ޚަބަރު / ރައްޔިތުންގެ މަޖިލިސް

ތެލުގެ ޑިއުޓީ ކުޑަކޮށްފިއްޔާ ރައްޔިތުންނަށް ލުއިވާނެ: ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީއަށް ބަދަލު ގެންނަން ހުރިހާ މެމްބަރުން ވެސް ތާއިދު ކުރެއްވި.- ފޮޓޯ: މަޖިލިސް

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކުޑަ ކޮށްފި ނަމަ، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ފޮނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބިލް ފާސްވެއްޖެ ނަމަ، ކަރަންޓުގެ އަގާއި އެހެނިހެން ހިދުމަތްތަކުގެ އަގުތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ތަކެތީގެ އަގަށާއި ހިދުމަތްތަކުގެ އަގު ރައީސް އަބްދުﷲ ޔާމީން ހެޔޮ ކުރަނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަމުގައި ޕެޓްރޯލާއި ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމުން ރައްޔިތުންނަށް ވީ މަންފާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އާމްދަނީ ލިބޭ ވަރަށް މަދު ވަސީލަތްތަކެއް ހުރީ. އެ ވަސީލަތްތަކާ އެކު ރައްޔިތުންގެ ބޭނުންތައް ފުއްދަން، އޭރު އޮންނަ ސަރުކާރަކުން އާމްދަނީ ހޯދާނެ ގޮތްތަކެއް އިތުރު ކުރަން ޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މި ސަރުކާރުން ތަކެތީގެ އަގެއް ހެވެއް ނުކުރާނެ، އަގު ބޮޑެއް ނުކުރާނެ ސިޔާސީ ބޭނުމެއްގައި،"

އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ބޭނުންފުޅުވަނީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ، ރައްޔިތުން އަހުލުވެރިކޮށްގެން، ހެޔޮ ގޮތްތަކެއް ހޯދައި ދިނުމަށެވެ.

ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު، ޕެޓްރޯލާއި ޑީސަލްގެ އަގު ހުރީ 17ރ. 18ރ. އަށް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޕެޓްރޯލާއި ޑީސަލްގެ އަގު 8ރ. 9ރ. އަށް ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިންނަށް ވެސް ބޮޑެތި ލުއިތަކެއް ސަރުކާރުން ގެނެސްދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކޮށްގެން ވިޔަފާރިވެރިންނަށް ލުއިތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެ، ގާނޫނަކަށް ވެއްޖެ ނަމަ، ހުރިހާ ރައްޔިތުންނަށް މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލު ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ވެސް ވިދާޅުވީ ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަ ކުރެވިއްޖެ ނަމަ، ރައްޔިތުންގެ އަސާސީ ހިދުމަތްތަކުގެ އަގުތައް ކުޑަވެ، ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވި ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލުތައް ހުށަހަޅަނީ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަށެވެ. އެހެންވެ، އިދިކޮޅު މެމްބަރުންނާއި ރައްޔިތުން އެކަމާ އުފާ ކުރަން ޖެހޭ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލިހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ. މި ބިލު ބަލައިގަތީ 34 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅި އިރު، މިހާރު ނަގަނީ 10 ޕަސަންޓުގެ ޑިއުޓީއެކެވެ.

36 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 5%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަބޭސް13

14 June 2017

17 18 ރުފިޔާގަހުއްޓަސް ކަރަންޓްބިލް ބޮޑެއްނުކުރެ މިހާރު ޓެކްސްނަގާވަރުއެގޭތަ އަލީއާރިފްއައް އެގޭތަ

The name is already taken The name is available. Register?

