ޚަބަރު / ކުރީގެ ފަނޑިޔާރު އަލީ ހަމީދު

ފަނޑިޔާރު އަލީ ހަމީދު އަދިވެސް ހޮސްޕިޓަލްގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

08 ޖުލައި 2017 - 15:14

10 comments

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހާލު ސީރިއަސް ވެގެން އަދިވެސް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގައި މަސައްކަތުގައި އުޅުއްވަނިކޮށް އަނބުރައިގަނެގެން މިދިޔަ ބުރާސްފަތިދުވަހު ހަވީރު އަލީ ހަމީދު އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އޭނާގެ ލޭގެ ޕްރެޝަރު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް "މިހާރު" އަށް އެނގިފައިވެ އެވެ. އަދި ހަށިގަނޑުގައި ދައުރުވާ ލޭގައި ހުންނަ އޮކްސިޖަން ވެސް ދަށްވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ވެ އެވެ.

އަލީ ހަމީދުގެ ހިތުގެ މައްސަލައެއް އުޅޭތޯ ބެލުމަށް ހޮސްޕިޓަލަށް ގެންގޮސް ބުރާސްފަތިދުވަހު އެންމެ ފުރަތަމަ ވެސް ވަނީ އީސީޖީއެއް ހަދައިފަ އެވެ. އެކަމަކު ހިތުގެ އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ޓެސްޓުތަކަކުން ނުދައްކަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ލޭގެ ޕްރެޝަރު ހުރީ މަތީގަ އެވެ.

އައިޖީއެމްއެޗުގެ އެގްޒެކެޓިވް ރޫމްގައި ފަރުވާ ދެމުން އަންނަ އަލީ ހަމީދުގެ ހާލު އަދިވެސް ރަނގަޅު ނުވާތީ، ހޮސްޕިޓަލުން ދޫކޮށްލާނެ ވަކި ދުވަހެއް ޑޮކްޓަރުން އަދި ނުނިންމަވަ އެވެ.

The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ

09 July 2017

އަވަސް ޝިފާއަކަށް އެދެން އަދި ރަނގަޅުވެގެން މައްސަލަތައް އަދުލުވެރިކަމާއެކު ނިންމުމަށްވެސް ހަނދުމަކޮށްދެން!

The name is already taken The name is available. Register?

ގޮއްޔެ

09 July 2017

އެބޭފުޅާއަށް އަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

ޓަޓިޔާނާ

08 July 2017

ޢަލީ ހަމީދައް އަވަސް ޝިފާޔަކައް އެދެން.

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

08 July 2017

ޢަވަސް ޝިފާއަކަށް އެދެން. ޢަދި ކުށެއް ކުރެވިފައިވާނަ އެ ކަމަށް އެންމެ ބޭފުޅުން އަބަދުވެސް ތައުބާވުމަށް ގޮވާލަން.

The name is already taken The name is available. Register?

ދދ

08 July 2017

ކޮންމެ މީހަކުވެސް ބަލިވެއްޖެއްޔާ ބަލި ރަގަޅުވަންދެކަށް އޮންނާނީ ހޮސްޕިޓަލްގައި ނުންތޯ ! އަލީ އަށް އަވަސް ޝަފާޔަކަށް އެދެން!

The name is already taken The name is available. Register?

މެންޓަލިސްޓް

08 July 2017

އަލީ ހަމީދުއަށް އަޅުގަނޑު އަވަސް ފަރުވާއަކަށް އެދެން ،،،، އިންސާނުންނަކީ ބަލިވާބައެއް ،،،، އެކަންކޮންމެ ކަމެއްގައިވެސް ޕާރޕަސްއެއްއޮންނާނެ ،،، އެއީ ގުދުރަތީ ގާނޫން ،،، މާތްﷲ އަލީހަމީދުއަށް އަވަސް ޝިފާއެއް ދެއްވަވާ ތެދުމަގު ދެއްކެވުމަށް އެދި ދުއާ ދަންނަވަން ،،، ވަރަށްވެދުން

The name is already taken The name is available. Register?

ކޮމެންޓު

08 July 2017

ތަދްބީރަށް ވުރެން ތަގްދީރުވަނީ މާ މަތިވެރި ވެގެންނެވެ. އަވަސް ޝިފާއަކަށް އެދެމެވެ.

The name is already taken The name is available. Register?

ހުށޭނު

08 July 2017

ލަންކާ އަށް ފުރާ ވަޑައިގަތުމަށް ފެނޭ ވީ އެންމެ އަވަހަށް! އެތަނުގެ ބޭސް ފަރުވާ ތަފާތުކޮށް ރަނގަޅުވާނެ.. ބީޕީ އަށް ޚާއްސަ ކޮންސަލްޓޭޝަން ލިބޭނެ!!

The name is already taken The name is available. Register?

ޤުއްޓޭ

08 July 2017

އަލީހަމީދުގެ ބައްޔަށް އަވަސް ޝިފާއަކަށް އެދި އެމަނިކުފާނަށް މާތްﷲ ހެޔޮ ވިސްނުން ދެއްވައި ރައްޔިތުން މި ކުރާ މަސައްކަތުގައި ކާމިޔާބު އާއި ނަސްރު ލިބުމަށް އެދި ﷲ ގެ ހަޡުރަތުގައި ދުޢާ ދަންނަވަމެވެ.

The name is already taken The name is available. Register?

GhalibSalym

08 July 2017

ފަނޑިޔާރު އަލީ ހަމީދަށް އަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454