ޚަބަރު / އިދިކޮޅު ފަރާތްތައް

ސުޕްރީމް ކޯޓުގެ ހުކުމް ރިވިއު ކޮށްދިނުމަށް ގޮވާލައިފި

(ކ-ވ) އިދިކޮޅު ފަރާތްތަކަށް ނިސްބަތާވް ތިން ގާނޫނީ ވަކީލުން ކަމަށްވާ އަނަސް، ހިސާން އަދި ވަހީދު މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

15 ޖުލައި 2017 - 23:48

61 comments

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކޮށްދިނުމަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ގާނޫނީ ވަކީލުން މިރޭ ގޮވާލައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ކުރިއަށް ގެންދާ ނިއުސް ބްރީފިންގައި ގާނޫނީ ވަކީލުން ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ހުކުމުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ.

ގާނޫނީ ވަކީލުން މައިގަނޑު ގޮތެެއްގައި ފާހަގަކުރީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އެވެ.

އެ މާއްދާގައި ބުނެފައި ވަނީ "ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފު ވެގެން ޕާޓީން ވަކިކުރި ކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބު ވެފައިވާ މަގާމުގައި ދެމި ހުންނާނެ" ކަމަށެވެ.

ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެ ކައުންސިލަރަކު އިންތިޚާބުވި ސިޔާސީ ޕާޓީ ދޫކޮށްލައިފި ނަމަ، އެ މީހެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ 30 ވަނަ މާއްދާއާ ފުށުއަރާ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުގެ 13 ވަނަ ނަމްބަރު ގަޒިއްޔާއިން ނިންމާފައިވާ ކަމަށެވެ.

ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް މިރޭގެ ނިއުސް ބްރީފިންގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އަނަސް ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާ ލިޔެފައި ވަނީ ސުޕްރީމް ކޯޓުގެ 13 ވަނަ ނަމްބަރު ގަޒިއްޔާގެ ހުކުމް އޮތުމުންނެވެ.

"އެއްވެސް މެމްބަރަކު އިންތިޚާބު ސިޔާސީ ޕާޓީއަކުން ވަކިވެގެން ދިއުމަކީ، އެ މީހަކު އިންތިޚާބުވި ގޮނޑި ގެއްލެން ޖެހޭނެ ސަބަބެއް ނޫން ކަމަށް. ވަރަށް ސާފު. އެއީ އެ ހުކުމާ ވިދިގެން ރައްޔިތުންގެ މަޖިލީހުން ލިޔެވިފައި އޮތް މާއްދާއެއް. ލިޔަން މަޖުބޫރު ވެސް ވި މާއްދާއެއް،" އޭނާ ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވީ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ އާ ގޮތްތަކެއް ކަނޑައަޅައި މިދިޔަ ބުރާސްފަތިދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ތައާރަޒުތަކެއް ހުރުމުން، އެ ހުކުމް އެ ކޯޓުގެ ފުލް ބެންޗުން މިރެއިން މިރެއަށް ވެސް މުރާޖައާ ކޮށްދެއްވުމަށް އެދިވަަޑައިގަންނަވާ ކަމަށެވެ.

ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެއްވެސް މެމްބަރަކު މަޖިލީހުން ވަކި ނުކުރެވޭނެ ކަމަށެވެ. ޚާއްސަކޮށް ޕީޕީއެމުން މިހާރު އަމިއްލަ އަށް ވަކިވެވަޑައިގެންފައިވާ 10 މެމްބަރުންނާއި މީގެ ކުރިން އެ ޕާޓީން ވަކިކޮށްފައިވާ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމުން ވަކިކޮށްފައިވާ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމުން ވަކިކޮށްފައިވާ އަދި އަމިއްލަ އަށް ވަކިވެފައިވާ، މަޖިލިހުގެ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަން ގާނޫނީ ހުއްޖަތާ އެކު އޭނާ ދައްކަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ވެސް ފިޔަވަޅު އަޅަން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީޚުން ފެށިގެންނެވެ.

