ވިޔަފާރި / ތިމާވެށި ހިމާޔަތްކުރުން

ފަޅުތައް ހިއްކަން ތިމާވެށި ވެއްޔާ މޮޑެލަނީ

ވެލި ނަގައިގެން ކޮންނަ ބޯޓު ދާއިރު މުޅި ސަރަހައްދު ކިލަނބުކޮށްލާފައި

މަތިންދާބޯޓެއްގައި ދަތުރުކޮށްފައި ދާއިރު އެ މަންޒަރުތައް ވަރަށް ރީތިކޮށް ފެންނާނެ އެވެ. ހީވަނީ ކަނޑަށް ހުދު ކުލަ އަޅައިފަ އޮންނަ ހެންނެވެ. ބޮޑު ސިންގާ ޑްރެޖަރަކުން ކަނޑުން ވެލި ނަގައިގެން ދާއިރު ފަހަތުން ފެންނަނީ މުޅި އެ ސަރަހައްދު ކިލަނބުވެފައި އޮއްވަ އެވެ. މި މަންޒަރު ފެނުމުން ވަރަށް ގިނަ ބަޔަކު ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރެ އެވެ. ހިތްގައިމު ރާއްޖޭގެ ރީތި ކަމަށް އެހާ ބޮޑު ގެއްލުމެއް އެދެނީ ކީއްވެގެންތޯ އެތައް ބަޔަކު ސުވާލުކުރެ އެވެ.

މާލެ ކައިރި ބައެއް ސަރަހައްދާއި މެދު ރާއްޖެތެރޭގެ ބައެއް ފަޅުތައް ރިސޯޓް ހަދަން ސަރުކާރުން ވަނީ ވިއްކައިފަ އެވެ. އެތެރެވަރީގެ ބައެއް ސަރަހައްދުތަކުން ވެލި ނަގައިގެން އެ ފަޅުތައް ހިއްކުމުގެ މަސައްކަތް އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެއިން ކޮންމެ ފަޅެއް ހިއްކަން ބޭނުންވާ ގިނަ އަދަދެއްގެ ވެލި ނަގަނީ އެތެރެވަރީގެ ކަނޑުތަކުންނެވެ.

ކަނޑުން ވެލި ނަގައިގެން ދަތުރުކުރާ ބޮޑު ކޮންނަބޯޓެއް: މި މަސައްކަތް ކުރާ ގޮތް ބަލާނެ ބަޔަކު ނެތް

ބޮޑެތި ޑްރެޖަރުތައް ގެނެސް ބޭނުން ގޮތަށް ކަނޑުތަކުން ވެލި ނަގަމުން ދާއިރު ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނާޅަ އެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބޭ ބޮޑު ގެއްލުން މި ވަގުތު ވަޒަންނުކުރެވޭނެ ކަމަށް ބުނެ ވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.

ތިމާވެށީގެ ތަޖުރިބާކާރަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވީ އަތޮޅުތެރޭގެ މެދުން ވެލި ނަގައިގެން ބައެއް ފަޅުތައް ހިއްކާތީ އޭގެ ސަބަބުން ހިތަށް ވެސް ނާރާވަރުގެ ގެއްލުންތައް ލިބޭނެ ކަމަށެވެ.

"ރާއްޖޭގެ މަސްވެރިން އެންދަމަނީ އެތެރެވަރީ ކަނޑުތަކުން. މަސްވެރިންގެ ފަރާތުން މިހާރު ޝަކުވާ އެބަ ލިބޭ ބައެއް ސަރަހައްދުތައް ކިލަނބުވުމުން އެންވެރިކަން ނެތެމުން އަންނަ ކަމަށް. މިހިރީ މިހާރު ވެސް ލިބެމުން އަންނަ ގެއްލުންތައް،" އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރަން ޖެހޭނީ ރާއްޖޭގެ ތިމާވެށި ގުރުބާންކޮށްގެނެއް ނޫނެވެ. އޭގެ ސަބަބުން ލިބޭ ގެއްލުން ފަހުން މާ ބޮޑުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެނބޫދޫފަޅުގައި ރިސޯޓްތަކެއް ތަރައްގީކުރަން ހިއްކާފައިވާ ސަރަހައްދު

