ފާރިސް މައުމޫން "މިހާރު" އާ ވާހަކަ ދައްކަވަނީ: އޭނާގެ ޕާސްޕޯޓް އަނެއްކާވެސް ވަނީ ހިފަހައްޓާފައި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
15 މެއި 2017 - 21:13
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައި، އޭނާގެ އާއިލާގެ ބޭފުޅުންގެ އަރިހަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުރަސްނޭޅުމަށް އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.
އެމްޑީޕީން މިގޮތަށް ގޮވައިލީ، އިންޑިއާގެ ބެންގަލޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ފާރިސްގެ ބޮޑުދައިތަގެ ހާލު ބެއްލެވުމަށް އިއްޔެ ފުރާވަޑައިގަންނަވަން އުޅުއްވި ނަމަވެސް، ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ފުރާވަޑައިގެންނެވޭ ގޮތް ނުވުމުންނެވެ.
ފާރިސް ވިދާޅުވެފައި ވަނީ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން އެނގިވަޑައިގަތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކިން ނިންމަވައި، އިމިގްރޭޝަންގެ މަރުހަލާތައް ވެސް ފުރިހަމަ ކުރެއްވި ފަހުން ކަމަށެވެ. އަދި ފުރާވަޑައިނުގެންނެވޭނެކަން އަންގައި، އޭނާގެ ޕާސްޕޯޓް ވެސް އިމިގްރޭޝަންގެ ބެލެމުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ ކަމަށް ފާރިސް ވިދާޅުވެފައިވެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ފާރިސްގެ ދިފާއުގައި ނެރުނު ބަޔާނުގައި ބުނީ، ކުރިން އެންގުމަކާ ނުލައި، ޕާސްޕޯޓް ހިފަހައްޓައި އޭނާ އަށް ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތް އެއްވެސް ހަމައެއް ނެތި މަނާކޮށްފައިވާތީ، އެކަން ކުށްވެރި ކުރާ ކަމަށެވެ.
"އަދި މިހާރުން މިހާރަށް ފާރިސް މައުމޫނަށް ފުރާވަޑައިގެންނެވޭނެ ގޮތް ހަމަޖެއްސުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާ ގުޅިވަޑައިގެން ސިޔާސީ އިދިކޮޅު މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ ފާރިސް އަށް ތާއީދުކޮށް އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނިގޮތުގައި ފާރިސްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމަށް އެންގި ނަމަވެސް، އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އޭނާ އަށް އަންގައިފައެއް ނުވެ އެވެ.
"މީގެ ކުރިން ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް އަމުރުގެ މުއްދަތު މިހާރު ފަހަނަޅައި ދިއުމަށް ފަހު، އަލުން ޕާސްޕޯޓު ހިފެއްޓި ކަމުގެ އެއްވެސް މައުލޫމާތެއް ދީފައި ނުވާކަން ފާހަގަ ކުރަމެވެ. އެފަދަ ކަމެއް ކުރުމުގެ އެއްވެސް ސަބަބެއް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ހާމަކޮށްފައި ނުވާކަން ވެސް ފާހަގަ ކުރަމެވެ،" އެމްޑީޕީން ބުންޏެވެ.
"ފާރިސް މައުމޫންގެ ޕާސްޕޯޓު ހިފަހައްޓައި އާއިލާގެ ބޭފުޅަކަށް ޒިޔާރަތް ކުރުމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ އެއްވެސް ހަމައެއް ނެތް ގޮތުގައި ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރުމުގެ ތެރެއިން ކުރެވޭ ރަހުމް ކުޑަ ކަމެއް ކަމުގައި ޤަބޫލުކުރަމެވެ."
