ގާސިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް: ޕީޕީއެމުން ގާސިމްގެ އިސްތަށިފުޅުގައި އެޅުވީ ދޮގު އިލްޒާމެއް ކަަމަށް ޖޭޕީން ބުނޭ. --ފޮޓޯ: ނިޝާން އަލީ /މިހާރު
11 ޖުލައި 2017 - 10:47
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ "ބަޣާވާތެއް" ގެންނަވަން ކަމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބައެއް ބޭފުޅުން ރޭ ކުރެއްވި ތުހުމަތު ޖުމްހޫރީ ޕާޓީން މިއަދު ދޮގުކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީނާ އެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމަށް ފަހު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ އަމިއްލަ ވިޔަފާރީގެ މަސްލަހަތު އިސްކުރައްވައި، މި ގައުމަށް ބަޣާވާތް ގެންނަން ގާސިމް އުޅުއްވަނީ އޭނާގެ ވިޔަފާރީގެ ފައިސާ އިން ކަމަށެވެ. ޕީޕީއެމްގެ 10 މެމްބަރަކު މަސީހާ ދެކޮޅަށް ސޮއި ކުރެއްވީ ވެސް ގާސިމް ފައިސާގެ ދަޅަ ދެއްކެވުމުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އެ ވާހަކައަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ރައްދުދެއްވަމުން ވިދާޅުވީ ސަރުކާރުގެ މިސްރާބު ގޯސްވެ، ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަންނަން ފެށުމުން، ސިޔާސީ ހަތަރު ލީޑަރަކު ފެއްޓެވީ އިސްލާހީ މަސައްކަތެއް ކަމަށެވެ. ގާސިމާ މެދު ބޮޑު ތުހުމަތެއް ކުރިއިރު، އެ މަސައްކަތުގައި އުޅުއްވަނީ ހަމައެކަނި ގާސިމް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ، ސިޔާސީ ހަތަރު ލީޑަރުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާ އިސްލާހީ މަސައްކަތެއް. ސަރުކާރަށް ގޮތް ހުސްވެ ހަދާނެ ގޮތް ހުސްވީމާ، ހީވާގިކަމާ އެކު އިސްލާހީ މަސައްކަތް ކުރާ މީހުންނަށް ނިސްބަތްކޮށް ބަޣާވާތެއް ކަމުގެ ތުހުމަތު އެޅުވުމަކީ ނާތަހުޒީބު އަމަލެއް،" އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ދޮގު އިލްޒާމްތަކެއް ގާސިމްގެ އިސްތަށިފުޅުގައި އެޅުވީ، ސަރުކާރުން ހިންގަމުންދާ މީހުންނަށް ދަތިކުރުމާއި އަނިޔާވެރިވުންތަކުގެ ތެރެއިން ކަަމަށް ގަބޫލުކުރެއްވެ އެވެ. އެ ތުހުމަތު ވަރަށް ބޮޑަށް ޖުމްހޫރީ ޕާޓީން ކުށްވެރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ޕީޕީއެމްގެ 10 މެމްބަރެއްގެ ސޮޔާ އެކު، ވެއްދުމުން މިހާރު ވަނީ އެޖެންޑާ ވެސް ކޮށްފަ އެވެ. އެކަމަކު ވަކި ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ.
ސޮއިކުރެއްވި ގިނަ މެމްބަރުން ޕާޓީން ވެސް ވަނީ ކެނޑިފަ އެވެ. އެކަމަކު ނިސްބަތްވާ ޕާޓީން ވަކިވެއްޖެ ނަމަ، ޕާޓީން ކަނޑާލައިފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް އިއްޔެ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގޫރޯޅި
11 July 2017
އަނެއްކާ މިފަހަރުވެސް ކޮންމެސްއެއްބަޔަކައް ކޯޓުތައް ގޯސްވާނެ. އަނެއްބަޔަކައްރަގަޅުވާނެ
ސިދުގީ
11 July 2017
ގާސިމަކީ މުއުމިނެއް ނޫނެކޭ ބުނީވެސް ހުދު ގާސިމު
ނައީމް
11 July 2017
ގާސިމްކުރަނީ ގައުމީ މަސައްކަތެއްނޫން ގާސިމް ކުރަނީ އަމިއްލައެދުމުގެ މަސައްކައް އެމްޑީޕީ ވެރިކަން އޮއިތް އިރު ކުރީ ބަގާވަތޭ ކީއަޑުއެހީން އެކަމުގާ އެންމެ އިސްކޮއް އުޅުނު އެކަކު ގާސިމަކީ އެއީ ބަގާވާތަކައްވަޏާ މިހާރުވެސް އެއުޅެނީ އެފާޑުގެ ކަމެއްކުރަން ރުފިޔާ އޮތަސް ހަރާން ކޯރުވެގެންނުވާނެދޯ
ޤާދިރު
11 July 2017
ޤާސިމު ސަލާމަތުން ދުނިޔޭގައި ހުރިހާ ދުވަހަކު މި ޤައުމަށް ހަމަޖެހުމެއް ލިބުނަކަ ނުދޭނެ. އެއީ ޤާސިމަށް ކަމުދާ ވެރިޔަކު މި ޤައުމުގެ ވެރިކަމަށް ނާރާނެތީ. ޤާސިމަށް ކަމުދާނީ ޤާސިމު ބުނާހާކަމެއް، ބުރާހާ ފަޅުރަށެއް، ބުނާހާފަޅެއް ސަރުކާރަށް އެއްޗެއް ދައްކަން ނުޖެހޭގޮތަށް ދޭން އެއްބަސްވާ ވެރިއަކު. އެ ފަދަ ވެރިޔަކު ވެރިކަމަށް ނާރާތީ މި ހުރިހާ މައްސަލައެއް ޖެހިގެން މިއުޅެނީ..
