ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ: ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އަނެއްކާވެސް އާސަންދަގެ ޚިދުމަތް ލިބޭ ގޮތް ރައީސް ވަނީ މިއަދު ހަމަޖައްސަވާފައި.---މިހާރު ފޮޓޯ
08 މެއި 2017 - 09:57
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.
އަމިއްލަ ތަންތަނުން އާސަންދަ ލިބޭ ގޮތަށް ރައީސް ޔާމީން މި ނިންމެވީ، އެ ޚިދުމަތް އާސަންދަ ކުންފުނިން އިއްޔެ އިން ފެށިގެން ކަނޑާލާފައި ވަނިކޮށެވެ.
ކުރިން އެންގުމެއް ނެތި، ކުއްލި ގޮތަކަށް އާސަންދައިގެ ޚިދުމަތް އަމިއްލަ ތަންތަނުން ކަނޑާލިކަން އެ ތަންތަނަށް އާސަންދަ ކުންފުނިން އެންގީ މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، އެ ރޭ 11:30 ވާން އުޅެނިކޮށެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާސަންދަގެ ޚިދުމަތުގެ ނިޒާމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އެންސްޕާ އަށް ކުުރިން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ދެމުން ގެންދިޔަ، އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯރެޓަރީ އަދި ސްކޭން ކުރުމުގެ ޚިދުމަތްތައް އާސަންދަ އިން އުނިކުރުމަށް މިދިޔަ ބުދަދުވަހު އެންސްޕާގެ ބޯޑުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި ގޮތަށް އަމަލުކުރުމަކީ، އެއްގޮތަކަށް ވެސް ސަރުކާރުގެ ހުށަހެޅުމެއް ނޫނެވެ. އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައެއް ނުވެ އެވެ،" ބަޔާނުގައިވެ އެވެ.
"މީގެ އިތުރުން، މިކަމާ ގުޅޭ ގޮތުން 6 މޭ 2017 ގައި އެންސްޕާ އިން މި ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އެންގި އެންގުމަކީ، ވަކި ތާރީޚެއްގެ ކުރިން ނުވަތަ، ވަކި ތާރީޚެއްގައި ތަންފީޒު ކުރުމަށް ސަރުކާރުން އެންސްޕާ އަށް އަންގާފައިވާ އެންގުމެއް ނޫންކަން ވެސް ފާހަގަކުރަމެވެ."
ރައީސް އޮފީހުން ބުނީ އާސަންދަ ނިޒާމު މިހާރު ބައްޓަން ކޮށްފައި ވަނީ، އެ ޚިދުމަތް އެންމެ ދެމެހެއްޓެނިވި ގޮތަކަށް ހިންގޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި އެ ނިޒާމު ހިންގުމުގެ ޚަރަދުތަކާއި ސިއްހީ ޚިދުމަތުގެ ހަރަދުތައް ކުޑަކޮށް، ސިއްހީ ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރަމުން ނުދާތީ، އާސަންދަ އަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި ލީކޭޖްތަކެއް އުޅޭ ކަމަށް ބޭރުގެ މާލީ އިދާރާތަކުން ފާހަގަކުރާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެއާ އެކު، އާސަންދަ ނިޒާމުގެ ކަންކަން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ތަރުތީބު ކުރުމަށް ވެސް އެ އިދާރާތަކުން ލަފާދީފައިވާ ކަމަށް ވެސް ރައީސް އޮފީހުގެ ބަޔާނުގައިވެ އެވެ.
ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދައިގެ ޚިދުމަތް މިއަދުން ފެށިގެން އަލުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ފަހު، ރައީސް އޮފީހުން ބުނީ ސަރުކާރުގެ ޚަރަދުތަކުގެ ލީކޭޖް ކުޑަކުރުމަށް އެހެން ގޮތްގޮތުން ހައްލު ހޯދައި، އެކަން ހުށަހެޅުމަށް ސަރުކާރުން ވާނީ އަންގާފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެފް
09 May 2017
އާސަންދަ ދޭން އެފެށީ އެންސްޕާ އިން ދޭ އެހީ ކަނޑާލުމަށްފަހު ކަމަށް ޚަބަރު ލިބޭ :(
މީމުހާ
08 May 2017
ސަރުކާރުން އާސަންދަ ކުންފުނި ބަދުނާމު ކޮށްފި. ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އިސްތިއުފާ ދިނުން ބުއްދިވެރި
ދަނބުބެ
08 May 2017
ލީކޭޖް އުޅެންޏާ ބޮޑު ކުދިންގެ ނެޕީ ޖަހާނީ. ލީކޭޖޭ ތިކިޔަނީ މމޕީރސީ ގައި އޮތްކަހަލ ކެޔުންގަޑެއްގެ ވާހަކަހެން މަށަށް ހާދަ ހީވެޔޭ. އެހެންވެއްޖިއްޔާ އަދީބާ ހިސާބުން މައްސަލަ ނިއްމާލި ގޮތަށް ހައްދަވާ.
