ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓު ފޮއްޓެއްގެ ވޯޓު ގުނަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
08 މެއި 2017 - 11:58
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ އިލެކްޝަން ކޮމިޝަނުން އަދި އިއުލާން ނުކުރިޔަސް ޕާޓީތަކާއި މީޑިއާ އިން ދަނީ ނަތީޖާތައް ހާމަކުރަމުންނެވެ. އެކަމަކު ސިޔާސީ ދެ ފަޅިން ހާމަކުރާ އަދަދުތަކުގެ ފަރަގު ހައިރާންވާހާ ބޮޑެވެ. ކޮންމެ ބަޔަކު ވެސް ކިޔަނީ، އިންތިޚާބު ކާމިޔާބުކުރީ އެ ބަޔަކުކަން ދައްކައިދޭ އަދަދުތަކެކެވެ.
އިންތިޚާބުގެ ނަތީޖާ ހޮނިހިރުދުވަހުގެ ރޭ އަންނަން ފެށި އިރު، އެއް ކަމެއް ވަރަށް ސާފެވެ؛ އާބާދީ އެންމެ ބޮޑު ތިން ސަރަހައްދުގެ އަޣުލަބިއްޔަތު، ވަރަށް ބޮޑު ތަނުން، ހޯދީ އިދިކޮޅު އެމްޑީޕީ އެވެ. އެއާ އެކު، އެ ޕާޓީ އާއި ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ވަނީ، ޖުމްލަ ގޮނޑީގެ އަދަދާއި ވަކިވަކި ވޯޓުން ވެސް، އިންތިޚާބު ކާމިޔާބުވެއްޖެކަން އިއުލާންކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ހޮނިހިރުދުވަހު މީހަކު ވޯޓުލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ހިސާބުން ފެށިގެން ސަރުކާރުގެ ސަޕޯޓަރުންގެ އަޑު މަޑުވަމުން ގޮސް، އާދީއްތަ ދުވަހުގެ މެންދުރާ ހަމައަށް ސޯޝަލް މީޑިއާގައި އެ މީހުން ވަރަށް ބޮޑަށް ހިމޭންވި އެވެ. އެކަމަކު ވަރަށް ހެނދުނާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ޓްވިޓާގައި ވިދާޅުވީ، ދެބައިކުޅަ އެއްބައި ވޯޓު ގުނާ ނިމުނު އިރު، ކައުންސިލްތަކުގެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމުން ކަމަށެވެ. އަދި މިއީ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންނާ ގިނިކަންޏާ ވާދަކުރައްވައި ރައީސް ޔާމީން ހޯއްދެވި ކާމިޔާބީއެއްގެ ގޮތުގައި ޝައިނީ ސިފަކުރެއްވި އެވެ. އޭގެ ފަހުން ވެސް އޭނާ ވަނީ ޓްވީޓެއްގައި ރައީސް ޔާމީނަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެކަމަކު އިދިކޮޅު އެމްޑީޕީން ނެރުނީ ޝައިނީގެ އެ ވާހަކައާ މެދު ހައިރާންވާ ވަރުގެ ބަޔާނެކެވެ. އޭގައި އޮތީ ބޮޑު ތަފާތަކުން އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފައިވާ ކަމަށާއި ސަރުކާރުގެ ޚުދުމުޚުތާރުކަމާއި ބޭއިންސާފާއި ހައްގުތައް ނިގުޅައިގަތުމާ ދެކޮޅަށް ރައްޔިތުން ވޯޓު ދީފި ކަމަށެވެ. އޭގެ ކުރިން ވެސް ނިއުސް ކޮންފަރެންސެއް ބާއްވައި އެމްޑީޕީން ވަނީ "ދިވެހި ރައްޔިތުން އެވަނީ ބޮޑުކޮށް ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި"ކަން ފާހަގަކޮށްފަ އެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު (ވ) އާއި ނައިބު ރައީސް މުހައްމަދު ޝިފާޒް (ކ) ހޮނިހިރުދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު
އިންތިޚާބަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް ޕީޕީއެމުން ބުނީ އެ ޕާޓީ އަށާއި އެމްޑީއޭ އަދި ޑީއާރުޕީ އަށް ލިބުނީ "ވަރަށް ފުރިހަމަ ކާމިޔާބީއެއް" ކަމަށެވެ. ޕީޕީއެމްގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕާލަމެންޓްރީ ލީޑަރު އަހުމަދު ނިހާން އިއުލާންކުރެއްވީ، ސަރުކާރު ކޯލިޝަނުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވާ ކަން ދައްކައިދޭ ނަތީޖާއެކެވެ. އެއީ ސަރުކާރަށް 219 އަދި އިދިކޮޅު އެމްޑީޕީ/ޖޭޕީ އަށް 206 އެވެ. މިކަމާ މެދު އިދިކޮޅު ފަރާތްތަކުން ރޭ ހައިރާންކަން ފާޅުކޮށް، ބުނެފައި ވަނީ އެއީ ނުބައި މައުލޫމާތެއް ކަމަށާއި ޕީޕީއެމުން އެހެން ބުނާތީ ކަންބޮޑުވާ ކަމަށެވެ.
