ސުއޫދު: ބައި އިލެކްޝަންތައް ހުއްޓުވަން ކޯޓަށް ދެވިދާނެ ކަމަށް ވިދާޅުވި ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
28 އޯގަސްޓް 2017 - 11:45
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު ދާއިރާގެ ބައި އިލެކްޝަން ހުއްޓުވަން ކޯޓަށް ވަކި މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމެއް ނެތް ކަމަށް އެ ކޯޓުން ނިންމުމާ ގުޅިގެން، އެ ނިންމުން އެކި ފަރާތްތަކުން އެކި ގޮތަށް މާނަ ކުރަމުން ދަނިކޮށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ. އެހެންވެ އެ ދާއިރާތަކުގެ ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ސުއޫދު ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ހުއްޓުވަން ސިވިލް ކޯޓަށް ވަކިވަކިން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެމްބަރަކަށް ވެސް އެބައޮތް ކަމަށެވެ. ސުއޫދު އެ ޓްވީޓް ކުރައްވާފައިވަނީ އެ ނިންމުމާ މެދު ސުވާލު އުފެދިފައި ތިބި މެމްބަރުންނަށް އަމާޒުކޮށްފަ އެވެ.
Advise to MPs in question: Each MP may lodge an application at the civil court asking for an order stop EC from holding by-election.
— Husnu Al Suood (@hsuood) August 27, 2017
ސުއޫދުގެ ޓްވީޓް
ސުޕްރީމް ކޯޓުގެ ނިންމުން އެކި ފަރާތްތަކުން އެކި ގޮތަށް ދަނީ މާނަ ކުރަމުންނެވެ. ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ނިންމީ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އުފާ ފާޅު ކުރިއިރު ސަރުކާރު ކޯލިޝަނުން ބުނަމުންދަނީ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާ
28 August 2017
ސްއޫދުކީއްވެތޯ ގޮނޑިނުގެއްލޭކަމަށްވިދާޅުނުވީ އެހެންވިދާޅުވިނަމަ މަނިކުފާނުގެ ޤާނޫނީފެންވަރުވެސް އަޅުގަޑުމެންނައް ވަޒަންކޮށްލެވުނީސްތާ
ދޮންބެ
28 August 2017
ނާހަމަތެދެއް؟ ކޯޓުއެއީ ތަމެން ގަބޫލުކުރާތަނެއްތެ؟ ޔޫކޭއަށް ދަމާ. އެ ތަނުގައި ރޫހާނީހުރީ.
ޔޭސް ޯ ނޯ
28 August 2017
މިހާ އޮޅުން ބޮޑުވެފައި ވާއިރު ސުޕުރީމްކޯޓުން މިކަން ރަނގަޅަށް އޮޅުންފިލުވާދޭންޖެހޭކަށް ނުވޭތޯ؟
މަހްފޫޒު
28 August 2017
ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-RU/01 ރޫލިންގ ގައި އެ ކޯޓުގެ ޢިއްޒަތްތެރި ފަނޑިޔާރުން ވިދާޅުވެފައިވާ ބަސްފުޅެއް: “ޝަރީޢަތަށް ހުށަހެޅޭ މައްސަލަތައް ހުށަހެޅެނީ ދެފަރާތެއްގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުމެއް ނުވަތަ ޚުޞޫމަތަކާގުޅިގެން އިތުރު ދެބަސްވުމަކަށް މަގުފަހިކުރުމެއް ނެތި، އަދި އެއްވެސް އޮޅުމެއްނާރާގޮތަކަށް، އެ ދެބަސްވުމަށް ނިމުމެއް ގެނެވޭނޭ އަދި ފައިސަލާކުރަނިވި ޙުކުމެއް ލިބިގަތުމުގެ މުހިންމު ބޭނުމުގައި” އަދިވެސް ވިދާޅުވެފައި ވެއެވެ “ޝަރީޢަތުން ނިންމާ ނިންމުންތަކާއި ޙުކުމްތަކަކީ އިތުރު ސުވާލުތަކެއް އުފެދޭގޮތަށް އިއްވޭ ޙުކުމްތަކަކަށް ވެއްޖެނަމަ ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިގެންދާނޭކަމާއި، ދެބަސްވުމަށް ޙައްލެއް ހޯދައި ނުދެވޭ ގޮތަށް ޙުކުމް ކުރުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ މުހިންމު މަސްޢޫލިއްޔަތު އަދާކުރުން ކަމުގައި ނުބެލޭނޭތީ، ދެބަސްވުންތަކަށް ޙައްލެއް ނާންނަ ގޮތަށް އިއްވޭ ޙުކުމްތަކަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން ބަލާއިރު ޙުކުމަކަށްވެސް ނުވާނޭކަން އެނގެން އޮވެއެވެ.”
