ނަޝީދު ސްކައި ނިއުސްއަށް އިންޓަވިއު ދެއްވަނީ: ޕެރިސް އެގްރީމެންޓުން އެމެރިކާ ވަކިވުމަކީ ރާއްޖެއަށް ލިބުނު މަރުގެ ސެޓްފިކެޓެއް ކަމަށް ވިދާޅުވި
04 ޖޫން 2017 - 13:07
ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ގިނަ ގައުމުތަކެއް ބައިވެރިވާ "ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވުމަކީ ރާއްޖެ އަށް އިއްވި މަރުގެ ހުކުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޓީވީ ޗެނަލް، ސްކައި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހިންނާއި ތިރި ޖަޒީރާތަކުގައި އުޅޭ މީހުން ތިބީ މަރުގެ ތުންފަތްމަތީގަ ކަމަށެވެ.
ބޭރު ދުނިޔޭގައި ތިމާވެށީގެ "ޗެމްޕިއަން"ގެ ގޮތުގައި މަޝްހޫރުވެފައިވާ ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ވަރަށް ކުޑަ ބަދަލަކުން ވެސް ރާއްޖެ އަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ގިރައި، މުރަކަ ހުދުވެ، ފެން ތަޣައްޔަރުވުމަކީ ވަމުން އަންނަ ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން، 2015 އަހަރު ދުނިޔޭގެ 195 ގައުމަކުން ސޮއިކުރި ޕެރިސް އެއްބަސްވުމުން އެމެރިކާ މިދިޔަ ހުކުރު ދުވަހު ވަކިވީ، އެއީ އެ ގައުމުގެ އިގްތިސޯދާއި އަމިއްލަވަންތަ ކަމަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ.
ޓްރަމްޕުގެ މި ނިންމުމާ މެދު ދިވެހި ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމެރިކާގެ މި އަމަލާ މެދު، ކުދި ގައުމުތަކުގެ އިއްތިހާދު، (އޭއޯއެސްއައިއެސް)ގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެ އިން ހިތާމަކުރާ ކަމަށެވެ. އަދި މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ވިއްސިވިހާލުމުގެ އިތުރުން، މިކަމާ ގުޅޭގޮތުން ގައުމުތަކުން އެއްބަސްވެފައިވާ އެކި އެއްބަސްވުންތައް މަޑުޖެހޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޓްރަމްޕުގެ މި އަމަލުން މައްސަލަ އިތުރަށް ހޫނު ވެއްޖެ ކަމަށާއި ބޭނުންވަނީ މި މައްސަލައިގެ ބޮޑުކަން ހާމަކޮށްދިނުން ކަމަށެވެ. އަދި މިއީ މުސްތަގްބަލުގައި ދިމާވާނެ ކަމަށް ލަފާ ކުރާ މައްސަލައެއް ނޫން ކަމަށާއި މިހާރު ވެސް ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސޯދު ބިނާވެފައި މި އޮންނަނީ މަސްވެރިކަމާއި ޓޫރިޒަމަށް. (ކަނޑުގެ ލޮނުގަނޑު) ހޫނުވުމުގެ ސަބަބުން މުރަކަ ހުދުވެ، ފަރުތައް ހަލާކުވާނަމަ އެއީ ޓޫރިޒަމަށް ވެސް އޮތް ނުރައްކަލެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ މިފަދަ އެއްބަސްވުންތަކާ ދެކޮޅު ނުހެދޭނެ ކަމަށާއި އޭރުން އޭގެ އަގު އެހެން ގައުމުތަކުން ދައްކަން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް: ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި
