މިދިޔަ ބުދަ ދުވަހުގެ ރޭ މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާކުރުމުގެ ޖަލްސާގައި މައުމޫން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/ މިހާރު
23 ޖޫން 2017 - 14:27
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ސުވާލުކުރަން ބޭނުންވާތީ، ބޭނުންފުޅު ވަނީ އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވަން ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މައުމޫން މިހެން ވިދާޅުވީ މައުމޫން އޭސީސީއަށް ހާޒިރު ނުކުރާނެ ކަމަށާއި އޭސީސީން މައުމޫންގެ އަރިހަށް ދާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
"އަޅުގަނޑު އޭސީސީ އަށް ހާޒިރުވާނަން. އޭސީސީން އަންނާނެ ކަމެއް ނެތް. މީޑިއާ ވެސް އެ ތަނުގައި ތިބެން ވާނެ. ގައުމަށް މިކަން ފެނި، އެނގެން ޖެހޭނެ. ހަގީގަތް އެނގުމަކީ ރައްޔިތުންނަށް އޮތް ހައްގެއް،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ތީމުގެގޭ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވެރިކަމުގެ ބާރު ބޭނުން ކުރައްވައިގެން މައުމޫން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާގޮތަށް ގިނަ ކަންތައްތަކެއް ކުރައްވައިފަ އެވެ. ނަމަވެސް އޭސީސީގެ ރައީސް ވިދާޅުވީ މައުމޫން އެ ކޮމިޝަނަށް ހާޒިރުވެ ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.
މައުމޫން ވިދާޅުވީ އޭސީސީން ބަލަންޖެހޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ސިއްރުކުރައްވާނެ ކަމެއް ނޯންނާނެ ކަމަށެވެ.
"މައުމޫންގެ އަރިހަށް އޭސީސީން ގޮސް ބަޔާން ނަގާނީ. މައުމޫން ވިދާޅުވާ ތަނަކަށް ގޮސް އެ ބަޔާން ނަގާނީ. އެހެންވެ އެބޭފުޅާއާ އޭސީސީން ބައްދަލު ކުރުމަށް އެދިފައި އޮންނާނެ. އޭސީސީން ދާންވީ ތަން ވެސް ކަނޑައަޅުއްވާނީ މައުމޫން،" ލުތުފީ ވިދާޅުވި އެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަަސަކަ
30 June 2017
ވެދުން
އިބޫ
25 June 2017
ތިޔައީ ގަޓި ރަޢީސެއް ވަޑައިގަންނަވަ އިރު ބޭރުގެ މީޑިޔާ ތަކާސް ވެސް ދައުވަތު ދެއްވަންވީ. ޝުކުރިއްޔާ ޒައީމޫ
ގޮޅާބޯ
24 June 2017
ތިރައީސްގެ ކިބައިން ދިވެހިން ސަލާމަތް ވާނެބާ! ހާދަ އަނިޔާ އެކޭ މީހުން ނަށް ކޮއްލީ ތިބޭޅާގެ ދުވަހުގަ. ވ ވެދުން
ތަކުރުފާނު
24 June 2017
ރައީސް މައުމޫން މިރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވި އެންމެ ބޮޑު ނުބައިކަމަކީ، ލިޔަންކިޔަން ނޭނގި ތިބި ގަމާރުން ތަކަކަށް ލިޔަންކިޔަން ދަސްކޮށްދީފައި، އެމީހުންގެ އަތްފޯރާފަށަށް އިންޓަރނެޓް ގެނެސްދިނުން. އެހެން ނޫންނަމަ މިއަދަކު މައުމޫނޭ ކިޔައިގެން ހިތުހުރިހައި އެއްޗެއް ލިޔެލަން ދަންނާނެ ގޮތެއް ފޮތެއް ނެތް ބަޔަކު މިރާއްޖޭގައި ނުތިބޭނެކަން ކަށަވަރު.
