މާލޭގެ ވިޔަފާރި ބަނދަރު --މިހާރު ފައިލް ފޮޓޯ
09 ޖުލައި 2017 - 12:55
ރާއްޖެ އެތެރެކުރި ރޭސިން ސައިކަލްތަކެއް ބަނދަރަށް ބޭލުމަށް ފަހު، އެ ސައިކަލްތައް ދޯންޏަކަށް އަރުވައިގެން ވަގަށް ބޭރުކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެކަން ތަހުގީގު ކުރަން ފަށައިފި އެވެ.
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގް "މިހާރު" އަށް ވިދާޅުވީ މިދިޔަ ރޯދަމަހުގެ ކުރިން، އެއް ރޭ ދަންވަރުގެ ވަގުތެއްގައި، ތިން ސައިކަލެއް ވަގަށް ބޭރުކުރި މައްސަލާގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން ވެސް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެވަގުތު ޑިއުޓީގައި ތިބި ބައެއް ސެކިއުރިޓީންނާއި ކްލިއަރެންސް ސެކްޝަންގެ ޑިއުޓީގައި ތިބި ބައެކެވެ.
އެމްޕީއެލްގެ ސީއީއޯ ހަލީމް މީޑިއާއާ ވާހަކަ ދައްކަވަނީ: އެމްޕީއެލް އިން ވަގަށް ސައިކަލްތަކެއް ބޭރުކުރި މައްސަލާގައި ބައެއް މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ވިދާޅުވި --މިހާރު ފައިލް ފޮޓޯ
"ސީސީޓީވީން އެ ވަގުތު އެކަމުގައި އުޅެނިކޮށް ފެނުނު ބައެއް މުވައްޒަފުން ވެސް ވަނީ ސަސްޕެންޑް ކޮށްފައި. ސައިކަލްތައް ބޭރުކުރިކަން އަޅުގަނޑުމެންނަށް އެނގުމާ އެކު، އެ ދުވަހުން އެ ދުވަހަށް ފުލުހުންނަށް އެކަން ރިޕޯޓްކޮށް މައްސަލަ ވަނީ ތަހުގީގުކުރަން ފަށާފައި. އެކަން ބެލުމަށް އެމްޕީއެލް އިން ވެސް ވަނީ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައި،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިކަލްތައް ބޭރުކުރިއިރު، ބައެއް މީހުންގެ ހަރަކާތްތައް ވަނީ އެމްޕީއެލްގެ ސީސީޓީވީ އަށް ވެސް އަރައިފަ އެވެ.
"އެހެންވީމާ ފުލުހުން މި މައްސަލަ ތަހުގީގުކޮށް ނިމުނީމާ އިތުރަށް އަޅުގަނޑަށް އެއްޗެއް ދެންނެވޭނީ،" ހަލީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއްތު
10 July 2017
ވަގަކަށް ނުނެރެވޭނެ ވެރިންގެ އަތެއް ނެތިއެއް އެތަނަކީ ސެކިއުރިޓީން 24 ގަޑިއިރު ޑިއުޓީ ކުރާތަނެއް ދެންަކޮން ވާހަކައެއްތ؟ ތިޔަ ވާނީ ސަރުކާރުގެ ބޮޑެއް އެތެރެކުރި ސައިކަލް ތަކަކަށް !!
ިމިއްތު
10 July 2017
ކޮންމެ ކަމަކުންވެސް ވައްކަން ކުރުން ނޫން ކަމެއް ހަރާ،މުން ހަރާމެވެ،،،މައިން ބަފައިންގެ ތަރުބިއްޔަތު ގޯހީބާ؟
1234
10 July 2017
ތި ސައިކަލުތައް ޓްރާންސްޕޯޓުން ރެޖިސްޓްރީ ކޮށް ނުދިނީމަ ނިމުނީ. އަނެއްކާ ކޮބާތަ ސްޓިކާ ޖަހަން މަގުމަތީގަ އުޅޭ ކުދިންކޮޅަށް ތި ސައިކަލުތައް ފެނުނީމަ ނަގާ ކުނިގޮނޑަށް އުކާލީމަ ނިމުނީ.
