ރައީސް މައުމޫން އާއި އަބްދުއްރަހީމް: އަބްދުއްރަހީމުގެ ވާހަކަ ތަކަށް ރައީސް މައުމޫން ވަނީ ފިނި ޖަވާބެއް ދެއްވާފަ-- މިހާރު ފޮޓޯ
28 ސެޕްޓެމްބަރ 2017 - 11:16
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބަންދުކޮށް އަދި ދިގު މުއްދަތަކަށް އަރުވާލި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ މައުމޫނަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މައުމޫންގެ ވެރިކަމުގައި "ހައްގަކާ ނުލައި" އެތައް ދުވަހެއް ވަންދެން ބަންދުކޮށް، 12 އަހަރަށް އަރުވާލި ކަމަށް ވިދާޅުވި އެވެ. އަދި އެއީ ކޮން ކުށެއް އޮވެގެންތޯ ސުވާލު އުފެއްދެވި އެވެ.
އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މައުމޫން ވިދާޅުވީ އޭރު ކަންކަން އޮންނަނީ "މިހާރުހެން ނޫން" ކަމަށެވެ. ޝަރީއަތްތައް ކުރިއަށް ދާ ގޮތް ނުވަސް ބަައްލަވާ ކަމަށާއި "ޝަރީއަތާ ބެހުމެއް ނޯންނާނެ" ކަމަށް ވެސް ވިދާޅުވި އެވެ.
"ވައްކަމެއް ކޮށްފިއްޔާ ފުލުސް އޮފީހަށް ގެންގޮސްގެން ތަހުގީގުކޮށް ހުކުމެއް ކޮށްގެން އެކަން ކުރިއަށް ދަނީ،" މައުމޫން ވިދާޅުވި އެވެ.
އެކަމަކު އެމަނިކުފާނު ވިދާޅުވީ އަބްދުއްރަހީމް އަރުވާލީ ސީދާ ކޮން ސަބަބަކާ ހެދިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރިންސުރެ އަޑު ފެތުރިފައި އޮތް ގޮތުން ނަމަ އަަބްދުއްރަހީމް އަރުވާލީ ހިޔާނާތުގެ މައްސަލައެއް ސާބިތުވެގެންނެވެ. އެކަމަކު އޭނާ ރޭ ވިދާޅުވީ އެ އަދަބު ލިބިވަޑައިގަތީ ސަރުކާރުގެ ބޮޑު މީހަކަށް އޭނާގެ "އަންހެނުންނާ ނުބެހެވިގެން" ކަމަށެވެ.
އަބްދުއްރަހީމަކީ އޭރު ލ. ފޮނަދޫ ރައްޔިތުން ނޫން ބަޔަކަށް އެނގޭ ނަމަކަށް ނުވެ އެވެ. އޭނާ އާންމުންގެ ތެރެއަށް މަޝްހޫރުވީ 2009 ގައި ފޮނަދޫ ގޮނޑި އަށް އިންތިހާބުވެވަޑައިގަތް ފަަހުންނެވެ.
ޑީއާރުޕީން ފެށިގެން ވަރަށް ފަހަކާ ޖެހެންދެން އަބްދުއްރަހީމް ހިމެނިވަޑައިގަތީ ރައީސް މައުމޫންގެ އަރިސް ބޭފުޅުންގެ ތެރޭގަ އެވެ. އެދުވަސްވަރު މައުމޫންގެ ދިފާއުގައި އޭނާ ވިދާޅުވެފައި ވަނީ މައުމޫނަށް ފާޑުވިދާޅުވާން މަޖިލިހުގެ މެމްބަރުން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
އެކަމަކު ޕީޕީއެމް ދެ ބައިވެ، ރައީސް އަބްދުﷲ ޔާމީންގެ ފަޅިއަށް އެރުއްވި ފަހުން ދޭތެރެދޭތެރެ އިން އަބްދުއްރަހީމް ގެންދަވަނީ މައުމޫނަށް ފާޑުވިދާޅުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކައްބަ
29 September 2017
ގައިމު މިހާރަކު ވައްކަމެއް ނުކުރާނެ. މިހާރު ލިބޭނީ ހަދިޔާ. ރިޝްވަތެއްނޫން. އެހެންވީމާ ތެޔޮވިއްކުމާ މުދާއުފުލާ އުޅަނދުފަހަރު ގަނެގެން ދުއްވުމާ ވިޔާފާރި ކުރުމާ އެކަހަލަ ކިތަންމެ ކަމެއް މިހާރު ކުރެވޭނެތާ.
