މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާ ގުޅޭ ގޮތުން ޗައިނާގައި ކުރާ ބައެއް މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރު މުއއްިޒު މިރޭ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހައުސިން މިނިސްޓްރީ
27 ސެޕްޓެމްބަރ 2017 - 20:57
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މުހިންމު ބައެއްގެ މަސައްކަތް ޗައިނާގައި ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
މުއިއްޒު ޗައިނާ އަށް ފުރައި ވަޑައިގަތީ އެ ގައުމުގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަމުންދާ ބްރިޖްގެ ބައެއްގެ ގޮތުގައި ހިމެނޭ ބޮކްސް ގާޑާ ބީމްތަކުގެ މަސައްކަތް އެ ގައުމުގައި ކުރިއަށް ގެންދާ ބެއްލެވުމަށެވެ.
ބޮކްސް ގާޑާ ބީމަކީ ބްރިޖްގެ ތަނބުތަކުގެ ދެމެދުގައި ހުންނަ ބައެކެވެ.
ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި، މުއިއްޒު ވިދާޅުވީ އެ ބީމްތަކުގެ މަސައްކަތް ކުރަނީ ޗައިނާގައި ކަމަށާއި ދަތުރުގެ ބޭނުމަކީ އެ މަސައްކަތް ކުރަމުންދާ ގޮތް ބަލައި، އިންޖިނިއަރުންނާ ބައްދަލު ކުރެއްވުން ކަމަށެވެ. އެ ބީމްތަކުގެ މަސައްކަތް ނިމި، އަންނަ ޑިސެމްބަރު މަހު ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ހަލުވިމިނުގައި ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް އެބަ ހިނގާ. އެހެންވީމަ ބީމްތައް ގެންނަންވާއިރަށް ކޮންކްރީޓް މަސައްކަތްތައް ނިމޭނެ. ތިން ތަނބުގެ ކޮންޓްރީޓް އެއްކޮށް ނިމޭނީ އޮކްޓޫބަރު 20 ހިސާބުގައި." މުއިއްޒު ވިދާޅުވި އެވެ.
ޗައިނާގައި ހަދަނީ 50 މީޓަރުގެ ދެ ބީމާއި 22 މީޓަރުގެ ބީމެކެވެ. ބްރިޖްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު، ސަރުކާރުން ބުނެފައިވަނީ އަންނަ އަހަރުގެ މެދު ތެރޭގައި ބްރިޖް ހުޅުވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޫލޭ
28 September 2017
ސަރުކާރާ ހިތްހަމަނުޖެހޭ މީހާވެސް އެބަޖެހޭ ރަނގަޅު ކަންކަމަށް ޝުކުރު އަދާކުރަން ދަސްކުރަން. ދޯ ރަދީފޫ..
ރަދީފް
28 September 2017
ސާބަހޭ މިނިސްޓަރ ، ޝުކުރިއްޔާ ޔާމީން. މިކަމުގަ މަވެސް އަތް ޖަހާނަން.
ދުއްރަ
28 September 2017
ތިޔައީ މާވަރުގަދަ ބޭފުޅެއް، ވެރިމީހާގެ ކޮޅުގަހުރެވިގެން ފޮނިބޮޑުވެ ގަދަ ދައްކަވާ ބޭފުޅެއް. ﷲގެ ނިންމެވުން ތިޔަމީހުނާ ބައްދަލުކުރާދުވަހު ސަހަރޯއޭ ހިތަށްއަރާނެ.
އައިކުޑް
28 September 2017
ބްރިޖްގެ މުހިންމު ބައެއްގެ މަސައްކަތް ބެއްލެވުމަށް މުއިއްޒު ޗައިނާއަށް ވަޑައިގަތުމުން މިކަން އިދިކޮޅު ރަންރީނދުލޭމެންގެ ސެކްރެޓޭރިއެޓް ގައި ތިބޭ ޓްވިޓަރޭ މެންނަށް ކެތެއް ނުކުރެވޭނެއެވެ. އެމެން ފަޔަށް ހިނި އަރައިގަނެގެން އުޅޭ ބަޔެއް ގޮތަށް މިއަދު މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް ނިމޭތީވެ އެކަމާއި ޖޭ ވެގެން ނެއްޓިއަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއެވެ. ތަމެން އެކަމާއި ނެއްޓި ނަމަވެސް މަމެން ކުޑަ ވެސް ޖެހިލުމެއް ނުވެއޭ މާ ބޮޑަށް ފުއްޕާނަމަ ދެން އަޅާލާނީ މާލެ އާއި ވިލިގިލި އާއި އަދި ތިލަފުއްޓާއި ދެމެދު ބްރިޖް. އެއިރުން ހުންނާނެ ރަނގަޅަށް ރާކަނިމަސް ކެވިފައޭ މަމެން ބުނަން ނެތީމު ދޯ. ދެން ތަމެން ވެސް ބްރިޖް މަތީ ގައި ދަންވަރު މޫން ލައިޓް ވޯކް ޖައްސަން ރީތި ވެގެން އަންނަންވީއޭ އިނގޭ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި. އޯއް ޔޭއް.
ދޮން އާމިރު
28 September 2017
ސައުދީއަށް ދިޔަނަމަ މާސަޅި ވާނެ..
އަލީބާބާ އައި 40ވަގު
28 September 2017
އަލީއެކްސްޕްރެސް އިން ބީމްތައް އޯޑާކޮއްލިނަމަ ނުގޮސްވީސްދޯ؟
ޢަބްދުﷲނާފިޒު
28 September 2017
މުއިއްޒޫ، ބުރިޖުގެ ބައެއްގެ މަސައްކަތް ބަލަންވެސް ޗައިނާގަ ޕްލެޓް ފޯމެއް އަޅާނަންތޯ، ދެން މަ ހީހީހީ.
އިންޑަސްޓރިއަލްވިލެޖް
27 September 2017
މުއިއްޒުވެޒް ފަށާމަސައްކަތް ޝެޑިއުލްއަށް ނިންމަންދަސްކޮށްބަލަ. ބަޖެޓުތަޅާބާލަންވީ ތިކަހަލަދަތުފަތުރުކޮއްގެނެންނޫން.
ސުވާލު
27 September 2017
ކަމިޝަންގެ ބައެއް ނުލިބި އޮތީބާ؟
ފެނޭދޯ
27 September 2017
ބްރިޖްގެ މުހިންމު ބައެއްގެ މަސައްކަތް ބެއްލެވުމަށް މުއިއްޒު ޗައިނާއަށް ވަޑައިގަތުން ބްރިޖް ނިމޭނެ ކަން މިހާރު ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ފެންނާނެ އަދި އަންޑަރސްޓޭންޑް ވެސް ވާނެ މިހާރު ދޯ. ޓްވިޓަރޭ ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ފެނޭތޭ. ފެނޭދޯ. ހާއްހައްހަހާހާހާ
އެކްސް
27 September 2017
ކަލޭ މޮޔަވީތަ؟
ޢަބްދުﷲނާފިޒު
28 September 2017
ބުރިޖު ނުނިމިގެނެއް ނޫނޭ މިއުޅެނީ، މިއުޅެނީ ވޯޓު ނުދޭންވެގެނޭ، ސާފު ވެއްޖެތޯ، ބުރިޖު ނިންމިއަސް ނުނިންމިއަސް ވޯޓެއް ނުދޭނަން، އޯކޭ.