ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ފިލި މީހާ ދުއްވި ސައިކަލް ފުލުހުންގެ ބެލުމުގެ ދަށުގައި.
03 ސެޕްޓެމްބަރ 2017 - 16:21
މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައާ ގުޅިގެން ކުޑަ ދެ ކުއްޖަކު އިއްޔެ ހައްޔަރުކޮށް، އެ ކުދިންގެ ބަންދަށް ޖުވެނައިލް ކޯޓުން 15 ދުވަސް މިއަދު ޖަހައިފި އެވެ.
ބުދަ ދުވަހު ހަވީރު ހިނގި އެކްސިޑެންޓުގައި މަރުވީ ތ. ތިމަރަފުށީ އިރަމާގޭ، އިބްރާހީމް ރަޝީދު އާދަމް، 62، އެވެ. އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، އޭޑީކޭ އަށް ގެންގޮސް ފަރުވާ ދެނިކޮށް ހުކުރު ދުވަހު އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، 16 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އެއީ، އެކްސިޑެންޓުވިއިރު ސައިކަލް ދުއްވަން އިން ކުއްޖާ އާއި ސައިކަލް ފަހަތުގައި އިން ކުއްޖާ ކަން ވެސް އެނގިފައިވެ އެވެ.
ދެ ކުއްޖަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވީ ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ނުދެ އެވެ.
ރަޝީދު އެކްސިޑެންޓްވީ ހަބީބު ބޭންކް ކުރިމަތީގައި އޭނާގެ ސައިކަލް ޕާކް ކުރަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އޭނާގެ ސައިކަލްގައި ޖެހިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައެންޓިސްޓް
04 September 2017
ސައިކަލުގެ ގޯހެއް ކަމަށް އަޅުގަނޑަށް ހީވަނީ. އެހާބާރަށް ދުވުން. ބޮޑު ސައިކަލެއް ދެއްތޯ! ސައިކަލަށް ޙައްގު އަދަބު ދެއްވަން ގާޒީ އަރިހުގައި އާދޭހާއި އެކު އެދެން. ސައިކަލު މީގެން ބަރީޢަ ވާނެ އެއް ގޮތް ވެސް ނެތް!
އަކުރަމް
04 September 2017
ކުޑަޔަސް ޒިންމާވާން ޖެހޭނެ ކީވެ ދުއްވީ؟ ސައިކަލް ގެ ވަރި ފަރާތް ވެސް ޒިންމާވާން ޖެހޭނެ.
ކީއްޓު ބިން
04 September 2017
ހައްޔަރު ކޮއްފިތާއެ! ދެން ބަަލަމާ ބަހީ އިންސާފުގެ ތިލަފަތަށް ވާގޮތް ދޯ؟ ކޮންމެވެސް ކުޑަ ކުދިންގެ ޖަމިއްޔާ އަކުން ނޫނީ އިންސާނީ ހައްގޭ ކިޔާގެން ބަޔަކު ނިކުމެ އެކުދިންގެ އަތުގައި ހިފާގެން ސަލާމަތް ކުރާނީބާ؟ މިހެން ކަންކަން ދަންޏާ ލިޓްލް މެކްސިކޯ އަކަށް މިގައުމު ބަދަލުވެގެން ހިނގައިދާނެ... ކުއްވެރިން ވާނީ ކުއްވެރިންނަށް ކޮން ކުޑަކުދިންނެއް ކުޑަ ކުދިން ވިއްޔާ މައިންބަފައިންގެ ފަސްބައިގައި ހިފާގެން ގޭގައި ތިބޭ...
އަހުމަދުބެ
03 September 2017
ކުޑަކުދީންނަށް ސައިކަލް ރަޖިސްޓްރީއެއް ނުކޮށްދޭނެއެވެ. ތިޔައިގެ ވެރިފަރާތް ކޮބާ ހެއްޔެވެ؟
ޕުއް
03 September 2017
ހުމް އެއްކަލަ ޕޮލިސް... އެޖެހުނީ ބޮޑުތާ. އަސްލުމީހާ ދެން ނުފެންނާނެ. ފެންނަކަމަށްވެސް ނުހަދާނެ. މިމީހުން ބަރުމާއަށް ޑިމޮކްރަސީ ގެންނަން ފޮނުވަންވީ.