ނަޝީދު ވަނީ މި އެއްބަސްވުމުން ވަކިނުވުމަށް، ޓްރަމްޕަށް އާދޭސް ދަންނަވާފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑަކަށް ނުވިސްނޭ ޓްރަމްޕް ކަހަލަ ރަނގަޅު ވިޔަފާރިވެރިއަކު މުސްތަގްބަލާ މެދު ވިސްނަން ބޭނުންފުޅު ނުވަނީ ކީއްވެކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ޕެރިސް ތިމާވެށީގެ އެއްބަސްވުމުން ވަކިވާކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެއީ އެމެރިކާ އަށް ދީފައިވާ "އަދަބެއް" ކަމަށެވެ. އަދި އެއްބަސްވުމުގައި އެމެރިކާ ބައިވެރިވުމުން އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ. ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ތިމާވެށީގެ އާ އެއްބަސްވުމަކަށް ނުވަތަ ޕެރިސް އެއްބަސްވުމަށް ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ޕެރިސް އެއްބަސްވުމުން ވަކިވާ ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ އޭގެ ސަބަބުން އެމެރިކާގެ ޖީޑީޕީން ތިން ޓްރިލިއަން ޑޮލަރު ގެއްލި، 6.5 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެތީ ކަމަށެވެ. އަދި ވާދަވެރި އިގްތިސާދުތައް ކަމަށްވާ ޗައިނާ އާއި އިންޑިއާ އަށް އޭގެ ފައިދާ ކުރާ ކަމަށެވެ. ޓްރަމްޕް އަދި ވިދާޅުވީ އޭނާ އަދާކުރައްވަމުން ދަނީ އެމެރިކާ އާއި އެމެރިކާ ރައްޔިތުން ރައްކާތެރި ކުރުމުގެ ޒިންމާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރިޓިކަލް
05 June 2017
ޓްރަންޕް ކައިރީގަ މީހަކު ބުނި... މި ކަމާ އިއުތިޖާދު ކުރުމުގެ ގޮތުން ރާއްޖޭ މީހުން މީހާރު ތިބީ ހަންގާރ ސްޓްރަައިކްގަ ކަމަށް... ދެން މިހަބަރު ތެދުތޯ ބެލިއިރު، ހަގީގަތުގަވެސް ރާއްޖޭ މީހުން ދުވާލު ތިބެނީ ނުކައި... ރޯދަމަސް ވީމަ ހަހަހަ..
ދީދީ
04 June 2017
މިވަރުގެ ޝަހުޝިއްޔަތެއް މި ފަހުގެ ތާރީހުގައި މިގައުމުގައި ނުއުފެދޭ. ބައެއް މީހުން ބުނާހެން ފައިސާޔައް ނުވިކޭ ބޭފުޅެއް. ދެންތިބި ސިޔާސީ ލީޑަރުންވެސް ރައީސް ނަޝީދުނެ ކައިރިން އެދުރުވެބަލަ، އޭރުން ރައްޔިތުންގެ ލޯތްބާ ކާމިޔާބު ސިޔާސީ އެރިޔަރެއް ލިބޭނެ.
މަ
05 June 2017
އެހެނވެ ދޯ ޓްރަމްޕް ެ ހަދާހެން އަމިއްލަ ޤައުމާ ރައްޔިތުންގެ ދިފާއުގަ ކަންކަން ކުރަންނުކެރި ދާހިލީކަންކަމއުތެރެޔަށް ބޭރުގައުމުތައް ވައްނަން ދައުވަތުދެނީ. ދޮންފުތުވިޔަސް ދެކޮޅަށް ވިސްނަބަލަ
ކައުންސެލަރު
04 June 2017
ބުރޯ ޓްރަމްޕު! ކަލޭމެންވެސް ހެއްދެވި ފަރާތުން އަހަރެމެންވެސް ހެއްދެވީ. ގެންދަވާނީވެސް އެފަރާތުން.
ރުމާލް 2
04 June 2017
އައި ލަވް ނަޝީދު ނެތޭ ތިވަރުގެ ހިތްތިރި ވެރިކަމެއްކުރެއްވި ރައްޔިތުންދެކެ ލޯބިވި، އިހްސާންތެރި، އޯގާތެރި ވެރިއެއް އަދި ފެނިފައެއް މިގައުމުން.
ދީދީ
04 June 2017
ރައީސް ޔާމީން ބުނި ކޮމްމެސް އެޗެކޭ، އެވާހަކަ ދުނިޔޭގެ އެއްވެސް ޓީވީ ޗެނަލަކުން ގޮވިތަ؟
ޒާން
05 June 2017
ނުގޮވާނެ. ނުވެސްޖެހޭ ގޮވާކައް. ނަޝީދު މިގައުމުގެ ތިމާވެއްޓައްޓަކާ ކުރެެއްވި މަސައްކަތުގެ ކުޑަމިންކޮޅަކާ ގާތައްވެސް ނެތް ޔާމީނައް މަސައްކަތް ކިރެވިފައް. ނުވެސް ކުރެވޭނެ.
