ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު: 10 ދުވަސް ވަންދެން އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އޭނާ ދޫކޮށްލީ އިއްޔެ.
16 ޖުލައި 2017 - 14:50
މި މަހުގެ ހަ ވަނަ ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުގައި މަސައްކަތުގައި އިންވަނިކޮށް އަނބުރައިގަނެގެން، ކުއްލި ހާލަތުގައި އަލީ ހަމީދު އައިޖީއެމްއެޗަށް ގެންގޮސް ބެލިއިރު ލޭގެ ޕްރެޝަރު ހުރީ ވަރަށް މަތީގަ އެވެ. އޭނާގެ ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވުމުގެ އިތުރުން އޮކްސިޖަން ދަށްވުމުގެ މައްސަލައެއް ވެސް ކުރިމަތިވި އެވެ.
އަލީ ހަމީދަށް 10 ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލިއިރު، އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދިއެއް ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް
17 July 2017
މުއައްސަސާގެ ހައްގުގައި އިސްތިޢުފާދޭން ދަންނަވަން
ރަބަރޭ
16 July 2017
އަލީ ހަމީދު ބަލިވީ ތިޔަ ޖަހާ ސަކަރާތުގަ ބައިވެރި ނުވާން ވެގެން ހެން ހީވަނީ.
ބަލްކު އެންޑް ބަލަކް
16 July 2017
ވަރަށް އުފާވެއްޖެ. އެކަމަކު ކުރިޔަށް އޮތްތަނުގާ ބަސްއަހައިގެން އުޅުމަށް ނަސޭހަތްތެރިވަން.
MOU ޕްރައިވެޓް ލިމިޓެޑު
16 July 2017
މަރުހަބާ! އަލީ ހަމީދު
އުމަރު
16 July 2017
ދެން މިޤައުމު ސަލާމަތްކޮށްދެވެން އޮތީ އަލީހަމީދު އަށާއި ކުރީގެ ކުރިމިނަލް ކޯޓުގެ ބާރީއަށް، އަލީހަމީދު އެބަޖެހޭ މިހާރު ޤައުމައްޓަކައި އަދި ރައްޔިތުންނައްޓަކައި މިޤައުމު ސަލާމަތްކޮށްދޭން، އެކަން ކުރެވޭނެ، އަދި ފާޅުގައި ނުވަތަ ސިއްރުގައިނަމަވެސް މިހާރު ޖުޑިޝަރީގައި އެކުޅޭ ކުޅިގަނޑު ހުއްޓުމަކަށް ގެންނަންޖެހޭ، އަލީހަމީދު އަށާއި ބާރީއަށް މިހާރު ވިސްނެންވާނެ ރައީސް ޔާމީނު ވިދާޅުވާހާ ގޮތެއް ހަދައިގެން އަދި އެމީހުންނަކަށްވެސް ސަލާމަތެއް ނެއްކަން، އެހެންކަމުން ސާބިތުކަމާއި އެކުގައި ތައުބާވެ ރައްޔިތުންގެ ކޮޅުނަގާށެވެ. ހަމަ ގައިމުވެސް އިދިކޮޅު ބަޔަކު މީހެ ކުރިން އަލީހަމީދުއަށް އިހާނެތިކޮށް ހިތިޔަސް މިހާރު އެމީހުންނަށް އިހްސާސްވާނެ އަލީހަމީދު ނެތި ދެން ސްޕްރިއަމް ކޯޓުގައި ހިނގާނެ ކަންކަން މާސީރިއަސްވާނެކަން، އެހެންކަމުން އަލީހަމީދު މިކަމާއި ދޭތެރޭގައި ވިސްނެވުން މުހިންމު
Alifu
16 July 2017
ބަލަ ބާރީ އުޅެނީ ކްރިމިނަލް ކޯޓަކު ނޫނޭ. !