މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން. އޭނާ ގެއްލުނުތާ 1000 ދުވަސް ވަނީ ވެފައި.
04 މެއި 2017 - 19:55
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް އަންނަ ދުވަހަކުން ހިންގާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުނުތާ 1000 ދުވަސްވުމާ ދިމާކޮށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ރިލްވާންގެ މައްސަލައިގައި ކުރުމަށް ހަަޖެހިފައިވަނީ އާންމުކޮށް ހުޅުވާލެވިފައިވާ ތަހުގީގެކެވެ. އަދި އެމަނިކުފާނުގެ ޓުވީޓުގައި ވަނީ ޓުވިޓާގައި "މޮޔަމީހާ" ގެ ނަމުން މަޝްހޫރު ރިލްވާން ހޯދުމަށް ގޮވާލައްވައިފަ އެވެ.
ރިލްވާން ގެއްލުނުތާ މިއަދަށް 1،000 ދުވަސް ވީއިރު ވެސް އެ މައްސަލާގައި ދައުލަތުގެ އިދާރާތަކުން އެދެވޭ ޖަވާބެއް މިހާތަނަށް ވެސް ލިބިފައި ނެތުމުން އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ ތިން އަހަރުވާން ކައިރިވެފައިވާއިރު، އެކަން ކުރި ބަޔަކު އަދިވެސް ހޯދިފައި ނުވުމާއި އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅިފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ. އެ މައްސަލަ ފުރިހަމަ އަށް ތަހުގީގުކުރަން ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފަ އެވެ. އާއިލާއިން ތުހުމަތުކުރަނީ ބަޔަކު އޭނާ ވަގަށް ނެގީ ކަމަަށެވެ.
މަރުގެ އިންޒާރުތަކަކަށް ފަހު، މިނިވަން ނޫހުގެ ނޫސްވެރިޔާ "ވަގަށް ނެގީ" އޭނާ ދިރިއުޅޭ އެޕާޓްމެންޓުންނެވެ. ރިލްވާނަށް ވީ ގޮތެއް، އެކަން ކުރީ ކޮން ބަޔަކު ކަމެއް، ދުނިޔޭގައި ހުރި ކަމެއް ނުވަތަ އޭނާ ވަގަށް ނެގީ ކޮން ސަބަބަކާ ހެދި ކަމެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މ
05 May 2017
ޢަޅެ އެއީ އަގޮޓިއެއްތަ؟ ގެއްލުނުގޮތަށް ނުފެންނަން!!!!
ވައްލަ
04 May 2017
ތީ ބުނާބަސް އިދިކޮޅަށް ދިމާވާމީހެއް
އަހުމަދު
04 May 2017
ހެހެ ތިހެންބުނި ވެރިކަމަށް އެރުމުގެ ކުރިން ، ޔާމީންގެ އަތުން 800 މިލިއަން ޑޮލަރުވެސް ހޯދަދޭނަމޭ އަދި މައުމޫނުގެ މައްސަލަތަށްވެސް ބަލާދޭނަމޭ. ވެރިކަމަށް އަރާފަ ޔޫކޭ ބަކަކަށް މައްސަލަބެލުމުގެ ނަމުގަ ބޮޑު ފައިސާގަނޑެއް އެކަނި ދެވުނީ. އެވެސް ކޮންމެސް އެހެންކަމެއްކަ ދޭންޖެހޭއެއްޗެއް. ދޭނެ ގޮތެއް ނޭންގެގެން ކުރިކަމެއް. ކަމެއްވާ މީހެއްނަމަ ކަންކުރަން ފުރުސަތާއި ވަގުތުވެސް ލިބުނު. އެކަމު ނުވި. ދެންވެސް ނުވާނެ. ތިޔައީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގަ ކުޅުއްވާ ޑްރާމާއެއް.
