ޚަބަރު / މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

ގާނޫނުއަސާސީގެ ވަކި މާއްދާއެއް ކަމަށް ބެލެވިދާނެ ފަދަ ހުކުމެއް ސުޕްރީމް ކޯޓަކަށް ނުކުރެވޭނެ: ވަހީދު

މިއަދުގެ ނިއުސް ބްރީފިންގައި ވަހީދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ގާނޫނުއަސާސީގެ ވަކި މާއްދާއެއް ކަމަށް ބެލެވިދާނެ ފަދަ ހުކުމެއް ސުޕްރީމް ކޯޓަކަށް ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާގައިވާ މައްސަލައާ ގުޅޭ ގޮތުން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ. ވިދާޅުވި އެވެ.

"ހަމައެކަނި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ދީފައި އޮންނަ ބާރަކީ ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ނ. މާނަކުރުން. އެ މާނަކުރުމުގައި ޕާޓީއަކުން މީހަކު ވަކިކުރުމާއި ވަކިވުމާއި އަދި ވިޕްލައިނަކާ ޚިލާފުވެގެން ކޮންމެ ގޮތަކަށް ހެދިޔަސް ސުލޫކީ ފިޔަވަޅެއް އެޅިޔަސް، މިހާ ކުޑަކުޑަ ކަމެއްގެ ތެރެއަށް މި ކަހަލަ ކަމެއް ދީފި ނަމަ ސުޕްރީމް ކޯޓަށް އޮންނަ ކަމެއް އާދައިގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތްމައްޗަށް ހިނގައްޖެ ނަމަ، ދައުލަތުގެ ދުސްތޫރު މިންގަނޑާއި އިސްތިގުލާލް ގެއްލި، މިނިވަންކަން ގެއްލި، މުޅި ގައުމު ފަސާދައިގެ ތެރެއަށް ހިނގައިދާނެ،" ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވަހީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނެ ގޮތް ގާނޫނުއަސާސީގެ 75 މާއްދާގައި ކަނޑައަޅާފައިވެ އެވެ.

"ސިޔާސީ ޕާޓީއެއްގެ ވަކި ކަންތައްތަކެއް ކުރިއެރުވުމަށް ވިޕްލައިނެއް ކަނޑައަޅައި އެފަދަ ގޮތަކަށް ކަންތައްތައް ކުރުމަކީ އެއީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަން ގެއްލޭނެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް އެބައޮތް،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ވޯޓުދިން ގޮތަކުން ދައުވާއެއް ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވަނިކޮށް، ސިޔާސީ ޕާޓީއަކުން ނަގާ ވިޕްލައިނެއްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތާ ޚިލާފަށް އެ މާއްދާ މާނަކުރުމުގެ އިޚުތިޔާރެއް ސުޕްރީމް ކޯޓަށް ވެސް ލިބިގެން ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

އެ މާއްދާގައި އޮންނަނީ ސާބިތު ދަރަންޏެއް އޮތް މީހަކު ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ނަމަ އަދި 12 މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ ގޮނޑިގެއްލޭނެ ކަމަށެވެ. އެފަދަ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ނުވާ ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

"އެ ނުކުތާތަކުގެ މައްޗަށް އަޅާބަލާއިރުގައި ނެތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި މި ނޫން ގޮތަކަށް ގެއްލޭނެ އެއްވެސް ހާލަތެއް ގެނެވޭނެ ގޮތެއް އުސޫލެއް، ހަމައެއް. އެހެންވީމަ މީގެ މައްޗަށް ބިނާކޮށްގެން މި ދެންނެވި ކަންތައްތަކުގެ މައްޗަށް ގާނޫނެއް ހެދިފައި ނެތުމަކީ އެއްވެސް ހާލެއްގައި އިހުމާލުވެ، އަމަލުކުރަން އޮތް ފުރުސަތެއް ނޫން،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ނުވަތަ އެނޫން ވެސް ފަރާތަކުން ހުށަހެޅި ނަމަވެސް އެ ނޫން އެއްވެސް ހާލަތެއް އުފެއްދުމަކީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމެވެ. އަދި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިއަދު ބޭއްވި ނިއުސް ބްރީފިންގައި ވަހީދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މި ގާނޫނުއަސާސީގައި އެ ގޮތަށް ކަނޑައަޅާފައި ވަނިކޮށް، އެ ނޫން ގޮތަކަށް ހުކުމެއް ބިނާކުރުމަކީ ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކަށް ވެގެން ދާނެ ފަދަ ހުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ބޭފުޅުންނަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދުނިޔޭގެ ގާނޫނުތައް ވެސް ވަރަށް ފުރިހަމަ އަށް ދެނެވަޑައިގަންނަވާ ބޭފުޅުން،" އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މީގެ ކުރިން ލޯކަލް ކައުންސިލްތަކުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އާއި ޕާޓީތަކުގެ ގާނޫނާ ހަވާލާދީ ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލިއިރު ފަސް ފަނޑިޔާރުން ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމުން ސަރުކާރަށް އެއްވެސް ބައެއްގެ މަގާމު ދެން ދިފާއުކޮށް ނުދެވޭނެ ކަމަށެވެ. އަދި އެއްވެސް ފަނޑިޔާރެއްގެ މަގާމެއް ވެސް ދިފާއުކޮށް ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ހިސާބަށް ކަންތައް ގޮސްފައިވާއިރު، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނެ ފަދަ ހުކުމެއް ސުޕްރީމް ކޯޓުން ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ކުނޫޒްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހިސާން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިއަދުގެ ނިއުސް ބްރީފިންގައި ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ގާނޫނުއަސާސީ އަށް އުނިއިތުރު ގެނައުމަކީ ސުޕްރީމް ކޯޓުގެ މެންޑޭޓްގަައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިސާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީށް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެ މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް މިހާތަނަށް މަޖިލީހުގެ އިދާރާ އިން ކަނޑަނާޅާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 24 ގެ ކުރިން ތާވަލްކުރަން ޖެހޭނެ އެވެ. އަދި ޕީޕީއެމްގެ މަދު މެމްބަރުންތަކަކަށް މަޖިލިސް ހިސާރުކޮށްގެން ތިބުމުގެ ފުރުސަތު މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ދެއްވައިގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

