މޮނިކޮން އަމުރރުގެ ދަށުން ކުށްވެރިއެއްގެ ފައިގަ ޓެގް އަޅުވާފަ: ކޮމެޓީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް އަމުރު ނެރޭނީ ހައި ކޯޓުން-- ފޮޓޯ: ފުލުހުން
01 އޮކްޓޯބަރ 2017 - 16:55
ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށްޓަކައި ފައިގައި ޓެގް ހަރުކުރުމަށް ނެރޭ މޮނިކޮން އަމުރު ނުވަ މީހެއްގެ މައްޗަށް ނެރެދިނުމަށް ކޯޓަށް ހުށަހަޅަން އެކަމާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ފާރަލައި ބެލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރަށް އެދުމުގައި ހޯމް މިނިސްޓަރަށް ލަފާ ދިނުމަށް ޚާއްސަ ކޮމެޓީއެއް މިހާރު އޮވެ އެވެ.
ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅަން ކޮމެޓީން މިއަދު ފާސް ކުރިޔަސް އަމުރު ނެރެން އެދުނީ ކޮން ބައެއްގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި 16 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ، ފައިގައި ޓެގް އަޅުވަން ވާނީ އެދިފަ އެވެ.
ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހުށަހަޅަން ކޮމެޓީން ފާސްކުރީ މާލޭގައި މާރާމާރީތައް އިތުރުވެފައި ވަނިކޮށެވެ. މިދިޔަ ހަފުތާގައި ހިންގި މާރާމާރީތަކުގައި ދެ މީހަކު ވަނީ މަރާލައިފަ އެވެ. ވޭތުވެދިޔަ ތިން މަސް ތެރޭގައި މާލޭގައި ވަނީ ތިން ޒުވާނަކު މަރާލައިފަ އެވެ.
މޮނިކޮން އަމުރު ނެރެގެން ކުރިން ބައެއް މީހުންގެ ފައިގައި ފުލުހުން ޓެގް އެޅުވި އެވެ. ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު ޓެގް އަޅުވަން ފެށުމުން ސިޔާސީ ބޮޑެތި ފިއްތުންތަކެއް އުމަރަށް ކުރިމަތިވި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެކަން އޮތީ މަޑުޖެހިފަ އެވެ.
ފައިގައި ޓެގް އެޅުވުމުގެ އިތުރުން ވެސް އިތުރު ބައެއް ކަންކަން މޮނިކޮން އަމުރުގެ ދަށުން ކުރެވެ އެވެ. މޮނިކޮން އަމުރަކާ ޚިލާފްވެއްޖެ ނަމަ އެ މީހަކަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
02 October 2017
އަވަސް ކުރަން ވީއެވެ. ދަންމަން ވީ ކީ ނޫނެވެ.
ހަބޭސްބބބބ
02 October 2017
ތިޔަޓެގް އަޅުވަންވީ މާރުކޭޓުގައި ވިއްކަން ގެނެސްފައި ބަހައްޓާ ކުކުޅު، ހާލުގެ ފައިގާ؟
ބެއްޔާ އައްޑޫ
01 October 2017
ތިޔަ ޓެގް އަޅުވަންވީ ސަރުކާރު ކުންފުނިތަކުެ ވެރީންގެ ފައިގައި. އަދި ގްރޫޕްތައް ސިޔާސީ ކުރާ ސިޔާސަ ސައިޒުން ބޮޑު ވިސްނުން ކޮށި މީހުން ފައިގައި. ޖަލަށްވެސް އެކަތި ބޭނުންވާނެ.
ހަމަހޭ
01 October 2017
ހެހެހެ 16 ނުވަޔަކައް ބަދަލުވީ ދެއްތޯ؟. ދެންކޮންމެސް ބަލިބަކަރިގަނޑެއްގަ ޓެގްއަޅުވާފަ ނިންމާލާ. ކާނިވާސަރަހައްދުގަ ޝައިނީ އިންނެވިގޮތް ދުށިންތޯ ތިޔަހުރިހާ ޒުވާނުންއެއްކޮއްގެން. ދެންކޮންޓެގެއް އެޅުވޭނީ.
ރާއްޖެ
01 October 2017
ޓެގެއް ނޭޅެވުނު. ބުނަނީ މަސައްކަތް ކުރާ ވާހަކަ. 9 ގަޑިއިރު ކުރިން.
ބޯޅަ
01 October 2017
ހާދަ ފަހަތު ފަޔަށް ބުރަވެފައޭ ތިޔަކަން ތިޔަކުރަނީ. ސިޔާސީ މީހުންނަށް ދުވަހުންދުވަހަށް އަމުރުތަށް ލިބޭ.
ވަރަށް ވާހަކަ ދޯ
01 October 2017
ޑރ.އަފްރާޝީމް މަރާލި މައްސަލާގަ ހިމެނޭ އަޒްލީފު ވީ ބޭރުގަ، ހުމާމު ޖަލުގަ، އެމައްސަލައިގެ ބޮޑު އެކަކު މިނިވަން ކަމާ އެކީ ބޮޑެތި ވިޔަފާރިތައް ފަށައިގެން މާލޭގަ އުފަލު އެބައުޅޭ، އުމަރު ނަސީރު ޓެގް އެޅުވި މީހުން ތެރޭގައިވެސް މި ބުނާ މީހާ ހިމެނޭ، ސުވާލަކީ މި ފަހަރު ލިސްޓުގައި އޭނާ ނީންނާނެހޭ، ނީން ނަމަ ބުނާނީ އޭނައެއް ނޫޅޭ އަމަލީ ގޮތުން މަގުމަތީގަ ލަޓިބުރި ހިފައިގެން، ނަމަވެސް މިހާރުވެސް މީނާއަކީ އެކަމުގަ ކުދިން ފޮނުވާ ރާވަން ހުންނަ ބޮހެއް
ާދމރލ
01 October 2017
ތިހެން ކިޔަކިޔަ ތައްބާ އަނެއް މަރުދޯ! ނުވިއޭ ކިޔާފަ ގޭގަތިބިއްޔާ މާރަނގަޅުވާނެ ކަމަށްފެނޭ!
ކުމާރު
01 October 2017
ހޫން.16 ތރިވީ ދޯ 9 އަކަށް ؟ އަދި ތިރިވާނެ ތި 1 އަކަށް
ލިސްޓު
01 October 2017
ކޮން ބައެއްތަ ލިސްޓުގަ ހިމެނެނީ؟ މަހުލޫފު، ސައުދު، ލަތީފު، މި ގުރޫޕުތަ؟