ރިޔާޒް: ޝަރީއަތް ފެށިފަހުން އޭނާ ވަނީ ފޯނުގެ ކޯޑްގެ ފުލުހުންނަށް ދީފައި --ފޮޓޯ/މިހާރު
03 މެއި 2017 - 17:02
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނު ތަހުގީގަށް ހިފެހެއްޓިޔަސް އެ ފޯނުން އެއްވެސް މައުލޫމާތެއް ކުރިން ލިބިިފައިނުވާ ކަމަށް އެ ފޯނު ތަހުލީލުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން މިދިޔަ މާޗް މަހު ރިޔާޒްގެ ފޯނު ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒަށް ކުރާ ދައުވާގެ އަޑުއެހުމުގައި މިއަދު ހެކިބަސް ދެމުން އެ ފުލުސް މީހާ ބުނީ ބައެއް ފޯނުތަކުގެ ކޯޑް ޖެހުމެއް ނެތި އެ ފޯނުތަކުގެ މައުލޫމާތު ބެލޭނެ ގާބިލްކަން ފުލުހުންގެ އެބަހުރި ކަމަށާއި އެކަމަކު ރިޔާޒްގެ ފޯނުން އެއްވެސް މައުލޫމާތެއް ބެލެން އޮތީ ކޯޑް ޖަހައިގެން ކަމަށެވެ. ލޮކް ކޯޑް އޭރު ލިބިފައި ނެތުމުން އެ ފޯނުގައި ހުރި އެއްވެސް މައުލޫމާތެއް ނުބެލުނު ކަމަށާއި ކޯޑް ނުލިބުނަސް އެކި ކޯޑްތައް ޖަހައިގެން އެ ފޯނު ހުޅުވަން މަސައްކަތްކޮށްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ޝަރީއަތް ހިނގަމުން ދަނިކޮށް ރިޔާޒް ވަނީ ފޯނުގެ ލޮކް ކޯޑް ފުލުހުންނަށް ދީފަ އެވެ. އެހެންވެ، އެ ފޯނު މިހާރު ހުޅުވުނުތޯ ދިފާއީ ވަކީލުން ސުވާލު ކުރުމުން ފަނޑިޔާރުން ވަނީ އެ ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ސުވާލު ކުރުން ހުއްޓުވައިފަ އެވެ. ފަނޑިޔާރުން ވިދާޅުވީ އެއީ މައްސަލައާ ގުޅުން ނެތް ސުވާލެއް ކަމަށެވެ.
އެ ފުލުސް މީހާ ބުނިގޮތުގައި ރިޔާޒްގެ ފޯނުގައި ހުރީ އެންމެ ފަހުގެ އަޕްޑޭޓް ކަމަށެވެ. އެގޮތަށް ހިފަހައްޓާ ފޯނުތައް ފުލުހުން ބަލަނީ އެކަމަށް ޚާއްސަ ސޮފްޓްވެއާއަކުން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ސޮފްޓްވެއާއެއް ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އެ ސޮފްޓްވެއާ ބޭނުން ކޮށްގެން ފޯނު ހުޅުވައިގެން ބަލާއިރު ފޯނުގެ އެއްވެސް މައުލޫމާތެއް ގެއްލި ނުވަތަ ބަދަލުވުން ފަދަ ކަމެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ފޯނު ހުޅުވަން ކޯޓު އަމުރުގައި ރިޔާޒަށް އަންގާފައިި ނެތް ކަމަށް އޭނާ ތަހުގީގުގައި ވިދާޅުވެ، ފޯނު ހުޅުވަން ދެކޮޅު ހެއްދެވުމުން އިތުރު ކޯޓު އަމުރެއް ހޯދަން ފުލުހުން އުޅުނު ކަމަށް ރިޔާޒްގެ ފަރާތުން ބުނެ، އެކަން ސާބިތުކުރަން ހެކި ހުށަހަޅާފައި އޮތުމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެފަދަ އަމުރަކަށް ފުލުހުން އެދުނުކަން ކޯޓުން ސާފުކުރާނެ ކަމަށެވެ. އެ މައުލޫމާތުތައް ސާފު ކުރުމަށް ފަހު އެކަން ދެ ފަރާތަށް ވެސް އަންގާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން ވެސް ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޅަ
04 May 2017
ކޯޓުން ސާފުކުރާ މައުލޫމާތުގެ ސައްހަ ކަމާމެދު ސުވާލު އުފެއެވެ. އެއީ ލިޔެކިޔުންނެތި ފޯނުން ކުރެވިފައިވާ މުއާމަލާތަކަށް ވާނެތީއެވެ. ދެން މިއީ ބަތްކާ ކުޅުން ކަހަލަ ޝަރީއަތެކެވެ. ކޯޓްގެ ވަގުތުތައް ނަގާލަން މިޒާތުގެ ޝަރީއަތްތައް ބޭއްވުމުގެ ބޭނުމެއް ނެތެވެ. ރިޔާޒުވަނީ އޭނާ ހަދާންވާ ކޯޑުތައް ދީފައެވެ. ދެން ހަދާން ނެތުމަކީ އިސްލާމް ދީނުގެ ބައެއް ވާޖިބްތަކަށްވެސް ލުއިލިބޭ ކަމެކެވެ.