ޢަލީ
05 June 2017
ޢެވާހަކަ ގޮވި ޕީއެސްއެމް އިންޓަރނޭޝަނަލުން.
މެންޓަލިސްޓް
04 June 2017
އެހެންތޯ ޓްރަމްޕް ހަދައިގޮތަކުން ރާއްޖެއަސްލު އަޑިއަކަށްނުދާނެ ،،، މިތަނުގައި ތިބިބައެއް ސަލާމަތްވާން ﷲގެ ޕްލޭންގައި އޮތީޔާ ޓްރަމްޕްކުރާނެކަމެށްނޯންނާނެ ،،،، ދުނިޔެމިހާރުވެސް މިއޮންނަނީ އަސްލު ރަގަޅުބަަޔަކު ކޮނެމްވެސް ހިސާބުތަކެއްގައި އުޅޭތީވެ ،،، އެހެންނޫނީ ކުރީގެ ގަބީލާތަކާއި ގައުމުތަށް ފަދައިން ނެތިގެން ދާނެ ،،، އެއީ ގުުރުއާނުން ފެންނާން އޮތްހަގީގަތެށް ،،، އެހެންވީމައި ގްލޯބަލްވޯމިންގް އާއި އައިސްއޭޖްއާޢި ޕޯލްޝިޕްޓިންއާޢި ކަންކަން ދުނިޔޭގައި ހިނގާ ގޮތަށް އޮތީޔާ އެކަންކަންވެސް ހިނގާނެ ،،، ކުރީންވެސް އައިސްއޭޖްއައިސްގެން އުޅުނުވާހަކައޮވޭ ،،،، ނޫހްއަލައިހިއްސަލާމްގެ ޒަމާނުގައި ލޮނުގަނޑުބޮޑުވެ މުޅިދުނިޔޭގެ ޗާޓްވެސް ބަދަލުވެގެން ދިއައެއްނު ،،، ވީމާ އަޅުގަނޑެށް ޓްރަންޕް ކުރާކަމަކާޢި ހާސްވެގެން ނޫޅެން ،،، ވަރަށްވެދުން
ބޯގޯސް
05 June 2017
ކީރިތި ޤުރުއާނަކީ ކޮންމެބައްޔަކަށްވެސް އޮތް ޝިފާއެއް ކަމައްﷲ ވަނީ އަންގަވާފަ. ހަމަ އެއާވިދިގެން ބޭސް ފަރުވާ ކުރުމަށްވެސް ﷲ ވަނީ އަންގަވާފަ. ވީމާ ރައްތައް ގިރުމުން ސަލާމަތް ވުމައް މަސައްކަތް ކުރުމަކީ އަހަރެމެންގެ މައްޗައް އޮތް ވާޖިބެއް. ކޮންމެ ކަމެއް ﷲ އާ ވަކީލުކޮއްފީމޭ ބުނެ، އެކަމުން ސަލާމަތްވާން މަސައްކަތް ނުކޮއް ތިބުމަކީ މުސްލިމުންގެގޮތެއްނޫން. އަނގަ ގަދަކަމުން ބުނެލީ ހަމަ.
