ާޔާމީން ރަޝީދު އާއިލާއިން މިއަދު ފުލުސް އޮފީހަށް ހުށަހެޅި ސިިޓީތަށް ބަލައިނުގަތުމުން ޔާމީންގެ ބައްޕަ ސިޓީތަކާއެކު ފުލުސް އޮފީހުން ނުކުނަނީ.-- ޓްވިޓާ ފޮޓޯ
02 މެއި 2017 - 14:58
ހަށިގަނޑު އެކި ތަންތަނަށް ހަމަލާ ދީ މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިނިވަންކަމާ އެކު ވީހާވެސް އަވަހަށް ތަހުގީގުކޮށްދޭން އެދި އާއިލާ އިން ފުލުސް އޮފީހަށް މިއަދު ހުށަހެޅި 800 އަށް ވުރެ ގިނަ ސިޓީ ބަލައިނުގަނެ، އަނބުރާ ރައްދުކޮށްފި އެވެ.
ޔާމީންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ޔާމީނަށް އިންސާފު ހޯދައިދޭން އެދި އާއިލާ އާއި ހެޔޮއެދޭ މީހުން ހުށަހެޅި ސިޓީތަކާ ހަވާލުވުމަށް ފަހު، އެ ސިޓީތައް ބަލާ އައުމަށް އޭނާގެ ބައްޕަ ހުސެއިން ރަޝީދަށް ފުލުހުން އެންގި ކަމަށެވެ. ފުލުހުންގެ އެދުމުގެ މަތިން ފުލުސް އޮފީހަށް އޭނާ ދިއުމުން، ސިޓީތައް ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފުލުހުން ބުނީ އެ މީހެއްގެ ސިޓީ ހުށަހަޅަން ޖެހެނީ އެ މީހަކު އަމިއްލަ އަށް ކަމަށް. އެތައް ބައެއްގެ ސިޓީ އެގޮތަށް އެކަކަށް ހުށަނޭޅޭނެ ކަމަށް،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ރަސްމީ އިދާރާތަކަށް ސިޓީ ހުށަހަޅަން ޖެހޭ ހަމަތަކަކާއި އުސޫލްތަކެއް ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެއާ ހިލާފަށް، ހިނގަމުންދާ ކަންތައްތަކެއްގެ "މޯޓިވް" ބަދަލުވާނެހެން ކަންކަން ކުރުމަކީ އެ މުއައްސަސާ އިން ހިތާމަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ރަޝީދު އާއިލާއިން ސިިޓީތަށް ހުށަހެޅުމަށް މިއަދު ފުލުސް އޮފީހަށް ވަންނަނީ.-- ފޮޓޯ: ހުސެން ވަހީދު/ މިހާރު
ޝިފާން ވިދާޅުވީ ޔާމީންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި އުދާސްތަކެއް ފުލުހުން ބަލައިނުގަތީ ނޫން ކަމަށާއި އެ އޮންނަ އުސޫލުން ސިޓީތައް ހުށަހަޅަން އެދިފައިވާނެ ކަމަށެވެ.
"އެއްވެސް ހާލެއްގައި ޔާމީންގެ އާއިލާ އާއި ރައްޓެހިން އަދި ހެޔޮއެދޭ ފަރާތްތަކުން ހުށަހެޅި ސިޓީތަކެއް ރިޖެކްޓްކުރީކީއެއް ނޫން. ރަސްމީ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ހުށަހަޅަން އެދިފައި ވާނީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންނާ ސިޓީތައް ހަވާލުކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޔާމީންގެ ބައްޕަ ބުނީ އާއިލާ އިން ބޭނުންވަނީ ޔާމީންގެ މަރުގެ މައްސަލާގައި ވީހާވެސް އަވަހަށް އިންސާފު ގާއިމްވާން ކަމަށެވެ. ޔާމީންގެ މަރުގެ ތަހުގީގު އަވަސްކޮށްދިނުމުގެ އިތުރުން އެ ތަހުގީގު މިނިވަންކަމާ އެކު ކުރިއަށް ގެންދަން ބޭރުގެ އިންވެސްޓިގޭޓަރުން ބައިވެރިކުރަން އެދިފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޔާމީނަށް މަރުގެ އިންޒާރުތައް ދިނުމަށް ފަހު، މަރާލާފައި އޮތީ އޭނާ ދިރިއުޅޭ ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. އޭނާގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ދެނެވިއްޖެ ކަމަށް ފުލުހުން އާއްމުކުރިތާ ހަފުތާއެއްހާ ދުވަސް ފަހުން އިއްޔެ ވަނީ އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާ ތަހުގީގަށް 15 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ދީފަ އެވެ.
ޔާމީން މަރާލުން ކުށްވެރިކޮށް، އޭނާގެ މަރުގެ ތަހުގީގު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދަން ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
03 May 2017
ސަރުކާރުގެ އޮފީސްތަކަށް ސިޓީބަލައިގަންނަ އަދަދެއް ކަނޑައެޅިފައޮތްނަމަ އެކަން އަންގަވާދެއްވުން އެދެން. އެހެންމީހެއްގެ ސިޓީއެމީހަކު އަމިއްލައަށް ހުށަހަޅަން ޖެހޭނަމަ އެކަންވެސް އޮންނަންވާނީ ގަވާއިދުން އިއުލާ ކުރެވިފަ.
