ޚަބަރު / މެމްބަރު އިބްރާހިމް ޝަރީފް (މަރަދޫ)

މަޖިލިސް ހުޅުވުމުން ނޫނީ އިދިކޮޅު ހަރަކާތްތަކެއް ނުހުއްޓޭނެ: އައްޑޫ ޝަރީފް

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާ ޝަރީފް: އިދިކޮޅު ފަރާތްތަކުން ކުރަމުންދަނީ ރައްޔިތުން ހަވާލުކުރީ މަސައްކަތް ކަމަށް ވިދާޅުވި ---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް އަލުން ފަށަންދެން، އިދިކޮޅު ހަރަކާތްތައް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ ޝަރީފު ވިދާޅުވީ އިދިކޮޅު ހަރަކާތްތައް އަދިވެސް އަންނަނީ ފުޅާވަމުން ކަމަށާއި މަޖިލީހުގެ މަސައްކަތް އަލުން ފެށުމުން ނޫނީ އެ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނެއް ކަމަށާއި އެތަން ހިމާޔަތް ކުރަން ރައްޔިތުން ތެދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިކުރާ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި މަސައްކަތް ކަމަށް ވާތީ އެކަމަށްޓަކައި ކުރާ އިހްތިޖާޖެއް. މި އިހްތިޖާޖް ހުއްޓެން އޮތީ ރައްޔިތުން އެދޭ ގޮތެއްގެ މަތިން ރައްޔިތުންގެ ގޭގެ މަަސައްކަތް ފެށިގެން،" އައްޑޫ ޝަރީފް ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު، ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެންމެ ފަހުން މަޖިލިހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ މަހުގެ 31 ގަ އެވެ. މަޖިލިހުގައި ތިއްބަވާ އިދިކޮޅު މެމްބަރުންގެ ފިކުރާ ދެކޮޅަށް، ސިފައިންގެ އެހީތެރިކަމާ އެކު ބޭއްވި އެ ޖަލްސާ އަށް ފަހު އަނެއްކާވެސް ޖަލްސާތައް އެ ދުވަހުން ފެށިގެން މެދުކަނޑާލީ މަޖިލިހުގެ އިދާރާގެ ފާޚާނާއެއްގައި ހުރި ޓިޝޫ އަޅާ އެއްޗެއްގައި ރޯވުމުންނެވެ.

މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އަލިފާނުގެ ހާދިސާ އަށް ފަހު އާއްމު ހާލަތަކަށް ކަންކަން ގެނައުމަށާއި ކަމާ ގުޅޭ ގޮތުން އިތުރު ފިޔަވަޅުތައް އަޅަން ވަގުތު ބޭނުންވާތީ ޖަލްސާ ނުބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ޖަލްސާއެއް ދެން އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ވެސް އެ މެސެޖުގައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސްޓެލްކޯއާ ހަވާލާދީ ޕީއެސްއެމްގައި ވިދާޅުވެފައި ވަނީ އަލިފާން ރޯވީ ކަރަންޓުގެ މައްސަލަ އަކުން ނޫން ކަމަށެވެ.

"ސުވާލު އުފެދޭ ގޮތަކަށް ރޯވެފައި ހުރީ،" މޫސަ ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން މި މައްސަލާގައި ބުނަނީ އެއީ ގަސްދުކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެއީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ޖެހި މަޅިއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ސިފައިން 24 ގަޑިއިރު ބަލަހައްޓަމުން ގެންދާ މަޖިލިހުގެ އިދާރާގެ ފާޚާނާއެއްގައި ރޯވި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް އެެއްވެސް މައުލޫމާތެއް ސިފައިންނާއި ފުލުހުން ހާމައެއް ނުކުރެ އެވެ.

