ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތެއްގައި ނިހާން ބައިވެރިވެވަޑައިގަންނަވަނީ: ތިނަދޫ ރައްޔިތުންނަށް ނިސްބަތްކުރައްވައި އޭނާ ރޭ ދެއްކެވި ވާހަކަތަކަށް ދަނީ ފާޑުކިޔަމުން. --ފޮޓޯ/މިހާރު
22 ނޮވެމްބަރ 2017 - 11:00
ގދ. ތިނަދު އަށް އިސްކަންދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ، "ދެން އަޅާ ފިޔަވަޅުން އަޅުގަނޑުމެން ވެސް ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ދެއްކެވި ވާހަކައަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ތިނަދު އަށް އުފަން ނިހާން، އެ ރަށުގެ ރައްޔިތުންނަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކައަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ، ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
މި ސަރުކާރުގައި ތިނަދޫގައި ހިންގާފައިވާ މަޝްރޫއުތަކުގެ "ކަލަ ގޮވައި، ރައްޔިތުންނަށް އިންޒާރު ދެއްވުމަކީ"، ދެ މެމްބަރުން ސިފަކުރެއްވި ގޮތުގައި، ނިހާން ކުރެއްވި ލަދުހުތުރު ކަމެކެވެ. ތިނަދޫގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔައީ، ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ނޫން ކަމަށާއި ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ރައްޔިތުންގެ ފައިސާ އިން ކަމަށް ވެސް ދެ މެމްބަރުން ވިދާޅުވި އެވެ.
މެމްބަރު އަބްދުﷲ އަހްމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް
ތިނަދު އަށް ވަކި ކަންތައްތަކެއް ކޮށްދީފައިވާތީވެ، އޭގެ ބަދަލުގެ ގޮތުގައި މިވެނި ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ރައްޔިތުންނަށް ބިރުދައްކައި އިންޒާރު ދެއްވުމަކީ، ދެ މެމްބަރުން ވިދާޅުވި ގޮތުގައި، ނިހާން ކުރެއްވައިގެންވާނެ ކަމެއް ނޫނެވެ.
"ތިނަދު އަށް ކޮށްދެއްވި ކަންކަމަކީ ރައީސް ޔާމީން ވެގެން ކޮށްދެއްވި ކަންކަމެއް ނޫން. އެ މަޝްރޫއުތައް ހިންގީ ތިނަދޫ މެމްބަރުންގެ އާދޭސްތަކާ އެކު ބަޖެޓުގައި ހިމަނައިގެން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިނަދޫ ރައްޔިތުން ތިބީ ނިހާން މެދުވެރިކޮށް، ސަރުކާރުން ދައްކާ ބިރަށް "ސިހޭ ގޮތަކަށް ނޫން" ކަމަށެވެ. އިސްލާހީ މަސައްކަތާ އެކު ތިނަދޫ ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިނަދޫގައި ތިބެނީ އިސްލާހަށް ލޯބިކުރާ ރައްޔިތުންތަކެއް. އެ ރައްޔިތުން ނުހުއްޓުވޭނެ. ފާސިގުންނާއި ޚާއިނުންނާއި ބާގީންގެ ކިބައިން ތިނަދޫ ލޮބުވެތި ރައްޔިތުން ސަލާމަތްވެއްޖެ،" އަބްދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވި ގޮތުގައި ނިހާން ދައްކަވާ ވާހަކަތަކުން "ތިނަދޫ ރައްޔިތުން ލަދުގަނެ" އެވެ. ތިނަދު އަށް ނިސްބަތްކުރައްވައި، އޭނާ ރޭ ވެސް ދެއްކެވީި އެ މަގާމުގައި ހުންނަވައި އެއްގޮތަކަށް ވެސް ދައްކަވަން ޖެހޭ ޒާތުގެ ވާހަކަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސް ޔާމީން ކުރައްވާ ކަންކަމާ މެދު ތިނަދޫ ރައްޔިތުން ހިތްހަމަނުޖެހުނީމަ، ކަލަ ގޮވަންވީކީ ނޫން. ތިނަދޫގައި ފަށާފައިވާ ގިނަ މަޝްރޫއުތަކަކީ އެކި ސަރުކާރުތަކުން ކުރިން ވެސް ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫއުތަކެއް،" ސައުދުﷲ ވިދާޅުވި އެވެ.
ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ. މުއްސަނދިން އަތުން އިންކަމް ޓެކްސް ނެގުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
ތިނަދޫގައި ބިމުގެ ދަތިކަން ކުރިމަތިވެފައި ނުވާއިރު ވެސް އެ ރަށުގެ ބިން ހިއްކައިދީ ޖާގަ ތަނަވަސްކޮށްދީފައިވާ ކަމަށް ނިހާން ވިދާޅުވި ވާހަކަ ވެސް ސައުދުﷲ ދޮގުކުރެއްވި އެވެ.
"ތިނަދޫގައި ފްލެޓް އަޅާފައި ވަނީ ވެސް ގްރީން ޒޯނެއްގެ ގޮތުގައި ހަދާފައިވާ ތަންތަނުގައި. އެހެންވީމަ ބިން ހިއްކުމޭ ކިޔައިގެން ވެސް ނިހާން ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް،" ސައުދުﷲ ވިދާޅުވި އެވެ.
