އިލްހާމް ޕީޕީއެމްގެ ހަފުލާއެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ މަޖިލިހުގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް އިން ވަނީ ނިންމާފައި.---މިހާރު ފައިލް ފޮޓޯ
29 ޖުލައި 2017 - 15:44
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ މެދު ގޮތެއް ކަނޑައަޅައިދޭން އޭގެ ތެރެއިން ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ލަސްވާ ކޮންމެ ދުވަހަކީ އަދި ކޮންމެ ވަގުތަކީ ވެސް ކޮންމެވެސް ބަޔަކު ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އަރައިގަންނަ ވަގުތެއް ކަމަށް ވިދާޅުވެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިލްހާމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އެ މައްސަލާގައި އެހެން މެމްބަރުންތަކެއް ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ގޮތެއް ނިންމުން ލަސްވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"[މައްސަލަ] ލަސްވަމުންދާ ކޮންމެ ވަގުތަކީ ކުށެއް ނެތް ބަޔަކަށް އަނިޔާ ލިބޭ ވަގުތެއް. އަދި ގާނޫނުތަކަށް އަރައިގަންނަން ފުރުސަތު ލިބިގެންދާ ވަގުތުތަކެއް. ނަތީޖާ އަކީ ގާނޫނު އަރާ ހަމަކުރާއިރު، އަޅާލާނެ މީހަކު ނެތުން. ކުށެއް ނެތް މައުސޫމް މީހުން ޝިކާރަ އަކަށް ވެގެން ދިއުން،" ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ޕީޕީއެމްގައި ހުންނަވައި ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިލްހާމް ވިދާޅުވި އެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ކޯޓުން ނިންމި ނިންމުމަށް ރިއާޔަތްކޮށް، ޕީޕީއެމުން ހަ މެމްބަރަކު ވަކިކޮށްފައިވާތީ އެ މެމްބަރުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެއީ އިލްހާމްގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އެވެ. އިލެކްޝަންސްގެ ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އޭގެ ތެރެއިން ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް އެވެ.
އެ ތިން މެމްބަރުން ވެސް މިހާރު ވަނީ ޖަލަށް ލައި 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ. އެއީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަަށް އިލެކްޝަންސް އިން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ އިދާރާ އަށް އެ ބޭފުޅުން ވަދެވަޑައިގެންފައިވާތީ އެވެ.
އަމީތުގެ ވަކީލު އަލީ ޒާހިރު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް މެމްބަރުން ހައްޔަރުކުރުމަކީ، ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މި މަހުގެ 20 ގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ވަނީ މި މަހުގެ 24 ގައި ބަލައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދޯ
30 July 2017
އިލްހާމްމެން ޕާޓީ ބަދަލު ކުރުމަކީވެސް ދެރަކަމެއް... ހޮވުނު ޕާޓީގައި ތިބި ގޮތަށް ތިބިނަމަ މިއަދު ތިހާސާރު ގަނޑުގެ ތެރޭގައި އުޅެން ނުޖެހުނީސް
ކަޅުސޮރު
30 July 2017
ކެތްމަދުވާނެ ކަމެއްނެތް .ތިތިބީ ގޮނޑިގެއްލިފަ. ދެން ލަލަލާ.
ޖާރަތު
29 July 2017
މައްސަލަ ކާމިޔާބުވާފަރާތަށް އަބަދުވެސް ފަނޑިޔާރުން އިންސާފުކަމަށްވާނެ.
ނަޑެއްލާ
29 July 2017
ސްޕްރިމް ކޯޓުން ނިންމާނީ އެވެރިންގެ ގޮނޑި ގެއްލިއްޖެ ކަމަށް ލަފާ ކުރެވެނީ. މި ގޮތައް ސްޕްރިމް ކޯޓުން އަމަޅު ކޮއްފި ނަމަ ދެން މެންބަރުން ގެ ގޮނޑި ތައް އަބަދުވެސް ތިބޭނީ ގެއްލި ގެއްލި. 2018 ގެ ފަހުންވެސް ދެން ތި މަޖުޅިހެއް ހަމައަކަށް ނޭލޭނެ ކަން ޔަޤީން. އަބަދުވެސް ޖެހޭނީ ބައި އިލެކްޝަން ބާއްވާހާ.
ނަސީމް
29 July 2017
ސުޕްރީމް ކޯޓް އެއޮތީ ތަޅުއަޅުވާފަ.
ގެދާނޯމޮސް
29 July 2017
ތިމައްސަލައިގެ ޙުމުން އަންނާނެ ގޮތް ތިބޭފުޅާ ގެ ދެޕާޓީގެ ސްލޫކީކޮމިޓީގެ ލިޔުންތަކުން މިހާރުވެސް ސާފުވާން އޮންނާނެ އެވެ. އެއްވެސް ރައްޔިތަކަށް ނަހައްގުން ކަމެއް ސްޕްރީމްކޯޓުން ނުނިންމާނެއެވެ. - ޔާމީން 2018 -
އަބްދުއްލާ
29 July 2017
އިންސާފުން ބަލައިފިނަމަ ގޮނޑި ނުގެއްލޭނެ ކަން ކަށަވަރު
އިލްހަަާމް
29 July 2017
މަގޭ މައްސަލަ ކިތައް ދުވަސް މިހާރު 8 އަހަރު