ވަޅުކައްޓަފުޅި
04 May 2017
7 ފެބްރުއަރީ 2012 ގަ "މޮޔަހެދުނު" މީހުން ދެން ޖެހޭނީ ހެދިހާ ގޮތެއް ހެދިގެން ތިބެން. މިއަދު އޮތީ ހިތާދެކޮޅަށްވެސް ބުނިހާ ކަމެއް ކޮށްކޮށް މަޅިއަކަށްފަހު މަޅިއެއްގަ ބެދިބެދި ތިބުން. މާދަމާއޮތީ ޖަލުގެ އަނދިރި ގޮޅިތައް. ސަލާމަތް ހަމަ އެއްގޮތެއްވެސް ނެތް. މާތް ﷲ ބަޣާވާތް ހަރާމް ކުރެއްވުމުގެ ހިކުމަތް މިޖީލުގެ ދިވެހިންގެ ލޯތަކަށްވެސް ދައްކަވަމުން މިގެންދަވަނީ.
ހަ ހަ ހަ
03 May 2017
ރިޔާޒުގެ ފޯނާ ފުލުހުން ހިތާވެއްޖެ.
އިބިރިހިންބެއްޔާ
03 May 2017
ކުށްކުރީ ރިޔާޒުތޯ ނޫނީ އޭނަގެ ފޯނުތޯ ސުވާލު އުފެދޭ. ފޯނު ކުށްކުރިކަން ސާބިތު ވެއްޖެނަމަ 13 އަހަރުވަންދެން ފޯނު ޗާޖުކުރުން މަނާކޮށް ހުކުންކުރަން ފެނޭ.
އައިއެފް
03 May 2017
އެލޮކްކޯޑު އާއި ރިޔާޒު. ދިވެހި ތާރީޚުގައިވެސް ހިނގި ފުރަތަމަ މައްސަލަ. މިއީ ޑައިރީގައި ލިޔަންޖެހޭ ކަމެއް.
Maldives
03 May 2017
ފުލުހުން ފޯނު ހުޅުވަންބުނުމަކީ މީހަކު އޮރިޔާންވާންބުނުންކަހަލަކަމެއް.
އަގަރުވާލް
03 May 2017
ކޮން ދޮގެއް ހަދާކަށް..ކޮން ސޮފްޓްވެއަރ އެއް..އެއްވެސް ތަރޑް ޕާޓީ ސޮފްޓްވެއަރ އެއް ބޭނުން ކޮށްގެން އައިފޯނު ހުޅުވުމުގެ ގާބިލުކަމެއް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ނުހުންނާނެ..
ތުއްތު
03 May 2017
ބޮޑޭވަނީ
ސެލްބްރައިޓް
04 May 2017
ފުލުހުން ބޭނުންކުރަނީ ޔޫފެޑް. ސެލްބްރައިޓް ކުންފުނީގެ ސޮފްޓްވެއަރއެއް. އެކަމަކު އެންމެ ފަހުގެ ވަރޝަން އެއް ނޫން.
ދިވެއްސެއް
04 May 2017
ރައްޔިތުން މޮޔަ ހައްދުވަން ދައްކާ ވާހަކަ...! ރިޔާޒު ގެންގުޅޭ އައިފޯނުގެ ސޮފްޓްވެއަރ އަޕްޑޭޓްކޮށްފައި ހުރީމަ ލޮކް ކޯޑް ނުޖަހާ އައިޓިއުންސްއަށް ނުގުޅޭނެތީވެ، އަދި ނުވިތާކަށް އޭގަ ހުރި ފޮޓޯއެއްވެސް ނުފެންނާނެތީވެ، ތެޅެނީ ހަމަ...
އިޓްސީބިޓްސީ
03 May 2017
ހެހެ..ޕޮލިހުން ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް އައިފޯނު ފަޅައެއް ނުލެވޭނެ..އިންޓަނޭޝަނަލް ސްޓޭންޑާޑް ތަކަށް ހުރުމަތްތެރިކޮށް ހިތާބަލަ..އައިފޯނުގެ ލައިސަންސް އެގްރީމެންޓް ނުކިޔާތީއޭ އެހެން ތި ދިމާވަނީ..އެގްރީމެންޓް ކިޔަން އާދަ ކުރޭ