އެމްޑީޕީން ބުނީ ސިޔާސީ ގޮތުން ސަރުކާރު ބަލިކަށިވެ، އެއްވެސް ފަރާތަކާ ވާދަކުރުމުގެ ހިތްވަރު ނެތުމުން، ސަރުކާރުން ހިންގާ ކޮންމެ އަމަލަކީ ހުދުމުހުތާރު ވެރިކަމެއް ދަމަހައްޓަން ކުރާ މަސައްކަތެއް ކަމަށެވެ. އަދި ކޯޓުތައް މެދުވެރިކޮށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާއި ސިޔާސީ ލީޑަރުން ޖަލަށްލުމާއި އަސާސީ ހައްގުތަކުން މަހްރޫމް ކުރުވުމާއި ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލުމާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް ހިސޯރު ކުރުމަކީ ދިވެހިން ބަލައިގަންނަ ކަންކަން ނޫންކަން، މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ވެސް ހާމަވާ ކަމަށް އެ ޕާޓީން ބުންޏެވެ.
"މި ކަންކަން އިސްލާހް ކުރަން ދިވެހިން މިއަދު މި ވަނީ ކެތް މަދުވެފަ އެވެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނިގޮތުގައި ފަރުދީ މިނިވަންކަން ހިފެހެއްޓޭ ފަދަ ނިންމުމެއް ނުވަތަ އަމުރެއް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން ނެރޭއިރު، ތުހުމަތު ކުރެވޭ ކަންކަމަށް ޖަވާބުދާރީވުމުގެ ފުރުސަތު އެ ފަރާތަކަށް ލިބިންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރުގަދަމީހާ
17 May 2017
ހުރަހަކީ ވަކިމީހަކަށް ޚާއްސަ އެއްޗެއްނޫން އެންމެން ހަމަހަމަ އެއްޗެއް
>>ތުއްތޫ
16 May 2017
އިޖާބަދީ ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދި ޔާމިނަށް ގޮވާލަން
ސަތޭކަވާހަކަ
16 May 2017
ފެނާ ތެލާ ދުވަހަކުވެސް އެކެއްނުވާނެ! #100ވާހަކަ
ޢަލީ
15 May 2017
ސަރުކާރުން ސިޔާސީ މީހުންގައިގަ ނޭލި ކޮންމެސް އެހެންކަމަކާ އުޅެބަލަ މިބުނީ ލައްކަވާހަކަ
މަވެސް
15 May 2017
މަވެސް ޕ ޕ އެމް އިން ވަކިވާން ނިންމައިފިން.......
ޟަލިކު
16 May 2017
އަވަހަށް ވަކިވޭ... އަވަސްކުރޭ.... ކަލޯ އަވަސްކުރޭ..... ނޯވެ ތެދުވޭ.....ތެދުވެގެން ދުއްވައިގަނޭ......
ޕޮގުބާ
15 May 2017
އެއީ ކީއްވެ ތަ؟ ވެރިކަންހޯދަންވެގެން ހުރިހާމީހުން ބޮޑެތި ކުއްކުރަނީ ތާއީދުހޯދަން ވެގެން 2018 ކުރިން ޖަލަށް ވަންނަންބޭނުންމީހަކު ޖަލަށްލާންވާނެ އެއްގޮތަކަށްވެސް ކުއްކުރީމަ ދޫކޮއްގެން ނުވާނެ މިސަރުކާރަށް ފުރިހަމަޔަށް ތާއީދު ކުރަމެ
އައްޑޫ ރަދުން
15 May 2017
ފާރިސްގައިގަ ކިތަންމެ އެލިގަނެގެން ތިއްބަސް ވެއްޓެންދާބަޔަކު ވެއްޓޭނެ.
