ޝިދާތާ: މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
27 އޯގަސްޓް 2017 - 11:19
އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހަތް މަސް ދުވަސް ވަންދެން ހިފެހެއްޓުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ ޝިދާތާގެ ޕާސްޕޯޓް މިދިޔަ ޖެނުއަރީ މަހު ހިފެހެއްޓުމަށް ފަހު މިއަދު ދޫކޮށްލާފައިވާ ކަން ޝިދާތާ ކަށަވަރުކޮށް ދެއްވި އެވެ. ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޝިދާތާ ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އެއްވެސް އަސާސެއް ނެތި އޭނާ ވަނީ އެ މުއްދަތުގައި ގައުމުގައި ބަންދުކޮށްފަ އެވެ.
ޝިދާތާގެ ޕާސްޕޯޓް ހިފެހެއްޓީ ޖެނުއަރީ، 2015 ގައި ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގަ އެވެ. އޭރު ޝިދާތާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ މަގާމެއްގަ އެވެ. އެކަމަކު އެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ދައުވާ އުފުލި މީހުންގެ ތެރޭގައި ޝިދާތާ ނުހިމެނެ އެވެ.
ޝިދާތާ ތުހުމަތު ކުރައްވާފައިވަނީ އެއީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގ
27 August 2017
އިއްޔެ ސިދާތާގެ ޕާސްޕޯޓު ހިފެހެއްޓިއްޔާ މާދަމާ އަހަރެމެން ތެރޭން ކޮންމެ މީހެއްގެ ޕާސްޕޯޓުވެސް ހިފަހައްޓަފާނެ. ކުށެއްގެ ތުހުމަތެއްއޮތްކަމެއް އެގުނީއެއްނޫން ޝަރިއްޔަތައް މައްސަލައެއް ފޮނުވިއްޔެއްނޫން ތަހުގީގެއް ކުރިކަމެއް ވެސްނޭގެ ހަމަ ހިތައްއެރީމަ ހިފަހައްޓަންވީ ދެން ކޮންމެ ފަދަ ކަމެއް ދިމާވިޔަސް ހަމަ އެބޭފުޅުން އެދޫކުރަންދެން މަޑުކޮއްގެން ތިބެން މިޖެހެނީ.
އަތްފުނާ
27 August 2017
ށިދާތާ މި ކުރަނީ މަޖިލިސް ކެމްޕޭނެއް.އެއަށްފަހު މީނާވެސް ކޮޅުކޮޅަށް ދާނެ ތަރުހީބު މަތިކުރަން.
ކަނބުލޮ
27 August 2017
ހިފަހައްޓައިގެން ތިބެތިބެ ވަރުބަލިވެގެން އެންމެފަހުން ދޫވީތާ.
ހައިރާން
27 August 2017
މީނައަކީ އިބްތިހާލް މައްސަލައިގެ ޒިންމާ ނަގަންޖެހޭ އެކަކު. މިހާރުމާ ކަންތައްވާ މީހަކަށް ދެއްކިގެން ކޮންމެހެން އުޅޭނެ ކަމެއް ނެތް!
ކަންގާ
27 August 2017
ޕާސްޕޯރޓް ހިފެހެއްޓުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދިއުމަށް ގޮވާލަން!!!!
އަހުމަދު
27 August 2017
ތަގްދީރު ނިޔާ ކުރިގޮތް. ވާން ހުރިކަމެއްވެ ފެްނަންހުރި ކަމެއް ފެނިފަ ދާނީ. އެމީހަކު ކުރި ކަމެއްގެ ޖަޒާ އެމީހަކަށް ލިބޭނެ. މިދުނިޔޭގަވެސް އަދި އާޚިރަތުގަވެސް ޖަޒާ ލިބިދާނެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބްރަތް ތަކެއްވޭ.