ކްރިސްޓިއާނޯ ރޮނާލްޑޯ (ވ) އާއި ލޫކަސް ވަސްކުއޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
03 މެއި 2017 - 08:53
މެޑްރިޑް (މެއި 3) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ހަތަރު އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތިން ވަނަ ފަހަރަށް ދަތުރުކުރުމާ ފިޔަވަޅަކާ ގާތަށް ރެއާލް މެޑްރިޑް ރޭ ޖެހިލައިފި އެވެ.
މުބާރާތުގެ ފައިނަލުން 2014 ވަނަ އަހަރާއި މިދިޔަ އަހަރު އެތުލެޓިކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުން މިވަނީ ވާދަވެރި ޓީމަށް އަނެއްކާ ވެސް މާޔޫސްކަން ގެނުވައިފަ އެވެ. އަންނަ ހަފުތާގައި އެތުލެޓިކޯގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން 2-0 އިން އެ ޓީމު މޮޅުވިޔަސް ފައިނަލުން ފުރުސަތު ލިބޭނީ ރެއާލް މެޑްރިޑަށެވެ.
ރޭގެ މެޗުގެ ތަރިއަކަށްވި ރޮނާލްޑޯގެ ޗެމްޕިއަންސް ލީގުގެ ގޯލުގެ އަދަދު 103 އަށް އެރިއިރު އޭނާ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި ޖެހި ލަނޑުގެ އަދަދަކީ 52 އެވެ. މުބާރާތުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން އަށް ގޯލް ޖަހާފައިވާއިރު ސެމީ ފައިނަލް މެޗުތަކުގައި ޖުމްލަ 13 ގޯލް ޖަހާފައިވެ އެވެ.
ޔޫރަޕިއަން ކަޕް 1992 ވަނަ އަހަރު ރިބްރޭންޑްކުރި ފަހުން އެއްވެސް ޓީމަކަށް މުބާރާތުގެ ތަށި ދިފާއުކުރެވިފައެއް ނުވެ އެވެ. ރެއާލުގެ އެންމެ ބޮޑު އަމާޒަކީ އެ ޝަރަފް ހޯދާ ފުރަތަމަ ޓީމަށް ވުމެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑަށް ރޮނާލްޑޯ ލީޑު ނަގައިދިނީ 10 ވަނަ މިނެޓުގަ އެވެ. ކެޕްޓަން ސާޖިއޯ ރާމޯސް ނެގި ހުރަހެއް އެތުލެޓިކޯގެ ޑިފެންޑަރަކު ބޮލުން ދިފާއުކުރުމުން ކަސެމިރޯ އަށް ލިބުނު ބޯޅަ އޭނާ ހުރަސްކުރުމުން ރޮނާލްޑޯ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
އޭނާ ދެ ވަނަ ލަނޑު ޖެހީ 73 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ދިން ބޯޅަ އޭރިއާ ރޮނގު މަތިން ކޮންޓްރޯލްކުރުމަށް ފަހު ޖަހަ އެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ތިން ވަނަ ލަނޑު ޖެހީ ލޫކަސް ވަސްކުއޭޒް އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅަ މަޑުމަޑުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް މޮޅަށް ކުޅުނު ކަމަށާއި ރޮނާލްޑޯ އަކީ ލަނޑު ޖެހުމުގެ ތަފާތު ހުނަރުވެރިއެއް ކަމަށެވެ.
"އަހަރެން މި ކުޅުންތެރިން ގޮވައިގެން މިކުރާ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ. ވަރަށް ރަނގަޅު މެޗެއް މި ކުޅުނީ،" ޒިދާން ބުންޏެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މި މެޗުގެ ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ. އަދި އަނެއް ލެގުން ނަތީޖާ އަނބުރާލުމަކީ ނުވާނެ ކަމެއްހެން ހީވިޔަސް، ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށް އޭނާ ބުންޏެވެ.
"އެންމެ ފަހުގެ އުއްމީދު ގެއްލިގެންދިއުމާ ހަމަޔަށް އަހަރެމެންގެ ހުރި ހިތްވަރެއްވިއްޔާ ލާނަން،" ސިމިއޯނީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލުވިދާ
03 May 2017
ދުނިޔޭގެ މޮޅުކުޅުންތެރިއާ ކަމަށް ދައުވަކުރާއިރު އަދި އަލަށް ބޮޑު ޓީމެއްކޮޅަށް ހެޓްރިކެއް ތިހެދުނީ އެވެސް މިހަ ކުޅެ ކުޅެ މުސްކުޅިވީފަހުން
ބާސާ ފޭން
03 May 2017
ބަޔާންމިޔުނިކް އެއީ ދަށް ޓީމެއްތަ. މިފަހަރު ޖަރުމަނު ލީގު ނެގީ އެޓީމުން ހަހަހަހަ
ހުންގާނު
04 May 2017
ދޮންކަލޯ ތިކުދިން މިޒާތުގެ ކަންކަމަށް އަދި އާވާނެ، ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ހެޓްރިކް ހަދާފަ، އަދި ބަޔާން މިއުނިކް، ސެވިއާ، އަޔެކްސް އާ ދެެކޮޅަށްވެސް ރޮނާލްޑޯ ވަނީ ހެޓްރިކް ހަދާފަ. މިވެސް އާދައިގެ ކުދި ޓީމުތައް ދޯ
ކިންގު
03 May 2017
ބާސާއާ ކުޅޭއިރު ތި މޮޅު ރޮނާލްޑޯ ނުވޭ ހަމަ އެކައްޗަކައްވެސް
ހުންގާނު
04 May 2017
ދޮންކަލޯ ތިކުދިން މިޒާތުގެ ކަންކަމަށް އަދި އާވާނެ، ރޮނާލްޑޯ ވަނީ މީގެ ކުރިންވެ ބާސާ އާ ދެކޮޅަށް ހެޓްރިކް ހަދާފަ،
އައްޔަ
03 May 2017
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ
ޖާބިރު
03 May 2017
ރޮނާލްޑޯގެ ހަލުވި ކަމާއި އޭނާގެ ކުޅަދާނަ ކަމުން ރެފްރީންނަށް ޖަޖު ނުކުރެވެނީ.. ރެފްރީންވެސް ރޮނާލްޑޯގެ ފެންވަރަށް ސްޕީޑްވާންވީ، ލައިންސް މަމުންނަށް ރޮނާ ނުހިފޭއްޓެނީ ހަމަ...