"މި 10 މެމްބަރުންނަކީ [ޕީޕީއެމްގެ] ގަވައިދުގައިވާ ގޮތުގެ މަތިން ޕީޕީއެމްގެ މެމްބަރުންނެއް ނޫން މިހާރު. ޕީޕީއެމަށް ސިޓީ ލިބުނު ހިސާބުން އެ އޮތީ ޕީީޕީއެމްގެ މެމްބަރުކަމުން ރައްޔިތުންގެ މަޖިލިހުގެ އެ މެމްބަރުން ވަކިވެފައި. ދެން ކުރެވޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ވަހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާ ގޮތުގެ މަތީން ދައްކާ ވާހަކައަކުން ނުވަތަ ވޯޓު ދޭ ގޮތަކުން ތަހުގީގެއްކޮށް، ދައުވާއެއް ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު ވަހީދު މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"ކޯޓަށް ވެސް، އެއްވެސް ތަނަކަށް [މެމްބަރުން] ނުގެންދެވޭ ވާހަކަ [ގާނޫނުއަސާސީގައި] އޮއްވައި ސިޔާސީ ޕާޓީއަކުން އެކަން ތަހުގީގުކޮށްފައި އެކަމަށް ފިޔަވަޅު އެޅުމުގެ ޖާގައެއް ނެތް. ކޯޓަށް ލިބިގެން ނުވާ ހައިސިއްޔަތެއް ސިޔާސީ ޕާޓީއަކަށް ލިބިގެނެއް ނުވާނެ. އެހެންވީމާ މި ހާލަތުގައި މިކަން އޮތް އިރު މިއީ ނުރައްކާތެރި ކަމެއް، ނުރައްކާތެރި ބައެެއްގެ އަތްމައްޗަށް މިއޮތީ ފިޔަވަޅު އެޅުމަށްޓަކައި ފުރުސަތު ދެވިފައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ވަހީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ޝަރުތު ނުގެއްލޭހާ ހިނދަކު ވެސް އެ މެމްބަރެއްގެ މަގާމެއް ނުގެއްލޭނެ އެވެ.

"މިއީ ޚާއްސަ ގޮތެއްގައި ޕީޕީއެމް މިހާރު ހިންގަމުން ގެންދާ މީހުންގެ އަތްމައްޗަށް ދޫކޮށްލަން ހެޔޮވާވަރުގެ ހުކުމެއް ނޫން. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މި ހުކުމް އަވަހަށް ރިވިއު ކޮށްދެއްވައި، މި މައްސަލަ މިރެއިން މިރެއަށް، ދަންވަރު ވިޔަސް މިރޭ ފަތިހު ކަމުގައިވީ ނަމަވެސް، މި އަނިޔާވެރި އަމަލު އެބައިމީހުން ހިންގުމުގެ ކުރިން [ހުކުމް] ރިވިއު ކޮށްދެއްވާށޭ،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވަނީ ޕީޕީއެމުން މީގެ ކުރިން ވަކިކޮށްފައިވާ، މަޖިލީހުގެ ބައެއް މެމްބަރުން ވަކިކުރި މައްސަލަ އަލުން ބެލުމަށް އެ ޕާޓީން ނިންމާފައިވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެއީ ޕީޕީއެމުން މީހަކު ވަކިކޮށް، އެ މީހަކު އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން، އެ ޕާޓީން އަމިއްލަ އަށް އިސް ނަގައިގެން ކުރާ ކަމަކަށް ވާތީ އެކަމަށް އޭނާ ފާޑުވިދާޅުވި އެވެ.