އައްޑޫ ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކެވެ. އަދި ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ވަކި މީހަކު ސަލާމަތް ކުރަން ނޫން ކަމަށާއި ބޭނުންވަނީ ކޮންމެ ތަހުގީގަކީ ވެސް އަދި ކޮންމެ ޝަރީއަތަކީ ވެސް ގާނޫނާ އެއްގޮތަށް ކުރެވޭނެ ކަމެއް ކަން ކަށަވަރު ކުރަން ކަމަށް އައްޑޫ ޝަރީފް ވިދާޅުވި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި އަބްދުﷲ މަސީހު ހުންނަވައިގެން އެއްވެސް ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކުން ނުދޭނެ ކަމަށާއި އެއީ މަޖިލީހުގެ ރައީސް ނޫން ކަމަށް ނިޒާރު ތަކުރާރުކޮށް ވިދާޅުވި އެވެ.

"މަސީހު ރައީސް ކަމަށް ގެނައުމަށް ލިބިލެއްވީ 43 ވޯޓު. އަޅުގަނޑުމެން ބޭފުޅާގެ އިތުބާރު ނެތް ކަމަށް 45 ސޮޔާ އެކު ހުށަހެޅީ. އެއީ ރައީސަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ. މުޅި ދުނިޔެ ވެސް ދިވެހި ރައްޔިތުން ވެސް ގަބޫލު ކުރޭ އެކަން." ނިޒާރު ވިދާޅުވި އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ސަރުކާރުން އުޅެނީ މެމްބަރުން ހައްޔަރު ކޮށްގެން ކަމަށާއި އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ. ގާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރަން ބޭނުން ނަމަ އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބުމުން އެކަން ބަލައިގަންނާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އިދިކޮޅު ޕާޓީތަކަށް އަޣުލަބިއްޔަތު ލިބުމާ ހަމައަށް އިދިކޮޅު ފަރާތްތަކުން މަޑުން ތިބީ އެހެން ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރު ތިބީ ނޫންތޯ ބަލަން. އެކަމަކު ނާޖާއިޒް ގޮތުގައި ކަންކަން ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެ ބޭފުޅުންނާ އެކު ތިބި މެމްބަރުން ވެސް އަޅުގަނޑުމެންނާ ގުޅުނީ. އެކަން ބަލައިގަންނަން ޖެހޭނެ. އަޅުގަނޑުމެންގެ މެމްބަރުން ޖަލަށްލުމަށް ފަހު، އަޅުގަނޑުމެންގެ މެމްބަރުން މަރާލުމަށް ފަހު މެޖޯރިޓީ ނެންގެވީމާ އެއީކީ ގަބޫލު ކުރެވޭޭނެ ކަމެއް ނޫން،" ނިޒާރު ވިދާޅުވި އެވެ.

އަންނަ އަހަރު ރާއްޖޭގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އެފަދަ އިންތިޚާބަކާ ކުރިމަތިލާން ސަރުކާރުން ބޭނުންނުވާނެ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ރައްޔިތުން ފުރުސަތު ދީފި ނަމަ އޭގެ ހިތާމަ ފަހުން ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންތިޚާބެއް ބޭއްވުމަކީ ދެފުށް ފެންނަ އެންމެންނަށް ބައިވެރިވޭނެ ގޮތަށް އިންތިޚާބެއް ބޭއްވުން. އަޅުގަނޑުމެންނަށް މިފެންނަނީ ކޮންމެ ދުވަހަކު ނާޖާއިޒް ގޮތުގައި އިންތިޚާބު ލިބިގަތުމަށް މަސައްކަތް ކުރާތަން. މި ފުރުސަތު ދީފި ނަމަ އަޅުގަނޑުމެން ފަހަތަށް ދާނެ ހިސާބެއް ވެސް ނޭނގޭނެ،" ނިޒާރު ވިދާޅުވި އެވެ.

މިރޭގެ އެއްވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ މަޖިލިސް ބަންދު ކޮށްގެން ކުރެވޭނެ ގާނޫނީ ވެރިކަމެއް ނޯންނާނެ ކަމަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އިދިކޮޅު ފަރާތްތަކަށް ކަން ފާހަގަ ކުރައްވައި، އަލީ ޒާހިރު ވިދާޅުވީ ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކަށް ކާމިޔާބީ ލިބި، މަޖިލީހުގެ ރައީސް ކަމަށް އާ ބޭފުޅަކު އިންތިޚާބު ކުރާނެ ކަމަށެވެ.

