ޗައިނާގެ ޗެންގްޑޫ ސިޓީން މާލެ އައި މޯލްޑިވިއަންގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: މޯލްޑިވިއަން
09 ޖޫން 2017 - 14:22
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އެއާބަސް އޭ 330 މަރުކާގެ ބޯޓެއް ހޯދަން އިއުލާންކޮށްފި އެވެ.
މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 15 އަހަރު ނުވާ އެއާބަސް އޭ330 މަރުކާގެ ބޯޓެއް އެ ކުންފުންޏަށް ހޯދަން ބޭނުންވާ ކަމަށެވެ. މި ބޯޓު ކުއްޔަށް ހިފުމަށް އައިއޭއެސް އިން ބޭނުންވަނީ އަންނަ މަހުގެ 23 އިން ފެށިގެން މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެއީ ފަސިންޖަރުންގެ އިތުރުން ކާގޯ ވެސް އުފުލޭނެ ބޯޓަކަށް ވުމަކީ އައިއޭއެސްގެ އެއް ޝަރުތެވެ.
އިއުލާންގައިވާ ގޮތުން ބޯޓު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.
އޭވިއޭޝަން ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އަލަށް ގެންނަ ބޯޓު ބޭނުން ކުރާނީ މާލެ އާއި ޗައިނާގެ ބެއިޖިންއާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރުމަށް ކަމަށެވެ. އޭގެ އިތުރުން މާލެ އާއި ޝަންހާއި ޕުޑޮންގްއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރަން ވެސް ނިންމާފައިވާ ކަމަށް އެ ވެބްސައިޓްގައި ވެ އެވެ.
އައިލެންޑް އޭވިއޭޝަންގައި މިހާރު ވެސް ދުރު ދަތުރުތަކަށް އެއާބަސް އޭ320- 200 މަރުކާގެ ބޯޓަކާއި އޭ 321- 200 މަރުކާގެ ބޯޓެއް ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުގެ ދަރި
10 June 2017
މަ ދޫކުރަން ތި ވައްތަރުގެ ބޯޓު ކުއްޔަށް. އަހަރަކު 1000000 ޑޮލަރަށް.
އަބްދުއްލޯ ޝަހާއު (ހަވަރު ތިނަދޫ)
10 June 2017
އުހު، އުހު، އުހޫ... ފުރަތަމަ ފްލައިޓް ޑިސްޕެޗް ކުރާނީ މަ!
ދޮޅިދާން
10 June 2017
ބޯޓެއް ނުގެނަޔަސް ދަތުރުވެރިންނަށް އަރުތެރެއަށް ލާން ރަނގަޅު ނާސްތާ އެއް ދެވޭތޯ ބަލަންވީ
ބޯކިބާ
10 June 2017
ހޯދާ ހޯދާ ނުފެނިގެން.
ފޫޖެހި ކޭކު ފިހާމީހަ
10 June 2017
އެހެން ގޮތެއް އޮއްވަ މޯލުޑިވިއަނުން ދަތުރެއް ނުކުރާނައް
ަހަމްދީ
10 June 2017
ތި ބޯޓު ލިބޭނެ ވަރަށް ފަސޭހައިން މެގަ މޯލްޑިވްސްއިން ރައީސްގެ ޅިޔަނު މެގަމޯލްޑިވްސް ގަތީމަ. އެޢީ ހަދަން އުޅޭ އެއްޗަކީ.
ފަރުހަތު މިއާ
10 June 2017
ހޯދަނީއޭ؟ ގެއްލުނީތަ ބޯޓެއް؟
މެގަ
10 June 2017
މެގަ މޯލްޑިސް އިނދަ ޖައްސާލުމަށްފަހު އެންމެ ފަހުން އެމީހުންގެ ރޫޓްތަށް ވެސް އަތުލަނީ މިޔޮށް...
މަހުރަބު
10 June 2017
ހަހަހަ، ހާދަ އެނގޭ މީހެކޭ.
ރަދުން
09 June 2017
މިފަދަ ބޮޑެތި ރަނގަޅު ކަންކަން ކުރަން އުޅޭ ހަބަރު ލިބުމުން ވާ އުފަލަށްވުރެ ބޮޑަށް އިހްސާސް ވަނީ ކޮންމެވެސް ޑީލެއް ހަދަން އުޅޭހެން، ހަމަ ކޮންމެ ކަމެއްގަ ނެތްތަ ފަރުވާއެއް މިވިސްނުން ބަދަލު ކުރެވޭކަހަލަ
ޢަލީ
09 June 2017
ހަސަދަވެރިނުވާށެވެ. ސިޔާސީ ފިކުރު ކޮންމެކަމެއްގައި އިސްނުކުރާށެވެ. މިކުންފުނީގެ މުސްތަޤުބަލު ވަރަށް އުޖާލާއެވެ.
ޑޯން
09 June 2017
އަހަރެމެން ހާދަލޯއްބެއްވި ތަނެކޭ އެއާމޯލްޑިވްސް އެތަނައްވީހެންވެދާނެތީ ކަންބޮޑުވަނީޔޭ...