ސިިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މަޑުޖައްސާލަން އޭސީސީން އޮތީ އަންގާފައި --ފޮޓޯ/މިހާރު
25 މެއި 2017 - 14:46
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް، ހައްޖު ގްރޫޕަކުން އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފި އެވެ.
މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި 16 ކުންފުންޏަކުން ކުރިމަތިލުމުން ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، އިސްލާމިކް މިނިސްޓްރީން ނިންމީ އަމިއްލަ ފަސް ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށް ހުއްދަ ދިނުމަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ބައެއް ކުންފުނިތަކުން އޭސީސީ އަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޝަނުން ދަނީ މައްސަލަ ބަލަމުންނެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުލިބުނު ކުންފުންޏެއް ކަމަށްވާ އަސްކޮއި އިންވެސްޓްމަންޓުންނެވެ. ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމަށް ފަހު ޕޮއިންޓް ދިނުމުގައި އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އެ ކުންފުނިން ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ނިމެންދެން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މަޑުޖައްސާލަން އެ ކުންފުނިން އެ ކޯޓުގައި ވަނީ ވަގުތީ އަމުރަކަށް އެދިފަ އެވެ.
އެފަދަ އަމުރަކަށް އެ ކުންފުނިން އެދުނުއިރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ އިތުރު ކަމެއް ނުކުރަން އެ އޭސީސީން ވެސް އެންގުމުން އެ މަސައްކަތް އިސްލާމިކް މިނިސްޓްރީން މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އެދި ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލޭޓް ކުރި ގޮތުގެ ރިޕޯޓް ބުނާގޮތުން އަސްކޮއި ކުންފުންޏަށް ހުއްދަ ނުލިބުނީ ޓެކްސް ކްލިއަރެންސް ރިޕޯޓް އެ ކުންފުނިން ހުށަހަޅާފައި ނުވާތީ އެވެ.
އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ ރާއްޖެ އަށް ލިބުނު 1،000 ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ފަހު ބާކީ ހުރި ކޯޓާ ފަސް ކުންފުނީގެ މެދުގައި ހަމަހަމަ އަށް ބެހުމަށެވެ.
ހުއްދަ ލިބުނު ފަސް ކުންފުންޏާ ސަރުކާރާ ދެމެދު އެކަމުގެ އެއްބަސްވުންތަކުގައި ސޮއި ނުކުރަނީސް އެ ގްރޫޕްތަކުން އާންމުން އަތުން ފައިސާ ނަގަމުންދާ ކަމަށާއި އެ ފަރާތްތަކަށް މިވަގުތު ފައިސާ ނުދައްކަން އޭސީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖުކޯޓާ
30 May 2017
ކޯޓުތަކަކީ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭތޯ ބަލަން ހުންނަ ތަންތަނެއް ނޫނެވެ، ކޯޓުތަކާއި ހަމައަށްދާންވާނީ، އެކި މުއައްސަސާތަކުން އެކަންތައް ތަހުގީގުކޮށް ލިބޭ ހެކީގެ މައްޗަށް ބިނާކޮށް ޝަރީއަތްކުރުމަށެވެ. ސަރުކާރުގެ އޮފީސްތަކުން ބިޑް އިވެލުޢޭޓްކުރާ ގޮތް ބަލަން ކޯޓުން ފަށައިފިައްޔާ ތިޔަ ކޯޓަކުން ކުރާނެ އިތުރު ކަމެއް އޮންނާނެ ކަމަކަށް ނުފެއެވެ. އަދި ކޯޓަަށް މައްސަލަ ހުށަހެޅި ފަރާތުންވެސް އެ ފަރާތުގެ ހައްގެއް ގެއްލިފައިވާކަން ކޯޓުގައި ސާބިތުކޮށް ނުދެވޭ ހާލަތުގައި ހުށަހަޅާ މައްސަލަތައް ކޯޓުން ބަލައިގަންނަްނވެސް ނުޖެހެއެވެ. އަސްކޮއި އިންވެސްޓްމަންޓުން ހުށަހަޅާ ޕްރޮޕޯސަލްއަށް ހައްޖުކޯޓާ ނުލިބުމަކީ މިނިސްޓްރީއާއި އަސްކޮއި އިންވެސްޓްމަންޓާއި ދޭތެރޭ އޮތް އެއްބަސްވުމެއްގެ ދަށުން އަސްކޮއިގެ ހައްގުތައް ގެއްލޭ ހާލަތެއް ނޫނެވެ. އެހެންކަމުން މި މައްސަލަ އަސްކޮއިއަށް ކޯޓަށް ހުށަހެޅިދާނެ ކަމަކަށް ނުފެނެއެވެ. ކޯޓުތަކުގެ ރަޖިސްޓްރާއިންވެސް މައްސަލަތައް ބަލައިގަތުމުގައި މިއަށްވުރެ ޒިންމާދާރުވާން ޖެހެއެވެ. ހަމަ ބަޔަކު އެއްޗެއް ހުށަހެޅިއަސް ބަލައިގަަންނާކަށް ނުވެއެވެ. ވަރަށް ސަލާން.