ފަހި
08 May 2017
ކިހިނެއް ކުރިއެކޭ އެއްގޮތަށް ލިބެނީ ރައީސޫ. މިހާރުވެސް އޭޑީކޭއިން އެބުނީ ކޮންޓްރެކްޓް ބާޠިލުވިއްޔޭ އަލުން ޖެހޭނީ އެއްބަސްވުމެއްގައި ސޮއިކުރާށޭ! ހީފުޅުވަނީތޯ ބޭނުން ކޮންމެ ގޮތެކޭ ހަދާނީ. ބޭނުން ކޮންމެ ގޮތެއް ނުހެދޭނެ. މަނިކުފާނަށްވެސް ކުރެވޭނެ ކަންކަމާ ނުކުރެވޭނެކަންކަން ހުންނާނެ. ހުރިހާ ރައްޔިތުންލައްވާ މަޖުބޫރުން ވޯޓެއްވެސް ނުލެއްވޭނެ.
ދެން ހެދޭނި
08 May 2017
ކަންކަމާމެދު ހާސްވެ ކަންބޮޑުވީމައި ދެންހެދޭނީ ހުސް ގޯސް ކަމުގައި ބުނެއުޅެއެވެ.
އަބްދުއްލާ އަލީ
08 May 2017
މަދަނަ އުފެއްދިމީހާ އާ ޖެހިގެން ހިންގަން ހަވާލުވިމީހާ އަށް މަދަނަ ނިހިންގިގެން ބަގުރޫޓް ވީމާ އާސަންދަ ކިޔާ ނަން ބަދަލު ކޮށްފި ، ދެން އައިމީހާ ބަރާބަރަށް ހިންގި ދެން އައިމީހާ އަށް އާސަންދަ ހިންގަން ނޭގުނީމަ އާ ނަމެއް ކިޔާލަންވިއެއްނު.
ހުސޭނުބެ
08 May 2017
ބަލަގަ ބޮލަށް އެނބުރުން އެރީތޯ؟ ނޫންނަމަ ބަލި ގަބޫލުކުރަން ދަތިވީތޯ؟ އެކަމަކު އެކަންވެސް ވާނެ ކަމަށް ބަލަންޖެހޭނެ. ސަރުކާރަށް މިކަހަލަ ކަންތައްތައް މުއައްސަސާތަކުން އޮޅުވާލަނީ ދެއްތޮ. އަދި ބުނަންތަ. ކައިރީގައި ތިއުޅޭ ބައިގަޑު ދުރުކޮށް އަހަރެމެންކަހަލަ ރަނގަޅު މީހުން ގެންދެބަލަ. ފޯމު ކިތައްމެ ގިނަނަމަވެސް ވޯޓް ގިނައެއްނުވިތާ؟؟/ އަދިވެސް ސަރުކާރު ވަޒީފާތަކަށް ނުފޫޒުފޯރުވަން ނޫޅެ މައިތިރިވޭ.
ސިމްޕަލް ރިކްއެސްޓް
08 May 2017
ކުރިއެކޭ އެތްގޮތަށް ކާޑުގެ އަގުތަށް ވެސް ހެޔޮކޮށް ދެއްވާ! އެސް.ޓީ.އޯ އިން ކާޑުގެ އަޑު ބޮޑުކުރިކަން ފަހަރެއްގަ ސަރުކާރަށް އެގިވަޑައިގެންފަ ނޯވެދާނެ. އެހެން ނޫންތޯ؟ ހަމ އެގޮތަށް ކަރަންޓުގެ އަގުތަށް ވެސް ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒް ކޮށްފަ އަގުހެޔޮކޮށް ދިނުން ވަރަށް އާދޭހާ އެކު އެދެން. މީވެސް ހީވަނީ ސަރުކާރަށް ނޭގި މިއުޅޭ ސްޓެލްކޯ އިން ކޮށްގެން އުޅޭ ކަމެއްހެން. ވ.ވެދުން.
އަބްދުއްލާ އަލީ
08 May 2017
އާސަންދ ހިދުމަތް ދޭ ހުރިހާތަނެއް މޮނީޓަރު ކުރަން އެބަޖެހޭ . ރާއްޖެތެރޭގެ ކުޑަ ބޭސް ފިހާރައެއް ހިނަގާމީހާ އަށް ވެސް މިލިއަނުން ފައިސާ ލިބެން ފަށައިފިނަމަ މިވާގޮތެއް ބަލަންޖެހޭނެ ދޯ ؟
ހުވަނި
08 May 2017
މޮނިޓާ ކުރަން ޖެހެންޏާ ކުރާނީ. ކޮންމެހެން އެ ޙިދުމަތެއް ކަނޑާލާކަށް ނުޖެހޭނެ!
މަރީ
08 May 2017
ގުނބޯ ނަހައްދާ ގުނބޯނަހައްދާ