ާށުހާ
04 June 2017
ފޮޓޯގަޑަކުން ފެނުނަސް ލިބޭ. ޢުފާވެރިކަން ވަރައް ބޮޑު
ބޮކުރީ
05 June 2017
ޓްރަންޕުތަ؟؟؟
އުމަރު
04 June 2017
ބޭރުގެ ޤައުމުތަކުގެ މީޑިއާތަކުން ނަޝީދު ބޭނުންކުރަމުން ގެންދަނީ ދިވެހި ރާއްޖެ ބޭނުންކޮށްގެން ތިމާވެށީގެ ނުރައްކާކަން ބޮޑެތި ޤައުމުތަކާއި ހަމައަށް ފޯރުކޮށްދިނުމަށް، ޕެރިސް އެގްރީމެންޓުގައި މީގެ ކުރިން އޮބާވެސް ސޮއިނުކުރީ ނަޝީދު ޖެއްސިވައްތަކުން އޭގައި ސޮއިކޮށްފިއްޔާ ނަޝީދުއަށް ކުރެޑިޓް ލިބިދާނެތީ، އޭގެ ފަހުން އޮބާމާ ސޮއިކުރީ، މިހާރު ނަޝީދު އުޅެނީ ދުނިޔޭގެ މީޑިއާތަށް ބޭނުންކޮށްގެން އަނެއްކާވެސް މަޝްހޫރުކަން ހޯދަން، އަހަރުމެންނަށް މައްސަލައަކީ މިޤައުމުގެ ނަން ބޭނުންކުރާތީ
މޫސަަ
04 June 2017
އެހެން ވީމަ ގައުމުގެ ނަން ބަދަލު ކޮއްލާ ދަރުބާރު ފެކުޝަންސްތާނު އަށް
ޝިޔާމް
05 June 2017
ނަޝީދުދިން އިންޓަވިއު އަޑުއެހިން، ރާއްޖޭގެ ވާހަކަ ދައްކާއިރު ފުރަތަމަ ރާއްޖެ މިއޮތީ އިންޑިއަން އޯޝަނުގައި، ވަރަށް ބޮޑު ކަނޑެއްގައި، ރާއްޖޭގެ ރަށްތަކަށް މިހާރު އެންމެބޮޑަށް ގެއްލުން ލިބެނީ ދިވެހިރާއްޖެއަށް ތަރައްޤީގެންނަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ފުރަތަމަ ކަމަކީ ކީއްވެގެންތޯ ފަޅުތަށް ހިއްކަނީ ބާކީ ރަށްތަކެއް ހުއްޓައި؟ ކީއްވެގެންތޯ މީހުން މަދު ރަށްތަކުން މީހުން ބާލައި ބޮޑެތި ރަށްތަކެއް ތަރައްޤީނުކުރީ، ޓޫރިސްޓް ރިސޯޓްތަކުގައި ހާބަރެއް ހަދައިގެންނޫން އެތަނުގައި މީހުން ނިދައި ކައިބޮވެ ހަދަނީ، އެހެންކަމުން ރަށްތަކުގައިވެސް ބޮޑު ފަޅެއް ނުކޮނެ ހެދޭނެގޮތެއް އޮންނާނެ، ކޮންމެ ރަށެއްގައި އެއާޕޯޓެއް ނަހަދައި ޓްރާންސްޕޯޓް އުފެއްދޭނެ، އަދި ކުނި މެނޭޖުކުރާގޮތާއި، ކަނޑުތަށް ބަލަހައްޓާގޮތުން ރާއްޖޭގެ ރަށްތަށް ގިރަނީ ބީޗް އެއްތަނުން ބަދަލުވަނީ މޫސުމަށް އަންނަ ބަދަލުން، އެކަމަކު އެކަމަކު ފުރަތަމަ ރާއްޖޭގެ ތިމާވެށީގެ މައްސަލަ ރާއްޖެއިން އެބަޖެހޭ ހައްލުކުރަން، ދުނިޔޭގެ ޤައުމުތަށް ލޮބީކުރަންވެސްޖެހޭ، އެކަމަކު ތިމާވެށީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރެޑިކަލް އިސްލާމުންގެ ވާހަކަ ދެއްކުމާއި، ޤައުމުގައި ހިނގާ ކުރައިމްސްތަކުގެ ވާހަކަވެސް އެބަހިމަނާ، އެހެންކަމުން ރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ މީހަކު ނުދައްކާނެހާ ވާހަކަ ރައީސް ނަޝީދު ދައްކަވާ، އެކަމަކު ދައްކަވަނީ އޭގެ އަސްލު ގެއްލުވާލާފައި، ރައީސް ޔާމީނުދެކެ ރުޅިއައިސްގެން ވާހަކަ ދައްކާއިރު ރައީސް ނަޝީދުވެސް ހިންގެވިމަގުން އޭގެ 1 ދަރަޖަ ކުރީގައި ޔާމީނު ވެރިކަން ކުރަނީ