ކޮލީނާ
03 May 2017
އޮފްސައިޑް ލަނޑެއް ނުހުންނާނެ ދޮންކަލޯ.... ރެފްރީ ލަނޑެއްކަމަށް ނިޔާ ކަނޑައެޅީމަ އެވާނީ ލަނޑަކަށް. ކޮންމެ ތާކު ހުރެ ކޮންމެ ތަނަކުން ޖަހާ ގޯލަށް ވައްދާލިޔަސް. އޮފްސައިޑްގަ ހުރެ ޖަހާ ލަނޑާއި އަތުން ޖަހާ ލަނޑު ލަނޑެއްކަމަށް ރެފްރީން ކަނޑައަޅެޅުމަކީ ލަނޑު ޖަހާ މީހާގެ މައްސަލައެއް ނޫން. ވަރަށް ސަލާން. އޯކޭ
ރޯނުއެދުރު
03 May 2017
މަށަކައް ހަޖަމެއް ނުވޭ 103 ގޯލު ޖެހިއިރު ކިތައް އޮފްސައިޑް ގޯލު
މޮޔަ ރަދީފް
03 May 2017
ތީ މާ ބަލި ޓީމެއް... ތި އެއް އިނގޭނީ ރަނގަޅު ޓީމް އަކާ ޖެހުނީމަ...
އިޒް
03 May 2017
ކޮބާ؟ ބަޔާން ވެސް އެއީ ބަލި ޓީމް އެއް ތަ؟
އެސް.އެޗް.އެން
03 May 2017
ސާބަހޭ ރިއަލްމެޑްރިޑް. ރޭގަ ފާހަގަވި ބަދަލުގެ ގޮތުގައި އެރުވި ޔަންގް ދެ ޕްލެޔަރުން ކަމަށްވާ ވަޒްކުއޭޒް އާ އެސެންސިއޯ ވެސް ހަމަ ލައިންއަޕްގެ ޕްލެޔަރސް ޕާފޯމް ކުރިވަރަށް ކުރިކަން. ރިއަލްގެ ކާމިޔާބީގެ އަސްލަކީ މުޅި ސްކޮޑްގެ ވަރުގަދަކަން..
މަމެންގެ ރިއާލް
03 May 2017
ދުނިޔެ ދުއް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ އަކީ، އޭނާ އަކީ މުހިންމު މެޗުތަކުގައި ތަފާތު ދައްކާ ކުޅުންތެރިއެއް
އައްބެ
03 May 2017
މަމެންނަކައް ނޭންގޭތަ ރޮނާލްޑޯއަކީ ހަމައެކަނި އޭރިއާތެރޭގަ ގޯލްޖަހާލަން ހުންނަމީހެއްކަމެއް. މެސީ ލަނޑުޖަހަމުން މުޅިދަނޑު ހިފަހައްޓާނެ. އެލްކްލެސިކޯ ތަކުގަ މޭސީ ހިފެހެއްޓުން މެޑްރިޑްވަނީ ނުކުޅެދިފާ ހަހަހާ...
ޒިދާން
03 May 2017
އެނގިދާނެތާ ކޯޗުގެ ތިހުރި ފަންވަރެއް؟؟؟؟ ދެވަނަ ލެގްގަ ތިއަށްވުރެވެސް ގިނައިން ޖެހުމަކީ އެކަށީގެންވާ ކަމެއް. ސަބަބަކީ ތި ޓީމު އޮންނާނީ ޕްރެޝަރުގަ. އިތުރަށް ވޭލްސްގެ ތަރި ބޭލް ވެސް ޓީމުގައި އެރޭ ފިޔަޖަހާނެ.
އަޙްމަދު
03 May 2017
ކޮންމެ ތަރިއެއް ހުއްޓަސް ރޮނާލްޑޯ ނޫން މީހަކަށް ލަނޑުޖަހަން ޕާސް ކުރުމަކީ ރެއާލް މެޑްރިޑްގެ މެނޭޖްމަންޓުން މަނާކޮށްފައިވާ ކަމެއް. އެއީ، މެސީއާއި ވާދަކުރެވެން އޮތީ ހަމައެކަނި ޓެޕް-އިން ގޯލްތަކާއި އޮފްސައިޑްގަ ހުރެފަ ޖަހާ ގޯލްތައް ޕްރޮމޯޓްކޮށްގެންކަމަށްވާތީ،