ދިވެހި ދަރިއެއް
15 May 2017
އޮހޯ ބަލަދު އެރީތަ އަނެއްކާ ހަމަތިޔަގޮޔަށް ގޮވަން އަހަރުމެންވެސް 18 އަންނަންދެން މައިތިރި ވެގެންތިބެބަލަ މީހުން އެއްކޮށްގެން ތިޔައުފައްދާ ހަމަނުޖެހުންތައް ހުއްޓާލާ މިއަޑުވެސް ނިކަން އަހާލަބަލަ މީވެސް ދިވެހިރައްޔިތެއް އޭރުން ތިޔައަޑުވެސް އަހަން ފުރުސަތު އޮންނާނެ ތަނެއްގައި ގާނޫނުޔަކަށް ބޯނުލަނބާ މީހަކު ހުރެއްޖެނަމަ އެމީހެއްގެ ދިފާއުގައި ހާދަވަރެއް އެބަދައްކައޭދޯ ކުއްވެއިންގެ ދިފާއުގައި ނޫނީ ހަމައެއްވެސަ ކަމެއް ނުކުރޭއުތަ
އުދުހޭތެލި
15 May 2017
ސަރުކާރުން މިއުޅޭގޮތުން ދިވެއްސަކަށް ވީތީވެސް އަހަރެން ލަދުގަނޭ. އިދިކޮޅު ލީޑަރުން ހިފާ ހައްޔަރުކޮށްފަ ނުވަތަ ގައުމުން ބޭރަށް ނުފުރޭގޮތަށް ގައުމުތެރޭގައި ހައްޔަރުކޮށްގެން އެއުޅޭގޮތުން ހަމަހަގީގަތުގައިވެސް ލަދުގަނޭ. އަޅުގަނޑުމެންގެ ގައުމުގައި ރައްޔިތުން ސަރުކާރެއް ހޮވަނީކީ މިކަހަލަ ދެއުޅިއެއްނުވާ ކޮސްކަންކަން ކުރާކަށްނޫން.
މެންޓަލިސްޓް
15 May 2017
ފާރިސްވެސް ދެން އެމް.ޑީ.ޕީއަސް ސޮއިކުރަން އަޅުގަނޑަށް ފެނޭ ،، ،، އެއީމިހާރު ތިޔައީޒައީމޭ އެލަވަ ޖަހަނީ އެމް،ޑީ.ޕީހަރުގޭގައި ކަމުގައި ވާތީވެ ،،، މިއޮތީ ޒަމާންބަދަލުވެފައި ،،، ދުނިޔެއެނބުރޭ ފަދައިން ކަންކަން ބަދަލުވެފައި ،،، ކުރީން ކޮންމެވެސް ބޮލެކޭ ގޮވާއަޑުއިވޭ ،، މިއަދު ގޮވަނީ ޒައީމޭ ،،، ކުރީން ނަޝީދުއަށްވެސް ކޮންމެވެސް ބޯއޭ ކިޔާ މިއަދު ފާރިޝްމެން އެންމެން ކިޔަނީ ސަރ ،،، އެހެންވީމައި މިއޮތީ އިބްރަތްތެރި ފިލާވަޅުތަކެށް ދުނިޔޭން ފެންނާން ،،، ރައީސްނަޝީދުއަކީ ވަރަށް ފާޑެއްގެ ބޭފުޅެށް ހަދާފާނެ ކޮންމެފަދައެއްޗެއްވެސް ،،، 2012ގައިވެސް ބަޔަކު ބަގާވާތްކުރަންއުޅޭކަން އެނގުނީމައި އެކަންކުރަން ވެސް ވަކިހިސާބަކުންދޫކޮއްލީ ،،،، އެއީއެފަހަރު އެކަންނުކޮށް އިންތިޙާބަކަށް ދިއަނަމަ ނަޝީދުއަށް އެވަރަކަށް ވޯޓްލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތް ،،، ހަގީގަތުގައި ފެއިލްވާނީ ،، ނަމަވެސް ބަގާވާތަށް ފަހު ނަޝީދުއަށް އޮތްތާއީދު 2 ގުނަބޮޑުވެގެން ދިއައީ ،،، މީފެންނާންއޮތް ހަގީގަތަކީ ،،، ވަރަށްވެދުން