މީމު

13 June 2017

"ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކުޑަ ކޮށްފި ނަމަ، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ." މުސްތަޤްބަލް ކިޔާނީ މާޒީގެ ލޯގަނޑު ފެންނުނު ކަންކަމުގެ މައްޗަށް ބުރަވެއެވެ. މާޒީގައި ކިތައްކިތައް އެތިން ޑިއުޓީ ކަޑާ ޑިއުޓީ ކުރިތޯ؟ ދިވެހިންނަށް މޭވާއާ ތަރުކާރީ ކާންދޭންވެގެންނޭ ކިޔައިގެންވެސް އެތެރެކުރާ މޭވާގެ ތެރެއިން ބައެއް ބާވަތްތަކުގެ ޑިއުޓީ ކުޑަކުރި....ނަމަވެސް އޭރެކޭ މިހާރެކޭ ހަމަ އެއްއަގު...ވިއްވާ ވަނީ އަގު ބޮޑު...އާފަލެއް އޮރެންޖެން ފީވެގެން ނޫނީ 3ރގެ ދަށަކަށް ނުދާނެ... ދެން އޮތީ...ދިވެހިން ގައިން ވަސްމީރުކުރަން އެތެރެކުރާ ސެންޓުގެ ޑިއުޓީ ކުޑަކޮށް އެކުރި ކަންތައް...ވަހަކަށްވާ ކަހަލަ ވަހެއް ދޮވާޒާތުގެ ސެންޓުފުޅިއެއް އުޅޭނީ ހާސްމަތީގައި....ދެން ބޭނުން ކުރަންޖެހޭނީ ކެލާ އަތަރާއި ބޮކަރު އަތަރު.... މިކަންކަން ކުރުމުން ފައިދާވީ މިތަކެތި އެތެރެކުރާ ވިޔާފާރި ވެރިންނަށް....އާފަލް އެތެރެކުރާ މީހާއަށް ދައްކަންޖެހޭ ޑިއުޓީ ކުޑަވި....ނަމަވެސް އާފަލް ކާންއެދޭ ރައްޔިތުމީހާ ދައްކަންޖެހެނީ ބޮޑުއަގު...ހަމަ ތެލުގެ މިސާލަކީވެސް މިއީ ޑިއުޓީ ކެނޑީމާ ބޮޑުވާނީ މެރީޑިއަމްގެ ޖީބު....ތެޔޮ އެތެރެކުރާ މީހުންނަށް ޑިއުޓީއެއް ދައްކާކަށް ނުޖެހޭނެ...ރައްޔިތުންޖެހޭނީ ތެޔޮ ބޭނުން ކުރަންޏާ ވިއްކި އަގެއްގައި އެބޭނުންކުރަން....ވިއްކާ އަގު މޮނިޓަރ ކުރޭފަދަ ގަޓެއް ސަރުކާރަކުނެތް...ވީމާ މިއީ ރައްޔިތުންގެ ނަން ބޭނުންކޮށްގެން މުއްސަދިން މުއްސަދިވާން ޖަހާހާ މަޅި...

The name is already taken The name is available. Register?

ހުސޭނު

13 June 2017

ނުވާނެ ކެޑައެއް، ސްޓެލްކޯ ހިންގަނީ ވިޔަފާރި ކުންފެންޏެއްގެ ގޮތުގައި، ރައްޔަތުންނަށް ހިދުމަތެއް ދިނުމުގެ މަގުސަދަކު ނޫން.

The name is already taken The name is available. Register?

ދޮން ބަބުރު ސޮރު

13 June 2017

ހާދަ ހެއްވައޭ ދޯ ދުވަހަކުވެސް ރާއްޖޭގެ ބާޒާރުގެ މުދަލުގެ އަގުދައްވިތަ؟ ތެލުގެ އަގުދައްވެގެން. ވިޔަފާރި ވެރިންދަންނަނީ ތެތުގެ އަގުން ސެންޓެއް ބޮޑުވެއްޖެއްޔާ މުދަލުގެ އަގު ހިތަށް އެރިވަރަކަށް ބޮޑުކުރަން.!!!!

The name is already taken The name is available. Register?

ފފ

13 June 2017

އިޤުތިސާދީ ނަޒަރަކުން ބަލާއިރު މިވެލާ އެއާރޕޯޓް ކޮންމެހެން މިހާ ބޮޑުކުރަން ޖެހޭތޯ! ހަމަ ހައްޑޫ ގަން އެއާރޕޯޓާއި ހަނިމާދޫ އެއާރޕޯޓްވެސް ރަގަޅުފެން ވަރަކަށް ހަދާފަ އެތަންތަނުންވެސް ފަތުރުވެރިން ރިސޯޓް ތަކަށް ދެވޭގޮތަށް ހެދިދާނެ އޭރުން ވެލާ އެއާރޕޯޓަށްވެސް ބާރު ބޮޑު ނުވެ ތިން އެއާރޕޯޓް އެކުއެކީ އެއްފެންވަރެއްގައި އޮޕަރޭޓް ކުރުމުން ބޮޑެތި ފައިދާވާނެ މުޅި ޤައުމަށް އަދި ފަތުރުވެރިންނަށް ލުއިފަސޭހަވެ ދަތުރު އަވަސްވެ ފަތުރުރުވެރިން އަވަހަށް ރިސޯޓްތަކަށް ދެވޭނެ!

The name is already taken The name is available. Register?

ޕޕމ ސޭކުސްތާން ޕޓ

13 June 2017

ބަލަ ސޭކުސްތާން ޕާޓީ ކުދިން ކޮޅަށް ކުރިއަކުން ތި ކަމެއް ނޭންގޭ ހެއްޔެވެ. ތެލުން ޑިޔުޓީ ނަގާފަ ފެލޭނެ ވަރަކަށް ފެލިފަ، ދެން އިންތިހާބް ބޯމަތިވާ ހެން ހީވީމަ %10 އިން %5 ހެދިޔަސް ބަޔަކު ޤަބޫލް އެއް ނުކުރާނެއެވެ. ސޭކުސްތާން ޕީޓީ އަކަށް ވޯޓެއް އެއް ނުލާނަމެވެ. އަދި އައިލާ މީހަކު ވެސް ލީކު ނުދޭނަމެެވެ. ދެން ލަލަލާ!! ގުނބޯ ހައްދަން އެހެން ބަޔެއް ކައިރިއަށް ދޭ!!

