13 ސެޕްޓެމްބަރ 2017 - 12:26
ދުބާއީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 40 އަަހަރުގެ ދިވެހި ފިރިހެނަކު ދުބާއީން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި މީހާ ހައްޔަރުކޮށްފައި ވަނީ ދިވެހި ފުލުހުންނާއި ދުބާއީ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާއަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި އެ މީހާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
ދިވެހި ފުލުހުން ބުނި ގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ދުބާއީ ފުލުހުންނެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މި އަހަރުގެ މިހާތަނަށް ގިނަ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. މިފަދަ މައްސަލަތައް ބައިނަލްއަގުވާމީ ފެންވަރުގައި ތަހުގީގު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލާކު
13 September 2017
އުންމީދުކުރަން ދިވެހިރާއްޖޭގެ ފުލުހުންނާއި ތިމީހާ ހަވާލު ނުކޮށް އެތަނުން އެތަނުން ތިމަށްސަލަ ނިންމާލާނެ ކަމަށް!!!!!!!!!!!!!
އައްޑޫ ރަދުން
13 September 2017
މި ކޯޓުން ތިކަމުގައި ރަނގަޅު ގޮތެއް ވޭތޯ އެބަބަލާ......ޒުވާނަކަށް ވުރެން ކުޑަކޮށް މުސްކުޅިވީމަ ކުޑަކޮށް އުނދަގޫވާނެ...
ސާބަހޭ ދިވެހި ފުލުހުން
13 September 2017
ހީހީ ހަލާކު...ދުބާއީ ފުލުހުން ތިބުނާ މީހަކު އަތުލީމަ "ދުބާއީ ސިފައިންނާއި ދިވެހި ފުލުހުންގެ ޖޮއިންޓް-އޮޕަރޭޝަން".....ދިވެހި ފުލުހުންނަށް އަތުނުވިނަމަ ކޮއްމެވެސް އެއްދޮރާއްޓަކު ބޭރު....؟ ތިޔަށް ކިޔަނީ ކަންނުވެ ނަންވާ މީހުން...ގަދަ ކަލޭމެން
އެޑަމް
13 September 2017
ޖޮއިންޓް އޮޕަރޭޝަން ހިންގާ ގޮތް ނޭނގޭތީ ކޮމެންޓް ކުރައްވާ ބޭފުޅާ އަށް ތި އޮޅެނީ! މަޢުލޫމާތު މުއްސަދި ކުރައްވަން އެބަ ޖެހިވަޑައިގަންނަވާ!
ސަންކުއިކް
13 September 2017
އޭނަ ދޫކޮށްލާ
ބެއްޔާ އައްޑޫ
13 September 2017
ދެރަ ތަންކޮޅަކީ ތިޔަ މީހާ މި ރާއްޖޭގެ ފަސްގަނޑުގައި ފައި ޖެެހޭއިރު ހުންނާނީ މިނިވަންވެފައި. މަސްތުވާތަކެތީގެ ކިތައް މައްސަލަތޯ އަތުންދޫވެފައިވަނީ. މިހާރުގެ ޓްރެންޑަކީ ސިޔާސީ ޕާޓީ ތަކުގެ މީހުންނާއި މަޖިލިސްމެމްބަރުން. ޔައުނީ އިދިކޮޅު މީހުން
އީނާޝް
13 September 2017
އެއާ ދުވަސްވީ މީހުންވެސް ތިޔަވިޔަފާރިކުރޭތަ؟ ހައްޔަރުކޮށްގެން މާލެގެނެސް އުމުރުދުވަހުގެ ޖަލުހުކުމްދީ!! މުޖްތަމައު އަށް ހުރިބޮޑު ބަ*ވެރިކަމެއް ތިމީހުންނަކީ . މަގެއްމަތިން ހިންގޭވަރެއްނޫން
ރަދީފް
13 September 2017
އީނާޝް ކިހިނެތްތަ؟ އެއުމުރުގެ މީހުން އެވިޔަފާރި ގިނައިންކުރަނީ.ޖަލުހުކުމަށް ތާއީދުނުކުރަން.ޑުޓަޓޭ / ވިޑޯޑޯ އެގެންގުޅެނީ އެންމެ ރަނގަޅު ޕޮލިސީ.ރާއްޖޭގަ ވެސް އެ ޕޮލިސީ ތަންފީޒްކުރަންވީ. ވ.ވެދުން
އަހުމަދުބެ
13 September 2017
ސަރުކާރުން ވާހަކަ ދައްކައިގެން ތިޔަ މީހާ މާލެ ގެނެސް ދޫކޮށްނުލާނެ ކަމަށް އުއްމީދު ކުރަމެވެ.
ޖޯންސީނާ
13 September 2017
މިހާރު ހުންނާނެ ރާކަނި މަސް ކެވިފައި، ތިކަހަލަ ދިވެހިން ރާއްޖޭން ބޭރުން ހައްޔަރު ކުރިވަރެއް ރަގަޅުވާނީ ވެސް، ދެން މުޅި އުމުރު ދުބާއި ގޮޅީގައި ސަޅިވާނެ
އަހުމަދުއި
13 September 2017
މަރު. އެތަނުގަ އޮންނާނީ މަރު.
ފާރިސް
13 September 2017
ތީތި ވިއްކާ މީހުންގެ ތެރޭގަ ވެސް ވިޔަފާރީގެ ވާދަވެރިކަން އޮންނާނެ ދޯ
ރަންދެލި
13 September 2017
ނަން: ނޭނގޭ އެޑްރެސް: ނޭނގޭ ގައުމީ ނިސްބަތް: ދިވެހިރާއްޖެ އުމުރު: 40 ޖިންސް: ފިރިހެން ޢާ ގާނޫނު އަސާސީ ގެ ފޮނި މީރުކަން؟؟؟؟