38 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 6%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމް

12 July 2017

ފައިސާ ހުރިމީހުން މަގު އޮޅުނީމަ، ނުލަފާ މީހާ ހަކުޅި ކުޅުނީމަ ވާނިގޮތް މިވީ. އިދިކޮޅު މީހުންނަށް މިފަހަރު މެމްބަރުން ހޯދުމަށް ކުރި ޚަރަދު ވެގެންދާނީ މާ ސިންގާ ކަނޑުގެ މެދަށް ފެން ބާލިދީއެއް އަޅާލުންފަދަ ކަމަކަށް. ކުރާނެ އެއްވެސް އަސަރެއް މަންފާއެއް ނެތް. ހިތާމަކުރަން އެކަމަކު މިއި ރިއަލިޓީ

The name is already taken The name is available. Register?

ހުސޭނުބެ

12 July 2017

ގޮނޑި ގެއްލުވާލާނީ ސްޕްރީމް ކޯޓަކުން ނޫނޭ!! އެމެމްބަރަކު އަމިއްލައަށޭ!! އެއީ އެމީހަކަށް ޕާޓީން ޚަރަދުކޮށް، ޕާޓީން ޓިކެޓްދީ، ޕާޓީން މީހާ ޕްރޮމޯޓްކޮށް އަދި ޕާޓީގެ މެނިފެސްޓޯގައިވާ ކަންތައްތަކަށް އެމީހާވެސް ތަޢީދުކުރާކަން ރައްޔިތުންނަށް ހާމަކޮށްދީ ރައްޔިތުން އެކަމަށް އިތުބާރުކޮށް ރައްޔިތުންގެ މަޖްލީހަށް ހޮވީމާ ރައްޔިތުންގެ ވިންދުގައި ކޮޅުފައިންޖަހާފަ ޕާޓީ ބަދަލުކުރީމަ ވަކިވަނީ!! އެއީ މެމްބަރުންގެ އަތުގައި އޮތްކަމެއް!! މެމްބަރުކަން ގެއްލުވާލުމާއި ނުލުން!! ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅެނީ މެމްބަރުން ކޮންމެ ވޯޓަކާ ދިމާކޮށް "ރީލޯޑް" ކުރާ ވާހަކަ އާއި ގޯނިގޯނީގައި ފައިސާ ބަހާ ވާހަކަ މެމްބަރުން ދައްކާތީ އާއި ކޮރަޕްޝަންގެ ހުތުރު ފައިސާގެ ކަންތައް ބޮޑުވެގެން އެކަން ހައްލުކުރުމުގެ ބޭނުމުގައި ހުށަހަޅައިގެން އުޅޭ މައްސަލައެއް!!

The name is already taken The name is available. Register?

އަބްދުއްލާ

12 July 2017

ގާނޫނުއަސާސީގަ ގޮނޑިގެއްލޭނެ ގޮތް ކަނޑައެޅިފާ ވަނިކޮށް މަޖިލީހުގެ ތެރއިން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަނާޅާ ،ކޯޓް މެދުވެރިކޮށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށް ހުށަހެޅުމަކީ ގާނޫނުއަސާސީގެ ބާރުކަނޑުވާލުމާ ގާނޫނުއަސާސީ ހިންގުމަށް ސަރުކާރު ނުކުޅެދިއްޖެކަން ސާބިތުވާ ހެއްކެއް ވީމާ ސަރުކާރުގެ އިތުބާރު ގެއްލިޖެ ނޫންބާ ؟އިތުބާރު ނެތް ކަމުގެ ވޯޓްއަވަސް ކުރައްވާ.