މެންޓަލިސްޓް
04 May 2017
ރައީސްނަޝީދުއަށް ވަރަށް ސަލާމް ،،، މަނިކުފާނުގެ ވެރިކަން ފެށިގެން ވައްޓާލުމާ ހަމަަޔަށްވެސް ހުސެންސޮލާހްގެ މައްސަލަ ބައްލަވަން އުޅުންވިންތޯ ؟؟ އޭނާޔަށް ވީގޮތް ވަރަށް ރަގަޅަށް މަނިކުފާނުގެ ހުރިހާ ކަމަކާޢި ހަވާލުވެގެން އުޅުއްވި އިސްބޭފުޅަކަށް ސާފްވެގެން ދިޔަނޫންތޯ ؟؟؟ ދެން ކީއްވެތޯ އަޅާނުލީ ؟؟ ސިޔާސީގޮތުން އެކަން ހިންދާލީތޯ ؟؟ ދެންހުރި ބައިބައި އަބުރުގެ ގާނޫންއަށް ފުށުއަރާތީވެ މިކޮމެންޓްގައި ލިއެވޭކަށް ނެތް ،، ވަރަށްވެދުން
އަލީ
04 May 2017
ރިލްވާން ވަގަށްނެގި ސަބަބާއި އެކަމަށް ފަންޑްކުރި މީހުން ހޯދަން މުހިއްމީ
ޑަކުޓަރު
04 May 2017
ތިހުރިހާކަމެއްވެސް ބެލޭނީ މައްސަލަ ބަލަންތިބޭ މީހުން އެއްކޮށަ ބަދަލްވެގެން. އެދުވަހެއް މިރާއްޖެއަކަށް ނާންނާނެ. ސޮރީ . މިކަންވިޔަސްވާނީ ރައީސް ނަޝީދަށް. މިގައުމު އޮތްހާލަތް ބަދަލުވާނެކަމުގެ އުންމީދަކީ މަނިކުފާނުގެ އެންމެ ބޮޑު ކުއްހީ. ރައްޔިތުން ބޭނުންވަނީ ލުއިތަނުން ކާލައިގެން އަތުންފައިން މަސައްކަތެއްނުކޮށް އަރާމާއި މަޖާ. ގަރުނަކުންވެސް ނާންނާނެކަން ޔަޤީން ، ދެކޭތީ ހުވަފެނެއް ސީދާނުވާނެކައް މުޖައްރިބު
ކުރި
04 May 2017
ނަޝީދުއަށް އަވާމެންދުރު ފެންނަނީހެން ހީވަނީ އަދި އިންޝާﷲ އަދި އެއްޓާމް ރައީސް ޔާމިން ފުރާނެ.
ނިރު
04 May 2017
ބަލިވީއޭ ކިޔާގެން މަކަރާ ހީލަތުން މިޤައުމުން ފިލާގެން ގޮސް ހުރެ ދެން ކޮންތަޙްޤީގެއް ކުރެވޭނީ. ކެރޭ މީހުންނަކީ ކޮންމެ ފަދަ ހާލަތެއްގާވެސް ޤައުމަށްޓަކާ ރައްޔެތުންނަށްޓަކާ ދީނަށްޓަކާ މޭދިއްކޮއްލާފަ ކުރީސަފައް ނުކުންނަ މީހުން އެފަދަ ސިފައެއް ނަޝިދުގެ ކިބަޔަކުން އަދި މިވީހާތަނަކަށް ނުފެނޭ. އަބަދުވެސް އެންބަސީޔަކުން ނޫނީ ކޮންމެވެސް ޤައުމަކުން ހިމާޔަތް ހޯދާތަން ފެންނަނީ. އެއީ ފިޑިންގެ އަމަލް
47 ހަމަވެއްޖެ
04 May 2017
މިކަން ނިމުމަކަށް ގެންނަން ކުޑަ ހިތްވަރެއް ބޭނުންވަނީ
މަރީ
04 May 2017
މިސް ޔޫ ނަޝީދު