ޑރ. ޝައިނީ: ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެއްވި. މިހާރު ފޮޓޯ
06 ސެޕްޓެމްބަރ 2017 - 17:37
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިއްޚީ ދާއިރާ އަށް ނަމޫނާ ބަދަލުތަކެއް އައިސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ބައްދަލުވުން ފެށުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ މި ސަރުކާރަށް މިވީ ގާތްގަނޑަކަށް ހަތަރު އަހަރުގެ ތެރޭގައި، މީގެ ކުރިން ނުލިބޭ ސިއްޚީ ގިނަ ހިދުމަތްތަކެއް މިހާރު ލިބެން ފަށާފައިވާ ކަމަށެވެ.
އެއީ އެއްވެސް ސަރުކާރަކަށް ކޮށްނުދެވުނު ކަންކަން ކަމަށާއި އެ މަސައްކަތަކީ ނަމޫނާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ދަށުން ހަދާ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތަށް އިޝާރާތް ކުރައްވަމުން ޝައިނީ ވިދާޅުވީ، އެއީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ އުސް އިމާރާތް ކަމަށް ވާއިރު، އެތަން ވެސް ޚާއްސަ ކޮށްފައި ވަނީ ސިއްޚީ ޚިދުމަތަށް ކަމަށެވެ. އޭގެ ސަބަބުން، މިހާރަށް ވުރެ އަވަހަށް ގިނަ ޚިދުމަތްތަކެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ ސިޔާސަތުގައި އެންމެ އިސްކަމެއް ދީފައިވާނީ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށް. މި ސަރުކާރު ފެށުނުއިރު އެކަމަށް ބޭނުންވާ އެކި މަސައްކަތްތައް ވަނީ ކުރެވިފައި،" ޝައިނީ ވިދާޅުވި އެވެ.
ސިއްޚީ ދާއިރާ އިން، މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ގިނަ ކާމިޔާބީތަކެއް ހޯދިކަމުގައި ވިޔަސް ގޮންޖެހުންތަކެއް ވެސް ހުރިކަން ޝައިނީ ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ސިއްޚީ ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވިޔަސް އެކަން ވެސް ސަރުކާރުން ހުރަސްކޮށް، އާންމުނަށް ލުއިފަސޭހަ ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި ހުރީ ނުވަ ފާމަސީ ކަމަށާއި އެކަމަކު ތިން އަހަރުގެ ތެރޭގައި އެ އަދަދު 187 އަށް އިތުރުކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. މީގެ އިތުރުން ސީ އެމްބިއުލާންސްގެ ގޮތުގައި ހަތަރު އުޅަނދެއް ބޭނުންކުރިއިރު ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ގިނަވެގެން 45 މިނެޓުގެ ތެރޭގައި ސަރަަހައްދީ ހޮސްޕިޓަލަކަށް ގެންދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
އަންނަ އާދިއްތަ ދުވަހާ ހަމައަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުން ސިއްހަތަށް ކުރާ އަސަރުތަކާ ގުޅޭ ގޮތުންނެވެ. އަދި މި ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ސިއްޚީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް މުހިއްމު ނިންމުންތަކެއް ނިންމާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުގުމާން
07 September 2017
މިހެންބުނަން ލަދުގަންނަ ހާލަތުގައި ދަންވަން ބޭނުންވަނީ، ޝައިނީގެ ވާހަކަތަކުން އެނގުނީ ޝައިނީގެ ގަމާރުކަމެވެ. އާއްމުމައުލޫމާތު ދަށްކަމެވެ. ބައްދަލުވުމުގެ މައުޟޫއާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ބަދަލުގައި ސަރުކާރުގެ ކުޅަދާނަކަމާއި 25 ބުރީގެ ވާހަކައެވެ. މިމީހުނަށް ހީވަނީ ކޮންމެ ޖަލްސާއަކީ އެއީ ޕީޕީއެމްގެ ޖަލްސާއެއްކަމުގައެވެ.
