13 ޖޫން 2017 - 08:03
ކަނޑުގެ ބިމުގައި ހިނގާފައި އުޅޭ މަހެއް ފެނި ސައިންސްވެރިން ހައިރާންވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި މަސް ފެނިފައި ވަނީ އެމަރިކް ބެންހަލައްސާ ކިޔާ ޑައިވަރަކަށް އިންޑޮނީޝިޔާގެ ކަނޑު އަޑިންނެވެ. މި ޑައިވަރަށް ވެސް، ސައިންސްވެރިންނަށް ވެސް މީގެ މަހެއް ކުރިން ފެނިފައެއް ނުވެ އެވެ.
އޮރެންޖް ކުލަ އާއި މުށިކުލައެއް ހުންނަ މި މަސް ކަނޑު އަޑީގެ ބިންމަތީގައި ކުޑަކޮށް ހުއްޓެމުން ހިނގާފައި އުޅެނިކޮށް ވީޑިއޯ އިން ފެނެ އެވެ. އެއާ އެކު މިއީ ކޮން ކަހަލަ މަހެއް ކަމާއި މީތި ހިނގާފައި އުޅުމުގެ ސިއްރު ހޯދަން ސައިންސްވެރިން ވަނީ މަސައްކަތް ފަށާފަ އެވެ.
ސައިންސްވެރިން ބުނަނީ މިއީ ސްޓިންގްފިޝް އަކަށް ވެދާނެ ކަމަށެވެ. މިފަހަރު ފެނިފައިވާ މަހަކީ ކަނޑައެޅިގެން ސްޓިންގްފިޝް އެއް ކަން ސައިންސްވެރިންނަށް ޔަގީން ނުވިއަސް އެ އާއިލާގެ އެއްޗެއް ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އަދި އެއީ ވައިޓް ގޮބްލިން އަކަށް ވެދާނެ ކަަމަށް ވެސް ލަފާ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޤު
14 June 2017
އިވޮލިއުޝަނިސްޓުން ބުނާނެ މީގެ މަސް އުޅެނީ ކުރީ ޒަމާނުގައޭ އެއްޗިއްސޭ މިހާރު ބަދަލުވެފަ ހުރީ... މިދެން ކޯއްޗެއް
ކެޔޮޅު
14 June 2017
ތިޔައީ ގާވިހަ މަހެއް. ގާވިހަ މަހަކީ ބައެއް ހާލަތުގައި ތިގޮތަށް ހިނގާމަހެއް.
ޑާވިންސް
14 June 2017
ދީނުގަ ވެސް އޮންނަނީ ނަމާދު ކުރުމައް ފަހު ދުނިޔޭ މައްޗަ ފެތުތިގަންނާޝޭ، ކަންކަން ބަލާ އިބުރަތް ހާސިލްކުރާށޭ. ޢެކަމު ދިވެހިންނައް ވެފަމި ތިބިނީ ކޮންގޮތެއްތަ.
ނޭގެ
14 June 2017
ފުރޮގް ފިސްވެސް ހިގާނެ
ހަސަނު
13 June 2017
އިވޮލިއުޝަން
މުޙައްމަދު
14 June 2017
މާތްﷲ ޠަބީޢަތުގައި ލައްވަވާފައިވާ ކަންކަމޭ ބުނޭ. އަދި މިކަހަލަ ހާސް ކަންކަން ފެންނާނެ. ބައެއްފަހަރު ފެންނަ ކަންކަން ފިތުނައަކަށްވެ، މީހާ ދީނުންވެސް ބޭރުވާހިސާބައްވެސްދާނެ. ދީނުގައި ސާބިތުކަމާއިއެކު ހުރެވޭތޯބަލާ. މީ ފަހުޒަމާން.
މުންކޮ
13 June 2017
ގާވިހަމަސް ވެސް މިމީހުނަށް ފެނިއްޖެ ނަމަ ބުނާނެ މިވެސް ހިނގާ މަހެކޭ،
ފުރިހަމަ
13 June 2017
އިންސާނާ ފެނިފަ ސައިންސްވެރިން ކޮސްނުވޭތަ.
ތިއީ އާ އެއްޗެއް ނޫން
13 June 2017
ތިފެނިފަ ހައިރާންވި 'ސައިންޓިސްޓެއް' އަލުން ކިޔަވަން ފޮނުވާ. ތިއީ އާ އެއްޗެއް ނޫން. ގޫގުލް ސާޗެއް ކޮށްލާއިރަށް އިނގޭނެ ތިއީ އެއްވެސް ތާކުން ތާކުނުޖެހޭ ހަބަރެއްކަން. ދޮގު ހަބަރު ފެތުރުން ކުޑަކުރަން ޖެހޭ ހުރިހާ ނޫސްވެރިންވެސް.
އަޑީބް އެންޑް ބަދީއް
13 June 2017
ހިނގާ ނޫދުހެވޭ ދޫނިވެސް އުޅޭ. އަޅެވމިކަމާ އެވެރިން ކޮހެއްނުވޭތަ؟
ރަދުން
13 June 2017
މީ ކަކުންޏަކާ މަހަކާ އެއްކޮށް ރޭކުރެވިގެން ދިމާވެފަ ހުރި ގޮތެއް