"ބޮޑެތި ފަޅުތައް ހިއްކަން ވެލި ނަގަމުން އެދަނީ އޭގެ ސަބަބުން ދިމާވެދާނެ ގެއްލުންތައް ދިރާސާކޮށްފައެއް ނޫން. ހިތަށްއެރި ދިމާލަކަށް ހޮޅި ވައްޓާލައިގެން ވެލި ނަގައިގެން ދަނީ. އޭގެ ފަހުން ވެއްޔާ އެކު ނަގާ ފެންތައް މުޅި ކަނޑަށް ދޫކުރަމުން ދަތުރުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމަށް ހިއްކާ ތަންތަނަށް ބޭނުންވާ އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ ހުއްދަ މިހާރު ދޫކުރަނީ އެންވަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބަދަލުގައި ސީދާ ޓޫރިޒަމް މިނިސްޓްރީންނެވެ. މިއީ މި ސަރުކާރުން ބޭނުންވާ ބަޔަކަށް، އެއްވެސް ހުރަހެއް ނެތި އެކަމަށް ހުއްދަ ދޭން ގެނައި ބަދަލެކެވެ. ރިސޯޓެއް ހަދަން ހިއްކާ ތަނެއްގައި ތިމާވެށީގެ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް ބަހެއް ބުނުމުގެ ބާރެއް އީޕީއޭއަކަށް މިހާރު ނެތެވެ.

ބޮޑެތި ފަޅުތައް ހިއްކަން ވެލި ނަގަމުން އެދަނީ ދިމާވެދާނެ ގެއްލުންތައް ދިރާސާކޮށްފައެއް ނޫން. ހިތަށްއެރި ދިމާލަކަށް ހޮޅި ވައްޓާލައިގެން ވެލި ނަގައިގެން ދަނީ.

އީޕީއޭގެ އެތެރޭގެ ކަންކަން ދެނެހުރި މީހަކު ބުނި ގޮތުގައި ގިނަ ފަޅުތައް ހިއްކަމުން ގެންދަނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވާ ގޮތަކަށް ނޫނެވެ.

"އެކި ފަހަރުމަތިން ޓޫރިޒަމް މިނިސްޓްރީއަށް އީޕީއޭ އިން އެންގި އަތޮޅުގެ މެދުން ވެލި ނަގައިގެން ހިއްކުމުން އޭގެ ނޭދެވޭ އަސަރު ތިމާވެއްޓަށް ކުރާނެކަން. އެކަމަކު އެއިން އެއްވެސް ކަމެއް ނުހުއްޓޭ،" އޭނާ ބުންޏެވެ.

ގިނަ ޑްރެޖަރުތަކުން ވެލި ނެގުމަށް ފަހު ލޮނުގަނޑު ދޫކޮށްލަނީ ހިއްކާ ސަރަހައްދަކަށް ނޫނެވެ. މޫސުން ގަދަ ދުވަސްވަރު އެ ކިސަޑު ފެނުގެ އަސަރު ބޮޑުވާނެ އެވެ.

ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވީ ބައެއް ސަރަހައްދުތަކުގެ ފަރުތައް ވެސް ކަޓާ ސަކްޝަން ޑްރެޖަރު ބޭނުންކޮށްގެން ކޮނެގެން ނަގާފައިވާ ކަމަށެވެ. އެއީ ދުވަހަކު ވެސް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވެލި ނަގައިގެން ކޮންނަ ބޯޓެއް ދަތުރުކުރާއިރު ކިސަޑުގަނޑު މޫދަށް ފައިބަނީ: ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް

