ަނަދީމްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މަފާޒް: އޭނާ ދޫވެފައި ހުރި ސަބަބާ ގުޅޭ ގޮތުން އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.
13 އޯގަސްޓް 2017 - 11:33
މާލޭގެ ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ހަރައި، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހައްޔަރުކުރި މުހައްމަދު މަފާޒު، ގ. ޝާރާޒް، އަކީ ބޮޑު އެހެން މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަން ޖެހޭ މީހެކެވެ. އެކަމަކު އޭނާ "މިނިވަންވެގެން" އުޅުނު ގޮތާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ނަދީމްގެ މަރާ ގުޅިގެން މަފާޒް ހަޔަރުކުރުމުން އެ ސުވާލުގެ ސީރިއަސްކަން އަދި މާ ބޮޑެވެ.
ފުލުހުންގެ ރެކޯޑުތައް ދައްކާ ގޮތުން މަފާޒަކީ ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެކެކެވެ. ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި އިރު މޮނިކޮން އަމުރުގެ ދަށުން ޓެގު ވެސް އެޅުވި އެވެ. ޝަރީއަތް ނިމެންދެން މަފާޒް ޖަލުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ، މޮނިކޮން އަމުރާ ހިލާފު ވެގެން އޭނާގެ މައްޗަށް އުފުލި ދައުވާގަ އެވެ.
އެހާ ނުރައްކާތެރި މީހަކު އާއްމުންގެ ތެރެއަށް ދޫވެފައި ހުރި ސަބަބާ ގުޅޭ ގޮތުން އާއްމުން ސުވާލު އުފައްދަމުން ދިޔައަސް ކަމާ ގުޅޭ މުއައްސަސާތަކުން އެކަމާ ބެހޭ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި ހޯމް މިނިސްޓްރީން ވެސް އެއްޗެކޭ ނުބުނެ އެވެ.
ނަދީމްގެ މަރުގެ މައްސަލާގައި މަފާޒް ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވަން ގެންދަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަފާޒް ދޫވި ގޮތާ ގުޅޭ ގޮތުން މިއަދުގެ ވަގުތެއްގައި މައުލޫމާތު އާއްމުކުރާނެ ކަމަށެވެ.
މަފާޒް ދޫވި މައްސަލާގައި ކަމާ ގުޅޭ އިދާރާތަކުން ޒިންމާ އުފުލަން ޖެހޭ ކަމަށް ބުނެ އާއްމުންގެ ފާޑިކިއުން ވަނީ ބޮޑުވެފަ އެވެ. މަރުގެ ތުހުމަތުގައި ހައްޔަރުކޮށް، މަފާޒްގެ ބަންދަށް ކޯޓުން ޖަހައިދިނީ 15 ދުވަހެވެ. އެކަމަކު ސިޔާސީ ބޭފުޅުންގެ ތަހުގީގުތަކުގައި ބައެއް ބޭފުޅުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ބައެއް ކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދުކޮށް، އަދި ބައެއް މީހުންނަށް ތަކުރާރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަމުން ދާތީ އާންމުންގެ ފާޑުކިއުން ބޮޑެވެ.
ހއ. ތަކަންދޫ ޒުވާނެއް ކަމަށްވާ ނަދީމަށް ދިން ހަމަލާއަށް ފަހު މަރުވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
15 August 2017
ހޯމްމިނިސްޓަރ ވެސް އަނގަހުޅުވާފަ ވާހަކަދައްކަން ލަދުގަންނަންޖެހޭ، ވަގުތުން އިސްތިއުފާދީ، ފުލުހުންގެ ވާހަކަދައްކަންވެސް ނުވާނެ، ކަރެކްޝަން އެއީ އެންގެވިގޮތަކަށް ކަންކުރާބައެއް، މިވަރުން ދެން ފުދިއްޖެ،
ނައިންޓީ
14 August 2017
ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ
ކޮސް
15 August 2017
ހެޔޮކޮށް
ދޮރު
14 August 2017
ނުކުންނަ ދޮރުފެނުމުން, ޕޕއމ ގައި ވަންނަ ދޮރު ފެނޭ ނުފެންނަނީ ނުކުންނަ ދޮރު.
ޭއެމީހާ
13 August 2017
ބަލަ ކޮށްޓަކަށް ލާފަ ދޮރުގައި ތަޅުނުލާ ހުންނަ އިރު ދޫންޔަށްވެސް ފިލެޔޭ.. އަޖައިބެއް އަޅެފަހެ ނުވާނެތަ
މަބުނާނީ.
13 August 2017
ހުއްޓުވޭނޭ. ނުހުއްޓުވަނީ އޭ.
އ
13 August 2017
ވަރަށް ޒިންމާ ކުޑަ ދޯހޮޅި ވީމަ ތިވަރު ވާނީ، ބޮލުގަ ރިއްސަނީ މިކަހަލަ ހަބަރު ކީމަ.
އުމަރު
13 August 2017
އެވާނީ އޭނާގެ މާސްޓާ އެންގީކަމަށް ދޫކޮށްލަން
ސޮބާހު
13 August 2017
ސިޔާސީ މީހުން ނުރައްކާވާނީ ތިކަހަލަ މީހުންނަށްވުރެ.......
ޙަސަން އަޙްމަދު
13 August 2017
މުޖްތަމައަށް ނުރައްކާތެރި ކުއްވެރިއެއްކަން އޭނަ އަލުން އެ ސާބިތުކޮށް ދިނީ. ނަދީމް މަރުވުމުގެ ޒިންމާ އުފުލަން ޖެހެނީ މި މުޖްރިމް ކަލޭގެ އެކަންޏެއް ނޫން. މިކަލޭގެ މުޖްތަމައަށް ދޫކޮށްފަ ބެހެއްޓި ބަޔަކު ވެސް ޖެހޭނެ ޒިންމާ ވާން.
ބަރާބަރު
14 August 2017
ސައްތައިން ސައްތަ ތެދު ވާކަހައެއް...
އުދުހޭ ތަރައްގީ
13 August 2017
އުދުހޭ ތަރައްގީގެ ޕޮލިސީ ދަށުން ހުރިހާ ގޭންގްތަކުގެ "ޒުވާނުން" ތިބޭނީ މިނިވަން ކަމާ އެކީ މަގުތަކަށް ދޫވެފަ. ސިޔާސީ ގޮތުން ސަރުކާރަށް ފާޑުކިޔާ މީހުން ޚާއްސަކޮށް މިފަދަ މަޖިލިސް މެމްބަރުންނަކީ ގައުމީ ސަލާމަތަށް ނުރައްކާ ޓެރަރިސްޓުން ކަމަށް ބަލާ ހިފާ ހައްޔަރު ކުރެވޭނެ. އަދި ޖަލަށް ވެސް ލެވޭނެ. ބޭރުން ދަރަންޏަށް ބޮޑެތި ޅޯނުނަގައިގެން "ޕްރްޖެކްޓް" ހިންގައިގެން އޭގެ "ނަފާ" ނެގުމަކީ ވަރަށް މުހިއްމު ކަމެއް.