ްިއިދިކޮޅު މެމްބަރުންތަކެއް ހިންގަވާފައި މަޖިލީހަށް ވަޑައިގަންނަވަނީ..---މިހާރު ފޮޓޯ: ހުސެއިން ވަހީދު
04 އޮކްޓޯބަރ 2017 - 13:33
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އޮތީ ސަރުކާރު ދަށުވެފައި ކަމަށާއި އެ ކޮމިޝަންގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ހިނގާ ކަންކަން ފޭސްބުކް ފަދަ ސޯޝަލް މީޑިއާ މެދުވެރިކޮށް ޓީވީ ޗެނަލްތަކުން ދައްކާތީ ބްރޯޑްކޮމް އިން ވަނީ އެކަމަށް ސަމާލުވާން ޓީވީ ޗެނެލްތަކަށް އަންގައިފަ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް "މިހާރު" އަށް ވިދާޅުވީ މަޖިލިސް ތެރޭގައި ކޮންމެ ކަމެއް ހިނގިޔަސް، އެކަން ރައްޔިތުންނާ ހަމައަށް ފެންނަން ޖެހޭނެ ކަމަށެވެ. ބްރޯޑްކޮމްގެ ބަޔާނަކީ މެމްބަރުންނާއި ޓީވީ ސްޓޭޝަންތަކަށް ބިރުދައްކަން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި އެހެން މެމްބަރުންނަށް ފާޑުކިއުއްވަމުން މަހްލޫފް ވިދާޅުވީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކުރައްވާ އަމަލުތަކާ ކޮންމެވެސް ދުވަހަކުން ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ. އެހެންވެ ބްރޯޑްކޮމްގެ މެމްބަރުންނަށް އޭނާ ގޮވާލެއްވީ ގާނޫނުގެ ތެރެއަށް ރުޖޫއަވުމަށެވެ.
ބްރޯޑްކޮމް އިން މަސައްކަތް ކުރަނީ، މަހްލޫފް ވިދާޅުވި ގޮތުގައި، އިތުބާރު ގެއްލިފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބާއްވަވާ ޖަލްސާތައް ފޮރުވައި، މެމްބަރުން ހުރަސްއަޅާށެވެ. އެކަމަކު މަޖިލީހުގެ އިދިކޮޅު މެމްބަރުން ކުރައްވާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބާކީ އޮތް ދުވަސްކޮޅުގައި ކުރެވުނު ކަމެއް ކުރެވިދާނެ. އެކަމަކު ޝަހީބުމެން މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ. އެކަމުގެ ހައްގު އަދަބު ކޮންމެވެސް ދުވަހަކުން ލިބޭނެ،" މަޖިލީހުގައި ފަހަކަށް އައިސް ހިންގަމުން އަންނަ ކަންކަން ފޭސްބުކް މެދުވެރިކޮށް ރައްޔިތުންނާ އެންމެ ބޮޑަށް ހިއްސާ ކުރައްވަމުން އަންނަ މެމްބަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ހިނގާ ކަންކަން ހަމައެކަނި ދައްކަން ޖެހޭނީ މަޖިލިހުގެ ރަސްމީ ލައިވް ފީޑުން ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.
"ޓީވީން ދައްކައިގެން ސްޓޭޝަންތައް އެންމެ ބޮޑު ވަރަކަށް ބަންދު ކުރެވިދާނެ. އެކަމަކު ރައްޔިތުން ފޭސްބުކަށް ވަންނާނެ މަޖިލީހުގައި ހިނގާ ކަންކަން ބަލަން،" މަހްލޫފް ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިިލީހުގެ ޖަލްސާތައް މިހާރު ހިނގަމުން ދަނީ މަޖިިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ މުޅިން ހިލާފަށް ކަމަށެވެ. އެހެންވެ، އެފަދަ ޖަލްސާއެއް ބްރޯޑްކާސްޓް ކުރުމުގައި އޮންނާނީ ކޮން ގަވާއިދެއްތޯ ރޮޒެއިނާ ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ސިއްރު ނުކުރާހާ ހިނދަކު، ރައްޔިތުންނަށް އެ ޖަލްސާއެއް ފެންނަން ޖެހޭނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް އޮމާންކަމާ އެކު ކުރިއަށް ދާނީ ގަވާއިދާ އެއްގޮތަށް ޖަލްސާތައް ހިނގަމުން ދާ ނަމަ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ވަގަށް ބާއްވައިގެން ރައްޔިތުންނަށް ވަގަށް ކަންކަން ހިންގަން ޖެހޭ ތަނެއްތޯ؟" މަޖިލިހުގެ ޖަލްސާތައް މި ފަހުން ފޭސްބުކުން ލައިވް ކުރައްވަމުން ގެންދަވާ ރޮޒެއިނާ ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުންގެ ފާޑުކިއުން ބްރޯޑްކޮމް އަށް ކުރިމަތިވި އިރު މިއަދަކީ ރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދުވަހެވެ.