ހާރޫނު ރަޝީދު
11 July 2017
މަޖިލިސް މެމަބަރުން ޕީޕީ އެމް ދުކޮށްލި ސަބަބުތައް: 1- އަދީބު އަތުން މިލިޔަނުން ލިބެމުން ދިޔުމާއި މިހާރު އެގޮތަށް ފައިސާ ނުލިބުން. 2- ޤައުމަށްޓަކައި މަސައްކަތްކުރާ މިހުންގެ އަތުން މިލިއަނުން ސަދަޤާތް ލިބުން. 3- ޕީޕީ އެމް ތެރޭ ފެކްޝަން އުފެދުން. 4- މެންބަރުން ބޭނުންވާ ވަކި ބަޔަކު ސިދާ ގޮތުންނާއި ނުސީދާ ގޮތުން ކައުންސިލްތަކަށް ނުކުތުމުންް، ލޯކަލް ކައުންސިލް އިންތިޚާބުން ޕީޕީ ބަލިވުން. 5- މެޑަމްގެ ވަކި އެޖެންޑާ އެއް އޮތުން. 6- ނާޒިމާއި އިމްރާނު ދުކޮށްނުލުން. 7- ޔާމީނުގެ ހިލަތްތެރިކަން ކުޑަވުން. 8- ޔާމީނަށް ޕާޓީ ލީޑް ނުކުރެވުން. 9- އަދިވެސް..
އިސްމާޢީލު
11 July 2017
ބަލަގަ މޮޔަފުޅުވީތަ! ރައީސް ޔަމީން އަކީ ދެ މަތިންދަމުން 2 ކާޅެއް އިސްތިޢުފާއޭ ގޮވާ އިރަށް 2 ފައިވާންކިނބަ އަތަށްނަންގަވއިގެން ފިއްލަވާނެ ބޭފުޅެއްނޫން ރައީސް ޔާމީން އަކީ ގަޓު ހުރި ލީޑަރެއް. ބަލަގަ ތިޔަ ގެންނަ އުޅޭ ބަގާވާތެއް ނުހިނގާނެ ނުވެސް ގެނެވޭނެ
އަޑީބް އެންޑް ބަދީއް
11 July 2017
ގާސިމަކީ ބަގާވަތެއް ކުރައްވާނެ ބޭފުޅެއްނޫން.
ރޮކެޓް ސައިންސް
11 July 2017
ވަގުންނަށް ހީވާނީ ދެންވެސް ތިބޭނީ ވަގުންނޭ. އެހެންވެ ވަގުންގެ ފޮށި ބާރަށް ބަންނަނީ.
ހަބީބު
11 July 2017
ޔާމިނުގެ މައްޗައް ވީހާ އަވަހަކައް އިތުބާރުނެތްކަމުގެ ވޯޓު ނަގަންޖެހޭ މުޅިރާއްޖޭގެ ހުރިހާފަޅަކާ ފަޅުރައްތަކެއް 99 އަހަރައް ވިއްކާފަ ގަނޑުކޮއް ނެގިފައިސާ ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ 2 އަހަރުން އެއާޕޯޓު އަޅަންބުނެ ދުވާލުމީ ރޭގަނޑު ކަމައް ހަދައިގެން އިސްލާމީ ގައުމުތަކާ ގުޅުން ކަނޑާ އެހެންމީހުންނާ ދިމާލައް ލާދީނީ ބައެކޭބުނެ 2 ފުޅި ބަނގުރަލުގެ މައްސަލަވެސް ނުބަލާކަން އެނގޭނެ ރާއްޖެޔައް ހަމަ އެތެރެކުރާވަރުން ބަނގުރާވެސް ދަނީ އެތެރެކުރަމުން ދަރުބާރު ފެކްޝަން ނެތިކުރައްވާ މިރާެްޖޭގެ ބިމާ ރައްޔިތުން ސަލާމަތް ކުރައްވާށި އާމީން
ޕޮކަންޑި މޭން
11 July 2017
ސިޔާސީ މައިދާނުގައި އުޅޭތަ ތިމަންނަ މިއުޅެނީ އަމިއްލަ ފައިދާއަށްޓަކައި އޭ ބުނާ މީހަކު؟ ކޮންމެ މީހަކުވެސް ބުނާނީ ޤައުމައްޓަކައި، ރައްޔިތުންނަށްޓަކައި، ދީނަށްޓަކައޭ. ޓަކާ ޓަކާ ދިވެހިންނަށް އަލެއް ނުވާނެ މިހާރު.