The name is already taken The name is available. Register?

ދޫނި

13 June 2017

އައްޔިތުންނަށް ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް އޮޅުންފިލާފަތިބި ރައްޔިތުން ގިނައީ މިކިޔާ އިކޮނޮމިސްޓަކު ވެރިކަމަށް އައިފަހުން ރައްޔިތުންގެ ހައިހޫނުކަންވީ އިތުރު ތެލުގެ އަގުކަނޑައަޅަނީ ރާއްޖެއަކުންނޫން އެކަމުގައިވެސް އޮޅުވާލުން ކޮންމެކަމެއްގައިވެސް މިއޮންނަނީ ރައްޔިތުންނަށް ދޮގުހެދުން މި މަޖިލީހުގައި އުޅޭ ހައެއްކަމެންބަރުން މިހީކުރަނީ ދިވެހިރައްޔިތުންނަކީ ގުބޯލުންތަކެއްކަމަށް މިމީހުން ކިޔާ ކޮންމެލަވަޔަކަށް ނަށާނެކަމަށް ތިޔަ އެއްޗެއް ބޮޑުކުރީވެސް މިވެރިކަމުގައި ކޮންމެވާހަކައެއް ފެށިއަށް އެމްޑީޕީގެ ވާހަކަދައްކަކަނީ އެމްޑީޕީއަށްވުރެ 500% ރައްޔިތުންނަށް ގެއްލުންބޮޑު މިވެރިކަމުގައި ކާޑުގެ އަގުވެސް މިސަރުކާރުން ބޮޑުކުރީ 100% އެކަމަކު ހަމަ އެމްޑީޕީ ކާކަށް އޮޅުވާލަންތޯ ތިގޮވެލިފައްޗެއް ތިޔަގޮވަނީ ބަލަގަ އެމްޑީޕީ ވެރިކަމުގައި ތިޔަ މަޖިލީހުގެ އަގުލަބިއްޔަތު އޮތީ ތި މީހުންގެ އަތުގައި ރައްޔިތުންނަށް ބިލުފާސްކުރީ ޖެއްސުންކުރަން މިހާރުވެސް ބިލެއް ފާސްކުރިއްޔާކުރަނީ ޖެއްސުމަށް އެގޮތަށްއުޅޭތީ އަތަށް ގޮވަނީ

The name is already taken The name is available. Register?

ސޭކުސްތާނުސޭޓު

13 June 2017

ކޮބައިތަ ރާއްޖެއިން ނަގަން ބުނި ތެޔޮ؟ ތެލުގެ ޑިއުޓީ ކަނޑާފަ، ކަރަންޓު ބިލު ކުޑަ ކުރަންވީމަ ބުނާނެ ސްޕެއަރ ޕާރޓްސް އަގު ބޮޑީޔޭ. ތެޔޮ އެއްތަނުން އަނެއް ތަނަށް އުފުލަން ހިނގާ ޚަރަދު ބޮޑޯ. މަމެން މީ ސޭކުންތޭ އަޅޭ.

The name is already taken The name is available. Register?

ފުނޯސް

12 June 2017

ދުނިޔޭގެ ބާޒާރުގަ ތެލުގެ އަގު ދުވަހަކުވެސް ނުވެއްޓޭވަރަށް ތެލުގެ އަގުވަނީ ވެއްޓިފަ. ކަރަންޓް ބިލްތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ. ތިޔަދަށްކަނީ ރ. ޔާމިނުގެ ހެޔޮވާހަކަތަ؟

The name is already taken The name is available. Register?

ހުސްނާ

12 June 2017

އެމްޑީޕީ ސަރުކާރުން ފެޓުރޯލާއި ޑީސަލް އިން އިމްޕޯރޓު ޑިއުޓީ ނެގުން އުވާލި، އަދި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާގެ އަގު 100 ޑޮލަރަށްވުރެ މަތީގައި ހުރި އިރުވެސް ކަރަންޓު ސަބުސިޑީ ދެމުންދިޔަ. ޕީޕީއެމް ސަރުކާރުން %10 ޑިއުޓީ ނަގަންފެށި، އަދި ބާޒާރުގައި ތެޔޮފީފާއެއްގެ 50 ޑޮލަރަށް ތިރިވެފަ ހުއްޓާ ކަރަންޓު ސަބުސިޑީ ކަޑާލި. މިއަދު ތެލުން އިމްޕޯޓު ޑިއުޓީ ނަގާމިންވަރު %5 ކުޑަކުރަނީޔޯ އޭރުން ރައްޔިތުންނަށް ލުއިވާނެޔޯ.. ތެދެއް އިރު އަރާނަމަ އަލިވެސް ވާނެ. ރައްޔިތުންނަށް އިގޭ ވާނުވާ 2018 ވޯޓަށް ތައްޔާރުވުން. ހޮވިއްޖެއްޔާ ކުރިންވެސް ހެދި ގޮތަށް ހަދާނެތީ ރައްޔިތުން މިފަހަރު މިތިބީ ވަރަށްބޮޑަށް ހޭލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454