އަމީނިއްޔާ ސްކޫލުގެ އިމާރާތް: އާ އިމާރާތުގައި 54 ކްލާސް ރޫމް ހުރޭ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 ނޮވެމްބަރ 2017 - 15:07
އަމީނިއްޔާގެ އާ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ، އަމީނިއްޔާގެ ގޯތިތެރޭގައި ހަދަމުން އަންނަ އިމާރާތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރަނީ އެތަނުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި އެ ހުރިހާ މަސައްކަތެއް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ގިނަ މަސައްކަތްތައް ނިމިފައި ވަނީ. ވަޔަރު ކުރުމާއި ދޮރުފަތްތައް ހަރުކުރުން ފަދަ ކަންކަން ކުރަމުން އަންނަނީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގައި ހިންގާ ދެވަނަ އަށް އެންމެ ބޮޑު ސްކޫލްގެ އާ އިމާރާތުގައި، އަންނަ އަހަރުގެ ދިރާސީ އަހަރަކާ އެކު ކިޔަވައިދޭން ފެށޭނެ އެވެ.
އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 2015 ގައި އިމާރާތް ކުރަން ފެށި އަށް ބުރީގެ މި އިމާރާތުގައި 54 ކްލާސް ރޫމް ހުރެ އެވެ. މިއީ މާލޭގައި މިވަގުތު ހުރި އެންމެ އުސް އަދި ޖާގައިގެ ގޮތުން ވެސް އެންމެ ތަނަވަސް ސްކޫލަށް ވާނެ އެވެ.
އެޑިއުކޭޝަނުން ބުނިގޮތުގައި އަމީނިއްޔާގެ އާ އިމާރާތުގެ މަސައްކަަތަށް 123 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ.
އަމީނިއްޔާގައި މިހާރު 2،000 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނައިރު، އެ ސްކޫލުގައި 44 ކްލާސް ރޫމް ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޗއއއ
23 November 2017
ވަހީދު ސަރުކާރުން ފެށިމަސައްކަތް އަދި ކިރިޔާ ނިމޭހިސާބަށް އައީ.
އުމަރު
22 November 2017
އުމީދުކުރަން އެތަކެއް މިލިއަން ހަރަދުކޮށްގެން ހުޅުވާ ސްކޫލުގައި ޒަމާނީ ފަރުނީޗަރާއި ވަސީލަތް ހުންނާނެކަމަށް، އަދި ތަނަކަށްދީގެން ލަކުޑިން ޑެސްކެއް ޖަހައިގެން ހޫނުގަނޑުގައި ކުދިން ނުބައިތިއްބާނެކަމަށް، ރާއްޖޭގައި މިފަދަ ބޮޑެތި އިމާރާތް ހަދައި ހިންގަން ފެށުމުން ދެން ފަހުން އެތަނާއި ހަވާލުވާ މީހުން ދެން އެތަން ކޮތަރުކޮށްޓަކަށް ހަދާލާނެ، ވެލާނާގެ ސަރުކާރުގެ އޮފީސް އިމާރާތްވެސް ހަމަ އެގޮތަށް ހަދަމުންގޮސް ކޮރަރުކޮށްޓަކަށް މިހާރު ބަދަލުވެއްޖެ، ދިވެހި ސަރުކާރުގެ ތެރޭގައި ނޮއޮވޭ އެއްވެސް ޕްލޭނެއް، ހަމައެއް ލަމައެއް، ކުރާހާނީ ހަމައެކަނި އިމާރާތް، އިންޓީރިއާ ނުކުރަހާނެ، ދެން ބޭނުންކުރަންވީމަ އެތަނުގެ އެތެރެއަށް ބަދަލުގެންނާނީ، އެގޮތަށް އައިޖީއެމްޗްވެސް އެހެރީ ހަދާފައި، ހުޅުމާލޭގެ ފުލެޓްތަށްވެސް ހަމަ އަޅަމުން ގެންދަނީ އެހެން،
22 November 2017
އަތޮޅުތެރޭގަ ސަރުކާރުން މިހާތަނަށް އިމާރަތްކުރަމުންދާ އެންމެ ބޮޑު ސްކޫލްކަމުގަވާ ށ.މިލަންދޫ ސްކޫލްގެ އައުއިމާރާތުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް މިހާރު ނޫހުން ސާފުކޮށްލާދީބަލަ. އެތަނަކީވެސް 2015 ގަ ފަށައިގެންއުޅޭތަނެއް. އަންނަ އަހަރުވެސް އެތަނުގަ ކިޔަވަންފެށޭނެތޯ؟
ރުޤިއްޔާ އަހުމަދު
22 November 2017
ވަރައް އުފާވެރި ހަބަރެއް މިހާރު ކުދިންނައް ތިބެނީ ރޯގާގެހިފަ ރޯގާ ނުވެސް ފިލާހުރޭ އެތައްދުވަހެއް ވާއިރުވެސް
ދެކޮޅުވެރިޔާ
22 November 2017
މި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ސިޔާސީ މަންފާއަށް. ބޮޑެތި ސުކޫލުތައް އެޅުމުގެ ބޭނުމަކީ ކޮބައިތޯ ނުބެލެހެއްޓޭހައި ގިނައިން. ކީއްވެތޯ ކުރިން އަމީނިއްޔާ ސުކޫލާއި މަޖީދިއްޔާ ސުކޫލު 2 ބައި ކުރީ. އެއީ ކުދިންގެ އާބާދީ ކޮންޓްރޯލްކޮށް ބަހައްޓަން. އޭރުން ކުދިން ރަގަޅަށް ބެލެހެއްޓި ކުދިންނަށް ބޭނުންވާ ކަންކަން ފަސޭހައިން ފޯރުކޮށްދެވޭނެތީ. އޭރުން ސުކޫލުތަކުގެ މެދުގައި ކިޔެވުމާއި އެހެނިހެން ހަރަކާތްތަކުގައި ވާދަ ކުރުމުގެ ފުރުޞަތު ދެވޭނެތީ. އޭރުން ސުކޫލުގެ ޕްރިންސިޕަލަށް ވެސް ހުރިހައި ކުދިންގެ ނަން ވެސް ދަސްވެ މުޖުތަމައެއް ގޮތަށް ބައްޓަން ވެގެން ދާނެތީ. މިހާރު މިސަރުކާރުން އަނެއްކާ ސުކޫލުތައް ބޮޑުކޮށް އާދޭއާދޭ އެންމެން އާދޭ ކިޔަފައި މީހުން 10*12 ފޫޓުގެ ކޮޓަރިތަކަށްލާ މުޅި ސިޔާސަތު މި އޮތީ ފޭލްވެފައި