22 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓެރަރިސްޓް އަންނި

13 August 2017

ފޮޓޯގަ ފެންނަން އޭނީދޯ އެއްކަލަ އެމްޑީޕީން ބޭރު އަރުވާލި ޑީޑީ. މައުމޫނު އެހާވަރަކަށް ހެނި އެހެންވެ

The name is already taken The name is available. Register?

ކެކެކެ

13 August 2017

ސުބުހާނަﷲ! މަޖިލިސް އެއްގޮތަކަށްވެސް ހުޅުވައިގެން ނުވާނެ. ހަރަކާތް ހުއްޓިއްޖެއްޔާ ކިހާ ދެރަ. މަޖިލިސް ހުޅުވަންވާނީ ވަޅު ކޮނެ ސަންދޮއް ޖަހާ ކުންނާރު ފަތްވެސް ފުނޑާފަ.

The name is already taken The name is available. Register?

ވިލޭއަލި

12 August 2017

ތިޔަ މަޖްލިހަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ވިޔާނުދާ މުއައްސަސާ. ރާއްޖެއަށް ބޭނުން ބައެއް ނޫން. ރާއްޖޭގެ ހަލާކު.

The name is already taken The name is available. Register?

އުމަރު

12 August 2017

މަޖިލިސް މަޖިލިސް، ބަލަ ސަރުކާރުގެ ތެރޭގައި ހިނގާ އެހެނިހެން ކަންތަކުގެ ވާހަކަ ދައްކަބަލަ، ކޮރަޕްޝަނުގެ ވާހަކަ ދައްކަބަލަ،

The name is already taken The name is available. Register?

އާދޭސް

12 August 2017

މަޖިލިސް ބާއްވާނީ ޕީޕީ ބޭނުންވަ ދުވަކުން. އެއީ ހިތުހުރި ޤާނޫނެއް ފާސްކުރެވޭނެ ދުވަހަކުން. އެމީހުން މަޖީލީހުގައި ހުރިހާ ދިވެހިންނަކީ ހައްޤެއްލިބިގެންވާ ބައެއްނޫންކަމަށް ބިލެއްފާސްކުރިއަސް މަށެއްހައިރާނެއްނުވާނެ. މަސީހަކީ މިހާރު މަޖިލީހުގެ ރައީސެއްނޫން. އޭނާވެސް އެކަނަ ޤބޫލުކުރާނެ . މަޖިލީހުގައި ދުންމާރިފުމެނީ ގަދަބާރު ޕިޕި މިހުން ބޭނުންކޮށް އުޞޫލުން ބޭރުން ކަންކުރާތީ. ޤާނޫނު ނޭންގޭމީހުން ކޮމެންޓްކުރީމާ ވެއްޓެނީ އަގު.

The name is already taken The name is available. Register?