އުމަރު
03 May 2017
ކޮންމެ ބޭފުޅަކުވެސް ވަކިވަކިން ސިޓީ ފޮނުވިނަމަ ބަލައިގަންނާނެ، އެހެންކަމުން ވަކިވަކިން ޕޯސްޓް މެދުވެރިކޮށް ފޮނުވުމަށް ދަންނަވަމް، އެއީ ސަރުކާރުގެ ކޮންމެ ވުޒާރާއަކުންވެސް ސިޓީ ބަލައިގަންނާނެ
ސިދުގީ
03 May 2017
މިބޭފުޅާވެސް ހީވަނީ ސިޔާސީ މީހުންގެ އަވައިގަ ޖެހުނީހެން.ބަފަޔަކަސް އަޅުގަނޑު ދަންނަވާނީ އެއްގޮތަކައްވެސް ފޯކަސް ގެއްލުވާނުލައްވައްޗޭ.މުއައްސަސާތަކާ ގުޅިގެއް މިޖަރީމާހިންގި ބަޔަކު ހޯދުމުގައި އިތުރު ހިއްވަރެއްލުމައް އިހުލާސްތެރިކަމާއެކު ދަންނަވަން.
ލަޓު
03 May 2017
ސިދުގީ، އަހަންނަށް ހީވަނީ ތިބޭފުޅާ ހެން ސިޔާސީ މީހުންގެ އަވާގައި ޖެހިފައި ހުރީ،
ޑޭން
03 May 2017
ހަމަ ގައިމުވެސް މީގެ ކުރިން މިފަދަ ލިޔުންތައް ޕޮލިހަށް ބަލައިގަނެފައި އެބަހުރިކަން ޔަގީން. ތިއީ މިފަހަރުގެ ބަހަނާ. ލަދު ގަންނަން ޖެހޭނެ ފުލުހުން މިއަދު. ނަމުން "މޯލްޑިވްސް" އުނިކުރަން ފެނޭ. ސަބަބަކީ ހުރިހާ ދިވެހިންގެ ނަމުގަ ތިކަހަލަ ކަންކަން ނުކުރުން. ތިއީ ހުރިހާ ދިވެހިންގެ ފުލުހުންނެއް ނޫން.
ޕިޔޯނު
03 May 2017
ބަލަ އެހެންވެ ޕިޔޯނުން މެދުވެރިކޮށް އެފޮނުވާ ސިޓީ ބަލައިގަންނަނީ އޯ؟؟
ކމނޓ
03 May 2017
ޕާޓީ ފޯމު ތަކަށްވެސް ހަމަ ތިގޮތަށް ހަދާނަމަ ... ފަނަރަހާހުން ބާރަހާހުން ފޯމު ގެންދަނީ ހަމަ އެކަކު ނޫންތަ ... ބޯހަލާކު ...!!
ގައުމެއްނެތް
03 May 2017
އަސަރުން ފުރިގެންވާ ފޮޓޯތަކެއް -- ބައްޕައަކު ދަރިފުޅަށް އިންސާފު ހޯދަދޭން އުޅޭ ހާލު.
ސާދާސީދާ
03 May 2017
މިއީ ހުސް ޔާމީން ރަޝީދާއި ގުޅުންހުރި ސިޓީތައް. ދެން އެފަކީރު ދިރިގެން އައިސްތޯ ހުށަހަޅަންވީ؟
ދިސްވޭ
03 May 2017
އެސިޓީ ތަކުގައި ސޮއިކޮށްފައި ހުރީ ޔާމީން ރަޝީދެއް ނޫނެވެ. ސިޓީ ތަކުގައި ސޮއި ކޮށްފައި ހުރި ފަރާތް ތަކުން ޕޮލިހަށް ހާޒިރުވެ ބަޔާން ދިނީމާ އެ ނިމުނީ އެވެ.
އަލީއަހުމަދު
02 May 2017
ބޯހަލާކު. ތިބުނާ އުސޫލުތައް އެނގެނީ ތިޔަބޭފުޅާޔަށް އެކަނިތޯ؟ ތިތާ ތިބި ބައެއްތޯ މިހިތާމަވެރި ހާލަތުގައި އެ އާއިލާއިން ސިޓީތައް ހުށަހެޅީމަ ބަލައިގަތީ؟ މިވަރުގެ ގަމާރުންނަށް އަހަރެމެންގެ ލާރިން މުސާރަދެން ދެކޮޅު ހަދަން!!
ދަވޭ
03 May 2017
ސިޓީ ހުށައަޅާން ނުޖެހޭނެއެވެ. ޔާމީން ރަޝީދުގެ ބައްޕަ ފުލުހުންގެ އިދާރާ އަށް ގޮސް ބަޔާނެއް ދިނީމާ ނިމުނީ އެވެ. އެއީ އެކަން އޮންނަ ގޮތަކީ. މާ ބޮޑަށް އަދިވެސް މިކަމުގައި ޕާރސަނަލިޓީ ދައްކަން ނޫޅެންވީ އެވެ.
ޅާޖެހި ޖަގަހަ
02 May 2017
ޜިއާސީ އިންތިހާބުގަ ވޯޓު ހޯދަންގުޅާ ނީވެސް ޔާމިން އެހެއްނު
ގޯންސް
02 May 2017
ގުޅީމާ ވޯޓް ދިނީމާ ނިމުނީ އެއް ނޫން ދޯ. ތަމެންނަށް މާލެ ސަރަހައްދުން ފްލެޓެއް އިނގޭ. ލެޓް ބައި ގޯންސް ބީ ބައި ގޯންސް.