ނިހާން ވިދާޅުވެފައި ވަނީ ގާތްގަނޑަކަށް 11،700 މީހުން ހިމެނޭ ގދ. އަތޮޅަށް އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށެވެ. އެކަމަކު އެއަށް ވުރެ މާ ގިނަ މީހުން އުޅޭ ލ. އަތޮޅަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި 400 މިލިއަން ރުފިޔާ ހަމަނުވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިކަމާ މެދު ވިސްނައި، އިދިކޮޅު ހަރާކްތަކަށް ތިނަދޫގެ ރައްޔިތުން ނުނިކުތުމަށް އޭނާ ގޮވާލެއްވި އެވެ.
އިހްލާސްތެރިކަމެއް ހުރި ތިނަދޫގެ އެއްވެސް ރައްޔިތަކު، ނިހާން ވިދާޅުވި ގޮތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން ތިނަދޫގައި ބާއްވާ ޖަލްސާއަށް ނުދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭކެނޑޭ
23 November 2017
ނިހާނެވެ. މަމެންނަކީ ރަތްލާޖެހި ހަރު ތިނަދޫ ޒުވާން ޖީޅުގެ ދަރި ފަސް ކޮލެކެވެ. މަނިކުފާނުވެސް މި ވެރިކަން ނިމުމުން ޖަލޭ މިިކިޔާ ކުޑަ ގޮޅި އަށް އިންތިޒާރު ކުރެވުން ބުއްދި ވެރި އެވެ. އަދީބާއި އެކު މަނިކުފާނުވެސް އިންނަވާނީ ރާޒުވާ ކުޅެން އެކު އެކީގައެވެ. މާތްﷲ ގެ ރަހުމަތް ފުޅުން އެދުވަސް މާ ދުރަކު ނެތެވެ.
ޢިންތޭސި އަހަންމަަދު
22 November 2017
މިޔައް އިންގިރޭސި ބަހުން ކިޔަނީ ބެކްލޭޝް
އަސްތާ
22 November 2017
ބަލަ ރައީސްކޮށްދެއްވާ ކަމަށް ވިދާޅުވާ ކަންކަމަށް ހަދިޔާއެއް ދިނުމުގެ ގޮތުން ކީއްވެތޯ ނިހާނު މާލޭން ގޮނޑީއަކަށް ކުރިމަތި ލައިގެން ތިޔަހުރީ! ރަށުން ގޮނޑިއެއް ލިބޭތޯބަލާބަލަ ދެންވެސް ރައީސަށް ސަނާކިޔަން!
ހަސަން ޝަފީޤު
22 November 2017
ޝުކުރުވެރިއޭ. ކޮންކަމަކަށް. ހިލޭސާބަހަށް އަމިއްލަ ފައިސާއިން ތަ މަސައްކަތްކުރަނީ. މުސާރަ ނުކަންތަ. އަދި އެވަރުން ނުވެގެން ވައްކަން ނުކުރޭތަ؟ ނަހަލާލު ފައިސާ ގެއަށް ނުވަދޭތަ. ރޮލެކްސް ގަޑިއާ. ލަދު ހަޔާތް
4555555
22 November 2017
މާލޭން މެމްބަރެއް ލިބެނީކީ ނޫން ކައުންސިލެއް ލިބެނީކީ ނޫން. އެކަމަކު މިކަހަލަ އިންޒާރު ދޭތަ؟ މިއީ ހަމައެކަނި ރާޢްޖެތެރޭ މީހުންނަށް ދޭ އިންޒާރެއް. މިހާ ފާޅުކަން ބޮޑުގޮތެއްގައި ރޭސިސްޓްވުމަކީ ޤާނޫނީ ކުށެއް ނޫންތަ؟
އަދުރޭ5
22 November 2017
ދުވަހަކުވެސް ވޯޓު ނުދީގެން މާލެއަށް އިންޒާރު ނުދޭއިރު އަދި މާލެ މީހުން ޝުކުރުވެރިވާންޖެހޭ ނުކިޔާއިރު މި ނޫސްވެރިންނަށް ރާއްޖެތެރޭ މީހުްނނަށް މިހެން ދޭ އިންޒާރުތައް ހަބަރަކަށް ނުވުން އަދި މާ ނުބައެއްނު. ފަލަސްތީނުގެ އަނިޔާއަށް ހޭނިފައިވާހެން ރާއްޖެތެރޭ މީހުންނަށް މިނިހާނުމެން ހިންގާ ރޭސިމްއަށް ނޫސްވެރިންނާ މާލޭ މީހުންނާ އަދި ރާޢްޖެތެރޭ މީހުންވެސް ހޭނިފައި. ހޭލަބަލަ. މިކަން ހުއްޓާށޭ ބުނެބަލަ.
