މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުގައި.
22 އޯގަސްޓް 2017 - 08:55
މަޖިލިހުގެ ރައީސް މަސީހް މިއަދު ޖަލްސާ ކުރިއަށް ގެންދަވާއިރު، ރިޔާސަތުގެ ކުރިމަތީގައި ސިފައިން އެތުރިގެން.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލިހުގެ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖެއްސެވުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު ހަމަޖެއްސެވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ދާއިމީ ކޮމެޓީ އަށް ފޮނުވުން. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން އެ ބާވަތުގެ ކަންކަން ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީ އަށް ފޮނުވުމަށް މަޖިލިހުގައި ވޯޓު ނަގާކަށް ނުޖެހޭ. ދާއިމީ ކޮމެޓީ އަށް އެ މައްސަލައެއް ފޮނުވިކަން ރިޔާސަތުން އިއުލާން ކުރުމުން އެކަން ނިމޭނެ.
އިދިކޮޅު މެމްބަރުންނާއި ސަރުކާރުގެ މެމްބަރުން މިހާރު ތިއްބެވީ މަޖިލިހުގެ އިދާރާގެ ސައިކޮޓަރީގައި. އަދިވެސް މޫސަ އާއި މަހްލޫފު ގެންދަވަނީ ޒުވާބު ކުރައްވަމުން. މަހްލޫފު ފޭސްބުކް ލައިވް ކުރައްވަމުން ގެންދަވާއިރު، އޭނާ ގެންދަވަނީ މޫސަގެ ފަހަތުން ހިންގަވަމުން.
މަހްލޫފާއި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު ގެންދަވަނީ ޒުވާބު ކުރައްވަމުން. މަހްލޫފު މޫސަ އަށް ވިދާޅުވީ ވޯޓުލާން ފުރުސަތު ދެއްވުމަށާއި 45 މީހުން ސޮއިކޮށްފައި ހުށަހަޅާފައިވާނެ ކަމަށް. އިދިކޮޅު މެމްބަރުން ގެނދަވަނީ މަޖިލިހުގެ ކޮރިޑޯގައި މޫސައާ ދިމާލަށް ހަޅޭއްލަވަމުން. އަދި މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފުރުސަތު ދިނުމަށް މަހްލޫފު ގެންދަވަނީ މޫސަ އަށް ގޮވާލައްވަމުން. މޫސަ ވިދާޅުވީ "އެކަން ނިމިއްޖެ" ކަމަށް.
ޖަލްސާ ނިންމަވާފައި މަސީހް ކޮޓަރިކޮޅަށް ވަޑައިގެންނެވި ވަގުތު އޭނާއާ ދިމާލަށް "ފޭރޭ" ގޮވަމުން އިދިކޮޅު މެމްބަރުން ފަހަތްޕުޅުން ހިނގި މަންޒަރު ވެސް ފެނުނު.
ޖަލްސާ ނިންމަވާލެއްވުމަށް ފަހު މަސީހް ވަޑައިގެންފި.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ސިފައިން ޗެމްބަރުގައި -
އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަސީހްގެ ރިޔާސަތުގައި މިއަދު ވެސް ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދެއްވާނެ ކަމަށް. އިދިކޮޅު ހަރަކާތުގެ ތަރުޖަމާނު މަހްލޫފު ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ވޯޓަށް ވުރެ ކުރިން އެހެން އެއްވެސް ކަމެއް އެޖެންޑާކުރެވިގެން ނުވާނެ ކަމަށް.
މަސީހް ޖަލްސާ ކުރިއަށް ގެންދަވާއިރު، ރިޔާސަތުގެ މޭޒު ވަށައިގެން ގިނަ އަދަދެއްގެ ސިފައިން އެތުރިގެން އެބަތިބި.
މަހްލޫފު ވިދާޅުވަމުން ގެންދަވަނީ "އަނިޔާ ކުރަން ނުޖެހޭ" ކަމަށާއި "އަޅުގަނޑުމެން އައިސް މިތިބީ ޖަލްސާ އަށް" ކަމަށް.
ފޭސްބުކް ލައިވް ކުރަމުން ގެންދާއިރު، "އަނިޔާ ނުކުރޭ" ކަމަށް ބުނެ މަހްލޫފާއި އެހެން މެމްބަރުން ގެންދަވަނީ އަޑުގަދަ ކުރައްވަމުން.
މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ޗެމްބަރަށް ވެދެވަޑައިގެން މިހާރު ޖަލްސާ ފައްޓަވައިފި. ނަމަވެސް އދިިކޮޅު މެމްބަރުން ޗެމްބަރުގައި އަޑުގަދަ ކުރައްވާއިރު، ރިޔާސަތު ވިދާޅުވާ އެއްޗެއް ސާފެއް ނުވޭ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ވެސް ސިފައިންގެ އެހީތެރިކަމާ އެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މަޖިލިސް މެދުކެނޑިފައި އޮންނަތާ 22 ދުވަސް ފަހުން މިއަދު ޖަލްސާ ބާއްވަން ތައްޔާރުވެފައިވާއިރު، ރިޔާސަތުގެ މޭޒާއި އިދާރީ މޭޒުގެ ވަށައިގެން ގާތްގަނޑަށް 30 ސިފައިން ވަނީ އެތުރިފަ އެވެ. އިދިކޮޅު ބައެއް މެމްބަރުން ބުނިގޮތުގައި ހެނދުނު 8:50 ވުމުގެ ކުރިން މަޖިލިހުގެ އިދާރާގެ ގޭޓް ހުޅުވައި ދިނުމަށް ވެސް ސިފައިން ވަނީ ދެކޮޅު ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސިލަރ
22 August 2017
މަޖިލިސް ރައީސްގެ ގޮނޑި މިހާރުވަނީ ގެއްލިފަ. އަދި، މަސީހު ރިޔާސަތުގައި ބައިންދާގެން ތަނެއްގެ ސަފީރުކަމަށް މީހަކު ހަމަޖައްސާގެން އެމީހަކަށް ދޭ ފައިސާ ފަހުން އޭނަގެ އަތުން އަތުލަންވެސް ޖެހޭނެކަމަށް އަޅުގަނޑު ދެކެން.
ސާބަސް
22 August 2017
މި ކުރަނީވާ ވެރިކަމެއް އަދުލެއް އިންސާފެއްނެތް ގަދަބާރުން ގޮނޑީގަ ބައިންދައިގެން, ބުނީމަ މެމްބަރުންގެ ގޮނޑިގެއްލޭގޮތަށް މެމްބަރުން ޖަލަށްލައިގެން, އިތުބާރުނެތް މީހަކު މަޖިލީހަށް އަންނައިރު އެމީހަކު ގެންނަގޮތް ގެނެސް ބައިދައިގެން ވަށާލާފައި ހިމާޔަތުގައި ހީވަނީ ފިނިފެން މަލެއްގެ ކަރުގަނޑުހެން ވަށައިގެން ފިޔަތައްހެން. މީވެސް ވެރިކަންކުރާ ގޮތެއް.
ހަބީބު
22 August 2017
މިއީވެސް ދެން ސަރުކާރެއް ހިންގާގޮތްތަ؟ އެއްބަޔަކު ޖަލައްލައިގެން އަނެއްބަޔަކު ހިފައި އޮބިއަޅުވައިގެން، މުޅި ފުއައްމުލަކަށްވެސް ހުތުރު، ޔަގީން މަސީހު އެއިނީ ތާށިވެ ސަލާމަތް ނުވެވޭ ހާލުގައިކަން، ފެށިފައިވާ ޕްރޮޖެކްޓްތަށް އަތުން ބީވެގެން ގޮސްދާނެތީ އަދި ގެއްލިގެންދާނެ ފައިސާތަށް ނުލިބި ހިނގައިދާނެތީ ގަދަ ބާރުން ގޮނޑީގައި ހުންނަވަނީކަމަށްވާނީ
ތީތިކަޑަ
22 August 2017
މަސީހު ލަދުހަޔާތް ކުޑަ ކަންދޯ ޕިސް ޕިސް
އަރިދެކުނު
22 August 2017
މިއޮއްވެރިކަމެއްތާދޯ...ކިހާބޮޑުކަމެއްދެންމީ..ރަތްޔިތުންގެ އިތުބާރާލޯބި ނުލިބުނީމަ ވެރިކަމުން ފައިބާވަޑައިގަންނަވާ..ތިގޮތަށްވެރިކަންކުރަންނޫޅުއްވާ. މި ގައުމު ހަލާކުގެތެރެއަށް އެއްލާނުލައްވާ...
