އެމްއެންޑީއެފް ގެ އުޅަނދެއް: ކަނޑުގަދަވުމާ އެކު ދޯންޏެއް ދިޔަވެ، މިއަދު ވަނީ އަޑިއަށް ގޮސްފައި
18 މެއި 2017 - 12:41
އދ. ހަންޏާމީދޫ ކައިރިއަށް ދޯންޏެއް ދިޔަވެ މިއަދު އަޑިއަށް ހިނގައްޖެ އެވެ. ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެމްއެންޑީއެފުން ބުނީ އދ. އޮމަދު އަށް ދަތުރުކުރަމުން ދަނިކޮށް އަލިހުރަސް ކަނޑަށް އަޑިއަށް ދިޔަ ދޯނި އޮތް ސަރަހައްދު ޓީއެމްއޭގެ ސީޕްލޭނެއް މެދުވެރިކޮށް ހޯދައި އެހީ ފޯރުކޮށްދޭން ފަށައިފި އެވެ. އެ ދޯނިން ފަސް މީހަކު ދަތުރު ކަމަށާއި އެންމެން ވެސް ސަލާމަތް ކުރެވިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.
ރާއްޖެ އަށް ހުޅަނގު މޫސުން ފެށި މުޅި ރާއްޖެ އަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ. ރޭ ކުރި ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ވަނީ ފެން ބޮޑުވެފަ އެވެ. ކަނޑުގަދަ ވުމާ އެކު މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
18 May 2017
އާދައިގެ ހުޅަގުމޫސުމެއް ކަމައް ބުނެފަ އޮވީ އެހެން ވީމަ މިކަން މޫސުމާ ނުގުލުވުން އެދެން
ައަޖުވަދު
18 May 2017
ދޯނިން ދަތުރުކުރީ 10 މީހުން ވަނީ ސަލާމަތްކޮށްފައި. ދޯނި ވަނީ އަޑިއަށް ގޮސްފައި
ހެލިކޮޕްޓަރ
18 May 2017
ކޮބާ މިލިޓަރީ ހެލިކޮޕްޓަރު، ސީޕްލޭނުން އެއްވެސް އެހީއެއް ވެވޭނެތަ؟