ބްރޯޑްކޯމް އިން ނެރުނު ބަޔާނުގައި ވަނީ މަޖިލީހުން ދޫކުރާ ރަސްމީ ލައިވް ފީޑް ފިޔަވައި ވަކިވަކި މެމްބަރުން މެދުވެރިކޮށް ސޯޝަލް މީޑިއާގައި ދައުރުވާ ކޮންޓެންޓާއި ވީޑިއޯ ކޯލް އަދި ރެކޯޑިންތައް ލައިވްކުރާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އޭގެ ތެރޭގައި މަޖިލިހުގެ ވަކި މެންބަރުންގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވެސް އެއްޗެހި ފޮނުވާ ކަމަށް ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ބުނީ އެ ފަދަ މަންޒަރުތަކާއި އަޑުތައް ބްރޯޑްކާސްޓްކުރެވެމުން ދަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރަން ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
04 October 2017
އެ ކޮމިޝަންގައި އެބަތިބި އިންތިހާބު ތަކުގައި ޕީ.ޕީ.އެމް. ގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކޮށް ނާކާމިޔާބު ވި މީހުން! އެ މީހުންނަށް މިނިވަންކޮށް މަސައްކަތް ކުރެވޭނެކަމަކަށް ނުފެނޭ!
ތެއާސާ.
04 October 2017
ތިޔަތަނަކަށް ޕާޓީ އެކްޓިވިސްޓް ކުދިންކޮޅެއް ލައިގެން ތިޔަޖަހާ ސަކަރާތެއް މިރާއްޖޭގެ ގިނަބަޔަކު ބަލައެއްނުގަނޭ. ބަޔާން ނެރެލަނެރެލާ ތިބޭ. ވަރަށް ވެދުން.
މެންޓަލިސްޓް
04 October 2017
ބުރޯޑްކޮމްއަކަސް އެހެންކޮމް އަކަސް މަޖިލިސްގެ މެޖޯރިޓީ ލިބޭބަޔަކަށް ބުރޯޑްކޮމްގެ ކޮންޓްރޯލްލިބޭނެ ،، އެއީ ގާނޫންއަސާސީ ފަރުމާކޮއްފައިއޮތްގޮތުން ވާކަމެށް ،،، އެހެންވީމައި ކަންވެގެން އުޅޭގޮތުގެ އަސްލުވާހަކަދެއްކެވީޢާޢި ކިރިޔާވެސް ޓްރުތް އާއި ހަމަޔަށް ވާސިލްވެވޭނީ ،، ތިޔަހެން ސިޔާސީބޭފުޅުން ގޭސްަކައްކާކައްކާ ރާއްޖޭގައި މިއޮތި މިހާޜު ފިތުނަފަސާދައާޢި ހަސަދަވެރިކަން އިތުރުވެ މުޅިމުޖްތަމައުން އެކަކު އަނެކެއްގެ މައްޗަށްއޮންނަން ޖެހޭ ހަމްދަރްދީއާޢި ލޯބިގެއްލިފައި ،، އެހެންވީމައި ސަޔާސީމައިދަނުގައި އުޅުއްވާ ބޭފުޅުންއެބަޖެހޭ ބަނދެވިގެން ތިޔަތިއްބެވި އީގޯގެ ދަލުން ސަލާމަތްވެ ހަމަބިމަށްނޭވާލައި މުޅިގައުމު ޕީސްކުރަން ،،، އޭޜުން ކުރިއަށްއޮތް ޖީލްތަކަށް ރަގަޅު ސޮސައިޓީއެއްގެ އުފާވެރިކަން ލިބޭނީ ،، ވަރަށްވެދުން
ނޫސްކިޔާ
04 October 2017
ވަރަށް ފޫހިވޭ ތިއީވާމެން މީސްމީހުން ރައްޔިތުންނަށް ހެވެއް އެދޭ ބައެއްނޫން ނޫސްތަކުން މިމީހުންގެ ވާހަކަ ލިޔާތީ
ރަބަރު
04 October 2017
ބްރޯޑްކޮމް އެކަނިތަ؟ ހުރިހާބާރުތަކާ މިނިވަން މުއައްސަސާތަކާ އަދިވެސް އަދިވެސް ...... ހުރިހާ ފަރާތެއް މިވަނީ ދަށުވެފައެވެ. ސަރުކާރުވެސް މިއޮތީ ދަށުވެފައެވެ. ދަށުވީ ފަރާތެއް ނުވަތަ އެއްޗެއް އެންމެނަށްވެސް އެނގޭނެކަމަށް ދެކެމެވެ.