ނަޑެއްލާ
22 August 2017
މަސީހެވެ. ތިހާ ގޮނޑި ކޮޅުގައި އިންވަން ބޭނުންފުޅު ނަމަ މަމެން މި ތިބީ ތިކަން ކޮދޭށެވެ. ބޭނުންވާ ތަކެއްޗަކީ 1 ލީޓަރުގެ ޑަންލޮޕް ދަލެއް. 2. ފަސް އިންޗި ދިގު މިނުގެ 4 މޮހޮރު. 1 ފޫޓު ދިގު 1 ފޫޓު ފުޅާ ބާލީހެއް. 5. ޑައިވިންގ ކުރާ ވައްތަރުގެ މާސްކް އެއް އަދި އެއާއި އެކު 4 ފޫޓު ދިގު މިނުގެ އޮކްސްސިޖަން ފުޅިއެއް. 6. ގައިގައި އަލާނެ ރަޖާ ގަނޑެއް. މިހުރިހާ ތަކެތި މަމެންނާއި ހަވާލު ކުރުމުން މަނިކުފާނު ތާ އަބަދު އުމުރަށްވެސް ތި ގޮނޑީގައި ބައިންދާ ދޭނަން. އޭރުން ކައްވަޅުގައިވެސް ތި ގޮނޑި އާއި އެކު މަނިކުފާނު އިންނަވާނެ.
މެންޓަލިސްޓް
22 August 2017
ސާބަސް މެންބަރުންނަށް ،،، 45 މީހުން މަސީހްއަށް އިތުބާރުނެތްކަމަށް ބުނެސޮއިކުރާހިސާބުން ހަގީގަތުގައި މަސީހްއަކަށް ރައީސްކަމަކު މޯރަލް ގްރައުންޑްތަކަކުން ނީންދެވޭނެ ،، ސޮއިކުރުމެކޭ ވޯޓްލުމެކޭ އެއީއެއްކަމެށް ،،، ވޯޓަކީވެސް އެމީހެއްގެ ޝުއޫރްއެއް ،،، ކަމަކާޢި ދެކޮޅަށް ސޮއިކުރުމަކީވެސް ހަމައެއްކަމެށް ،،، އެމީހަކު އެކަމާއި ދޭތެރޭ ދެކޭގޮތް ،،، ވީމާ ބުއްދީގެ ހަމަތަކުން ވަލުއީ ގާނޫންތަކުން ކޮމްންލޯގެ އުސޫލްތަކުން ބަލާއިރު މަސީހްއަކަށް މިހާރު މަޖިލިސްގެ ރައީސްކަމުގައި ނީންދެވޭނެ ، މަރަށްވެދުން
އިދިިކޮޅު
22 August 2017
ރައްޔިތުންގެ ފައިސާ ނަަގައިގެން... މަސައްކަތް ނުކޮށް.......
ލަތީފް ދިއްދޫ
22 August 2017
މީ ރާއްޖޭގެ ގާނޫނު ހަދާމަޖިލިހެއް ނޫން މީ ގާނޫނު މުގުރާ، ގާނޫނޭކިޔާގެން ވަކިމީހަކަށް ހެޔޮވަރަށް ކޯޓާއި ހެދުން ފަހައިދޭން ދަރުބާރު ފެކުސަނުން މަސީހޭ ކިޔާމީހަކު ލައިގެން ހިންގާ ފަހާތަނެއް. އަޅެ މި މަސީހޭ ކިޔާ އިންސާނާގެ ލަދުހަޔާތުގެކަންފުޅެއްވެސް ނެތީބާ މިވަރަށް ބަވާ އެއްޗެތި ގޮވާއިރުވެސް ކިޔަވައިގެން ހުރި ތިކަމަށް ކުފޫ ހަމަވާމީހެއްނަމަ މިހާރު އިސްތިއުފާދޭނެކަން ޔަގީން.
ރަދީފް
22 August 2017
މަޖްލިސް (ޓްރޭޑިންގ ފްލޯ) އުވާލާފަ ، ވަރަށް ތެދުވެރި އިލްމީ ބޭފުޅުން ނޮމިނޭޓްކޮށްގެން ހޮވަންވީ.މިހެން ހަދައިފިނަމަ މަޖްލިހުގެ ރައީސްގެ ގޮނޑީގަވެސް އިންނަވާނީ އަދުލުވެރި މީހެއް. އަދި ވަކި މީހެއްގެ ޕަޕެޓަކަށްވެސް އެމީހަކު ނުވާނެ. ވ.ވެދުން