ނިހާން (ކ) އާއި ޒަމީރު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެން ވަހީދު/ މިހާރު
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ "50 ޕަސެންޓް އަދި އެކެއް ވެސް ލިބިއްޖެ" ކަމަށް ޕީޕީއެމުން ބުނެ އެވެ. އެކަމަކު އެމްޑީޕީން އިއުލާންކޮށްފައި ވަނީ ގިނަ ވޯޓު ލިބުނީ އެ ޕާޓީ އަށް ކަމަށެވެ.
ބެލެވޭ ގޮތުގައި ޕީޕީއެމުން ބުރަވަނީ ސަރުކާރުގެ ޕްރޮޕެގަންޑާ ފަތުރާ ދައުލަތުގެ މީޑިއާ ޕީއެސްއެމް އާއި ސަރުކާރު ކޮޅަށް ބުރަވާ އެހެން މީޑިއާތަކުގެ ނަތީޖާތަކަށެވެ. އެކަމަކު އެ ނަތީޖާތަކުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަ ހުއްޓެވެ. މިސާލަކަށް، ޕީއެސްއެމްގެ ވެބްސައިޓުން ފެންނަނީ ސިޓީ ކައުންސިލްތަކުގެ ހަތަރު ގޮނޑި ޕީޕީއެމުން އަދި އެއް ގޮނޑި ޑީއާރުޕީން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެކަމަކު، ވޯޓުލީ މަރުކަޒުތަކުގައި އިއުލާންކުރި ނަތީޖާތަކުން އެނގިފައިވާ ގޮތުގައި، މާލެ އާއި ފުވައްމުލަކުން ޕީޕީއެމް އަށާއި ޑީއާރުޕީ އަށް ލިބުނު ދެ ގޮނޑި ފިޔަވައި ސިޓީ ކައުންސިލްތަކުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ވަރަށް އަވަހަށް ނަތީޖާ ގެންނާނެ ކަމަށް ބެލެވުނު ނަމަވެސް ބޮޑެތި ސަރަހައްދުތަކުން އެމްޑީޕީ ކުރި ހޯދަން ފެށުމާ އެކު، ނަތީޖާ ފޮނުވުން ލަސްވި އެވެ. ކޮންމެ ވޯޓު ފޮއްޓެއްގެ ދަށުގައި މީހަކު ހުންނާނެ ކަމަށް ޕީއެސްއެމުން ކުރިން ބުނުމުން، ބައެއް މީހުން ގަބޫލުކުރީ، ނަތީޖާ ވަރަށް އަަވަސް ވާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ބުނިހާ ގޮތަކަށް ހިންގަމުން އަންނަ ދައުލަތުގެ މީޑިއާގެ އަމަލްތައް ހުރީ އަވަހަށް ނަތީޖާ ގެނެސްދޭން ބޭނުން ނުވާ ފަދަ ގޮތަކަށެވެ.
އިދިކޮޅު ޕާޓީތަކުގެ ކޮޅަށް ޖެހިފައިވާ ރާއްޖެ ޓީވީ ފަދަ މީޑިއާތަކުގެ ނަތީޖާތަކުން ފެންނަނީ ޕީއެސްއެމްއާ މުޅިން ތަފާތު މަންޒަރެކެވެ. އެއީ، ބެހެއްޓި 422 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނާފައިވާ 319 ފޮށީގެ ނަތީޖާ އަށް ބަލާ އިރު:
- އެމްޑީޕީ/ޖޭޕީ 321 ގޮނޑި
- ޕީޕީއެމް/އެމްޑީއޭ/ޑީއާރުޕީ - 163 ގޮނޑި
- މިނިވަން - 101 ގޮނޑި
މި ނަތީޖާ އަށް ބަލާ އިރު، 103 ވޯޓު ފޮށި ނުލައި، އިދިކޮޅު ޕާޓީތައް އުޅެނީ ސަރުކާރު ކޯލިޝަނަށް ވުރެ 158 ގޮނޑި ކުރީގަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ "ސަން"ގެ ނަތީޖާތައް ރާއްޖެ ޓީވީގެ ނަތީޖާތަކާ ދާދި އެއްގޮތެވެ.
