ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރަކު ބެލެނިވެރިޔާއެކު ސްކޫލަށް އަންނަނީ: އެ ސްކޫލު މިހާރު ހިންގަމުން އަންނަނީ އައިލެންޑާސް އެޑިއުކޭޝަނުން.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ޖުލައި 2017 - 14:21
އީޕީއެސް ސްކޫލު ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ކުރިމަތިލާފައިވަނީ ތިން ފަރާތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބިލަންބޮންގް އިންޓަނޭޝަނަލް ހައި ސްކޫލަށް އެ އިމާރާތް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވާތީ، މިނިސްްޓްރީން ވަނީ އެތަނުގައި ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ކުރިން ވެސް އިއުލާނުކޮށްފަ އެވެ. ނަމަވެސް އެފަހަރު ތިން ފަރާތަކުން ކުރިމަތިލާފައި ވަނިކޮށް އިއުލާނު ބާތިލްކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިން ފުރުސަތުގައި ވެސް ތިން ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަހަރު އިއުލާނާ ގުޅިގެން ހަ ފަރާތަކުން ބިޑް ފޮތް ގަތް ކަމަށެެވެ. ނަމަވެސް މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ ތިން ފަރާތަކުންނެވެ. ނަމަވެސް ކުރިމަތިލި ފަރާތްތަކުން ނަންތަކެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އައިލެންޑާސް ނޫން ބަޔަކު ސްކޫލު ހިންގަން ހަވާލުވި ނަމަވެސް މިހާރު ބިލަބޮންގް ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް
11 August 2017
ޢަރަބިއްޔާ އަށް ހެދި ގޮތަށް ތި ތަނުގައި ދެން ފުލެޓު އަޅާ. ކުދިންގެ މުސްތަޤްބަލް ﷲ އާއި ވަކީލު.
ޕޭރަންޓެއް ގްރޭޑް 7
23 July 2017
ބޯ ހަލާކު. މި ސްކޫލް ނެތިގޮއްސިއްޔާ އަނެއްކާ ދަރިންކޮޅު ގޮވައިގެން ގައުމުން ބޭރައް އަނެއްފަހަރު ދާންވީ. މީ ދެން ކޮން ތަރަގީއެއްތަ؟ ސަލާމަތެއް ނެއް ކަމެއް މީ.
ޕޭރެންޓް
23 July 2017
ބިލަބޮންގް އާ މެޕްސް އާ އަޅާކިޔޭނީވެސް ކިހިނެތް؟ މަގޭ ދަރި ބަހައްޓާކަށް ބޭނުމެއް ނޫން ބިލަބޮންގ ނޫން ސްކޫލެއް އެތާ ހިންގަންޏާ.
..
23 July 2017
ރަނގަޅަށް ހިނގަ ހިނގާ ހުންނަ ތަންތަން މިހެން އަތުލަން އުޅުމުގެ ބޭނުމެއް ކޮބާ؟ މިހާރުވެސް ޖާގައެއް ލިބެނީ އެހާވަރުން. ކުދިންނަށް ވާނެގޮތް ވިސްނާލައްޗޭ.
މަރީ
23 July 2017
މިހާރުވެސް މިއުޅެނީ ދަރިފުޅު ވައްދަން އެތަނުން ޖާގައެއް ލިބޭތޯ. ދެން އަނެއްކާ އެއް އަހަރު ކިޔަވާފަވީ ސްކޫލް ބަދަލުކުރަންތަ؟ ބޯހަލާކު.
މޫސަ
23 July 2017
އެޑިޔުކޭޝަނުން ސްކޫލް ހިންގަންވެސް ދެނީ ދެއިރު ދެ ދަޅައަށް ހެދުން ބަދަލުކުރާހެން ދޯ
ބެލެނިވެރިއެެއް
23 July 2017
ބިލަބޮންގް ނޫން އެހެން ބަޔަކަށް ލިބިގެން ދަރިވަރުންނަށް ގެއްލުމެއް ނުވާނެ ގޮތެއް ނުވިސްނޭ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން މިކަމާ ވަރަށް ކަންބޮޑުވޭ. ޢެ ސްކޫލްގައި ކިޔަވާދޭ ކިޔަވާދޭ ކަރިކިއުލަމްއަކީ ވަކި ގޮތަކަށް ބަހާލެވިގެން ކިޔަވާދޭ ކަރިކިއުލަމްއެެއް. މެޕްސް ނޫނީ އަހްމަދިއްޔާއިން އެތަނާ ހަވާލުވެގެން މިހާރު ތިބި ދަރިވަރުންނަށް ވާނީ ކިހިނެތް؟ މިކަމާމެދު އެޑިޔުކޭޝަން މިނިސްޓްރީއިން ވިސްނާލުން މުޙިއްމު.
ކިހާދު
23 July 2017
ބިލަނގްގެ ކަރިކިޔުލަމް ވަރަށް ސަޅި. ހަމަ ބިލަބޮނގް އަށް ދޭން ފެންނަނީ ހަމަ.
ޭެބެލެނިވެރިއެއް - ގްރޭޑު 5
23 July 2017
ކެންގަރޫކިޑްސް އަދި ބިލަބޮންގްގެ ކަރިކިއުލަމް ގެއްލިގެން ދިޔުމަކީ މިސްކޫލުގައި ކިޔަވަމުންދާ ކުދިންނަށް ލިބިގެންދާނެ ފޫނުބެދޭ ގެއްލުމަކަށް ވާނެ. ޢަޑުއިވިފައިވާ ގޮތުގައި މެޕްސް ކޮލެޖުން މިކަމާ ކުރިމަތި މިލީ ރޭގަނޑުގަޑީގައި ސާޓިފިކެޓާ ޑިޕްލޯމާ ޕްރޮގުރާމު ހިންގުމުގެ މައިގަނޑު މަގުސަދުގައި. ސްކޫލެއްހިންގުމަކަށް މާބޮޑަށްވިސްނުމެއްހުރެގެނެއްނޫން. ޥީމާ ގުރޭޑު ތަކުގައިއުޅޭކުދިންނަށް ވަރަށް ބިރުބޮޑު. މިނިސްޓްރީއިން ތިހެންވިދާޅުވިއަސް މިކަމާ ފުންކޮށް ވިސްނާލީމައި ތިޔަވިދާޅުވާހާ ގޮތަކަށް މިކަމެއް ނުވާނެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.
އެބުނާހެން
23 July 2017
އެބުނާހެން.. ކުޑަވެސް ގެއލުމެއ ނުވޭތާ،..... ފަރީދިއްޔާ ހުރި އިމާރާތުގަ ލާލޭގައި ކިޔަވަމުން ދިޔަ ކުދިން ނަށް ވެސް ގެއްލުމެއް ނުވެޔޯ.... އެތަންވުރެ ޣާޒީ އާ ރެހެންދި ވެސް މިހާރު ރަނގަޅު... ހެސްކިޔާފަ އެތާ ތިބި ކުދިން ކެނޑެން ފެށީމަ މިހާރު ކުދިން ކަނޑާވެސް ނުދޭ... އާދޭސް ކުރަނީ އިހަށް ނުކެނޑޭށޭ... އެބަ ރަނގަޅުކުރަމޭ.....