ކަލޯ
28 August 2017
ސްޕޮރީމް ކޯޓުގައިތިބި ފަޑިޔާރުންނަކަށްވެސް ނުކެރެނު ސާޕުސީދާކޮށް ގޮޑިނުގެއްލޭކަމަށް ބުނާކަށް. މިއީ ސަރުކާުން ރޭގަނޑު ދަންވަރު ފާޑެއްގެ ގޮލައެއް ފޮނުވައިގެން ގަތްގަނޑަކީ. ނުކެރެންޏާ އިސްތިއުފާ ދީފައިވާ ގެއަށްދޭބަލަ.
ހައްސާނު
28 August 2017
ގާނޫނާ ގަވާއިދު ތަކުގެ ދަށުން ތިޔަކަމެއް ނުނިމުނު. ބުއްދި ގަބޫލުކުރާ ހަމަތަކަށް ބަލާއިރު ގޮނޑި ގެއްލޭނެ ގޮތެއްނެތް. ސާފުބަހުން އެވާހަކަ ވިދާޅުވާން ފަނޑިޔާރުންނަށް ކެރިވަޑައި ނުގެން އުޅުއްވާ ސަބަބު އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް. ދިވެރި ރައްޔިތުގެ ތެރޭގައި ފަސާދަޔަށް ތަން ނުދެއްވައި ސާފުކޮށް ވިދާޅުވެބައްލަވާ! ތިޔައީ ޅެންވެރިޔާގެ ބަނޑުގައި ދިހަބާރަ މާނަ އޮންނަ ޅެންބައިތެއްތޯ؟ އަމިއްލަ އިސްނެގުމަކުންވެސް ސުޕުރިން ކޯޓުން ތިޔަކަން ނިނަމަންވެއްޖެ ނޫންތޯ؟
ލުގުމާން
28 August 2017
ތިދެން އދ އިން ނެރުނު ސްޓެޓްމެނތް އެއް
އުދުހޭ
28 August 2017
ހަގީގަތަކީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ސާފުނޫންކަން. މިގޮތަށް ހުކުމް ކުރުމުގެ ބޭނުމަކީ އެބަޔަކު ބޭނުން ގޮތަކަށް މާނަކުރުމުގެ ފުރުސަތު ދިނުން ނޫނިއްޔާ ދެން ކޮން ކަމެއް؟ ރައީސުލް ޖުމްހޫރިއްޔާއަށްވެސް އަދި ފަނޑިޔާރުންނަށްވެސް ގާނޫނު ހިންގާނެ. އެދުވަސް އިރާދަކުރެއްވިޔާ އަންނާނެ!
ކުޑޭ
28 August 2017
އަދިވެސް ސުއޫދުމެން ތިދައްކަނީ ކޯޓް ތަކަށް ދާވާހަކަ! އިންސާފެއް ލިބިދާނެ ކޯޓެއް އެބަހުރިތަ؟
އިންސާނާ
28 August 2017
ﷲ އިންސާނާއަށް ހައްގާ ބާތިލް ބާތިލް ވަކިކޮށްދެއްވާފައިވަނީ, އެހެންކަމުން މި ދެގޮތުންކުރެ ގޮތެއް އިހްތިޔާރުންވަނީ އިންސާނާގެ ކިބައިގާ, ހައްގުން އެއްކިބާވެ, ބާތިލް އިހްތިޔާރުކުރާ އިންސާނާ ވަނީ ހަލާކުގެ ތެރޭގައި އަދި އެބައި މީހުންނަށް ނުހައްގުން ކަންތައްކުރުމުގެ ފުރުޞަތު ލިބޭނެ އެއީ އެބައިމީހުން އިމްތިހާން ކުރެއްވުން އެއީ ނުބައިމަގު އިހްތިޔާރުކުރި މީހުން. އަނިޔާވެރިން ނިކަމެތި ކުރައްވާށި! މިގައުމާއި ރައްޔިތުން މި އަނިޔާވެރިކަމުން ދާދި އަވަހަށް މިންޖުކުރައްވާށި! އާމީން