ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު: އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން.
10 ޖުލައި 2017 - 13:10
މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެކަމަކު އޭނާ އަށް ފަރުވާދޭ ބައްޔާ ގުޅޭ އެއްވެސް ތަފުސީލެއް އެ ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.
މިދިޔަ ބުރާސްފަތިދުވަހު ހަވީރު ސުޕްރީމް ކޯޓުގައި މަސައްކަތުގައި އިންނަވަނިކޮށް އަނބުރައިގަނެގެން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށީ ލޭގެ ޕްރެޝަރު މައްޗަށް ގޮސްފައި ހުރުމުންނެވެ. އަދި އަލީ ހަމީދުގެ ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުންނަށް ފާހަގަކުރެވިގެން، އިތުރު ޓެސްޓްތަކެއް ހަދައި އެކަމަށް ވެސް ފަރުވާދިނެވެ.
އެނގިފައިވާ ގޮތުގައި ލޭގައި ހުންނަ އޮކްސިޖަން ދަށްވުމުގެ މައްސަލައެއް ވެސް ކުރިމަތިވި އެވެ.
އެކަމަކު އަލީ ހަމީދުގެ ގާތް މީހަކު "މިހާރު" އަށް މިއަދު ބުނީ ނޭވާލުމުގައި އަލީ ހަމީދަށް އުނދަގޫތަކެއް އަދިވެސް ކުރިމަތިވާ ކަމަށެވެ.
އޭނާގެ ހިތުގެ މައްސަލައެއް އުޅޭތޯ ބެލުމަށް އީސީޖީއެއް ވެސް ހެދި އެވެ. އެކަމަކު ހިތުގެ އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ޓެސްޓުތަކަކުން ނުދައްކަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ލޭގެ ޕްރެޝަރު ހުރީ މަތީގަ އެވެ.
އަލީ ހަމީދަށް ކުރިމަތިވި ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލާނެ ދުވަހެއް އަދިއެއް ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޫއަހްމަދު
10 July 2017
އަލީ ހަމީދުގެ ހާލު ރަނގަޅުވާއިރު ގައުމުގެ ހާލަތު މިދަނީ ގޯހުން ގޯހަށް!
ސަމްސު
10 July 2017
އައްޔައަށް އަވަސް ޝިފާއަކަށް އެދެން.
ގޮއްޔެ
10 July 2017
ދޫކޮށްލިއަސް ގޭގައި މަޑުކޮށްލުމަށް ނަޞޭޙަތްތެރިވަން.
ޢަލީ
10 July 2017
އަވަސް ޝިފާއެއް ދެއްވާށި