"މެމްބަރަކު [ޕީޕީއެމުން] ވަކިވެއްޖެ. ދެން ކިހިނެއްތޯ އެ މީހާ އަލުން [ޕާޓީއަށް] ނުވަދެ، އެ މީހާގެ ސޮއި ނެތި، އެ މީހާގެ ފިންގަޕްރިންޓް ނެތި އަލުން ރިވިއުކުރާ އެއްޗަކުން ޕީޕީއެމްގެ މެމްބަރަކަށް ހެދޭނެ ގޮތެއް އެއްވެސް ގާނޫނަކުން ދައްކައިދީފައެއް ނެތް. ޚާއްސަ ގޮތެއްގައި ޕީޕީއެމްގެ ގަވައިދު ވެސް ދައްކައިދީފައެއް ނެތް. ވަކިވެފައި ހުރި މެމްބަރަކު އަލުން ވައްދަންޖެހޭ ކަމަށް ވަންޏާ ޖެހޭނީ ފޯމެއް ފުރައިގެން، އެ މީހާގެ ސޮއި އަދި އެކަމަށް ހެކިވި ބަޔަކާ އެކީގައި އެ މީހާގެ ފިންގަޕްރިންޓް ވެސް ދެ ފަހަރަށް އޭގައި [ފޯމުގައި] ޖައްސައިގެން ޕާޓީ އަށް ވެއްދޭނީ. ޕާޓީގެ މެމްބަރަކަށް ނުވާ މީހަކު ރިވިއު ކޮށްގެން ކޮން ފިޔަވަޅެއް އަޅަންތޯ މިއުޅެނީ. މިހާ އަނިޔާވެރިކޮށް މި ގެންދަނީ،" ވަހީދު ވިދާޅުވި އެވެ.

ވަކީލު ހިސާން ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ދަށުން، މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް އެހާ ބޮޑަށް ސާފެއް ނޫން ކަމަށެވެ. އެ މެމްބަރުން މަޖިލިހަށް އިންތިޚާބުވިއިރު ތިއްބެވި ސިޔާސީ ފިކުރަށް އަނބުރާ ރުޖޫއަ ވުމުން ގޮނޑި ގެއްލިދާނެތޯ އާއި މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މުރާޖައާ ނުކޮށް ރައްޔިތުންގެ މަޖިލިހަށް އެންގިދާނެތޯ ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވި އަދި އަދި ކަނޑާލި މެމްބަރުން.

"މެމްބަރަކު ވަކިވީ ކަމަށް ޕާޓީއަކުން ކަނޑައަޅާފައި އޮންނަ ހާލަތުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނައިރު، އެ އިސްތިއުނާފީ މަރުހަލާތައް އެއްކޮށް ނިމިގެން ނުދަނީސް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް އެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެންގިދާނެތޯ؟ މިއީ ހައްތަހާ ވެސް އަޅުގަނޑުމެން ސާފުކުރަން ހުރި ކަންތައްތައް. އަދި އެއާ ގުޅޭ ގޮތުން އަޅުގަނޑުމެން ނިންމުންތަކެއް ނިންމަން ހުރި ކަންތައްތަކެއް،" ހިސާން ވިދާޅުވި އެވެ.

"އަދި ހަމަ ކުއްލިއަކަށް ސިޔާސީ ޕާޓީއަކުން ނުކުމެ މަޖިލިސް މެމްބަރެއްގެ ގޮނޑިއެއް ގެއްލުނީއޭ ބުނީމާ، ވަގުތުން އެ މަޖިލިސް މެމްބަރެއްގެ ގޮނޑި ގެއްލުނީކީ ނޫން. ވަރަށް ބޮޑެތި ފުށުއެރުންތަކަކާއި އަދި އަޅުގަނޑުމެން ނިންމަންޖެހޭ ނިންމުންތަކެއް މީގައި އެބަހުރި."

ހިސާން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން ކުރިން އަމަލުކުރަމުން އައި އުސޫލަށް އިތުރު މަރުހަލާތަކެއް ނުލައި ކުރިއަށް ގެންދެވިދާނެ ކަމަކަށް އަށް ގަބޫލެއް ނުކުރެއްވެ އެވެ.

ވަހީދު ވިދާޅުވީ އެބޭފުޅުން ފުރަތަމަ އިންތިޒާރު ކުރައްވާނީ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން އަމިއްލަ އަށް މުރާޖައާ ކުރާނެ ވަގުތަކަށެވެ. އަދި އެ ކޯޓުން އެކަން ނުކޮށްފި ނަމަ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ވަކީލުންގެ ފަރާތުން އެ ހުކުމް މުރާޖައާ ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

61 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދދ

16 July 2017

ހުކުމް މުރާޖާ ކޮށްދިނުމަށްއެދި މަގުމަތީގައި ގޮވާ ހަޅޭލަވާކަށެއް ނޯވޭ، ހުކުމް މުރާޖާކުރަން ލިއުމުން ސުޕްރިމް ކޯޓަށް ހުށަހަޅަން މިއޮންނަނީ!

