ޔާމީން ރަޝީދު މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނާ ތިން މީހުން. ފޮޓޯ ޕޮލިސް
18 ޖޫން 2017 - 23:12
މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ގާތިލުން ކަމަށް ބުނެ ތިން މީހެއްގެ ނަން ނަން ފުލުހުން މިރޭ އާންމުކޮށްފި އެވެ.
ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދު މާލޭގައި ދިރިއުޅޭ މ. ސްޕެޓިއުލާ ކިޔާ ގޭގެ ސިޑި ކައިރީގައި އޭނާ އަށް ހަމަލާދީ މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ފުލުހުން ބުނެފައިވާ ތިން މީހެކެވެ. އެއީ މ. ޠާއިފް އިސްމާއީލް ރަޝީދު، 25، އާއި ހ. އަންނާރު މާގޭ އިސްމާއީލް ހައިޝަމް ރަޝީދު، 21، އާއި މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއީލް އެވެ.
ޔާމީން ރަޝީދު
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުން ހަތް މީހަކު ހައްޔަރު ކޮށްފައި އެބަ ތިއްބެވެ. އަދި ޔާމީންގެ މަރައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް ހުރި މީހުންނެވެ.
"ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ތަހުގީގަށް އެކުލަވައިލި ހާއްސަ ޓީމުން ގެންދިޔައީ، މައްސަލަ ރިޕޯޓް ކުރެވުނު ވަގުތުން ފެށިގެން ތަހުގީގަށް ބޭނުންވާ ހެއްކާ ގަރީނާ ހޯދައި، މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ފުލުހުން ދިޔައީ ސުވާލު ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ޔާމީންގެ މަރުގައި ތުހުމަތު ކުރެވޭ ދެ މީހުން ސްޕެޓިއުލާގޭގެ ސިޑިކައިރީގައި އުޅެނިކޮށް ފެންނަ ސީސީޓީވީ ފުޓޭޖްގެ ފޮޓޯއެއް
އޭގެ އިތުރުން، އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ގޮތުން ކުރެވުނު މަސައްކަތުގައި މާލޭގެ އެކި ތަންތަނުން ނެގި ސީސީޓީވީ ފުޓޭޖާއި މާލޭގައި ހަރުކޮށްފައި ހުރި ފުލުހުންގެ ސީސީޓީވީ ހުރިހާ ކެމެރާތަކުގެ ފުޓޭޖްތައް ހިމެނޭ ގޮތަށް ޖުމްލަ 1،850 ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފުޓޭޖް ފުލުހުން އެނަލައިޒް ކުރި އެވެ.
އޭގެ އިތުރުން 20-40 އަހަރުގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯތައް ބަލައި އެނަލައިޒް ކުރި ކަމަށާއި ކަމާ ގުޅޭ މާހިރުންގެ ލަފަޔާއި އިދާރާތަކުގެ ޑޭޓާބޭސްތަކުގައިވާ މައުލޫމާތު ވެސް ހޯދާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި މި ކަމުގައި އިސްކޮށް ތިބި މީހުން ދެނެގަނެވި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ޔާމީން މަރާލާފައި އޮއްވާ ފެނުނު ތަން.-. ފޮޓޯ: ފަޒީނާ އަހުމަދު/ މިހާރު
ފުލުހުން ބުނެފައިވާ ގޮތުގައި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް މިހާރު ވެސް ތަފާތު އުނދަގޫތަކާއި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން މި ހާދިސާއާ ގުޅުން ހުރި މައުލޫމާތުތައް، ތަހުގީގާ ގުޅުން ނެތް ފަރާތްތަކުން އެ ބައެއްގެ އަމިއްލަ ރައުޔު މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރުމުންނާއި ބައެއް ގާނޫނީ ވަކީލުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށް ކުރިމަތިވަމުން ދިޔަ ހުރަސްތަކުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ.
"ނަތީޖާއެއްގެ ގޮތުން، ގާނޫނީ ވަކީލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ޖެހިފައިވެ އެވެ."
ޔާމީން ރަޝީދުގެ މަރަށް އެއް މަސް ފުރުމާ ގުޅިގެން މެއި 23، 2017 ގައި ޔާމީންގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ދުއާ ކުރަނީ. --މިހާރު ފޮޓޯ: ހުސެއިން ވަހީދު
"މި ދެންނެވި ދަތިތަކާއި ހުރަސްތައް ފުލުހުންނަށް ކުރިމަތި ކުރުވި ނަމަވެސް، ފުލުހުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ފުލުހުންގެ މުއައްސަސާގައި ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރުމަށެވެ. މި ގޮތުން މި ނުބައި އަމަލު ހިންގި ހުރިހާ މީހުން ހޯދައި އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ މިހާރު ވަނީ ހޯދިފަ އެވެ،' ފުލުހުންގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޝް
19 June 2017
ތިކަންކުރުވި މީހުން ބަލަން ބޭނުމީ. އެކަން ކޮށްދެވޭނެތަ ފުލުހުންނަށް؟ ކޮންމެފަހަރަކުވެސް ހަދަނީ ތިހެން. ކުރުވާ މީހުން ހާމަ ކުރަން ނުކެރެންޏާ ތިކުރެވެނީ ބޭކާރު ކަމެއް.