ބަޓޫކް
27 May 2017
ބަލަ އިސްލާމިކް މިނިސްޓްރީގައި އާއި ގުރުއާނާއި ބެހޭމަރުކަޒުގެ ވެރިންގެ ތެރޭގައިވެސް މީހުންހައްޖަ ގެންދާ ކުންފުނި ހަދައިގެން އުޅޭމީހުންވެސް އެބަތިބި ދެންކިހިނެއްތޯ ކަންތައްވާނީ، މިހެންވީމެއި ބުނެވެނީ ދުހަކަށް ދުވަހަކަށް ކޮރަޕްސަންދަނީ ފެންމަތިވަމުންނޭ
އަލީ
26 May 2017
ކޯޓަށް ހުށަހެޅުމެކޭ ސަރުކާރުގެ އޮފީހަކަށް ހުށަހެޅުމެކޭ ތަފާތެއް އޮންނާނެ؟
ކޮމެންޓު
26 May 2017
ތިޔައީ އެންމެ މަތިން ފެށިގެން ބައިއެޅިގެން އައްޔަ ހިންގި ގޭސް ގަޑެކެވެ. މިފަހަރު އަތަށް ގޮވީމާ ދެން ނިމޭނީ މިވެރިން އެހެން އޮފީހަކަށް ބަދަލު ކޮއްގެންނެވެ.
އަހުމަދު އަލީ
25 May 2017
ސުބުހާނައްﷲ، ކީކޭދެންބުނާނީ ކޮންކަމެއްގައިދެން ކަރަޕްޝަން ނޯންނާނީ މިސަރުކާރުން، މަތިވެރި ހައްޖުގެ އަޅުކަން ކރަންދިއުމުގައިވެސް ކޮރަޕްޝަން. ﷲ އަކްބަރު، ﷲ އަކްބަރު. ﷲ ގެ އިރާދަފުލުން މިގައުމު ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވާންދޭވެ. އާމީން
ބުރުހާނުއްދީން ރައްބާނީ
25 May 2017
ލާރިއަށްޓަކާ މީހުންތައް ހޭބަލިވަނީ.........
ތިމަންނަ
25 May 2017
އަނހާ ތަކުރާ! ތިޔާވަރުން ދަނީނަމަ ހައްޖު މޫސުން އަންނަ އިރުވެސް ތިޔަ މައްސަލަ ބަލާ ނިމޭނެ ކަމަކަށް ނުފެނޭ....
އުދުހޭ
25 May 2017
އަވަސްކުރަން ބޭނުމިއްޔާ ހުށައަޅަންޖެހޭނީ ހޮނިހިރު ދުވަހު. މީގެ ކުރިން ކަންކަން ވެފައިވާގޮތަށް ބަލާލާއިރު ހޮނިހިރު ދުވަހު ވައްދާ އެއްޗެހި ނިކަން ބާރަށް ހިނގައިގަނޭ!