ޖުވެނައިލް
03 September 2017
ކުދިންނޭ. ޖުވެނައިލް ކޯޓުގައި ހުންނެވީ ބރ. ތިޔަހެން ކުޑަޔޭ ކިޔާފަ ރެކެވޭނޭ ހިތަށް ނާރުވައްޗޭ. ބޮޑެތި މީހުން ކުރާ ކަންތައް ކުރާނީވެސް ބޮޑެތި މީހުން. ސައިކަލު ދުއްވުމުގެ ހުއްދަ ލިބެނީ ބޮޑެތި މީހުނަށް. އިންސާފުން ގެންދަވާނެކަމަށް އުންމީދުކުރަން
އަލީ ކުމުންދޫ
03 September 2017
ގައުމު ތަރައްގީ ވާ ސްޕީޑަށް އެކުދިން ދުއްވަނީ
ޑާޑާޑަާޑާ
03 September 2017
ހުޅުމާލޭ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ދެ ކުޑަކުދިން ކަމުގައިވާނަމަ އެމެން ދުއްވަން ސައިކަލް ދިނީ އެއީ ސައިކަލްގެ ވެރި ފަރާތުންނެވެ. އެހެން ކަމަށްވާނަމަ ސައިކަލްގެ ވެރިފަރާތް ކުށްވެރި ވާނެއެވެ. ސަރުކާރުން ގަވާއިދެއް އަވަހށް ގެޒެޓް ކޮށްދެއްވަންވީ މާލެ ސަރަހައްދުގައި ސައިކަލްގެ ވެރިމީހާ ނޫން މީހަކަށް ދުއްވަން ދޭނަމަ ޖެހޭނީ އެފަދަ މީހެއްގެ އަތަށް ސައިކަލް ދުއްވަން ދޭ ކަމުގެ ސެރޓިފިކެޓް އެއް ޓްރާންސްޕޯރޓް އޮތޯރިޓީން ހޯދައިގެން އަދި އެފަދަ މީހެއްގެ އަތުގައި އޮންނަން ޖެހޭނެ އެގޮތަށް އަމިއްލަ ނޫން ސައިކަލް ދުއްވާ ކަމުގެ ކާރޑް ވެސް. އަދި އެކާރޑް ހުންނަން ޖެހޭނީ އަބަދުވެސް ކަރުގައި އަޅުވާފައެެވެ. ތިޔާ ނުކިޔާނެ އޭ ކުޑަ ކުދިންނަށް ކުށެއް ކޮށްފައި ކުޑަ ކުދިންނޭ ކިޔާ ސަލާމަތް ނުވެވޭނެއޭ އެމެން ހައްޔަރުކޮށް ގެން ހައްޔަރު ގައި ބައިތިއްބައިގެން އެމެންގެ މައްސަލަ ޝަރީއަތަށް ފޮނުވައިގެން ހުކުމް އިއްވުމުގެ މަރުހަލާ އާއި ހަމައަށް ގެންދަންވާނެއޭ.
މުހައްމަދު ނަސީރު
03 September 2017
ކޮންމެ ކަމެއް ސިޔާސީ ކުރުން ރަނގަޅެއްނޫން. މަސަލައަކީ ކަންތައްތައް ބަލަން ތިބޭ މީހުން ޒާތީވެ ކަން އޮންނަންވާ ގޮތްނޫން ގޮތަކަށް ކަންކުރަން މަސައްކަތް ކުރާތީ. ސޯސަލް މީޑިޔާގަ ކޮންމެ އެއްޗެއްވެސް ލިޔެވެދާނެ. މައްސަލަ ބަލަންއިންނަ މީހަކު ސޯސަލްމީޑިއާއަށް ބަލާފަ މައްސަލަ ނިންމަން ވެއްޖެއްޔާ. ރާއްޖޭގެ ވެތިކަން ކުރާ މީހަކުވެސް ހޮވަންޖެހޭނީ ސޯސަލް މީޑިޔާއިން ދެއްތޯ...
އިޙްސަ
03 September 2017
ދުއްވިކުއްޖާ ސައިކަލުގެ ތަޅުދަނޑި ހަމަ ވަގަށް ނެގީތޯ؟ ލައިސަންސް ނެތި ދުއްވުމަކީވެސް ކުށެއް.