ފިނޭންސް މިނިސްޓްރީ ހުންނަ ޓްރެޝަރީ ބިލްޑިން: ދައުލަތަށް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައި.
10 ސެޕްޓެމްބަރ 2017 - 16:01
މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.8 ބިލިއަން ރުފިޔާ ލިބުނު އިރު ކުރި ހަރަދު 10.7 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ލިބުނު އާމްދަނީން ކުރި ހަރަދު ކެނޑުމުން 2.1 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެގޮތުން ޖުމްލަ 7.9 ބިލިއަން ހަރަދު ކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު އެކަނި ވެސް މުސާރަ އާއި އިނާޔަތާއި ޕެންޝަނުގެ ގޮތުގައި 725 މިލިއަން ރުފިޔާ ހޭދަ ކުރި އިރު ހިންގުމާއި އެހެނިހެން ހަރަދުތަކަށް 525.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން ޖުމްލަ 1.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 635.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ފިނޭންސް އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ދައުލަތަށް 2.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ހަރަދުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓްގައި ވަނީ އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަނީ ކިހިނެއް
02 October 2017
މިވަންނަހާ ލާރިތައް ހަރަދުކުރާގޮތުގެ ތަފުސީލެއް ވަރަށް ޑިޓެއިލްކޮށް ހޯދަން އެބަޖެހޭ އެހެންޏާފަހެ ބިލިޔަނުން ލާރިނަގާއިރު މިލާރިދާތަންތަން އަކުރުން އަކުރަށް އެގެންޖެހޭނެދޯ
ޤައުމީހާލަތު
10 September 2017
ދެން ކޮބާހޭ ތިވަންނަހާ ލާރިތައް؟ ޓީބިލު ވިއްކައިގެން މުސާރަވެސް ދއނީ އެވަރުވެސް ދެކޮޅު ނުޖެހޭތީ ތެލުގެއަގާ ބޭންކު ޗާޖުތަކާ ސެނަހިޔާފަދަ ތަންތާނގެ ހޮސްޕިޓަލްފީތައް ވެސް ބޮޑުކުރަނީ.. ކޮންކަހަލަ އިކޮނޮމިސްޓެއް މިހިރީ
ޏަމްޏަމް
10 September 2017
އާމްދަނީ ވަނީ އިތުރު... ވިއްކާ ޓީބިލްވެސް ވަނީ އިތުރު....