ފަޅުވެރިން

12 August 2017

ބޭފުޅާ ނިޒާރޫ، މަޖްލީހުގެ އަޣުލަބިއްޔަތު ތިމަންމެނަށް ލިބިއްޖެއޭ ތިޔަބުނަނީ އެއީ ކޮން އިރަކު ބޭއްވި ކޮން އިންތިޚާބަކުން އަޣުލަބިއްޔަތު ލިބުނު ވާހަކައެއްތޯއެވެ؟ އިންތިޚާބު ބޭއްވުނީ 2014 ވަނަ އަހަރުއެވެ. އެ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ދިނީ ހަނދާންވާ ގޮތުގައި ފަންސަވީސް ގޮނޑިއެވެ! ދެންތިބި އެންމެންނަކީ ޕީޕީއެމް ކޯލިޝަންގެ މެންބަރުންނެވެ. އެހެންވީމާ އެޢަދަދު ފަސްދޮޅަސް ވާނެތާއެވެ؟ މިއަދު ޖޭޕީގެ މެންބަރުންނޭ ކިޔައިގެން ގަދަދައްކާފައި ތިޔައުޅޭ ޢަބްދުﷲ ރިޔާޒުމެން އެންމެންނަކީ ޕީޕީއެމް ބުރިކަށި މަތީގައި، ރައީސް ޔާމީންގެ "ޔެސް" މެނިފެސްޓޯ ވިއްކައިގެން ހޮވުނު މެންބަރުންނެވެ! ޙަޤީޤަތުގައި ޖޭޕީ މެންބަރެކޭ ބުނެވޭނެ ހުންނާނީ އެންމެ މެންބަރެކެވެ. އެއީ ޤާސިމް އިބްރާހީމެވެ. ޖޭޕީ ވިއަސް ނުވިއަސް އޭނަ އަބަދުވެސް ހޮވޭނެއެވެ! މިބުނި ބަހުގެ ހެއްކަކީ، 2009 ގައިވެސް ޖޭޕީގެ ފަރާތުން ތިރީހަކަށް ސާޅީހަކަށް މީހުން މަޖްލީހަށް ކުރިމަތިލިއެވެ. ހޮވުނީ ޤާސިމް އެކަންޏެވެ!

The name is already taken The name is available. Register?

ޢަލީ

12 August 2017

މަޖިލިސްހުންނަނީ ހުޅުވާފަ. ޖަލްސާއެއް ނުބޭއްވޭނެތާ ތިޔަބައިމީހުން ބޭނުންވާ ގޮތަށް ކަންކަން ނުހިނގާހާދުވަހަކު، ބޭނުންވަނީ ޑިމޮކްރަސީ އުޅެންވަނީ ޚުދުމުޙުތާރުކޮށް. ހިންގަން ބޭނުންވަނީ ޤާނޫނު އަސާސީ، ހިންގަނީ ކަނޑުގެ ޤާނޫނު.

The name is already taken The name is available. Register?

ހުސޭނުބެ

12 August 2017

ރަގަނޅީ ތިމަޖްލިސް ދުވަހަކު ނެތިއްޔާ!! ކަލޭމެން މަޖްލިސްތެރެއަށްވަދެ އެޖައްސާ ވައްތަރު މިރާއްޖޭގައި ތިބި ކުދިބޮޑު މީހުން ބަލާކަށް ބޭނުމެއްނުވޭ!! އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިން އެބަހަލާކުވޭ!! އެއްވެސް އަޚްލާގެއް އަދަބެއް ސަދަބެއް ނޯވޭ ކަލޭމެންގެ ކިބައިގާ!! މިހެން އުޅޭ މީހުންނާ ދިމާލަށް އަޅުގަނޑުމެން ކުޑައިރު އަޅުގަނޑުމެންގެ މައިންބަފައިން ބުނާތީ އަޑުއަހަން ވަކަރުގޭ ކުދިންނޭ އެއީ!! އެއީ އެއްވެސް އުޅުމެއް އަޚްލާގެއް ލަދެއް ހަޔާތެއް ނެތި އަދި އަދަބެއް ސަދަބެއް ނެތި ބޮޑުވެފައި ތިބޭ މީހުނާ ދިމާލަށް ބުނެ އުޅޭ އެއްޗެއް!!! އެއީ މިހާރު ތިމަޖްލިސްތެރޭ ގިނަ މެމްބަރު އުޅޭ ގޮތަކީ!!

The name is already taken The name is available. Register?

ސަރީފާ

12 August 2017

ޝަރީފަކީ ގަނެލެވޭނެ މެމްބަރެއް. ދެކޮޅަށް ކިރޭ.

The name is already taken The name is available. Register?

އަލީ

12 August 2017

މަޖިލީސް ހުޅުވަނީ ކީއްކުރަން. އަހަރުން ބޭނުމެއްނޫން ކަލޭމެން ދުންމާރިފުމެން އެތަން ހުޅުވާކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454