ބުރުމާ
24 June 2017
މައުމޫނު ނުކުރިޔަސް އެކަންވާނެ، މައުމޫނު ކުރިކަމަކީ އޭނަގެ އާއިލާޔަށް ކިޔަވާދިނީ، ގިނަދަރިން ތައުލީމްހޯދީ އަމިއްލަޔަށް، ބާކީ ތިބި މަދުބަޔަކަށް ހިލޭ ތައުލީމްހޯދުމުގެ ފުރުސަތު ލިބުނީ ޔޫއެން އަދި އެހެން ގައުމުތަކުން!
ަމުރާ
24 June 2017
ޒައީމް ބިރަކުން ނޫޅޭނެ. ނިކަން ކެރިގެން ގެންދެބަލަ އޭސީސީއަށް.
ތާއީދު
24 June 2017
މަށަށް ފެންނަނީ އަދި 5 އަހަރު ރައީސް މައުމޫނު އަށް ރާއްޖޭގެ ރައީސް ކަން ހަވާލު ކުރާށެވެ.
އޭ ފައްތާހު ސީސީ
24 June 2017
އޭސީސީ ހުންނާނީ ހުރަވީ ބިލްޑިގ ގައެވެ. ހުރަވީ ބިލްޑިންގ ހުންނާނީ އަމީރު އަހްމަދު މަގު ވެލާނާ ބިލްޑިންގ ގެ ހުޅަގުން ބެވެ.
ކަޑަބޮއް
24 June 2017
ބަލަ އޭސީސީ ހުރި ތަން ރައީސް މައުއުމޫނަށް އެހިވަދާގަންނަވާނެއެވެ. ތިބުނާ ހުރަވީ ބިލްޑިންގ ހެއްދެި ކާކުގެ ވެރިކަމެއްގައި ތޯއެވެ؟
ޚަލޯ
24 June 2017
ކުރީގަ މައުމޫނަކީ ޒައީމް.... މިހާރު މައުމޫނަކީ ރައްޔަތުންގެ ޒައީމް.....
ދަންނާތި
24 June 2017
އޭސީސީން އަންނާނެ ކަމެއް ނެތް، އަޅުގަނޑު ބޭނުމީ ހާޒިރުވާން ކަމަށް ރައީސް މައުމޫނު ވިދާޅުވެފައި ފަހަތުން މީޑިއާ އޭސީސީ އިމާރާތަށް ދާން ވިދާޅުވުމުން އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ރަނގަޅު ގޮތެއް ނޫން އެގޮތަށް އެކަން ކޮށްގެން ނުވާނެއެވެ. އޭސީސީ އަށް ދޭ މައުލޫމާތަކީ އެއީ ސިއްރު މައުލޫމާތު ތަކެކެވެ. ސަބަބަކީ އެ މީޑިއާ އަށް ހިއްސާ ކޮށްފިނަމަ އޭގެ ސަބަބުން ތަހްގީގަށް ބުރުލެއް އަރާފާނެއެވެ. އެކަން ޖެހޭނެ ދަންނަން ރައީސް މައުމޫނު ވަރަށް ރަނގަޅަށް. މަމެންނަށް އެކަމާއި މެދު ފިޔަވަޅު އަޅަން ޖެހުމުން ދެން އެފަދަ ފިޔަވަޅު ތަކަށް ރިއެކްޓް ކުރުމުން އެފަދަ ރިއެކްޝަންސް ތަކުން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ.
ކައުންސެލަރު
24 June 2017
ރެހެންދި ފުލެޓް ލިބުންމީހާ އަދިޅަވާނެ މައުނޫން އަރިހު. މައުމޫން އެވަނީ ދާންވީތަން ބުނެފައި. ދެން! ކަލޯ ކޮސްކަން ހީވެބަލަ އެއްފަހަރުވެސް. މައުމޫނަކާ ނުކުޅެވޭނެ އެދުވަހަކުން އަހަރެމެން ނުކުންނާނަން. މިވަރަށް ވާހަކަ
ބޯލަބޭ
24 June 2017
މިހާރު ތިއޮތީ ތަނަކަށްވަދެ ފިލާތަ؟