The name is already taken The name is available. Register?

އަލީޝާކިރު

16 July 2017

މަހީކުރީ ކޮވެލިޝަން ހަދައިގެން ނިކުތީމަ ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދައްކާނެ ކަމައް ނަމަވެސް ވަހީދުވެސް ހަމަގޮވަނީ މޮޔަ ސަރުކާރާގުޅިގެން ގައުމު ތަރައްގީ ކޮއްބަލަ އިބުރާހިމް ނާސިރެއް ކަމަކުނުދިޔަ މައުމޫނެއް ކަމަކު ނުދިޔަ ނަޝީދެއް ކަމަކު ނުދިޔަ ވަހީދެއް ކަމަކު ނުދިޔަ ޔާމީނެއް ކަމަކު ނުދިޔަ ދެން ރައްޔިތުން ވިސްނަންވެއްޖެ މިހާރު 70 އަހަރުވަނީ ކަމުދާ ވެރިޔަކު ނުލިބުން މީބައްޔެއްނޫން ސަރުކާރާގުޅިގެން ކަންކަން ވާނީ ތިޔަހެން އަބަދާ އަބަދު މީހުންގެ މަސްކައިކައި ތިބެގެން ކަމަކު ނުދާނެ ހދ އަތޮޅުގެ ތަރައްގީ އެބަފެނޭ ވެފަހުރި ވައުދުތައް 5 އަހަރު ތެރޭ ނިންމާނެ މަޖިލިސް ނެތަސް އެއީ ޔާމިނަކީ ހިތްވަރުހުރި ބޭފުޅެއް އެބޭފުޅާޔައް ޓަކާ މަގޭޖާނާ މާލުވެސް ދީފާނަން މަރުހަބާ ޔާމީން މެޑަމް ފާތުން

The name is already taken The name is available. Register?

އުމަރު

16 July 2017

ރިވިއުކުރުމަކަށްނޫންގޮވާލަންވީ އެހުކުމް ބާތިލްކުރުމަށް ގޮވާލަންވީ، އަދި ތިޔަ މައްސަލަ އެދާއިރާއެއްގެ ރައްޔިތުންނާއި އަދި މެންބަރުން އެބަޖެހޭ ސްޕްރިއަމް ކޯޓަށް ވައްދަން

The name is already taken The name is available. Register?

މުރާ

16 July 2017

ސުޕްރީމް ކޯޓުން މުރާޖައާ ކުރާނެކަމަށް ތިބުމަކީ ވޭސްޓް އޮފް ޓައިމް.

The name is already taken The name is available. Register?

ާގަދަ ބާރު

16 July 2017

ތިޔަ ބާތިލު ގާނޫނުތައް ބަހައްޓާފަ މި ވަބާއިން އަހަރެމެން ސަލާމަތްވާ ދހުވަސް އިރާދަކުރެއްވިއްޔާ މާ ދުރަކު ނެތް. ޔާމމީނަށް ވަރަށް ސަލާމް

The name is already taken The name is available. Register?

ދިސްއިޒްއިޓް

16 July 2017

ސްޕްރީމް ކޯޓުގެ ހުކުމް ރިވިއު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ވަރަށް ސާފުކޮށް ބަޔާން ކޮށްދެއެވެ. އެހެން ކަމަށްވާނަމަ ސްޕްރީމް ކޯޓުގެ ހުކުމް ރިވިއު ނުކުރެވޭނެއެވެ. ރިވިއު ގެ މާނައަކީ އިތުރަށް ބެލުން. އިތުރަށް އެހުކުމަށް ބަލާނެ ވަރަކަށް އިދިކޮޅު ފަރާތް ތަކުން ބަލާ އެހުކުމް ހިތުދަސް ކުރަންވީއެވެ. އެއީ ސްޕްރީމް ކޯޓުން ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އެއީ އިދިކޮޅު ސިޔާސީ ފަރާތް ތަކުން ނާއި ހުރިހާ އެމްޕީން ކުރަން ޖެހޭނެ ކަމެކެވެ. ދިސް އިޒް އިޓް.