ޚާމިޔާބު
10 July 2017
ތިއީ ބޮޑެތި ޖަރީމާތަށް ފޮރުވާލަން ރައްޔތުންގެ ތެރެޔަށް ދޫކޮށްލާ ކުދި ކުދި ކަންތަށް.
ިމުހައްމަދު
10 July 2017
ތިޔަ ތަނުގައި ވަރަށް އިސް މަގާމެއްގައި ވަޒީފާ އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އަޑު އެހީމެވެ. ތިޔަ ތާނގެ މުވައްޒަފުންގެ ތެރޭގައި މުދާ ބޭރުކޮށްދޭން ތިބޭ މީހުންނަށް މުދާބޭރުކުރުމަށް ރީތި ނަމުގައި ސައިދޭ ފަރާތަކަށް ނޫނީ ފަސޭހަ ރަހްމަތެއްގައި ތިޔަ ތަނުން މުދާ ބޭރުކުރުމަކީ ދަތިކަމެކެވެ. މިއީ ތިޔަ ތަން ހުޅުވީއްސުރެ މިއަދާ ހަމައަށް ކަން ހިނގާގޮތް ކަމަށެވެ.
އަހްމަދު
09 July 2017
މާލެއަށް އެތެރެކުރުން މަނާ ސީސީގެ ސައިކަލުތައް އެއޮށްދުއްވާ ނަގަނީ ފުލުހަކަށް ފެނޭތަ. ހަމަ އެންމެނަށްއެގޭ ކަސްޓަމުން ޓްރާންސްޕޯޓުން ޕޮލިހުން ކިޔާނެކަމެއްނެތް. ޕޮލިޓިކްސް އާނުބެހި ބޭނުންކަމެއް ކުރެވޭނެ.
ައަލީ
09 July 2017
ކޮން ސީސީ އެެއްގެ ސައިކަލެއް މަނައީ؟؟؟؟
މުހައްމަދު
10 July 2017
މަނާވަނީ އިޖިޕްޓްގެ ރައީސް އަލް ސީސީ މިހެން ހުންނަ ސައިކަލް ތޯއްޗެކެވެ.
GAN Island
09 July 2017
ކަސްޓަމްސް ޤާނޫނު ބުނާގޮތުން ރާއްޖޭގެ ބަނދަރު ތައް ނުވަތަ އިމްޕޯޓް އެކްސްޕޯޓް މުދާ އަރުވާ ބާލާ ހުރިހާ ބަދަރެއް ބަލަހައްޓާން ޖެހޭނީ މޯލްޑިވްސް ކަސްޓަމްސް އިން. . . . ތިފަދަ ކަންކަން ހުއްޓުވޭނީ ކަސްޓަމްސް ޤާނޫނު ތަންފީޒު ކުރުމުން. އެކަން ކުރައްވާ.
އާރިފް
09 July 2017
ތިޔަބުނާކަހަލަ ބޮޑެތި ސއަިކުތަކެ ހެންވޭރުކޮޅުން ފެނޭހެން ހީވޭ. ގިނަފަހަރު މިކަހަލަ ކަންތަށް މިކުރަނީ ތަނުގެ މުއައްޒިފުންނާއި ގުޅިގެން ކަން ފާހަގަކުރެވެނީ. ވަގުތީ މަންފާޔަކަށް ވަޒީފާ ގުރުބާން މި ކޮށްލަނީ
ވަގު
09 July 2017
ތި ވާހަކަ މިހާރު ނިމިއްޖެ ... ހާދަ ލަހޭ އަޕްޑޭޓް ވާލެއް ... ހައްޔަރު ކުރި މީހުން ދޫވެސް ކޮއްލާފި ... މާދުވަހެއް ނުވެ ފެންނާނެ މާލެ ތެރޭން ބީއެމްޑަބްލިއު އެސް 1000 އަކާ ޖީއެކްސްއާރ 750 ގެ ދޭތި...
ހަޑިގިއްލާ
09 July 2017
ޖީއެކްސްއާރ އެއްނޫން ޖީއެސްއެކްސްއާރު! އެނގޭތީ ބުނެލީ
ޙަކީމު
09 July 2017
ތިޔަކަންކަން ފުލުހުންނައް ތަހުގީގު ކުރެވޭ، އެކަމު ބޮޑުވަގު ހިފާކައް އެއްވެސް މަސައްކަތެއް ނުކުރޭ