ޖަޒް
19 June 2017
މަރަށް މަރު ހިފަން އަޅުގަނޑައް ފެންނަނީ
ޔާމީން
20 June 2017
އެކޮއެ މަރުވި ސޮރުވެސް ގަބޫލެއްނުކުރޭ މަރަށްމަރު ހިފާކަށް ދެން ތިކޮއެ ކޯއްޗެކޭތަ ތިކިޔަނީ
ޥަގުތު
19 June 2017
މި މީހުން މިހާރު ކޮބާ؟ މިއީ މިހާރު ހަތްޔަރު ކޮށްފަ ތިބި 7 މީހުންގެ ތެރޭގައި ހިމެނޭ ބައެއްތަ؟ މި ތަޙުޤީގުގައި ކޮންމެވެސް ގޯހެއް އެބައުޅޭ ހެން އެބަހީވޭ!
ބޯހުދު
19 June 2017
ކޮންފަރާތަކުން އަންގައިގެން ތޯ ފުލުހުން ކުރައިމް ސީން ދޮވެ ސާފުކޮށް، ކުލަލައި ހެދީ؟ ކޮބައިތޯ ތިޔަކަމަށް ޚަރަދު ކުރި ފަރާތް؟
ވިލޭއަލި
19 June 2017
ހޯދި އެތައް ހާސް ޕައުންޑް ޙައްޤުވަނީ ފުލުހުންނަށް. ފުލުހުންގެ މަސައްކަތަށް ހުރަސް އަޅާ ފުލުހުންނަށް ގޯނާކޮށް ހެދި މީހުންނަކަށް ނޫން.
ވަން ޓޫ
19 June 2017
@ މަރީ، ވެދުން ސަލާމެވެ. މިއަދު ތިޔަ ހުންނެވީ ހުސްބަނޑާ ރޯދަޔައް ދެއްތޯއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި 7 މީހުން ތިބި އިރު، މިއިން އެއްވެސް ކުއްޖަކު ފުލުހުންގެ ބެލުމުގެދަށުގައި އިން ވާހަކައެއް ވިދާޅުވެފައި ނެތުމުން އަޅުގަނޑަށް ހަަމަ ދެބަންދިޔާ ވެވުނީއެވެ. ވާނުވާވެސް ހަމަ ގެއްލުނީއެވެ. 3 މީހެއްގެ ނަން ހާމަކުރިއަސް އެމީހުން އަދި ހައްޔަރުގައި ތިބި ކަމަކަށް ނުވާނެ އެހެންނު.
ރަދީފް
19 June 2017
އެކިމީހުންނަށް ދޭހަވާނީ އެކިވަރަށް.
ކުއްޖާމަރާލީ
19 June 2017
މި މަހުގެ 10 ވަނަ ދުވަހު ލަންކާގެ ދެހިވަލއިގައި ދިވެހި 4 އަހަރު ގެ ކުއްޖެއް ވަނީ އެނާގެ މަންމަ މަރާލަފައިކަމަށް. މަރާލާފައިވާ ކަމަށް ވަނީ ބޭސް ދީގެން އޭނާ ކުއްޖާ މަރާލުމަށްފަހު ފުލުހުންނަށް ވެސް ނާނގާ. މިހާރު އެ އަންހެންމީހާ ހުރީ ހެންވޭރު އަޑު ފުރަގަހުގައި ހުރި ގެއެއްގައި ކަން މައުލޫމާތު ލިބޭ. އެގޭ މީހުންވެސް މި އަންހެންމީހާ އަށް ވާގިދޭ ކަމަށް ބެލެވޭ. މި ވަރަށް ދެރަ ކަމެއްމިނިސްޓްރީ އޮފް ޖެންޑަރ އިން މިކަން ވަރަށް ގާތުން ބަލާދީ ހަޤީޤަތް ހާމަކޮށްދިނުމަށް އެދެން. ލަންކާ ފުލުހުންގެ ފަރާތުންވެސް މި ތުއްތު ކުއްޖާ ( އަންހެން ) މަރާ މެދު ސުވާލު އުފެދޭ ކަން ކަން ފާހަގަ ކޮށްފައިވެއެވެ. އިންސާނަކު މަރާފި މިހާ އަދި އެކަމުގެ މައުލޫމާތު އިނގިހުރެ ނާންގާ މީހުން މާތްﷲ ފަޞީހަށްކުރައްވާންދޭވެ. އާމީން
މަރީ
19 June 2017
ވަންޓޫ މީ ދެބަންދިހާގެ ހުރެ ކޮމެންޓް ކުރާމީހެއްތަ ، ވާނުވާ ނޭގި ކޮމެންޓެއްކޮއްލީދޯ
އެޑްމުންޑޯ
19 June 2017
ފުލުހުންކުރި މަސައްކަތަށް ސާބަސް ރައްދުކުރަން ، ނަމަވެސް އެންމެ ބޭނުންވާ މައުލޫމާތު ފުލުހުން ދިންނަމަ ރަގަޅުވީސް ، އެއީ ޔާމީނު މަރާލީ ކީއްވެގެންކަން
ހުއްބުލްވަތަން
19 June 2017
ފުލުހުންގެ ކުޅަދާނަކަމާ މޮޅުކަމާ ހުށިޔާރުކަމާ މެދު ސުވާލު އުފައްދާނީ ވަރަށްވެސް މަދު މީހަކު، އެހެނަސް އެ ބޭފުޅުންނަށް އެ ބޭފުޅުން ހޯދާފައިވާ އިލްމާ ތަޖުރިބާ ބޭނުންކުރެވޭނެ މިނިވަން މާހައުލެއް ނެތްކަމީ ދުވާލުގެ އަލިފަދައިން ޔަގީންކަމެއް. ނަތީޖާއަކީ، ރައްޔިތުން އެދޭ ބާރުމިނުގައި ރައްޔިތުންގެ ކަންބޮޑުވުން ހުންނަ މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިޔުން. ފުލުހުންނަށް މިނިވަން މާހައުލެއް ދެއްވާންދޭ! އާމީން.