މި މައްސަލައާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގެ ކެޔޮޅަކު ބުނީ އެންދަމަން ދާދި ފަހުން ކ. މާފުށީ ކައިރިއަށް ފީނިއިރު ބޮޑު ސަރަހައްދެއް އޮތީ ކޮނެލާފައި ކަމަށެވެ. އެތަނުން މިހާރު އެއްގޮތަކަށް ވެސް އެން ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އެ މުޅި ސަރަހައްދު އޮތީ ކޮނެގެން ނަގާފައި. އޮތީ ވަރަށް ބޮޑަށް ކިލަނބުކޮށްލާފައި. މިހާރު އެތަނުން އެއްގޮތަކަށް ވެސް އެމެއް ނުލިބޭ،" ކެޔޮޅު ބުންޏެވެ.

ރާއްޖޭގެ ތިމާވެށި ދެކެ ލޯބިވާ މީހުންގެ ކަންބޮޑުވުން ހުރީ ވަރަށް މަތީގަ އެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި އެއްޗެއް ބުނަން ކެރޭ ރަސްމީ އިދާރާއެއް މިހާރު ރާއްޖެއަކު ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް މިއިން މައްސަލައެއް ނާދެ އެވެ. އެހެންކަމުން ތަރައްގީގެ ނަމުގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހަލާކުކުރަމުން އެދަނީ އެންމެންގެ ކުރިމަތީގަ އެވެ.

79 ކޮމެންޓް, 187 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 59%
icon angry icon angry 27%
icon wow icon wow 1%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނޮޅު

08 July 2017

އަދި ވަރަށްބޮޑަށް އެދެން ފިނޮޅުތައް ހިއްކާ މައްސަލާގައި ތަފްސީލް ލިއުމަކަށް. އެއީ ގުދުރަތީ ގޮތުން ވަރަށް ރީތި ތަނެއް. އެހެނަސް އާޓިފިޝަލްކޮށް އުފައްދަން ކުޅަދާނަނޫން އެއްޗެއް.

The name is already taken The name is available. Register?

ކޮސްގޮވާ

04 July 2017

ފަރުތައް މަރުވެއްޖެ، ވަގުތީ ފައިދާއަށް ކަންކަން ކުރުމުގެ ހިތި ނަޓިޖާ ވަރަށް އަވަހަށް ފެންނާނެ.

The name is already taken The name is available. Register?

ޠޫބާ

04 July 2017

ކިހިނެއް ބަލާފައިތޯ ތިހެން ތިނިންމެވީ؟

The name is already taken The name is available. Register?

ޟާމިލް ބިސްރާ

04 July 2017

ޢައްޑޫ މިޑޫ އިސްމެހެލަ ހެރަ ޗެނަލް ގޮއްވަލި އިރު ވެސް އެރަށަ ނިސްބަތް ވާ ފުންނާބު އުސް ތިމާވެށި މާހިރު ޑޜ ސިމާދު ހުންނެވީ ހަނު. ޢެތަނުނުން ނެގި ވެލި ޑީލަކުން ދިނީ ސަންގުރިއްލާ އަަށް

The name is already taken The name is available. Register?

ޠޫބާ

04 July 2017

ޢެބެޅާ އަށް މައްސަލަ ނެތީ. ޜައްޖެއިން ބޭރުގައި ދިރިއުޅެނީ މިގައުމުގެ ތިމާވެށި ހަލާކު ކޮށް ލައިގެން.ލަދު ގަންނަން ޖެހޭ

The name is already taken The name is available. Register?

ސަންފާގެ

04 July 2017

ޑރ،ސިމާދު ވެސް ބަަލަނީ ވަގުތީ ފައިދާ އަށް. ޜައްޔިތު މީހާގެ ޖީބަށް ބަރު ވާނެ ގޮތެއް ބުނެނުދީ ރަށްރަށަ ގޮސް ފޮނި ވާހަކަ އަދި އަވާމެންދު ދައްކަނީ.