ކގކނ
07 September 2017
ސިއްހީ ދާއިރާއަށްއައި ނަމޫނާބަދަލަކީ 25 ބުރީގެ އިމާރާތްނަމް ސޮރީ، އެއީ ކުޅުދުއްފުށީ ހޮސްޕިޓަލް ސަރުކާރުގެ އިންބޭފުޅުންކޮޅަކަށް މަންފާލިބޭގޮތަށް ބޭރުގެ ބަޔަކަށް ދިނުންނަމަ ސޮރީ ސޮއްހީ ނިޒާމުވަނީ ފޭލުވެފައި ހަކުރުބައްޔާއި ކެންސަރުބަލި، ކިޑުނީބަލި ލޭމނައްޗައްދިއުން، ޑިޕްރެޝަން ބޭހައްނުގުޑާ ޓީބީ ވަނީއިތރު ލެޕްރެސީ ބަލި އަދި ޅަފަތުގައި މަރުވާ ކުދިން ކުދިން ވެހުމުގެތެރޭ މައިންމަރުވާ އަދަދު ވަނީ އިތުރު މިއީތޯ ތިޔަވިދާޅުވާ ނަމޫނާ ބަދަލަކީ
އުޑު
07 September 2017
ފެންނަނީ ސިއްހީ ދާއިރާ ފެއިލުވެފައި އޮތްތަން ވަކިން އަޖީއެމްއެޗް ވަނީ ނުކުޅެދިފައި ރަގަޅު ފަރުވާ ނުދިނުމާއި ބަލިމީހުންގިނަވެ ޖާގަނެތުމާއި، ގިނަދުވަސްތަކެއްވަންދެން ކިއުގައިތިބެންޖެހުން، މަރުވާމީހުން ބާއްވާ މޯޓަރީ ނެތުމާއި ޖާގަނެތުމާއިމިއީ ފެންވަރު ރަގަޅު ޑޮކްޓަރުން ނެތުން މިޢީ ހޭ ތިގެނުވި ބަދަލަކީ
ޟޮމީ
07 September 2017
ކޮންމެ ދާއިރާއަކުން ވެސް ނަމޫނާ ދައްކާ.
އަކޫމަލީ
07 September 2017
ބުނާނެ އެއްޗެއް ނެތް އެކަމަކު ބުނާހިތެއްވެސް ނުވޭ ނުބުނެ ހުރެވޭކަށްވެސްނެތް. ދިވެހިން ދިވެހިންގެ ގޮތުގާއި " ގަމާރުކަންމަތީ އަބަދަށް " މީ ދިވެހިންނަށް ބުނި ކުޑާއިމީސް ބަހެއްނޫން ( މީ ވަރަށް ވާހަކަ ) ދިވެހިންނަށް އަބަދުވެސް ހެޔޮ މޮޅުގޮތް ވުމަށް އެދެން.
ދޮގުބޮޑި
06 September 2017
ނުވަ ފާމަސީ އޭ. ކަލެއަށް ތިއަށްވުރެ ބޮޑު ދޮގެއް ހަދަން ނުކެރުނީތަ.
ސިއްތިއިބުރާހިމު
06 September 2017
ކޮސްގޮވުން ނޫންކަމެއްނެތް އެއްވެސް ތަރައްގީއެއްނާދޭ ކުޅުދުއްފުށި ހޮސްޕިޓަލުއެއީ އައިޖީއެމްއެޗް ފިޔަވާ އެންމެބާރުބޮޑު ހޮސްޕިޓަލް އެތާނެތް ފޫޖައްސާލާނެ ގޮނޑިގަނޑެއްވެސް ހިދުމަތެއްވެސް ނެތް ނިމްސްއައްވެސް އޮތީ ބިރުދައްކާފަ ރައްޔިތުން މާލެ ދާންނުޖެހޭވަރައް ހިދުމަތް ފުޅާނުކުރުމައް ޖާހިލު ދައުލަތެއް
ޗަޓްނީ
06 September 2017
ލޯބިކަން
އަލްޚާރިޖީ ފަހީމް
06 September 2017
މިނިސްޓަރ ޝައިނީ!!! ޥަޒީރުން މަސައްކަތް ކުރީމަ ކުރިއެރުން ލިބެމުން އެދަނީ... އެކަމަކު މަނިކުފާނު ގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައި ތޯ؟؟؟؟؟؟؟
ޢަބްދުﷲނާފިޒު
06 September 2017
އެހެން އެހެން، ތި ނަމޫނާ ބަދަލު ފެނި އަހުން މިހުންނަނީ ދެފައި ކާރިނުވެފަ.