The name is already taken The name is available. Register?

މިސްޓަރ ބީން

11 July 2017

ސަރުކާރާ އިދިކޮޅައް ވޯޓްދޭކޮންމެ މެންބަރަކު އޮޓޮމިޓެކުން ޕޕމ އަށްބަދަލުވާގޮތައް ގާނޫނުހަދަމާ

The name is already taken The name is available. Register?

އަބްދުއްލާ

11 July 2017

ގާނޫނުއަސާސީ ގެ ބާރު ކަނޑުވާލަން މަސައްކަތް ކުރާތީ އިތުބާރު ނެތް ކަމުގެ ވޯޓެއް ސަރުކާރާދެކޮޅަށް ނުނެގޭނެތަ ؟

The name is already taken The name is available. Register?

ދޮންބީފާނަ

11 July 2017

ބަލަ ގާނޫނު އަސާސީގައި އެބަ ބުނޭ މިގައުމު ހިންގަން ޖެހޭނީ ލާމަރުކަޒީ އުސޫލުންނޭ . ހަމަ މާނަ ނުކުރެވިގެންތޯ އެގޮތަށް ނުހިނގަނީ ؟ ދިމާވެގެން މިއުޅެނީ މާނައިގެ މައްސަލައެއްނޫނެވެ. ދިމާވެގެން އުޅެނީ ގައުމު ހިންގަން ތިބި ފަރާއްތަކުގެ އިހުލާސްތެރި ކަމެއް ނެތުމުގެ މައްސަލައެވެ. ގާނޫނު ހަދާ މަޖޖްލީހުގެ މެންބަރުންނާ މަޖިލީހުގެ ރައީސުގެ މައްޗަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ ކަނޑަ އެޅިގެން ގޯސްކޮށް ކުރާ ކަމެއް ނޫންތޯއެވެ. ސަރުކާރުން އެކަން ހުއްޓަވާލައްވާށެވެ. ސަރުކާރަކީ އެޑްމިނިސްޓްރޭޓިވް ޕަވާއެވެ. މީތި އޮޅުވާ ނުލައްވާށެވެ. ސަރުކާރުން ކުރަންޖެހޭކަމަކީ، ސަރުކާރުގެ މިނިސްޓްރީތައް މެދުވެރިކޮށް ރައްޔިތުންނަ ރިޔާސީ އިންތިހާބުގާ ވެރިކަމަށް އައުމަށްޓަކާ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާ ދެއްވުމށް މަސައްކަތް ކުރަންވީއެވެ. މެނިފެސްޓޯ ތަންފީޒޫ ކުރަންވީއެވެ. އެކަން ނުވާކަމަށް ވަންޏާ ސަރުކާރު ފެއިލްވީއެވެ.

The name is already taken The name is available. Register?

އަބްދުއްލާ

11 July 2017

މިހާރު ސަރުކާރުން ކޯޓް މެދުވެރިކޮށް ގާނޫނުއަސާސީ އަށް ބަދަލުގެންނަން މަސައްކަތް ކުރުމަކީ ސަރުކާރު ގެ އިތުބާރު ގެއްލިފަިވާކަމަށް ސައްކު ކުރެވިދާނެ ކަމެއްނޫންބާ ؟ޔާމީނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގިދާނެ ފަދަ އަމަލެއް ނޫންބާ ؟

The name is already taken The name is available. Register?

ވަހީދު

11 July 2017

ސުޕްރީމް ކޯޓުން ސިއްސައިގެން ދާވަރުގެ ކަމެއް ފެންނަ އުޅެނީ..

The name is already taken The name is available. Register?

ެެެ444

11 July 2017

މީ ސީރިއަސް ސުވާލެކޭ. ހުވާ ބުނަނީ ދިނާ ގައުމު ހިމާޔަތް ކުރަން. ވިޕްލައިން އެއާ ދިމަ އިދިކޮޅަށް އައިސްގެން އެއާ އެއްކޮޅަށް ވޯޓު ނުދީފިއްޔާ ގޮނޑި ގެއްލޭނެތަ؟

The name is already taken The name is available. Register?

ގަހާ

11 July 2017

ދީނާއި ދެކޮޅު ވިޕް ލައިން އެއް ނުނެރޭނެ މަމެން ޕިންކީންގެ އެމްޕީން.

The name is already taken The name is available. Register?

ހަތެއް

11 July 2017

ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަކީ ބާޒާރުގައި މިލިަނުން ވިކޭބަޔަކަށް ވެއްޖެނަމަ އެއީ ރައްޔިތުންނަށް ހަރާންކޯރު ވުމެވެ މިބާވަތަތުގެ މެމްބަރުން މަގާމުގައި ދެމިތިބެވޭނެ ގޮތެއް ގާނޫންއަސާސީން ފަހިވެފައި އޮވެގެން ނުވާނެއެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454