The name is already taken The name is available. Register?

އަލީ

16 July 2017

ގާނޫނަށް ބަލާތަންތާ ނޫންތޯ ތިޔަގޮތަށް ކަންކަން ހިގާނީ!

The name is already taken The name is available. Register?

ބޫ

16 July 2017

ހައް. ތިހެން ތިޔަމީހުން ކިޔަކިޔާ ތިއްބާ އެޙުކުމް ނެރުނީވެސް. ދެން އަދި އަމުދުން އެ ބަދަލުކުރާނެތަ؟

The name is already taken The name is available. Register?

ރޯނު އެދުރު

16 July 2017

ހުކުމް ގައި ވަރަށް ސޮރީހަ ބަހުން ބުނެފައި ވަނީ މި ހުކުމް ހިގާނީ މީގެ ފަހުން ޕާޓީ އިން ވަކިވާ މީހުންގެ މައްޗަށް ކަމަށެވެ. މާނައަކީ މީގެ ކުރިން ޕާޓީ އިން ވަކި ކޮށްފައި ތިބި މެމްބަރުން ނާއި އަދި އިސްތިއުފާ ދީފައި ތިބި މެމްބަރުން ޕާޓީ ގެ މައްޗަށް މިހުކުމުގެ ހުކޫމަތެއް ނުހިގާނެއެވެ.ޕާޓީ އިން ވަކިވާން އެދުނު މީހުން ވަކި ކޮށް ނުދީ ތިބުމަކީ އެމެމްބަރުންގެ މައްޗަށް މި ހުކުމް ހިގާނެ ސަބަބެއް ނޫނެވެ.މި ހުކުމުގެ ކުރިން މެމްބަރުން ވަކި ކުރުމުގެ ޕްރެސީޖާ އަކީ މެމްބަރަކު ޕާޓީ އިން ވަކިވަާން އެދި ސިޓީ ފޮނުވާފިނަމަ ޕާޓީ އިން ވަކިވީ އެވެ.އިތުރު ސުވާލެއް އޮތް ކަމެއް ނޫނެވެ.މި މައްސަލަ މިނޫން ގޮތަކަށް ޕާަޓީ އިން އަމަލު ކޮށްފިނަމަ ސުޕްރީމް ކޯޓުން އަލުން ހުކުމް މާނަ ކުރަން ޖެހޭނެ އެވެ.

The name is already taken The name is available. Register?

ސިމްޕެލް

16 July 2017

ވާނެ. ސަބަބަކީ ޕީޕީއެމް އިން ވަކިވާން އެދިފައިވާ އެއްވެސް މެމްބަރަކު ނެތް އެމެން ޕާރޓީން ވަކިވާން ސިޓީ ފޮނުވި ނަމަވެސް ވަކި ކޮށްފައި. އެގްޒާމްޕަލް. މީހަކު ވަޒީފާ އަދާ ކުރަމުން އަންނަ ތަނަކުން ވަކިވާން ސިޓީ ލި ނަމަވެސް އޭނާ ވަކިވި ކަމަށް ބެލެވޭނީ އޭނާ ވަޒީފާ އަދާ ކުރަމުން އައި ތަނުން އޭނާ ވަޒީފާއިން ކަނޑާލުމުން ނުވަތަ ވަކި ކޮށްލުމުންނެވެ. ހަމަ އެއްގޮތް ތަކެއް އެޕްލައި ކުރެވޭނީ މިދެ ސިނާރިއޯ އަށް ވެސް. ސިމްޕެލް އީކްއޭޝަން..

The name is already taken The name is available. Register?

ވާނެގޮތް

16 July 2017

ތީތި އަދި ރިވިޔު ވެސް ކުރާނެއެވެ.މީގެ ފަހުން ދެން ސުޕްރީމް ކޯޓުން ތި ކަހަލަ ހުކުމެއް ވެސް ނުކުރާނެއެވެ..ވައްﷲ އަޢުޒަމު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454