އެކަމަކު ސައްހަ އަދަދުތަކަކީ ކޮބައިކަން ކަށަވަރުކުރެވޭނެ ގޮތެއް އަދި ނެތެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ފަހު ވަގުތީ ނަތީޖާ އިއުލާންކުރަން ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
09 May 2017
މިހާލަތުގައި ނޫސްވެރިން ޒިންމާ ނަންގަވައި ރައްޔިތުނަށް ހަޤީގަތް ހާންމަ ކޮށްދެއްވާ! އަދި މިހާރު ނޫހުގެ ނަޒަރުގައި މި އާޓިކަލްގައި ތެދަކީ ކޮބައިކަން ހާންމަކުރެވިފައި އޮންނަންވާނެ
ސާދާސީދާ
08 May 2017
"ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ "ސަން"ގެ ނަތީޖާތައް ރާއްޖެ ޓީވީގެ ނަތީޖާތަކާ ދާދި އެއްގޮތެވެ." ދާދި ދެންމެއަކުވެސް ޗެނެލް 13 އިން ގެނެސްދިން ނަތީއްޖާގައި ވަނީ: ޕީޕީއެމް 219 ގޮނޑި އެމްޑީޕީ 270 ގޮނޑި ޖޭޕީ 14 ގޮނޑި އެމްޑީއޭ 18 ގޮނޑި ޑީއާރުޕީ 1 ގޮނޑި އަމިއްލަ 100 ގޮނޑި ނަތީއްޖާ ސާފު. ސަރުކާރު ބޮޑުތަނުން ބަލިވެއްޖެ!
ކޮރި ބޯށި
08 May 2017
2018 ގައި އޮންނަ ރިޔާސީ އިންތިހާބު މިނިވަން ނުވާނެ ކަމުގެ ހެކި މިފެންނަނީ. މިހާރު ވެސް ނަތީޖާ ޢޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުން އެގެންދަނީ.
ހަމަނުވިއަސް
08 May 2017
ވޯޓްލާންވާ މީހުންގެ 50 ޕަސެންޓް ނުލިއަސް އިންތިޚާބު ވަރަށް ކާމިޔާބުކަމަށް މިކިޔަނީ..
ފޭލިވީ
08 May 2017
ދަރުބާރޭމެން ފޭލިވީ ފޭލި ފޭލި ފޭލި
Maldives
08 May 2017
ޓީވީއެމް އާއި ޗެނަލް 13 އަށް އަރުވައިގެންއުޅެނީ ނުބައި ނަތީޖާއެއް އެމީހުން ލަދުން...
ކައްޓި
08 May 2017
ގިނަ ގޮނޑި ލިބުނީ ޕިންކް ކުދިންނަށް ގިނަ ވޯޓް ލިބުނީ ރީދޫ ކުދިންނަށް މި އިންތިޚާބްގަ ބަލަނީ ގޮނޑިއަށް
ކުޑޭ
08 May 2017
އޮޅުވާލާނެ
މޫސަ
08 May 2017
ރަށްރަށުގެ ކައުންސިލަރުން ހޮޅުއަށީގަ ބައިސާ ކަނޑަން. މާލޭ ސިޓީ ކައުންސިލަށް ހޮވޭ މީހުން ހިންގަން އުޅޭނީ މުޅިން އެހެން ސަރުކާރެއް. ތި ކައުންސިލަށް ކުރިމަތި ލެވޭ ކޮލިފިކޭޝަނަކީ އަސާސީ ތައުލީމް ފެންވަރު. ސަރުކާރު އޮފީހެއްގެ ޓްރޭނީ ލެވެލްގެ ވަޒީފާއަކަށް ކުރުމަތި ލެވެނީ މަދުވެގެން 03 އޯލެވެލް ފާސް އޮވެގެން. މިހާރު ވަޒީފާއަށް ކުރިމަތިލާ ކުދިންގެ ތެރެއިން އެންމެ ރނގަޅު ނަތީޖާ ހޯދާ ކުދިން ޝޯޓް ލިސްޓް ކުރެވިގެން އިންޓަވިއުއިން ފާސް ވެގެން ވަޒީފާ ލިބެނީ. ކައުންސިލަށް ކުރިމަތި ލައިގެން އެބަހޮވޭ ދުވަހަކު އޮފީހެއްގަ އެއްވެސް ކަހަލަ ވަޒީފާއެއް އަދާ ނުކުރާމީހުން. މީދެން ބޮޑުވަރު. ތަންކޮޅެއް ޒިންމާދާރުކޮށް މިކަހަލަ މަގާމްތަކަށް މީހުން އައްޔަން ކުރެވޭނެ ގޮތް ހަދަން ވެއްޖެ ނޫންތޯ؟
