްތޯ ބަލާފާރަވެރިވެގެން. މޑޕން މިހާތަނަށް ކުރާ ހުރިހާކަމަކުން އެމީހުން ވާންއެދެނީ އެއްމެ ކަމެއް.. ރައްޔިތުން ރުޅިއައިސްގެން މުޒާހަރާއަށް ނިކުތުން. މުޒާހަރާއަށް އެކަކުނިކުތަސް ދިހަހާސް މީހުން ނިކުތަސް އެމީހުން ބޭނުންވަނީ އެއިން އެއްމެ ކަމެއް ހާސިލުވުން. އެއީ ދޮން މީހާއަށް އީމެއިލްކޮއް ނޫހުގައި ޖަހައިދޭށޭކިޔަން ފޮޓޯއެއް. ފަންޑުލިބެނީ ކޮންމެވެސް ކަމެއްކުރާކަން ދެއްކުމުން.

The name is already taken The name is available. Register?

ފަސް

02 May 2017

މިއީ ދިވެހި ޒުވާނުންނަށް ވަރަށް ހިތްދަތި ވޭންދެނިވި އަހަރު ތަކެކެވެ. މިނޫން ދައުރެއް ޒުވާނުން ހޯދަން ޖެހެއެވެ.

The name is already taken The name is available. Register?

ނުޖެހޭ

02 May 2017

ނުޖެހޭ ހޯދާ ކަށް. މަހަށް ދޭބަލަ ދެން.

The name is already taken The name is available. Register?

ދައްތަ!

02 May 2017

ޔާމީންގެ މަރުގެ ހަގީގަތް ހޯދާނަމެވެ. އަދި އެކަން ކުރިބަޔަކަށް ހައްގު އަދަބު ދޭނަމެވެ. ދެން އެފަދަ ކަމެއް މި ދިވެހި ފަސްގަޑުގައި ހިނގިޔަކަ ނުދޭނަމެވެ. ގައުމު ހިންގުމުގެ މަސްއޫލިއްޔަތު ރައްޔިތުން ހަވާލުކޮށްފައިވާ އެންމެ އިސް ޚާދިމްގެ ހައިިސިއްޔަތުން ރައިސް ދޫފުޅުން މިބަސްތައް ބޭރުވޭތޯ ވަރަށް އިންތިޒާރު ކުރެވުނެވެ. އެހެނަސް

The name is already taken The name is available. Register?

ދައްތައާއިއެކު

03 May 2017

އެހެނަސް ކުރާނެކަމެއްނެތް...

The name is already taken The name is available. Register?

ކެކެކެކެ

02 May 2017

އަށްސަތޭކައޭ! ލައްކަ ހުށަހަޅާބަލަ ކަމެއްވޭތޯ. އެގިއްޖެ ނޭގެ އެގިއްޖެ ނޭގޭ....

The name is already taken The name is available. Register?

ހާމާނު

02 May 2017

އިންސާފު ނެތް ތަނެއްގައި ގަތުލުއާންމުތައް އާންމު ވެދެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454