The name is already taken The name is available. Register?

ގުއިރޯނު

04 July 2017

ޑރ،ސިމާދު ގެ ބަސް މިކަމުގައި ހިމެނުން ރަގަޅޫ ކަމަށް ފެނޭ

The name is already taken The name is available. Register?

ސުބާޑު

04 July 2017

މ.ޒ. އޯކޭ! އީޕީއޭ ދެން ތިބި އެންމެން އޯކޭ! ޓޫރިޒަމް މިނިސްޓްރީ އޯކޭ! މައްސަލަ އަކީ އީއައޭ އެއް ނޫން. މައްސަލަ އަކީ ޒަމާން ކޮޅުލީއްސުރެން ތިކަހަލަ މުއައްސަސާތަކުގަ ވަކި ހިއްޕައިން ތިޔަ ތިއްބެވި ކޮރަޕްޓު ވެރިން. ކިތަންމެ ސްޓަޑީއެއް ހަދާފަ ރިޕޯޓް ލިޔަސް އޭގެ ބޭނުމެއް ނެއް. އިމްޕެކްޓް ބޮޑުވާ ވަރަކަށް މޭޒު ދަށުން ދާ ބައި ބޮޑުވޭ. އެހިސާބުން ޕުރޮޖެކްޓް ކަންޓިނިއު. އެންމެން ހެޕީ އެކްސެޕްޓް އަވާ މަދަނޭޗާ. ސޭޑް ވެރީ ސޭޑް.

The name is already taken The name is available. Register?

ޚިކުމަތް

04 July 2017

ޙުންނަވާނީ ހަނު..މަސްލަހަތުގެ ފުށުއެރުން.

The name is already taken The name is available. Register?

ޅުކަކޫ

04 July 2017

ޢެކަކުވެސް ވިސްނާލިން ބާ މިކަން ހޯދާބަލަން ! މީގަަ މިބުނާ ވާހަކަ. ސައިސްގެ އެއްވެސް ލިޔުމެއް ކީބާ ؟. ހަަމަ އެންމެން އެކެއްޗެއްވެސް ނުކިޔާ ތިބެގެން ބޭކާރު އަންގަ ތަޅައޭއެބަ.

The name is already taken The name is available. Register?

ގުޑި

03 July 2017

ކޮބާތަ ތޯރިގް. ނިދާފަބާ.

The name is already taken The name is available. Register?

ސަބަބު

03 July 2017

ޤައުމުދެކެ ލޯބިނުވާ ވެރިއަކުހުރުމާއި ޤާނޫނު އަސާސީއާއި ދިމާ އިދިކޮޅަށް ދަޢުލަތުގެ ތިންބާރު މުށުތެރޭގައި އޮތުމުން މުންކަރާތެއް މަނާކުރާނެ ބަޔަކުނެތީ........؟

The name is already taken The name is available. Register?

ޤުއްޓޭ

03 July 2017

ތި ހުންނަނީކީ މާ ބޮޑު މައްސަލަ ތަކެއް ކަމުގައި އެވެރިން ނުދެކޭ. ސަބަބަކީ އެވެރިންގެ ޖީބަށް ފައިސާ ވަންނަވަރު ގިނަ ވެގެން ވާ ގޮތް.

The name is already taken The name is available. Register?

އަލީ

03 July 2017

އަޅުގަނޑަށް އެގިފައިވާ ގޮތުގައި ބޯޓުން އެބޭރު ކުރަނީ ކިސަޑު، އެއީ މުޅިކަނޑާއި ފަރު ތަކުގެ ހަލާކު، ރާއްޖޭގައި ހަދާ އީއައޭ ތަކުގައި ސިލްޓް(ކިސަޑު) ކަރޓެން ބޭނުން ކުރަން ބުނެފަވާނެ، ނަމަވެސް ބަލާނެ މީހަކު ނެތުމުން އެކަމެއް ނުކުރޭ، ވަރަށް ސަލާމް އިޕީއޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454