އަހައްމަދު އަހައްމަދޭ
08 May 2017
މަށަކީ ގިނަފަހަރައް ވަކި ފަރާތަކަށްނުޖެހި މިކަހަލަ ކަންކަމުގެ ހަގީގަތައް އެއްޗެއް ބުނާ މީހެއް ،މަށައް ފެނުނު ގޮތުގަ 2013 ގަ ރައިސް ޔާމީނާއި މައުމޫނު ޕީޕީއެމްގެ ނަމުގަ ނިކުމެ ހޯދި ނަތީޖާ އަދިވެސް ދިރި ދެމި އެބައޮތް ގެއްލިގެން މިއުޅެނީ ހަމަ އިއްތިހާދުން އުނި ވި ތަންކޮޅު، ޔާމީނާއި ޖަމީލައް ރިއާސީ އިންތިހާބްގަ ނޫނެކޭ ބުނި އަށްޑޫ ސިޓީ މާލެ ފުއައްމުލައް ތިނަދޫ ފަދަ ބޮޑެތި ތަންތަނުން ހަމަ އޭރުގެ ނަތީޖާ އައީ އެހެންކަމުން ،ރައްޔަތުން ތިބި ގޮތް ސާފްވަނީ ހަމަ އިއްތިހާދަކައްގޮސްގެން ، ނުވަތަ ރައްޔަތުންރުހޭ ފަދަ ޝަހުސެއް 2018 ގަ ނިކުމެގެން އެހެންކަމުން ، ސަރުކާރަކަށްވެސް އިދިކޮޅަކަށްވެސް ރައްޔަތުން އާނއެކޭނުބުނި ،އެތަން އެއޮތީ ބޮޑުތަނުން ފެންނަން ،ވޯތްލާން ނިކުއް ނިސްބަތް އެއީ ސިޔާސީ ޑުރާމާގަ ނައްޓަވަންތިއްބެވި ރައްޔަތުން ނުނިކުންނަ ގިނަމީހުން އެއީ ސިޔާސީ ކަންކަމަށް ފޫހި ވެފަ ތިބި މީހުން ވަކި ވަކި އަމިއްލަ ކެނޑިޑޭޓުން އެއީ އަދި މުޅިއަކުން ސަރުކާރު ނުވަތަ އެހެންޕަރޓީއަކަސް ފޯރީ ހުރި ބައެއްނޫން އެހެންނަމަވެސް ރަނގަޅުގޮތްފެނުމުން އެގޮތަކަސް އެބަޔަކު ނުދާނެއެކޭ ނޫން އެކަމަކު އެއިގެ މާނައެއްނޫން އަމިއްލަ ގޮތުން ބައިވެރި މީހަކު ޕީޕީއެމް އާގުޅުމަކި އެދައިރަގެ ރައްޔަތުން ޕިޕީއެމް އަށް ތާއީދު ކުރުމެކޭ، އެއިގެ ބަދަލުގަ އެއީ އެމީހަކު ނަފުސު ވިއްކައިލުން ނުވަތަ އެމީހާ އަމިއްލަ ފައިދައަސް އެޅި ފިޔަވަޅެއް ވުމާއެކު ދިގުކޮއް މިބަޔާންކުރެވުނީ ދިވެހި ރައްޔަތުން އަދިވެސް ގތިބީ އިހު ތިބި ގޮތުގައޭ ،އެއްވެސް ބަޔަކަށް މެޖޯރިޓީއެއް ދޭކަޝެއްނޫނޭ،
އައްޑޫ ރަދުން
08 May 2017
މިސަރުކާރަކީ ނަތީޖާ ނެރޭ ނެރެން ފަސްނުޖެހޭ ސަރުކާރެއްކަމަށް ނިހާނުމެން ކިޔާހަދާ.ހީވާގޮތުން މިފަހަރުވެސް ބޭނުންވާ ނަތީޖާ ސަރުކާރުން ނެރޭނެ އިލެކްޝަން ކޮމިޝަން ބަނދެފަ ބާއްވާފަ ނަމަވެސް.ޝައިނީ ހައްގާ ދެކޮޅަށް ވާހަކަ ދައްކަނީ މަޖްބޫރީ ހާލަތެއް އޮވެގެން ކަމަށް ވުން އެކަށީގެންވޭ އެހެންނޫންނަމަ ދުވާލު އެއީ ރޭގަޑޭ ހުދުއެއީ ކަޅޭ ކިޔާފަ މީހުންގެ ކުރިމަތީގަ ދެބަސްނުވާނެކަން ޔަގީން.