ގޮމަފުޅު
22 November 2017
ތިނަދޫގައި ބާއްވަން ރާވަމުން އަންނަ އެމް.ޑީ.ޕީ ގެ ޖަލްސާ، ނިހާނު ތިވަރަށް ޕްރޮމޯޓް ކޮށްދެއްވާތީ ނިހާޔަތަށް ޝުކުރުވެރިވަން. މީގެ ކުރިން އެ ޖަލްސާގެ ވާހަކަ ނޭނގޭ ކިތަންމެ ބަޔަކަށް މިހާރު އެކަން އެނގިއްޖެ. އަދި ކުރިން ދާން ބޭނުން ނުވާ ކިތަންމެ ބަޔަކު މިހާރު ދާން ބޭނުން ވެއްޖެ. ދެން އަވަހަށް މުވައްޒަފުންނަށް އަންގާ ޖަލްސާއަށް ދާ މުވައްޒަފުންނަކީ ކޮބައިކަން ބަލާ ފިޔަވަޅު އަޅާނެ ވާހަކަ.
ދޫލަ
22 November 2017
ބަލަގަ ދަރިޔާ! ވެރިމީހާނގެ ރަނގަޅު ކަމަކީ، ވަކިރަށަކަށް ކަންކަން ކޮށް ދިނުމެއް ނޫން. އެކަމަކު ހަމަހަމަ އުސޫލުން ހުރިހައި ރައްޔިތުންނާމެދު ޢަމަލުކުރުން، އަދި ކޮބާ! މިސަރުކާރުގެ ބޭއިންސާފަކީ، ދިވެހި ލޭހިނގާ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާ ކަމެއް ނޫން. ކޮބަ އިދިކޮޅު މީހުންނާމެދު ޢަމަލުކުރާގޮތް، ކޮބާ ގައުމުގެ ފައިސާއާއި މުދާލާމެދު ކަންކުރާގޮތް، ކޮބާ ނަޝީދުގެ ދުވަސްވަރު އަޅަން ފައިސާ ހޯދާފައި ހުރި ފުލެޓުތަކުން، ފުލެޓް ލިބުނު މީހުންނާ ނުލިބޭ މީހުންގެ ލިސްޓު މިހެންގޮސް މިފަދަ ކިތަންމެ ކަމެއް....
ޟާޏީކު
22 November 2017
ޤާސިމު ނޫންމީހަކު ރާއްޖޭގެ ރައްޔިތުންނަށް ކަމެއްކޮށްދީފައެއް ނުވާނެ. ތަމެން ވެރިކަމަށް އައިސްވެސް ތިކަނީވެސް އަދި ރައްޔިތުންނަށް ދޭ މަދު ފައިސާކޮޅު ދީފަ ކަލަގޮވަނީތަ. ވެރިކަންކުރި ހުރިހާމީހުންވެސް ރައްތަކައް ކަމެއްކޮށްދީފައި ވާނަމަ އެއީ ރައްޔިތުންގެ ފައިސާއިން.
ނެޝަނަލިސްޓް
22 November 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ފައިސާއިން! ތިނަދޫގެ ރައްޔިތުންވެސް އޭގަ ހިއްސާވޭ. އެމީހުންވެސް ޓެކްސް ދައްކާ!
ޒަރިއްޓޭ
22 November 2017
ރަށްރަށުގެ ތަރައްގީ އަށް ހޭދަކުރާ ފައިސާ އަކީ ތެދެއް ރައީސްގެ ޖީބުންހޭދަކުރާ އެއްޗެއްނޫން ، އެއީ ދައުލަތުގެ ބަޖެޓުން ހާދަކުރާ އެއްޗެއް ، ދެން ވިސްނާލަބަލަ ، ތިނަދޫކަހަލަ އެމްޑީޕީ އަށް މަރުދިން ރައްޔިތުންތަކެއް އުޅުނު ރަށައް އެވެރިންގެ ވެރިކަމުގައި ދައުލަތުގެ ބަޖެޓުންވިއަސް ކުރި ކަންތައް ، ނެތޭ ކުރިމެއްފެންނާކަށް ، ރާއްޖެޭގެ އެއްވެސް ރަށެއްގައި ހިންގި އެއްވެސް ތަރައްގީގެ ޕްރެޖެކެޓެއް ފެނޭތަ އެމްޑީޕީގެ ވެރިކަމުގައި ، އެހެންވީމާ ، ރައީސަކު އަދި ހޮވުނުކަސް އެރައީސަކު ތަރައްގީގެ މަސައްކަތްކުރަން ބޭނުން ނުވާނަމަ އެކަމެއްނުކުރެވޭނެކަން އެމްޑިޕީ ދައްކާދިނީ ، މިހާރު ރާއްޖޭގެ ކޮންމެ ރަށަކަށް ބަލާލިއަސް ހައިރާންވާވަރުވާނެ ، ގަބޫލުކުރިއަސް އަދި ނުކުރިއަސް ރައީސް ޔާމީނުގެ މިދައުރަކީ ރާއްޖެތެރެއަށް އުފާވެރިކަން ގެނެސް ތަރައްގީގެ އާއުސްމިންތަކަކަށް ރައްތައްގެންދިޔަ ދައުރެއް
އަރޫ
22 November 2017
މުސާރަ ޙަލާލު ކޮށްލަންވާނެ ދޮންކަލޯ