ސިތާރާ
04 June 2017
އަޅުގަނޑަކަށް ނެއް ރައީސް ނަޝީދުގެ ހުރިހައި ވާހަކައެއް މުޅިން ގަބޫލުކުރެވޭކަށެއް، ރާއްޖޭގެ ނާޒުކު ތިމާވެށި މިއަދު ހަވާލުކުރަނީ ދިވެހި ސަރުކާރުން އިސްކޮށް އޮވެގެން، ތިމާވެށީގެ ވާހަކަ ދައްކާއިރު، ރައީސް ނަޝީދުވެސް ގެންދެވީ ފަޅުތަކާއި ފަރުތަށް ހިއްކަމުން، ބަދަނރުތަށް ހަދަމުން މިއިން އެއްވެސްކަމެއް ކުރެއްވީ ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމާއި އެކުގައި ކުރަންޖެހޭ ދިރާސާތަކެއްކޮށްފައިނޫން، ރާއްޖެއަށް ސުނާމީ އެރިއިރު އެއްބައި އަތޮޅުތަކަށް ގެއްލުންވެ އަނެއްބައި އަތޮޅުތަށް ސަލާމަތްވީ ކީއްވެގެންތޯ؟ އެއީ އުފެދިފައިވާ ފަރުތަކާއި ފަޅުތަކުގައި ރާޅުޖެހި ރާއްޖޭގެ އެތެރެވަރިއާއި ހަމައަށް ބޮޑު ރާޅުނައައުމުން، މިހާރު އެގެންދަނީ ރާއްޖޭގެ ފަޅުތަށް ހިއްކަމުން، މިއިން ކުރާ އަސަރުމާބޮޑު ދުނިޔެ ހޫނުވެގެން ލޮނުގަނޑު މައްޗަށް އެރުމަށްތުރެން، އެއީ ކުރިއަށް އޮތް 200 އަހަރުގައިވެސް ދެތިން ޖީލަށް ރާއްޖޭގެ ސަމާމަތްތެރިކަން ހޯދައިދޭން ބޭނުމިއްޔާ މިހާރު ފަރުތަކަށާއި ފަޅުތަކަށް ދެމުންދާ ގެއްލުން ހުއްޓުވައި ރާއްޖޭގެ ކަނޑަށް އަޅަމުންދާ ކުނިބުނި މަދުކުރަންޖެހޭ، ރައީސް ނަޝީދު އެމަނިކުފާނުގެ ޕްރޮމޯޝަނަށް ކުރަމުންދާ މަސައްކަތުގައި ހިތަށް އެރިހާ ވާހަކައެއް ދައްކަމުން ގެންދާތީ ހިތާމަކުރަން މީގެކުރިން އެމަނިކުފާނު ވިދާޅުވަމުން ގެންދިޔައީ ދިވެހިން ދިރިއުޅޭނެ ބިމެއް ހޯދަންށޭ މިއުޅެނީ އެކަމަކު ދިވެހިން ނުދެނެހުރި އެކަމެއްވެސް، އެހެންކަމުން ޓްރަމްޕް ޕެރިސް އެގްރީމެންޓުން ވަކިވުމަކީ ދިވެހިންނަށް ދިން މަރުގެ އިންޒާރެއްނޫން، ޓްރަމްޕަކާއިނޫން އަހަރުމެންގެ ތިމާވެށި ގުޅިފައިވަނީ، އަހަރުމެންގެ ތިމާވެށި ފުރަތަމަ އަހަރުމެން އެބަޖެހޭ އަހަރުމެންގެ އަތުން ހަލާކުކާކުރުން ހުއްޓާލައި ތިމާވެށި ރަނގަޅަށް ދެނެގަންނަން،
ބިޔައިންވެސްޓަރު
04 June 2017
ބައެއް ފަހަރު ހީވޭ އަދިވެސް ދިވެހި ރާއްޖެ ރިޕުރެސެންޓު ކުރާ ރައީސަކީ ރައީސް ނަޝީދުހެން. އެހެނީ މުޅި ދުނިޔޭގަ ރާއްޖެ އާއި ބެހޭގޮތުން ވަކާލާތު ކުރަނީ އެމަނިކުފާނު ވީމަ.