ފޮނަދޫ މީހާ
29 September 2017
ޢަޅުގަނޑު ފޮނަދޫގައި އުޅެނިކޮއް ބަޔަކު މީހުން ބުނިއަޑުއިވުނު ސިމިންތި ވަގަށް ނަގައިގެނަނޭ އަރުވާލީ. ޢެއިރު އެސްޓީއޯ ފޮނަދޫ ފިހާރައިގެ މެނޭޖަރަށް ކަމަށް ވަނީ. ދެން ތިބުނާހެއްގެ އަނބިގޮއްޔެ މާލެއިން އަނަނަ މީހަކަށް ފެނިގެން ހެއިބަލިވެގެނަ ނޫޅޭނެ.
ދޮން އަލީ
29 September 2017
އަދުރޭ ޖަލައް ލިކަމެއް އަޅުގަނޑުވެސް ނުދެނެހުރިން، އެކަމަކު މައުމޫނު ވެރިކަމުގަ މަތީމަގާމްތަކެއްގަ ހުރި ވާހަކަ އަޑުއެހިން...
ބޯނެތް ބުރުމާ
28 September 2017
އެއިރު އޮންނަނީ މިނިވަން 'މުއައްސަސާ' ތަކަށް މިނިވަންކަންލިބިފަ، ރައީސްމީހާ ޔަކަށް ނޭގޭނެ ވާނުވާވެސް! 99% ލިބިއްޖެއްޔާ އެރަށެއްގެ ކަތީބު ކުއްވެރިވެ ހުކުން ކުރާއިރުވެސް ރައީސަކަށް ނޭގޭނެ!
އެހަރު
28 September 2017
ރ. މައުމޫނު ވެސް ހެއްދެވީ ތެދުފުޅަކަށް ވެދާނެ. އ.ރަޙީމުވެސް އިތުރުފުޅު ނުހައްދަވާ ކަމަށްވުން އެކަށީގެންވޭ. އޭރު އެބުނާ ވެރިންގެ ވަރަށް ބާރު ހުރޭތާ؟ ތަންތާ މެނޭޖަރުން ކަމެއް ނުކުރިޔަސް ކުށްވެރިވެފައި އެބަހުރި. ކޮންމެ އަތޮޅެއްގަވެސް މާބާރުގަދަ ވެރިން ވިއްޔާ އޭރު ތިބެނީ. މީހުންގެ ޒާތީ ދިރިއުޅުމަށްވެސް އަތްގަދަ ކުރުން އެމީހުް ދެކުނީ އުފަލެއް ކަމަށް.
އުސްތާޒު
28 September 2017
މަައުމޫންވެސް ހައްދަަވަނީ ދޮގު، އައްބުދުއްރަހީމްވެސް ހައްދަވަނީ ދޮގު.
އަލިމަނިކް
28 September 2017
މަުއުމޫން މި ފޮޓޯއިން ވަރަށް ރަނގަޅަށް ދުފާލައިގެން ހުންނެވިކަމަށް ފާހަގަ ކުރެވޭ.
ބަނިއާދަން
28 September 2017
ޢަބްދުއްރަޙީމު ހައްޔަރުކުރީ ކީއްވެގެންކަން ނުއެނގުނަސް އޭނާ ދޫކޮށްލީ ކާކުކަމާއި ކީއްވެގެންކަން ވަރަށް ރަނގަޅަށް މައުމޫނު ދަންނާނެ. އަދި ކުށްވެރިންނަށް ނުހައްޤުން މަޢާފުދިނުމުގެ ހިތިރަހަވެސް މިހާރު މައުމޫނަށް ފެންނާނެ
falaku ain
28 September 2017
އެއިރުގެ ގޮތުން ބުނާނަމަ ޚިޔާނާތެއް ކަމަށް ކިޔާ އުޅޭ އަބްދުއްރަހީމް ހައްޔަރުކުރީ. މިހާރުގެ ބަހުރުވައިންނަމަ ތަރައްގީއަށް ކުރިމަސައްކަތެއްގެ ސަބަބުން ޖަލަށްލީކަމަށް ބުނެފާނެ.
ހުކުމް
28 September 2017
އެސްޓީއޯގެ ޙިޔާނާތެއްގެ މައްސލައިގައި ހުކުމް ކުރި ކަމަށް އަޑު ތައް އިވެނީ..... ދެން އަތް ޖަހާ